އާދަމް ޝަރީފް،ރޯޒީ ށ.ފުނަދޫ
ފިރުނބައިދޫ މީހުން ފުނަދޫއަށް ބަދަލުވުމުގެ ވާހަކައާއި އެކު މުޅިރަށް ހަލަބޮލިވެގެން ދިޔައެވެ. އެއްބަޔަކު އަނެއްބަޔަކާ ދިމާކުރުމާ ޒުވާބު ކުރުމާ މުދަލަށް ގެއްލުނަ ދިނުންފަދަ އެތައްކަމެއް ހިނގަމުން ދިޔައެވެ. ކަންދިމާކުރިގޮތުން އެއަހަރަކީ ( 1995 ) އަޅުގަނޑު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ވަޒީފާއަށް ރަށަށް އައި އަހަރެވެ. ކިޔެވުމަށްޓަކައި އުމުރުން 6 އަހަރުގައި ރަށުން ބޭރުކޮށްލިގޮތަށް ، އެކިތަންތަނުގައި އުޅުމަށްފަހު އެނބުރި އާދެވުނު އަހަރެވެ.