މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މުސްލިމް ސައިންސް ދާނުން - 34 |
|
|
| ޝަޚްޞިއްޔަތު - ޚާއްޞަ | |||
| 07 ޖެނުވަރީ 2011، 11:24 ހުކުރު | |||
|
އައްޝައިޚް އަޙްމަދު ފަހުމީ أَبُو أَحْمَدُ بْنُ مُحَمَّدُ اَلسَّجِسْتَانِي433/1024 ތަޢާރުފު އަޙްމަދު ބުނު މުޙައްމަދަކީ، މޮޅު ފަލަކީ ޢިލްމު ވެރިއެކެވެ. އެހައިމެ މޮޅު ހިސާބު ޢިލްމު ވެރިއެކެވެ. ބިމުގެ ދަވްރުވުން ROTATION OF THE EARTH ހޯއްދެވީ މީނާ އެވެ. ހިސާބު ޢިލްމުގައި اَلْقَطْعُ الْمَخْرُوطِي- CONIC SECTION ހޯއްދެވީ މީނާ އެވެ. ޙަޔާތުގެ ކުރީކޮޅާއި ތަޢުލީމާއި ތަރުބިޔަތު މީނާ އަކީ، سَجِسْتَانُ ގެ ބޭފުޅެކެވެ. އުފަންވެ ވަޑައިގަތީ، މީލާދީން 951 ގަ އެވެ. އަވަހާރަވީ، 1024 ގަ އެވެ. އޭރު ޢުމުރު ފުޅަކީ 73 އަހަރު ފުޅެވެ. ޢިލްމީ ޚިދުމަތްތައް أَحْمَدُ بْنِ مُحَمَّدُ سَجِسْتَانِي ގެ ކުރިން ވަރަށް ގިނަ މީހުން ޤަބޫލު ކުރާ ގޮތުގައި ދުނިޔެ ނުވަތަ ބިން އޮތީ، ހިމޭނުން ނެވެ. އަދި އިރާއި ހަނދާއި އެހެނިހެން ތަރިތައް ދައުރުކުރެ އެވެ. މިއީ ކުށް ޚިޔާލެއްކަމުގައި އަޙްމަދު ސަޖިސްތާނީ ދަލީލާ އެކު ހާމަ ކުރެއްވި އެވެ. ބައެއް އެހެން ހޯދުންތަކެކޭ ވެސް އެއްފަދައިން 1473 ގައި އުޅުއްވި ހުޅަނގުގެ ސައެންސްދާނެއް ކަމުގައިވާ ކޮޕަރ ނިކަސް އަކީ، މި ނަޡަރިއްޔާ ހާމަ ކުރެއްވި ބޭފުޅާ ކަމުގައި ބައެއްމީހުން ދެކެ އެވެ. މިއީ ކަނޑައެޅިގެން ކުށް މަޢުލޫމާތެކެވެ. އަޙްމަދު ސަޖިސްތާނީގެ ދެވަނަ އާ ހޯއްދެވުމަކީ، ހިސާބު ޢިލްމުގައި ބޭނުން ކުރެވޭ CONIC SECTION އެވެ. މިއީ މީގެ ކުރީގެ ހިސާބު ޢިލްމުވެރިންނަށް ވަރަށް ދަތި އަދި ނުހޯދޭނެ އެއްޗެއް ކަމުގައި ބެލެވިފައި ވެ އެވެ. ------------------------------------------- أَبُو الْحَسَنُ عَلِي بْنِ أَحْمَدُ اَلنَّسَوِي440/1030ތަޢާރުފުޢަލީ އަޙްމަދު ނަސަވީ އަކީ، މިހާރު ބޭނުން މި ކުރާ ގޮތަށް ވަގުތުގެ ޔުނިޓުތައް ބައްސަވައި ދެއްވި ޢިލްމުވެރިޔާ އެވެ. ޙަޔާތުގެ ކުރީކޮޅާއި ޢިލްމީ ޚިދުމަތްތައް މީނާ އުފަންވެ ވަޑައިގަތީ، ޚުރާސާނުގެ ނަސާގަ އެވެ. އޭނާއަށް ނަސަވީ އެވެ ކިޔުނީ އެ ރަށަށް ނިސްބަތް ކޮށްގެންނެވެ. ފަށާ ތަޢުލީމު ޙާޞިލު ކުރެއްވީ އޭނާގެ ރަށް ނަސާގަ އެވެ. އެއަށްފަހު ވަޑައިގަތީ ރައްޔު އަށެވެ. ރައްޔު އަކީ އެ ދުވަސްވަރު ޢިލްމީ މަރުކަޒެކެވެ. ޢަލީ އަޙްމަދު އޭނާގެ މުޅި ޢުމުރު ހޭދަ ކުރެއްވީ، އެ ރަށުގެ ޢިލްމީ މަހެފިލްތަކުގަ އެވެ. އެ ދުވަސްވަރަކީ، ބަވައްޔާ ޚާންދާނުގެ މަޝްހޫރު ރަސްގެފާނު، ފަޚުރުއްދަވްލަތު- (1012މ) ގެ ދުވަސްވަރެވެ. ފަޚުރުއްދަވްލަތަކީ، ޢިލްމާއި ޢިލްމުވެރިންނަށް މާތްކޮށް ހިތްތެވި ރަސްކަލެކެވެ. އަޙްމަދު ޢަލީ ނަސަވީ އަކީ، ހިސާބު ޢިލްމުގެ މާހިރެކެވެ. އޭނާ އަކީ، އެ ޢިލްމުގެ އިމާމެކެވެ. އަޙްމަދު ޢަލީ ނަސަވީގެ އުފަން ތާރީޚު ސާފުވާކަށެއް ނެތެވެ. އަވަހާރަވީކަމުގައި ބެލެވެނީ، ގާތްގަނޑަކަށް 1030 މ ގަ އެވެ. އޭނާގެ ރަށަކީ، ޚުރާސާންގެ ނަސާ އެވެ. ޢިލްމީ ޚިދުމަތްތައް ހިސާބު ޢިލްމުގެ ތެރެއިން جُذْرُ އާއި جُذْرُ الْمُكَعَّبُ ގެ އާ ރޫޓްތަކެއް އޭނާ އީޖާދު ކުރެއްވި އެވެ. މިހާރު ވެސް އެންމެ އިތުބާރުހިފޭ ގޮތެއް ކަމުގައި ބެލެވެނީ މީނާގެ ހޯދުމެވެ. 60 ގެ ހިސާބުގެ އީޖާދު ނަސަވީގެ ދެވަނަ ހޯއްދެވުމަކީ، حِسَابُ السِّتّيْن އެވެ. އޭނާ حِسَابُ السِّتّيْن- (60 ގެ ހިސާބު) އާއި حِسَابُ اْلأَعْشَارِيَّة- ޑެސިމަލް އާ ދެމެދު ގުޅުން އުފެއްދެވި އެވެ. ނަސަވީ ގެނެސްދެއްވި حِسَابُ السِّتّيْن- (60 ގެ ހިސާބު) އަކީ، އޭނާގެ ސިކުނޑީގެ ފުރިހަމަކަން ހާމަކޮށްދޭ އީޖާދެކެވެ. ވަގުތުވަގުތަކީ، އަގުހުރި އެއްޗެކެވެ. ވަގުތު ބައިބަޔަށް ބެހުމާއި އެ ދެނެގަންނާނެ ހިސާބުގެ ވަސީލަތްތަކަކީ، ސައިންސު ޢިލްމުވެރިންގެ އިހްސާންތެރި ކަމެވެ. މި އިޙްސާންތެރިކަން ރައްދުވާ ފަރާތަކީ، އަޙްމަދު ނަސަވީ އެވެ. ވަގުތު ބައިބަޔަށް ބެހުމުގައި ކުރިން ގެންގުޅުނު أَعْشَارِيَّة (ޑެސިމަލް) ގެ އިތުރަށް سِتّيْن ގެ އުޞޫލު އޭނާ ގެނެސްދެއްވައި އެ ދޭތި އެކެތި އަނެކެއްޗާ ގުޅުއްވި އެވެ. މިސާލަކަށް: އަޙްމަދު ނަސަވީ، ސާޢަތެއްގެ އިރު، ގަޑި ނުވަތަ ޒާވިޔާގެ ގެ 1 ޑިގުރީ، ބެއްސެވީ 60 ބަޔަށެވެ. އަދި އެއިން ކޮންމެ ބަޔަކަށް دَقِيْقَة- (MINUTE) އެވެ ކިއުއްވައި ނަން ދެއްވި އެވެ. - دَقِيْقَة ގެ މާނައަކީ، ވަރަށް ކުޑަކުޑަ މިންވަރެކެވެ. ނަސަވީ، دَقِيْقَة - މިނިޓް އަނެއްކައި ބައިބަޔަށް ބެއްސެވި އެވެ. މި އީ ގަޑި ބައިބަޔަށް ބަހާލެވޭ ދެވަނަ ފަހަރެވެ. އެހެންވެ މިފަހަރު، މިނެޓު ބައްސަވައި ލެއްވީ 60 ބަޔަށެވެ. އަދި އެއިން ކޮންމެ ކޮންމެ ބަޔަކަށް ކިއުއްވީ ثَانِيَة ދެވަނަ އެވެ. މިއީ ދިވެހިން މިކިޔާ ސިކުންތެވެ. މިނިޓެއްގެ 60/1 އެވެ. މެދު ޒަމާނުގައި، މުސްލިމުންގެ ޢިލްމީ ފޮތްތައް ޔޫރަޕަށް ދިއުމުން އެ މީހުން އެ ފޮތްފޮތް ތަރުޖަމާކޮށް އެއިން ފައިދާ ޙާޞިލުކުރި އެވެ. އުޞޫލެއްގެ ގޮތުން ވަރަށް ގިނަ އެއްޗެތި ހުރީ އެ މީހުންގެ އަމިއްލަ އީޖާދެކޭ ނުބުނެވޭ ގޮތަށް ހަމަ ސީދާސީދާ ތަރުޖަމާ ކޮށްފަ އެވެ. މިސާލަކަށް دَقِيْقَة އަށް ބޭނުންކުރާ MINUTE ގެ މާނަ އަކީ، އިނގިރޭސި ބަހުގައި ވެސް ކުޑަކުޑަ މިންވަރެކެވެ. ثَانِيَة އަށް ބޭނުންކުރާ SECOND ގެ މާނަ އަކީ 2 ވަނަ އެވެ. ވަގުތު ބައިބަޔަށް ބެއްސެވުމުގައި މުސްލިމު ސައިންސުދާނު އަޙްމަދު ނަސަވީގެ ރޯލު ދަންނަ މީހުން، މިހާރު ދުނިޔޭގައި މަދުވާނެ އެވެ. އަޙްމަދު ނަސަވީގެ މަޝްހޫރު ފޮތަކީ، اَلْحِسَابُ الْعَمَلِي " ޢަމަލީ ހިސާބު " އެވެ. މީނާގެ އަނެއް ފޮތަކީ، اَلْمُقَنَّعُ فِي اَلْحِسَابِ الْهَنْدَسِيْ އެވެ. (ނިމުނީ) މި ލިޔުން؛ ފޮނުވުން: އައްޝައިޚް އަޙްމަދު ފަހުމީ (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް) އަލުންބެލުން: އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ) ޝާއިޢުކުރުން: '' ''
|
| ހަމަ މި ގަލަމުން |
|---|