ގޮށްމުށުބާރުގެ އެހީގައި ދީން ފެތުރީ ކްރިސްޓިއަނުންނެވެ.
އަލްއުސްތާޛު އަޙުމަދު މާޖިދު
ފުރަތަމަ ބާބު – އިސްލާމް ދީނާ ދެކޮޅަށް ކުރާ ދޮގު ދައުވާތަކާ މެދު ދެތިން ބަހެއް
މުސްލިމުން ސްޕޭނަށް ހަމަލަ ދިން ސަބަބަކީ ވެސް މިފަދަ ހާދިސާއަކާ ގުޅިފައިވާ ސަބަބެކެވެ. އުމަވީ ޚަލީފާ ވަލީދު ބިން ޢަބްދުލް މަލިކުގެ ވެރިކަމުގެ ދުވަސްވަރު މުސްލިމުން ސްޕޭނަށް ހަމަލަ ދީ، އެ ގައުމު ފަތަހަ ކުރީ ސްޕޭނުގެ ނަވާބީ ހާންދާނެއްގެ އިސް ބޭފުޅެއް ކަމަށް ވާ ކައުންޓް ޖޫލިއަން މުސްލިމުންގެ ކިބައިން އެހީއަށް އެދިވަޑައިގަތުމުގެ ސަބަބުންނެވެ. އޭނާ މުސްލިމުންގެ ކިބައިން އެހީއަށް އެދިވަޑައިގެންނެވީ،