|
ޚާއްޞަ
|
|
02 ޑިސެމްބަރ 2011، 00:32 ހުކުރު |
އިބްރާހީމު ރަޝީދު މޫސާ
މި ތާނގައި އަޅުގަނޑު ހުށަހަޅައިލަން މި އުޅެނީ އިމާމު ޝާފިޢީގެ ވަނަވަރެއް ނޫނެވެ. އެކަމަކު އެކަލޭގެފާނު އެކިކަންކަމާ ބެހޭގޮތުން ވިދާޅުވެފައިވާ ބައެއް ބަސްފުޅުތަކެވެ.
ޝާފިޢީގެފާނާ ބެހޭގޮތުން، އެކަލޭގެފާނުގެ ދަރިވަރެއްކަމުގައިވާ އިމާމު އަޙްމަދު ބުނު ޙަންބަލު ވިދާޅުވަނީ "ޝާފިޢީގެފާނަކީ ހަތަރުކަމެއްގައި ފިލޯސަފަރެކެވެ. އެއީ ބަހާއި އިޚްތިލާފުތަކުގައްޔާއި މާނަތަކުގައްޔާއި ފިޤްހުގައެވެ.
|
|
|
ދިވެހި
|
|
07 ޖުލައި 2011، 09:47 ބުރާސްފަތި |
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު މިހާރު ރާއްޖޭގައި އަދަބީ ޖަމްޢިއްޔާއެއްގެ ނަމުގައި ޙަރަކާތްތެރިވާ ހަމަ އެކަނި ޖަމްޢިއްޔާ ކަމުގައިވާ "ލިޔުންތެރީންގެ ގުޅުން" (ޖަމްޢިއްޔާ) ގެ ފުރަތަމަ ދައުރުގެ ރައީސްގެ މަޤާމާއި އެ ޖަމްޢިއްޔާގެ މަޖައްލާ "ލިޔުންތެރިޔާ"ގެ އެޑިޓަރ ގެ މަޤާމުގައި ހުންނެވި މއ. އުރަހަ އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިނަކީ ދިވެހި އަދަބީ އުދަރެހުގައި ފާހަގަކޮށްލެވޭ ފަދަ ތަރިއެކެވެ. ސްކޫލް ދައުރުގައި ލިޔުންތެރިކަމާއި ވާހަކަދެއްކުންތެރިކަމުގެ ފަންނުގައި ވިދި، އަލިގަދަ ތަރިއެކެވެ. ސްކޫލް ދައުރު ނިންމަވައިލެއްވި އިރު ލިބިވަޑައިގަތް ގިނަގުނަ ސެޓްފިކެޓްތަކުން އެކަން ސާބިތުވެ އެވެ. އަދި މަޖީދިއްޔާ ސްކޫލްގައި ވަރަށް ޙަރަކާތްތެރިކޮށް ހިންގި ދަރިވަރުންގެ އަދަބީ ޖަމްޢިއްޔާގެ މުއައްސިސަކީ ވެސް ޚުދު ޢަބްދުއްރަޝީދެވެ. ހަމަ އެ ފަދައިން "އެކުވެރީންގެ ގުޅުމުގެ" ރައީސްކަން ވެސް އޭނާ ވަނީ ކުރައްވައިފައެވެ.
|
|
ދިވެހި
|
|
04 ޖޫން 2011، 08:40 ހޮނިހިރު |
ފޮނުވީ: ޢަލީ ނިޝާން  އުސްތާޛުއްޖީލް އައްޝައިޚު އަލްއުސްތާޛު މުޙައްމަދު ޖަމީލަކީ މާލޭ ބޮޑުގަލުގޭ މޫސާދީދީގެ ދަރިކަލުން، މާފަންނު ދަރަވަންދޫގޭ އަބުދުﷲ ދީދީ (އަލްފާޟިލް އަބުދުﷲ ކަމާލުއްދީން ބަންޑާރަނައިބު މަނިކުފާނު) ގެ ބޭފުޅެކެވެ. އެމަނިކުފާނުގެ މަންމާފުޅަކީ މާލޭ ފެންފޯއްގަނޑުވަރު ގޮމާ (ކަންޒުދޮށުގޭ އަންނަބީލާ އައިޝަތުގޮމާ) ގެ އާމިނަތު ދީދީއެވެ. އެ މަނިކުފާނު ދުނިޔެއަށް އުފަންވެވަޑައިގަތީ 16 ޛުމާދިއްޘާނީ 1333 ހ. (1 މެއި 1915 މ.) ވީ ހޮނިހިރު ވިލޭރޭ ފަތިހު ފުރަމާލޭ މާފަންނު ދަރަވަންދޫގައަށެވެ. އެ މަނިކުފާނު ފުރަތަމަ ކިޔަވައިވިދާޅުވީ އެ މަނިކުފާނުގެ މާމަ ދަރަވަންދޫ ދީދީ (ދޮންކަލޭގެފާނުގެ ތުއްތުމަނިކެ) އާއި ބައްޕަ ދަރަވަންދޫގޭ އަބުދުﷲ ދީދީ އާއި، ބޮޑުބޭބެ ޙުސައިން ޞަލާޙުއްދީން ފަނޑިޔާރުމަނިކުފާނުގެ އަރިހުންނެވެ.
|
|
ޚާއްޞަ
|
|
03 ޖޫން 2011، 23:12 ހުކުރު |
ފޮނުވީީ: ޢަލީ ނިޝާން  އަލްއިމާމު މުޙަންމަދު އިބްނު އިދްރީސް އައްޝާފިޢީ ގެ މަޝްހޫރު ނަންފުޅަކީ "އިމާމު ޝާފުޢީ" އެވެ. ދިވެހިން ކިޔާ ގޮތުންނަމަ ޝާފިޢީގެފާނެވެ. މި ނަންފުޅު ނިސްބަތްވަނީ އެކަލޭގެފާނުގެ ބައްޕާފުޅުގެ ފަރާތްޕުޅުުން ތިންވަނަ ކާފާފުޅު ޝާފިޢު އިބްނު ސާއިބުގެފާނަށެވެ. އަލްއިމާމު ޝާފިޢީގެ ފުރިހަމަ ނަންފުޅަކީ އަބޫ ޢަބްދުﷲ މުޙަންމަދު އިބްނު އިދްރީސްބްނުލް ޢައްބާސް އިބްނު އުޘްމާން އިބްނު ޝާފިޢު އިބްނު އައްސާ އިބްނު ޢުބައިދު އިބްނު ޢަބްދު ޔަޒީދު އިބްނު ހާޝިމް އިބްނު އަލްމުއްތަލީ އިބްނު ޢަބްދުމަނާފެވެ. ކީރިތި ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމަ އާއި އަލްއިމާމު ޝާފިޢީގެ ނަސަބުފުޅާ ގުޅެނީ ކާފާފުޅު ޢަބްދުމަނާފާ ހިސާބުންނެވެ. ޢަލްއިމާމު ޝާފިޢީ ވިދާޅުވަނީ ރަސޫލުﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމައަކީ ތިމަންގެ ބޮޑުބޭބޭފުޅުގެ ދަރިކަލުންނެވެ.
|
|
ޚާއްޞަ
|
|
29 އެޕރީލް 2011، 14:19 ހުކުރު |
އަދަބިއްޔާތުގެ ރޮނގުން ނޯބްލް ޞުލްޙައިގެ އިނާމު ހޯއްދެވި، އޭޝިޔާގެ ފުރަތަމަ ބަސްވާރު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
 އޭޝިޔާގެ މަޝްހޫރު އަދީބު އަދި މުފައްކިރު ރަބިންދުރަނާތު ޓޭގޯރ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 7 މޭ 1861 ގައި އިންޑިއާގެ ބެންގާލީގައެވެ. އެއީ އެއީ "ބްރަހމޯ ސަމަޖް" ދީނުގެ ދީނީ ލީޑަރ ގެ އެންމެ ހަގު ދަރިކަލުންނެވެ. އެއީ ހިންދީ ދީނުގެ އަސާސްގެ މައްޗަށް ބިނާކޮށްގެން ފަހުން ހަދައިފައިވާ "ދީނެކެވެ." ރަބިންދްރަނާތު ގެ ތަޢުލީމީ ޙަޔާތްޕުޅުގެ ބިންގާ އެޅުނީ ގޭތެރެއިންނެވެ. ނަމަވެސް އޭނާގެ ޢުމުރުފުޅުން 17 އަހަރުގައި ރަސްމީ ތަޢުލީމު ފުރިހަމަ ކުރެއްވުމަށްޓަކައި އިނގިރޭސިވިލާތަށް ވަޑައިގަތެވެ.
|
|
ދިވެހި
|
|
29 އެޕރީލް 2011، 02:42 ހުކުރު |
ޢަލީ މަނިކުފާނު، މުރައިދުގަނޑުވަރު / މަލިކު (4 ސެޕްޓެންބަރު 2010)
އިންޑިޔާގެ ޓެމިލްނާޑޫގެ ވެއްލޫރު ކައިރީގައި އޮންނަ އުމަރުއާބާދުގެ ޖާމިޢާ ދާރުއްސަލާމްއިން ކިޔަވައިވިދާޅުވުމަށް ފަހު މަލިންގޭ ހުސައިން ދީދީ، ކާލީކޯޓު ކައިރީގައި، ޗަލިޔާރުކޯރުގެ އަނގަމަތީގައި އޮންނަ ބޯދާ ބަނދަރު ރަށެއްކަމުގައިވާ ބޭޕޫރަށް ވަޑައިގަތެވެ. އެދުވަސްވަރު ވަރަށް ގިނައިން ދިވެހިރާއްޖެ އާއި މަލިކުގެ އުޅަނދުފަހަރު
|
|
ޚާއްޞަ
|
|
22 އެޕރީލް 2011، 22:50 ހުކުރު |
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު އަޅުގަނޑަށް އެންމެ ފުރަތަމަ ޞާދު މުދައްރިސް ތަޢާރުފުވީ އަޅުގަނޑުގެ މަދްރަސީ ދައުރުގައެވެ. އީޕީއެސްގައި އަޅުގަނޑުމެންގެ މުދައްރިސެއްގެ ގޮތުން ކިޔަވައިދެއްްވުމުގެ ތެރެއިންނެވެ. ދެން އައީ ތަމްރީނުގެ ދައުރެވެ. މުދައްރިސުން ތަމްރީނުކުރާ ކޯހުގައި އަޅުގަނޑުމެންގެ ދިވެހި ޓީޗަރ އެޑިޔުކޭޓަރެއްގެ ގޮތުން މަޢުލޫމާތުދެއްވައި ދިވެހިބަސް ކިޔަވައިދެއްވީ ވެސް ހަމަ ޞާދު މުދައްރިސެވެ. އޭގެ ފަހުންް ޤައުމީ މަރުކަޒުގެ އަދަބީ އެކި ޙަރަކާތްތަކުގެ ތެރެއިން ވެސް އަޅުގަނޑާ ޞާދާ ދިމާވާގޮތްވީ އެވެ. މިއަދު ވެސް އެއީ ހަމަ އަޅުގަނޑުގެ ލޮބުވެތި މުދައްރިސެވެ. މުދައްރިސަކާއި ދަރިވަރަކާ ދެމެދު އޮންނަންޖެހޭ އެ ގުޅުމަކަށް
|
|
ދިވެހި
|
|
14 އެޕރީލް 2011، 01:09 ބުރާސްފަތި |
ދިވެހި އަދަބީ އުދަރެހުން އެރި ފަތިހުގެ ތަރި
 ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން އުފަންވެ ވަޑައިގަތީ 14 އެޕްރީލް 1881 (15 ޖުމާދަލްއޫލާ 1298) ވީ ބުރާސްފަތި ދުވަހު ފުރަމާލޭގައެވެ. ޢުމުރުފުޅުން އެންމެ އަށާރަ އަހަރުގައި އެމަނިކުފާނަށް ފަނޑިޔާރުގެ އިސް އެހީތެރިޔާގެ މަޤާމު ދައުލަތުން ދެއްވި އެވެ.
|
|
ޚާއްޞަ
|
|
08 އެޕރީލް 2011، 13:50 ހުކުރު |
އައްޝައިޚް އަޙްމަދު ފަހުމީ
عَلِي بْنِ عِيْسَيJESU HALI 441/1031 ނުވަތަ1038
ތަޢާރުފު
ޢަލީ ބިން ޢީސާ ނުވަތަ ޔޫރަޕްގެ މީހުން ދަންނަ JESU HALI އަކީ ލޮލުގެ ބަލިތަކާބެހޭ ޚާއްޞަ ޑަކްޓަރެކެވެ. އަދި އޭނާ އަކީ، މޮޅު ފިޒިޝަން އެކެވެ.
ޙަޔާތުގެ ކުރީކޮޅާއި ޢިލްމާއި ޚިދުމަތްތައް
މީނާގެ ޙަޔާތުގެ ކުރީކޮޅު ވެސް މާބޮޑަށް ސާފުވާކަށެއް ނެތެވެ. ދިރިއުޅުއްވައިފައި ވަނީ، ބަޣުދާދުގަ އެވެ. ކޮންމެއަކަސް އޭނާގެ ޢިލްމީ ޚިދުމަތްތައް އަހަރެމެންގެ ކުރިމަތީގައި ފެންނާން އެބަ ހުއްޓެވެ. މީނާ ދިރިއުޅުއްވައިފައި ވަނީ، ޢައްބާސީ ޚަލީފާ اَلْقَائِمُ بِاللهِ ގެ ދައުރުގަ އެވެ.
|
|
ދިވެހި
|
|
18 މާރޗް 2011، 23:12 ހުކުރު |
އެންމެ ފުރަތަމަ ދެވަނަ ޕެންޝަން ހޯއްދެވި އަންހެން ބޭފުޅާޙަސަން ޝާކިރު މުޙަންމަދު
ދިވެހި އަންހެން ބޭފުޅުންނަށް ނަމޫނާ ޝަޚްޞިއްޔަތެއް ކަމުގައިވާ ގ. އޯޝަންމީޑް، އަލްފާޟިލާ ޒަރީނާ ޢަބްދުﷲ ދީދީ މިފަނާވަނިވި ދުނިޔެ ދޫކުރައްވައި، 5 މާޗް 2011 (30 ރަބީއުލްއައްވަލް 1432) ވީ ހުކުރު ދުވަހު ހެނދުނު 8.40 ގައި ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރެއްވި ޚަބަރު އަޅުގަނޑުމެން އެހީ ހިތާމައާއެކުގައެވެ.
|
|
ޚާއްޞަ
|
|
25 ފެބްރުވަރީ 2011، 21:41 ހުކުރު |
އަޙްމަދު ޖަދުޢާން
ދިވެހި ޅެންވެރިކަމުގެ ބަގީޗާގެ ޑޭޒީ މަލުގެ ނަމުން މަޝްހޫރު ވެވަޑައިގެންފައިވާ، މަޝްހޫރު ޝާއިރާ، އަލްފާޟިލާ އާމިނަތު ފައިޒާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 1343 ވަނަ އަހަރުގެ ޞަފަރު މަހުގެ 29 ވަނަ ދުވަހު މާލޭގައެވެ. މީލާދީ ގޮތުން ބަލާއިރު އެއީ 1924 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހެވެ. އެކަމަނާގެ ބައްޕާފުޅަކީ އަލްމަރުޙޫމް ޔޫސުފް މޫސާ ނުވަތަ ބެރުގޭ ޔޫސުފް ފުޅު އެވެމަންމާފުޅަކީ އަލްމަރުޙޫމާ މަރިޔަމް މޫސާ ނުވަތަ ބޮޑުފެންވަޅުގޭ ދޮންދީދީއެވެ. އެކަމަނާ އުފަންވެ ވަޑައިގަތީ ގ.ބޮޑު ފެންވަޅު ގޭގައެވެ.
|
|
|
|
|
|
|
ސަފްހާ 1 ގެ 8 |