ފަންވަތް ޝަޚްޞިއްޔަތު ޚާއްޞަ ކިންގ ފައިޞަލް އިންޓަރނޭޝަނަލް އިނާމު ޙާޞިލުކުރެއްވި ބޭފުޅުން
ބެލި ޢަދަދު: 410
ކިންގ ފައިޞަލް އިންޓަރނޭޝަނަލް އިނާމު ޙާޞިލުކުރެއްވި ބޭފުޅުން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ޝަޚްޞިއްޔަތު - ޚާއްޞަ
12 މާރޗް 2010، 18:19 ހުކުރު

ޢަބްދުލްމުޢީދު ޙަސަން


ކިންގް ފައިޞަލް ފައުންޑޭޝަނުން ދެއްވާ އިންޓަރނޭޝަނަލް އިނާމުތައް މިއަހަރު ޙާޞިލުކުރެއްވީ 8 ބޭފުޅެކެވެ. މި އަހަރު އިނާމުތައް ދެއްވާފައިވަނީ ހަތަރު ދާއިރާއަކުންނެވެ.

އިނާމު ލިބިވަޑައިގަތް ބޭފުޅުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ޝަޚުޞިއްޔަތަކީ، ތުރުކީވިލާތުގެ ދައުލަތުއްރައީސް (ޕްރައިމް މިނިސްޓަރ) ރަޖަބް ޠައްޔިބު އުރުދުޣާން އެވެ. އެމަނިކުފާނުގެ އިތުރުން އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އަލްޖީރިއާ އާއި ލުބްނާނާއި ޖަރުމަނުވިލާތާއި ކެނެޑާއާއި ޔޫއެސްއޭ އާއި އޮސްޓްރޭލިއާގެ ޢިލްމުވެރިންނާއި ޢާލިމުން ހިމެނިވަޑައިގަންނަވަ އެވެ.

ތުރުކީވިލާތުގެ ދައުލަތުއްރައީސް، ރަޖަބް ޠައްޔިބު އުރުދުޣާނަށް އިނާމު ލިބިވަޑައިގަތީ އިސްލާމްދީނަށް ޚިދުމަތްކުރުމުގެ ރޮނގުންނެވެ. މިދާއިރާއިން އެމަނިކުފާނަށް އިނާމު ޙައްޤުވީ، އިސްލާމީ ދުނިޔޭގެ ބޮޑެތި މައްސަލަތަކަށް އެމަނިކުފާނު ނަޞްރުދެއްވާފައިވާ މިންވަރުގެ ބޮޑުކަމުންނެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މައްސަލައަކީ، ފަލަސްޠީނުގެ މައްސަލަ އެވެ. އަދި ތުރުކީވިލާތުގެ މުސްލިމުންގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި އެމަނިކުފާނު ކުރައްވާފައިވާ ގިނަގުނަ ޚިދުމަތްތައް ވެސް ފާހަގަކޮށްލެވެ އެވެ.

ބައިނަލްއަޤުވާމީ މަސްރަޙުގައި އެމަނިކުފާނު ފާގަކޮށްލެވެނީ، ޙަޟާރަތްތަކުގެ މެދުގައި ގުޅުންބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާ އައުދާނަ ޝަޚުޞިއްޔަތެއްގެ ގޮތުގަ އެވެ.

އިނާމު ލިބިވަޑައިގަތް އިތުރު ޢިލްމުވެރިންނާއި ޢާލިމުންގެ ތަފުޞީލު، ކިންގ ފައިޞަލް ފައުންޑޭޝަންގެ ވެބްސައިޓުގައި ޝާއިޢުކުރައްވާފައި ވެ އެވެ. އެ ސައިޓުގައި އެ މަޢުލޫމާތު ހިމަނުއްވާފައިވާ ޞަފުޙާއަށް ވަޑައިގެންނެވުމަށްޓަކައި

މިތަނަށް

އެއްފަހަރު ކްލިކްކޮށްލައްވާށެވެ.


މަޞްދަރު:
ކޭއެފްއެފް ޑޮޓް ކޮމް.

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (0)Add Comment

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 


އިތުރު މަޒްމޫނު


މިވަގުތު ފަންވަތުގައި

މިވަގުތު 39 ކިޔުންތެރިން އޮންލައިން

ހޮޅުއަށީގައި

އެކަކުވެސް ނެތް

ހަމަ މި ގަލަމުން

ފަންވަތުގެ ޖަވާހިރު

ސުވަރުގޭގެ ތަޅުދަނޑިއަކީ ނަމާދެވެ.
ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ.
ވުޟޫއުގެ ތަޅުދަނޑިއަކީ ބިސްމިއެވެ.
ބިސްމީގެ ތަޅުދަނޑިއަކީ ޔަޤީންކަމެވެ.
ޔަޤީންކަމުގެ ތަޅުދަނޑިއަކީ ވަކީލުކުރުމެވެ.
ވަކީލުކުރުމުގެ ތަޅުދަނޑިއަކީ އުންމީދެވެ.
އުންމީދުގެ ތަޅުދަނޑިއަކީ ކިޔަމަންގަތުމެވެ.
ކިޔަމަންގަތުމުގެ ތަޅުދަނޑިއަކީ މާތް ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެ ރުބޫބިއްޔަތު ޤަބޫލުކުރުމެވެ.

ދެކޭގޮތް

މިވެބްސައިޓް
 

މެހެމާނުނުންގެ އަދަދު

މިހާތަނަށް : 1300534
free counters
ބެލި ޢަދަދު: 410