މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މުސްލިމް ސައިންސް ދާނުން - 35 |
|
|
| ޝަޚްޞިއްޔަތު - ޚާއްޞަ | |||
| 08 އެޕރީލް 2011، 13:50 ހުކުރު | |||
|
އައްޝައިޚް އަޙްމަދު ފަހުމީ عَلِي بْنِ عِيْسَيJESU HALI441/1031 ނުވަތަ1038 ތަޢާރުފު ޢަލީ ބިން ޢީސާ ނުވަތަ ޔޫރަޕްގެ މީހުން ދަންނަ JESU HALI އަކީ ލޮލުގެ ބަލިތަކާބެހޭ ޚާއްޞަ ޑަކްޓަރެކެވެ. އަދި އޭނާ އަކީ، މޮޅު ފިޒިޝަން އެކެވެ. ޙަޔާތުގެ ކުރީކޮޅާއި ޢިލްމާއި ޚިދުމަތްތައް މީނާގެ ޙަޔާތުގެ ކުރީކޮޅު ވެސް މާބޮޑަށް ސާފުވާކަށެއް ނެތެވެ. ދިރިއުޅުއްވައިފައި ވަނީ، ބަޣުދާދުގަ އެވެ. ކޮންމެއަކަސް އޭނާގެ ޢިލްމީ ޚިދުމަތްތައް އަހަރެމެންގެ ކުރިމަތީގައި ފެންނާން އެބަ ހުއްޓެވެ. މީނާ ދިރިއުޅުއްވައިފައި ވަނީ، ޢައްބާސީ ޚަލީފާ اَلْقَائِمُ بِاللهِ ގެ ދައުރުގަ އެވެ. ލޮލުގެ ބަލިތަކަށް ފަރުވާކުރި މީހުންނަށް ބަލާއިރު އެ ޒަމާނުގެ ނިސްބަތުން މީނާ އަންނަނީ ދެވަނަ އަށެވެ. ޢަރަބިންގެ ތެރޭގައި މީނާ އަކީ މީނާގެ ޒަމާނުގައި އެންމެ މަޝްހޫރު ލޮލުގެ ބޭސްވެރިޔާ އެވެ. މީނާ ކުރިޔަށް ވަޑައިގަތީ، ލޮލާއި ލޮލުގެ ފަރުވާގެ ރޮނގުން ނެވެ. މީނާގެ ތަޖުރިބާތަކާއި މަޢުލޫމާތު ފޮތެއްގެ ސިފައިގައި އެކުލަވައި ލެއްވި އެވެ. އެފޮތަކީ، تَذْكِرَةُ الكُحْلَيْنِ ނުވަތަ تَذْكِرَةُ الكَحَّالَيْنِ އެވެ. މި ފޮތަކީ، ލޮލާބެހޭ އިންސައިކްލޯޕޭޑިޔާ އެކެވެ. މި ފޮތުގައި ތިން ވޮލިއުމް އޮވެ އެވެ. ފުރަތަމަ ޖިލްދުގައި ބަޔާން ވެގެންވަނީ ލޮލުގެ ބައިތަކުގެ ފުރިހަމަ ތަޝްރީޙެވެ. އަދި އެ ބައިތަކުގެ ބޭނުން ތަކެވެ. އިނގިރޭސި ބަހުންނަމަ މިބައިގައި އޭނާ ބަޔާން ކުރައްވާފައި އެ ވަނީ، ލޮލުގެ އެނެޓޮމީ އާއި ފިޒިއޮލޮޖީ ކަމުގައި ބުނެވިދާނެ އެވެ. ދެވަނަ ޖިލްދުގައި ބަޔާން ވެގެންވަނީ ލޮލުގެ ބޭރު ފުށަށް ފެންނާން ހުންނަ ބަލިތަކާ ބެހޭ ފުރިހަމަ ތަފްޞީލެވެ. ތިންވަނަ ބަޔަކީ، ވަރަށް މުހިއްމު ބައެކެވެ. އެ ބައިގައި އޭނާ ބަޔާން ކުރައްވާފައިވަނީ، ލޮލުގެ އެތެރޭގައި އުފެދޭ ބަލިތަކުގެ ވާހަކަ އެވެ. މި ބަލިބައްޔަކީ، ބޭރުން ބަލާ ބެލުމަށް އެއްގޮތަކަށް ވެސް ތަނެއް ދޮރެއް އެނގޭނެ ކަންތައްތަކެއް ނޫނެވެ. މި ފޮތުގައި، 143 ބޭހާއި، އެ ބޭސްތަކާބެހޭ ފުރިހަމަ ތަފްޞީލު ބަޔާން ކުރައްވާފައިވެ އެވެ. މި ހުރިހައި ބޭހަކީ ވެސް ލޮލުގެ ބޭހެވެ. ![]() تَذْكِرَةُ الكَحَّالَيْنِ ޔޫރަޕުގައި މި ފޮތް މެދުޒަމާނުގައި ޔޫރަޕްގައި ލެޓިން ބަހަށް ތަރުޖަމާ ކުރެވުނެވެ. އެއީ 1499 ގަ އެވެ. އަދި ޝާއިޢު ވެސް ކުރެވުނެވެ. އަދި 1903 ގައި ފަރަންސޭސި ބަހުން ވެސް މި ފޮތް ޝާއިޢު ކުރެވުނެވެ. އަދި 1904 ގައި ޖަރުމަނު ބަހުން ޝާއިޢު ކުރެވުނެވެ. އަލް މުންޖިދުގައި ބުނާގޮތުން މީނާ އަކީ ނަޞާރާ އެކެވެ. (ނިމުނީ) މި ލިޔުން؛ ފޮނުވުން: އައްޝައިޚް އަޙްމަދު ފަހުމީ (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް) އަލުންބެލުން: އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ) ޝާއިޢުކުރުން: '' ''
|
| ހަމަ މި ގަލަމުން |
|---|