|
ޝަޚްޞިއްޔަތު -
ޚާއްޞަ
|
|
02 ޑިސެމްބަރ 2011، 00:32 ހުކުރު |
އިބްރާހީމު ރަޝީދު މޫސާ
މި ތާނގައި އަޅުގަނޑު ހުށަހަޅައިލަން މި އުޅެނީ އިމާމު ޝާފިޢީގެ ވަނަވަރެއް ނޫނެވެ. އެކަމަކު އެކަލޭގެފާނު އެކިކަންކަމާ ބެހޭގޮތުން ވިދާޅުވެފައިވާ ބައެއް ބަސްފުޅުތަކެވެ.
ޝާފިޢީގެފާނާ ބެހޭގޮތުން، އެކަލޭގެފާނުގެ ދަރިވަރެއްކަމުގައިވާ އިމާމު އަޙްމަދު ބުނު ޙަންބަލު ވިދާޅުވަނީ "ޝާފިޢީގެފާނަކީ ހަތަރުކަމެއްގައި ފިލޯސަފަރެކެވެ. އެއީ ބަހާއި އިޚްތިލާފުތަކުގައްޔާއި މާނަތަކުގައްޔާއި ފިޤްހުގައެވެ.
|
|
|
ޝަޚްޞިއްޔަތު -
ޚާއްޞަ
|
|
03 ޖޫން 2011، 23:12 ހުކުރު |
ފޮނުވީީ: ޢަލީ ނިޝާން  އަލްއިމާމު މުޙަންމަދު އިބްނު އިދްރީސް އައްޝާފިޢީ ގެ މަޝްހޫރު ނަންފުޅަކީ "އިމާމު ޝާފުޢީ" އެވެ. ދިވެހިން ކިޔާ ގޮތުންނަމަ ޝާފިޢީގެފާނެވެ. މި ނަންފުޅު ނިސްބަތްވަނީ އެކަލޭގެފާނުގެ ބައްޕާފުޅުގެ ފަރާތްޕުޅުުން ތިންވަނަ ކާފާފުޅު ޝާފިޢު އިބްނު ސާއިބުގެފާނަށެވެ. އަލްއިމާމު ޝާފިޢީގެ ފުރިހަމަ ނަންފުޅަކީ އަބޫ ޢަބްދުﷲ މުޙަންމަދު އިބްނު އިދްރީސްބްނުލް ޢައްބާސް އިބްނު އުޘްމާން އިބްނު ޝާފިޢު އިބްނު އައްސާ އިބްނު ޢުބައިދު އިބްނު ޢަބްދު ޔަޒީދު އިބްނު ހާޝިމް އިބްނު އަލްމުއްތަލީ އިބްނު ޢަބްދުމަނާފެވެ. ކީރިތި ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމަ އާއި އަލްއިމާމު ޝާފިޢީގެ ނަސަބުފުޅާ ގުޅެނީ ކާފާފުޅު ޢަބްދުމަނާފާ ހިސާބުންނެވެ. ޢަލްއިމާމު ޝާފިޢީ ވިދާޅުވަނީ ރަސޫލުﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމައަކީ ތިމަންގެ ބޮޑުބޭބޭފުޅުގެ ދަރިކަލުންނެވެ.
|
|
ޝަޚްޞިއްޔަތު -
ޚާއްޞަ
|
|
29 އެޕރީލް 2011، 14:19 ހުކުރު |
އަދަބިއްޔާތުގެ ރޮނގުން ނޯބްލް ޞުލްޙައިގެ އިނާމު ހޯއްދެވި، އޭޝިޔާގެ ފުރަތަމަ ބަސްވާރު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
 އޭޝިޔާގެ މަޝްހޫރު އަދީބު އަދި މުފައްކިރު ރަބިންދުރަނާތު ޓޭގޯރ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 7 މޭ 1861 ގައި އިންޑިއާގެ ބެންގާލީގައެވެ. އެއީ އެއީ "ބްރަހމޯ ސަމަޖް" ދީނުގެ ދީނީ ލީޑަރ ގެ އެންމެ ހަގު ދަރިކަލުންނެވެ. އެއީ ހިންދީ ދީނުގެ އަސާސްގެ މައްޗަށް ބިނާކޮށްގެން ފަހުން ހަދައިފައިވާ "ދީނެކެވެ." ރަބިންދްރަނާތު ގެ ތަޢުލީމީ ޙަޔާތްޕުޅުގެ ބިންގާ އެޅުނީ ގޭތެރެއިންނެވެ. ނަމަވެސް އޭނާގެ ޢުމުރުފުޅުން 17 އަހަރުގައި ރަސްމީ ތަޢުލީމު ފުރިހަމަ ކުރެއްވުމަށްޓަކައި އިނގިރޭސިވިލާތަށް ވަޑައިގަތެވެ.
|
|
ޝަޚްޞިއްޔަތު -
ޚާއްޞަ
|
|
22 އެޕރީލް 2011، 22:50 ހުކުރު |
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު އަޅުގަނޑަށް އެންމެ ފުރަތަމަ ޞާދު މުދައްރިސް ތަޢާރުފުވީ އަޅުގަނޑުގެ މަދްރަސީ ދައުރުގައެވެ. އީޕީއެސްގައި އަޅުގަނޑުމެންގެ މުދައްރިސެއްގެ ގޮތުން ކިޔަވައިދެއްްވުމުގެ ތެރެއިންނެވެ. ދެން އައީ ތަމްރީނުގެ ދައުރެވެ. މުދައްރިސުން ތަމްރީނުކުރާ ކޯހުގައި އަޅުގަނޑުމެންގެ ދިވެހި ޓީޗަރ އެޑިޔުކޭޓަރެއްގެ ގޮތުން މަޢުލޫމާތުދެއްވައި ދިވެހިބަސް ކިޔަވައިދެއްވީ ވެސް ހަމަ ޞާދު މުދައްރިސެވެ. އޭގެ ފަހުންް ޤައުމީ މަރުކަޒުގެ އަދަބީ އެކި ޙަރަކާތްތަކުގެ ތެރެއިން ވެސް އަޅުގަނޑާ ޞާދާ ދިމާވާގޮތްވީ އެވެ. މިއަދު ވެސް އެއީ ހަމަ އަޅުގަނޑުގެ ލޮބުވެތި މުދައްރިސެވެ. މުދައްރިސަކާއި ދަރިވަރަކާ ދެމެދު އޮންނަންޖެހޭ އެ ގުޅުމަކަށް
|
|
ޝަޚްޞިއްޔަތު -
ޚާއްޞަ
|
|
08 އެޕރީލް 2011، 13:50 ހުކުރު |
އައްޝައިޚް އަޙްމަދު ފަހުމީ
عَلِي بْنِ عِيْسَيJESU HALI 441/1031 ނުވަތަ1038
ތަޢާރުފު
ޢަލީ ބިން ޢީސާ ނުވަތަ ޔޫރަޕްގެ މީހުން ދަންނަ JESU HALI އަކީ ލޮލުގެ ބަލިތަކާބެހޭ ޚާއްޞަ ޑަކްޓަރެކެވެ. އަދި އޭނާ އަކީ، މޮޅު ފިޒިޝަން އެކެވެ.
ޙަޔާތުގެ ކުރީކޮޅާއި ޢިލްމާއި ޚިދުމަތްތައް
މީނާގެ ޙަޔާތުގެ ކުރީކޮޅު ވެސް މާބޮޑަށް ސާފުވާކަށެއް ނެތެވެ. ދިރިއުޅުއްވައިފައި ވަނީ، ބަޣުދާދުގަ އެވެ. ކޮންމެއަކަސް އޭނާގެ ޢިލްމީ ޚިދުމަތްތައް އަހަރެމެންގެ ކުރިމަތީގައި ފެންނާން އެބަ ހުއްޓެވެ. މީނާ ދިރިއުޅުއްވައިފައި ވަނީ، ޢައްބާސީ ޚަލީފާ اَلْقَائِمُ بِاللهِ ގެ ދައުރުގަ އެވެ.
|
|
ޝަޚްޞިއްޔަތު -
ޚާއްޞަ
|
|
25 ފެބްރުވަރީ 2011، 21:41 ހުކުރު |
އަޙްމަދު ޖަދުޢާން
ދިވެހި ޅެންވެރިކަމުގެ ބަގީޗާގެ ޑޭޒީ މަލުގެ ނަމުން މަޝްހޫރު ވެވަޑައިގެންފައިވާ، މަޝްހޫރު ޝާއިރާ، އަލްފާޟިލާ އާމިނަތު ފައިޒާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 1343 ވަނަ އަހަރުގެ ޞަފަރު މަހުގެ 29 ވަނަ ދުވަހު މާލޭގައެވެ. މީލާދީ ގޮތުން ބަލާއިރު އެއީ 1924 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހެވެ. އެކަމަނާގެ ބައްޕާފުޅަކީ އަލްމަރުޙޫމް ޔޫސުފް މޫސާ ނުވަތަ ބެރުގޭ ޔޫސުފް ފުޅު އެވެމަންމާފުޅަކީ އަލްމަރުޙޫމާ މަރިޔަމް މޫސާ ނުވަތަ ބޮޑުފެންވަޅުގޭ ދޮންދީދީއެވެ. އެކަމަނާ އުފަންވެ ވަޑައިގަތީ ގ.ބޮޑު ފެންވަޅު ގޭގައެވެ.
|
|
ޝަޚްޞިއްޔަތު -
ޚާއްޞަ
|
|
14 ފެބްރުވަރީ 2011، 00:00 ހޯމަ |
ޢަބްދުﷲ ފާރޫޤު ޙަސަން
 އިންސާނީ މުޖުތަމަޢެއް ނުވަތަ އިޖުތިމާޢީ ނިޒާމެއް ފުރިހަމަ ކާމިޔާބީއަކާ ހަމަޔަށް ގެންދިޔުމަށް ޓަކައި އެންމެ މުހިއްމު އެއް ކަމަކީ އެ މުޖުތަމަޢަކަށް ނުވަތަ އެ ނިޒާމަކަށް ޤާބިލު ލީޑަރަކު ލިބިފައި ވުމެވެ. އެ ލީޑަރަކީ ލީޑަރޝިޕްގެ އެންމެ ފުރިހަމަ ސިފަތައް ލިބިފައިވާ މީހަކު ކަމުގައި ވުމެވެ.
އިންސާނާއަކީ އިޖްތިމާޢިއްޔަތަށް ލޯބިކުރާ މަޚުލޫޤެކެވެ. އިޖުތިމާޢީ ޝުރޫރަކީ އޭނާގެ ޠަބީޢަތުގައި އަށަގެންފައިވާ ކަމެކެވެ. އެހެންކަމުން ލީޑަރަކާ ނުލައި އިޖުތިމާޢީ ނިޒާމެއް ދެމިއޮތުމަކީ މުސްތަޙީލު ކަމެކެވެ. ލީޑަރަކު ނެތް މުޖުތަމަޢަކީ ނުވަތަ އިޖުތިމާޢީ ނިޒާމަކީ ގޮތްވަކު ނެތް ބަކަރި އައިނެއް ފަދަ ބައެކެވެ. އެފަދަ ބައެއްގެ އެއްވެސް މަންޒިލެއް ނުވަތަ މަޤްޞަދެއް ނޯންނާނެއެވެ.
|
|
ޝަޚްޞިއްޔަތު -
ޚާއްޞަ
|
|
07 ޖެނުވަރީ 2011، 11:24 ހުކުރު |
އައްޝައިޚް އަޙްމަދު ފަހުމީ
أَبُو أَحْمَدُ بْنُ مُحَمَّدُ اَلسَّجِسْتَانِي433/1024
ތަޢާރުފު
އަޙްމަދު ބުނު މުޙައްމަދަކީ، މޮޅު ފަލަކީ ޢިލްމު ވެރިއެކެވެ. އެހައިމެ މޮޅު ހިސާބު ޢިލްމު ވެރިއެކެވެ. ބިމުގެ ދަވްރުވުން ROTATION OF THE EARTH ހޯއްދެވީ މީނާ އެވެ.
ހިސާބު ޢިލްމުގައި اَلْقَطْعُ الْمَخْرُوطِي- CONIC SECTION ހޯއްދެވީ މީނާ އެވެ.
|
|
ޝަޚްޞިއްޔަތު -
ޚާއްޞަ
|
|
22 ޑިސެމްބަރ 2010، 01:32 ބުދަ |
ޢިބުރަތް ލިބިގަންނަމާ ހިނގާށެވެ! ޢަޖައިބުވާވަރުގެ ޝަޚުޞިއްޔަތެކެވެ. އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު
އަލްވާލީ ސަޢީދު ބުނު ޢާމިރު އިސްލާމްވެވަޑައިގެންނެވީ ޚައިބަރު ހަނގުރާމައިގެ ކުރިންނެވެ. އެކަލޭގެފާނު ހިމެނިވަޑައިގަންނަވަނީ ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައިގެ އަރިހުގައި ޚައިބަރު ހަނގުރާމައާއި އަދި އެނޫންވެސް އެހެނިހެން ހަނގުރާމަތަކުގައި ބައިވެރިވެވަޑައިގެންނެވި މަތިވެރި ޞަޙާބީން (رضي الله عنهم) ގެ ތެރެއިންނެވެ.
|
|
ޝަޚްޞިއްޔަތު -
ޚާއްޞަ
|
|
10 ޑިސެމްބަރ 2010، 14:09 ހުކުރު |
އައްޝައިޚް އަޙްމަދު ފަހުމީ
أَبُو عَلِي اَلْحَسَنُ إِبْنِ الْهَيْثَمُ430/1021 ނުވަތަ965-1039 ތަޢާރުފު
މީނާ އަކީ، ލޮލާއި އައްޔާ ބެހޭގޮތުން ފުންކޮށް ތަޙްޤީޤު ކުރެއްވި އައު ނަޒަރިއްޔާއެއް ހާމަ ކުރެއްވި، އައްޔާއި ހޫނުގެ ޙަޤީޤަތާ ބެހޭގޮތުން ސާފު ނަތީޖާތައް ދުނިޔެއަށް ހާމަ ކުރެއްވި މުޅި ދުނިޔެއަށް މަޝްހޫރު އިބްނުލް ޙައިޘަމް އެވެ.
ޙަޔާތުގެ ކުރީކޮޅާއި ތަޢުލީމާއި ތަރުބިޔަތު
އިބްނުލް ހައިޘަމްއަކީ، ސައެންސުގެ ދުނިޔޭގައި އޭނާގެ ނަން ރަން އަކުރުން ލިޔުން
|
|
ޝަޚްޞިއްޔަތު -
ޚާއްޞަ
|
|
03 ޑިސެމްބަރ 2010، 05:37 ހުކުރު |
އައްޝައިޚް އަޙްމަދު ފަހުމީ
أَبُوالْوَفَا مُحَمَّدُبْنِ أَحْمَدُ اَلْبُوزْجَانِي398/1011 ނުވަތަ940-998 ތަޢާރުފު
މީނާ އަކީ، ހިސާބު ޢިލްމުގައި REGULAR HEPTAGON އީޖާދު ކުރެއްވި ޢިލްމުވެރިޔާ އެވެ.
ޙަޔާތުގެ ކުރީކޮޅާއި ތަޢުލީމާއި ތަރުބިޔަތު
މީނާ އަކީ، ނޭޝާޕޫރުގެ ރަށެއް ކަމުގައިވާ ބޫޒްޖާން ގެ ރަށްވެއްސެކެވެ. އުފަންވެވަޑައިގެންފައި ވަނީ، މީލާދީން 940 ގަ އެވެ. އަވަހާރަވީ ގާތްގަނޑަކަށް 1011 ގަ އެވެ. 71 އަހަރުގެ ދިގު ޢުމުރުފުޅެއް ލިބިވަޑައި ގަތެވެ.
|
|
|
|
|
|
|
ސަފްހާ 1 ގެ 7 |