ފަންވަތް ޝަޚްޞިއްޔަތު ޚާއްޞަ ރަބިންދްރަނާތު ޓޭގޯރ :
ބެލި ޢަދަދު: 830
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ރަބިންދްރަނާތު ޓޭގޯރ : ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ޝަޚްޞިއްޔަތު - ޚާއްޞަ
29 އެޕރީލް 2011، 14:19 ހުކުރު

އަދަބިއްޔާތުގެ ރޮނގުން ނޯބްލް ޞުލްޙައިގެ އިނާމު ހޯއްދެވި، އޭޝިޔާގެ ފުރަތަމަ ބަސްވާރު


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އޭޝިޔާގެ މަޝްހޫރު އަދީބު އަދި މުފައްކިރު ރަބިންދުރަނާތު ޓޭގޯރ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 7 މޭ 1861 ގައި އިންޑިއާގެ ބެންގާލީގައެވެ. އެއީ އެއީ "ބްރަހމޯ ސަމަޖް" ދީނުގެ ދީނީ ލީޑަރ ގެ އެންމެ ހަގު ދަރިކަލުންނެވެ. އެއީ ހިންދީ ދީނުގެ އަސާސްގެ މައްޗަށް ބިނާކޮށްގެން ފަހުން ހަދައިފައިވާ "ދީނެކެވެ."

ރަބިންދްރަނާތު ގެ ތަޢުލީމީ ޙަޔާތްޕުޅުގެ ބިންގާ އެޅުނީ ގޭތެރެއިންނެވެ. ނަމަވެސް އޭނާގެ ޢުމުރުފުޅުން 17 އަހަރުގައި ރަސްމީ ތަޢުލީމު ފުރިހަމަ ކުރެއްވުމަށްޓަކައި އިނގިރޭސިވިލާތަށް ވަޑައިގަތެވެ. އޭނާގެ ޅަ ޒުވާން ދުވަސްވަރު ޢާއިލާ އާއި ޢާއިލާގެ މިލްކިއްޔާތާއި މުދާތައް ބަލަހައްޓަމުން ގެންދެވީ އަދަބީ އެތައް ޙަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. މި މަސައްކަތްޕުޅުގެ ތެރެއިން ޢާއްމުންގެ އެކި ފަންތީގެ އެކި ގިންތީގެ އެކި ދަރިކޮޅުގެ މީހުންނާ އެކުގައި މަސައްކަތްކުރުމުގެ ފުރުޞަތު ލިބިވަޑައިގަތެވެ. މި ކަމުގެ ސަބަބުން މުޖުތަމަޢުގެ އިޞްލާޙަށް އޭނާގެ ހިތްޕުޅުގައި ކުރިން އުފެދިފައި އޮތް ޝައުޤު އެތައް ގުނަޔަކަށް އިތުރުވި އެވެ.

މި ދުވަސްވަރު އޭނާގެ "ުޕަނިޝާދީ" (އޭނާގެ ދީނުގެ) ފިކުރުގެ ތަޢުލީމު ދިނުމަށް ޓަކައި ތަޙުލީލީ ސްކޫލެއް ވެސް ހިންގަވަންފެއްޓެވިއެވެ. އަދި އިންޑިއާގެ ވަޠަނީ ޙަރަކާތްތަކުގައި ވަގުތުން ވަގުތަށް ބައިވެރިވެވަޑައިގަންނަވަމުން ގެންދެވިއެވެ. އޭނާގެ އަމިއްލަފުޅު ފިކުރާއި ނަޒަރިއްޔާތާއި ފަލްސަފާއާ އެކުވެސް، އިންޑިޔާގެ ސިޔާސީ "ބައްޕަ" ކަމަށް ވާ ގާނދީ އަކީ އޭނާގެ އެންމެ ވަފާތެރި އިޚުލާޞްތެރި ރަޙުމަތްތެރިޔާ ކަމަށް ވި އެވެ.

މި ދުވަސްވަރު އިންޑިޔާގައި ވެރިކަންކުރަމުން އައި އިނގިރޭސި ސަރުކާރުން އޭނާއަށް "ނައިޓް" (knight) އެއްގެ ދަރަޖަ 1915 ގައި އެރުވި އެވެ. ނަމަވެސް ވަރަށް އަވަހަށް އެ ޝަރަފު ދޫކޮށްލައްވައި އޭނާ އަކީ އިނގިރޭސި އިސްތިޢުމާރާ ދެކޮޅަށް މަސައްކަތްކުރާ ޙަރަކާތްތެރިއެއްކަމަށް ވެ ވަޑައިގަތެވެ.

ޓޭގޯރަކީ އޭނާގެ މާދަރީ ބަސް ކަމަށްވާ ބެންގާލީ ބަހުގެ ލިޔުންތެރިއެއްގެ ގޮތުން ވަރަށް ކުރީއްސުރެ ކާމިޔާބު ހޯއްދަވައިފައިވާ ބޭފުޅެކެވެ. އޭނާގެ ބައެއް ޅެންތައް އިނގިރޭސިބަހުން ތަރުޖަމާކުރައްވައި ޢާއްމުކުރައްވަން ފެއްޓެވުމުން އޭނާގެ އަދަބީ މަޤްބޫލުކަން ހުޅަނގުގައި އިތުރުވެގެން ދިޔަ އެވެ..މިކަމުގެ ސަބަބުން އޭނާގެ މަޤުބޫލުކަން އިތުރުވެ އޭނާގެ އަދަބީ ވިދުން އާ އުސްމިންތަކަކަށް ދަތުރުކުރިއެވެ. އަދި އެކުވެރިކަމުގެ ދަތުރުތަކުގައްޔާއި ތަޤްރީރު ދެއްވުމަށް ލިބިވަޑައިގެންނެވި ގިނަ ދަޢުވަތުގެ ސަބަބުން އޭނާއަށް މަޝްހޫރުވެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގަތެވެ. އަދި "އިންޑިޔާގެ ރޫޙީ ތަރިކައިގެ އަޑު" ކަމުގައި ޓޭގޯރ ދުނިޔެއަށް މަޝްހޫރުވެ، މުޅި އިންޑިއާއަށް، ޚާއްޞަކޮށް ބެންގާލަށް އަށް އޭނާ އަކީ ދިރިހުރި ޢިލްމީ "މުއައްސަސާ"އެއް ކަމުގައި ވެވަޑައިގަތެވެ.

އަދަބީ ހުރިހާ ވައްތަރެއްގެ ލިޔުންތައް ޓޭކޯރ ލިޔުއްވި ނަމަވެސް އެންމެ ފުރަތަމަ އޭނާ އަކީ ޅެންވެރިއެކެވެ. އޭނާގެ ޅެންވެރިކަމުގެ، ފަންސާހަށް ވުރެ ގިނަ ތަޞްނީފުތަކުގައި "މަނާސީ (1890) [އެންމެ ފުރިހަމަ އެތި]، "ސޮނާރު ތާރީ" (1894) [ރަން ބޯޓް]، "ގިތަންޖާލީ" (1910) [ޅެންވެރިކަމަށް އެހީއެއް] "ގިތިމަލްޔާ" (1914) "ޅެންމުތުގެ ހާރު] އާއި "ބަލަކާ" (1916) [ކެރޭނުގެ އުދުހުން] ފަދަ އެތައް ޅެމެއް މަޝްހޫރުވެގެންދިޔައެވެ.

އިނގިރޭސިބަހުން އޭނާ ހެއްދެވި "ދަ ގާރޑްނަރ"(1913) [ޑަރޯގާ]، "ފުރުޓް-ގެދަރިންގ" (1916) [މޭވާގެ މަސްހުނިވުން]، ފަދަ ޅެންތައް ޢާއްމު ގޮތެއްގައި ޓޭގޯރގެ ބެންގާލީ ތަޞްނީފުތަކުގައި ހިމަނުއްވައިފައެއް ނުވެއެވެ.

ރަބިންދްރަނާތު ޓޭގޯރަކީ ހަމަ އެކަނި ޅެންވެރިއެއް ނޫނެވެ. އަދަބީ  ހުރިހާ ދާއިރާއެއްގައި ވެސް އޭނާ ވަނީ މަޤްބޫލުކަން ހޯއްދަވައިފައެވެ. ތަމްސީލާއި މިޔުޒިކު ޑްރާމާ އާއި، ނެށުމުގެ ޑްރާމާއާއި  ކުރުވާހަކައާއި ދިގުވާހަކަތަކާއި ދަތުރުނާމާ އާއި ބައިގްރަފީ އާއި އެކި މައުޟޫޢުތަކަށް ލިޔުއްވި ގިނަގުނަ މަޒުމޫނުތަކާއި ކޮމިކާއި މިފަދަ ހުރިހާ ދާއިރާއެއްގައިވެސް އޭނާގެ ގަލަންކޮޅުވަނީ ފުޅާ ދާއިރާއެއްގައި ފަސޭހަކަމާއެކު ހިންގަވައިފައެވެ. އޭނާ ލިޔުއްވި މަޝްހޫރު ޑްރާމާތަކުގެ ތެރޭގައި "އަނދިރި ހޮހޮޅައިގެ ރަސްގެފާނު"، "ޕޯސްޓް އޮފީސް"، "ވޯޓަރފޯލް"، "ރަތް ކަނީރު" ފަދަ ކިތަންމެ ޑްރާމާތަކެއް ހިމެނެއެވެ. އޭނާ ލިޔުއްވި ދިގު ވާޙަކަތަކުގެ ތެރޭގައި "ގެއާއި ދުނިޔެ" ފަދަ ވާހަކަތައް ވަރަށް މަޝްހޫރިވިއެވެ.

ކުރުކޮށް ދަންނަވާނަމަ، އަދަބީ ދުނިޔޭގައި ޓޭގޯރ ގެ ގަލަންކޮޅު ނުހިންގަވާ އެއްވެސް ދާއިރާއެއް ނެތެވެ. އޭނާގެ ކޮންމެ އަދަބީ އުފެއްދެވުމެއްގައި އޭނާ ގެންގުޅުއްވި އާދަޔާ ޚިލާފު ފުން ފަލްސަފީ ފިކުރުފުޅުގެ ސަބަބުން އޭނާއަކީ ވަރަށް ބޮޑު މުފައްކިރެއްކަން ހާމަވެއެވެ. އަދި އެހާމެ ބޮޑު ފަލްސަފާވެރިޔެއްކަން ކަށަވަރުވެއެވެ.

އަޅުގަނޑުގެ ނަޒަރުގައި އޭނާއަށް ލިބިވަޑާއިގެންފައިވާ އެންމެ ޚާއްޞަ ޝަރަފަކީ އޭނާ އަކީ 2 ޤައުމެއްގެ "ޤައުމީ ސަލާމް" ހެއްދެވި ހަމަ އެކަނި ޝާޢިރު ކަމުގައި ވެވަޑައިގަތުމެވެ. އާދެ! އިންޑިއާގެ ޤައުމީ ސަލާމާއި ބަނގްލާދޭޝްގެ ޤައުމީ ސަލާމް ވެސް ހެއްދެވީ މި ކުޅދާނަ އަދީބު އަދި ބަސްވާރު ރަބިންދްރަނާތު ޓޭގޯރެވެ.

އަދަބީ ދާއިރާއިން މުޖުތަމަޢުގެ އިޞްލާޙަށްޓަކައި އޭނާ ކުރެއްވި އަގު ނުކުރެވޭ ފަދަ ޚިދުމަތުގެ ސަބަބުން 1913 ވަނަ އަހަރު އޭނާއަށް ވަނީ އަދަބީ ރޮނގުން ނޯބްލް ޞުލްޙައިގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި މިދާއިރާއިން މި އިނާމު ފުރަތަމަ ލިބިވަޑައިގަތް އޭޝިޔާގެ ފުރަތަމަ އަދީބަކަށް އޭނާ ވަނީ ވެވަޑައިގެންފައެވެ.

ރަބިންްދްރަނާތު ޓޭގޯރ ވިދާޅުވެފައިވެއެވެ."ތިމާގެ މާދަރީ ބަހަށް ތިމާ ކޮށިވި ވަރަކަށް ތިމާގެ ވިސްނުން ހަނިވާނެއެވެ. (އެހެނީ) ވިސްނަން ބޭނުންކުރާ ޒަރީޢާ އަކީ މާދަރީ ބަހެވެ." އަދިވެސް އޭނާ ވިދާޅުވި އެވެ. "މިއަދުގެ މުޖުތަމަޢަށް އިނގިރޭސި ބަސް ވަރަށް މުހިންމެވެ. އެހެންނަމަވެސް އެއަށްވުރެ މުހިންމީ ޢިލްމެވެ. ޢިލްމީ މާއްދާތައް މާދަރީ ބަހުން ކިޔަވައިދޭށެވެ. އަދި އިނގިރޭސި ބަހަށް ޚާއްޞަ ސަމާލުކަމެއް ދީގެން ވަކި ބަހެއްގެ ގޮތުގައި އިނގިރޭސި ބަސް ދަސްކޮށްދޭށެވެ. އިނގިރޭސި ބަހަށް ފުރިހަމަ ގޮތުގައި މޮޅުވެވޭނީ މާދަރީ ބަހުގެ ހަމަތައް ރަނގަޅަށް އެނގިގެންނެވެ. ތިމާގެ އަމިއްލަ ބަހުގެ ޤަވާއިދުތައް ފަހުމުނުވާ މީހަކަށް ބޭރުގެ ބަހެއްގެ ހަމަތައް ފަހުމުވާނީ ކިހިނެއްހެއްޔެވެ؟"

މި މަޝްހޫރު އަދީބު އަދި މުފައްކިރު ރަބިންދުރަނާތު ޓޭގޯރ ދުނިޔެ ދޫކުރައްވައިފައި ވަނީ 7 އޮގަސްޓް 1941 ގައެވެ.
(މަޢުލޫމާތު: ވިކިޕީޑިއާ އާއި އޮޓޯބައިގްރަފީ އޮފް ރަބިންދުރަނާތު ޓޭގޯރ)
-----------------
(ނިމުނީ)

މި ލިޔުން
     ފޮނުވުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
     އަލުންބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލް ބޯޑްގެ ފަރާތުން)
     ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)Add Comment
...
ލިޔުނީ ނާޒިމް, 2011-05-01 19:15:13
ވަރަށް ފުރިހަމަ ލިޔުއްވުމެއް. މިފަދަ ލިޔުއްވުންތައް ދިވެހިބަހުން ކިޔައިލަން ލިބުމަކީ ބޭރުބަހަކުން ލިޔެފައި ހުންނަ ލިޔުންތައް ކިޔައިގެން އޭގައި އެބުނާ އެއްޗެއް ރަނގަޅަށް ނޭނގޭ އަޅުގަނޑުމެން ފަދަ މައް ދިވެހީންނަށް ވަރަށް ލާބަހުރި ކަމެއް ކަން ކަށަވަރު. މި ލިޔުންކޮޅުގައި ބޭރު ބަހެއްގެ ލަފުޒެއް ނުލިޔެ ނިންމާލެވުނު ކަމަށްޓަކައި ވަރަށް އުފާކުރަމެވެ.
...
ލިޔުނީ ނާޒިމް, 2011-05-04 20:04:25
އަޅުގަނޑު ލިޔުނު "ކޮމެންޓު" ގައި "ލަފުޒެއް" މިހެން ނުޖަހަން. އަޅުގަނޑު ލިޔުނީ 'ބެއްސެއް' މިހެން. ބަސް އެއީ ލެންގުއޭޖް. ބެހި މިއީ ވޯރޑް. ބަހާ މިއީ ފްރޭސް މިއީ ބޯދާ ދިވެހީގައި ބޭނުންކުރެވިފައިވާ ގޮތް. އެކުގައި މިއީ ބަސްބަހާބެހި. ވީމާ ފަންވަތުން އަޅުގަނޑުގެ ކޮމެންޓް އެޑިޓްކުރެއްވި ކަމާ މެދު ހިތާމަކުރަމެވެ. މި ކޮމެންޓުގައި ބޭރު ލަފުޒު ވަރަށް ގިނަވާނެއެވެ. އެހެނީ ލަފުޒަކީ މައް ދިވެހި ބެއްސެއް ނޫނެވެ. "މޮށިއުޅޭ ކޮންމެ ބަހަކުމެ ބެހިލެހި ވަދެ ހިގަތޭ. ބެހީގައި މައުނައެއް ވިއެއް ކަމަކު، ލެއްސަކު މައުނައެއް ނުވާ ހުއްޓޭ. ލޮނެއްބޮނެއް. މިތާގައި މިކިޔޭ ލޮނަކީ ބެއްސެކޭ. އެހެނަސް ބޮނެއް މިއީ އެއްވެސް ރަހައެއް މައުނައެއް ނުވާ ލެއްސެކޭ. ބެހިބެހި ގުޅި ހެއްދޭހުށީ ބަހާތަކޭ."

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 830
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone