މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| މުސްލިމު ސައިންސުދާނުން - 02 |
|
|
| ޝަޚްޞިއްޔަތު - ޚާއްޞަ | |
| 03 ޑިސެމްބަރ 2008، 10:06 ބުދަ | |
|
خَالِدُ بْن يَزِيْدُ بْن مُعَا وِيَةُ 85 ހ. 707 މ.
ތަޢާރުފު
ޚާލިދުގެ ރޮނގަކީ، ޢިލްމީ ރޮނގު ކަމުގައި ވުމުގެ ސަބަބުން ޢިލްމީ ފޮތްތައް މުޠާލަޢާ ކުރައްވަން ފެށްޓެވި އެވެ. އަދި ކީމިޔާ (ކެމިސްޓުރީ) ރޮނގުން ކުރިޔަށް ވަޑައިގަތުމަށްޓަކައި މަސައްކަތްތަކެއް ކުރެއްވި އެވެ. ކެމިކަލްގެ ބޭނުންކުރައްވައިގެން ރަން ހެއްދެވުމަށްޓަކައި، ކަމާބެހޭ ފަތްޕިލާވެލި ވެސް ޖަމަޢަކުރެއްވި އެވެ. ނަމަވެސް މި ކަމުގައި ވީ ނާކާމިޔާބެވެ. ބޭސްވެރިކަމުގެ ރޮނގުގައި ވެސް، ޚާލިދު ކުރިޔަށް ވަޑައިގަތެވެ. މި ކަމަށްޓަކައި، މިޞްރުގެ އިސްކަންދަރިއްޔާއިން ޢިލްމުވެރިން ގެންނަވައިގެން ޢިލްމީ ބަޙުޘްތައް ކުރެއްވި އެވެ. މި ދެންނެވި ޢިލްމުވެރިން ލައްވައި، ޚާލިދު ވަރަށްގިނަ ޢިލްމީ ފޮތްތައް ތަރުޖަމާކުރުވި އެވެ. މި ތަރުޖަމާތައް ވެގެން ދިޔައީ ޢިލްމީ ދުނިޔޭގައި އެ ޒަމާނުގައި އެންމެ ފުރަތަމަ ކުރެވުނު ތަރުޖަމާ ތަކަށެވެ.
خَالِدُ بْنِ يَزِيْدُ އަކީ، ޢިލްމާއި ފަންނަށް ވަރަށް ބޮޑަށް ލޯބިކުރެއްވި ބޭފުޅެކެވެ. ސައެންސުގެ ދުނިޔޭގައި މީނާ އަކީ، އަރައިހުރި ތަރިއެކެވެ. މީނާ އަވަހާރަވީ ޝާމުކަރައިގެحِمْصُ ގައި ނުވަތަ مَدِيْنَة ގަ އެވެ.
إِبْرَاهِيمُ بْن جُنْدُبُ އަކީ، ފަލަކީ ޢިލްމުގެ مُحَقِّق (ތަޙުޤީޤުކުރާ މީހާ) އެކެވެ. އެ ކަމުގެ ކުޅަދާނަ މާހިރެކެވެ.
إِبْرَاهِيمُ بْنِ جُنْدُبُ ގެ ޒަމާނަކީ، ޢައްބާސީ ދަވްރުގެ ކުރީ ކޮޅެވެ. އޭރު خَلِيْفَة أَبُوجَعْفَرُ الْمَنْصُورُ، ބަޣުދާދު ބިނާކުރައްވައި ނިންމަވައިފި އެވެ. ޢިލްމާއި ހުނަރުގެ ބަގީޗާއަށް ބަހާރު މޫސުން އަންނަން އޮތީ ކައިރިވެފަ އެވެ. އެ ދުވަސްވަރު إِبْرَاهِيمُ بْن جُنْدُبُ އަކީ، ފަޤީރު ޠާލިބު ޢިލްމެކެވެ.
ފަލަކީ ޢިލްމު ނުވަތަ އެސްޓްރޮނޮމީއަށް އޭނާގެ ހިތުގައި ޚާއްޞަ ޝައުޤުވެރިކަމެއް އުފެދިފައި ވެ އެވެ. އެހެންކަމުން އޭނާ ވެ ވަޑައިގެންނެވީ އެ ފަންނުގެ ނުހަނު ކުޅަދާނަ މާހިރަކަށެވެ. ޢިލްމީ ޚިދުމަތްތައް إِبْرَاهِيمُ بْنِ جُنْدُبُ ފަލަކުގައިވާ ތަރިތައް ބައްލަވައި މުޝާހަދާކުރައްވައި، އެސްޓުރޮނޮމީގެ މާހިރަކަށް ވެ ވަޑައިގަތުމަށް ފަހު، އަމިއްލަފުޅަށް ތަޖުރިބާތައް ކުރައްވަން ފެށްޓެވި އެވެ. އޭނާ އަކީ، ދުނިޔޭގެ ނިސްބަތުގައި ވިސްނިކަމުގައި ވިޔަސް، ވަރުގަދަ ސިކުނޑިއެއްގެ ވެރި، ފަލަކީ ޢިލްމުވެރިއެކެވެ. އަދި މެކޭނިކެއް ވެސް މެ އެވެ. އިރު ހަނދާއި ތަރިތައް، ކުށެއްނުލައި މުޝާހަދާ (އޮބްޒާވުކުރުން) ކުރެއްވުމަށްޓަކައި އޭނާ އައު އީޖާދެއް ކުރެއްވި އެވެ. މި އާދަޔާ ޚިލާފު އިންސްޓުރޫމަންޓަކީ، ބާވަތެއްގެ ދުރުމީ އެކެވެ. މި ޒަމާނުގެ ސައެންސުގެ އިޞްތިޙާލުގައި ނަމަ އެއީ، ޓެލެސްކޯޕެއް ފަދަ އިންސްޓުރޫމަންޓެކެވެ. މީގެ ޒަރީޢާއިން ހަމަ އެކަނި އުޑުގައިވާ ތަރިތައް ދެނެގަނެވެނީ އަކީ ނޫނެވެ. އެ ތަރިތަކުގެ ދުރުމިނަށް ދާންދެން މިއިން ދެނެގަނެވެ އެވެ.
ޓެލެސްކޯޕުގެ މޫޖިދު ކަމުގައި ބުނާ އިޓަލީގެ ގެލީލިއޯ ދުނިޔޭގައި އުޅުއްވައިފައި ވަނީ، މީލާދީން 1564 ން 1542 އަށެވެ. إِبْرَاهِيمُ بْنِ جُنْدُبُ ގެ ދުވަސްވަރަކީ، މީލާދީން 700 ގެ އަހަރު ތަކެވެ. نَوْبَخْتُ އާއި فَضْلُ بْنُ نَوْبَخْتُ ޢައްބާސީ ޚަލީފާ، އަބޫޖަޢުފަރުލް މަންޞޫރަކީ، ޢުމްރާނީ (ޢިމާރާތްކުރުމުގެ) ގޮތުން ވަރަށް ކުރީ ސަފުގައި ހުންނެވި ބޭފުޅެކެވެ. ބަޣުދާދު މުޅިން އަލުން ބިނާކުރެވުނީ، އޭނާގެ ޒަމާނުގަ އެވެ. މި ކަމަށްޓަކައި އިންޖިނޭރުންގެ ޖަމާޢަތެއް އުފެއްދުނެވެ. މި ޖަމާޢަތުގެ އިސްވެރިންގެ ގޮތުގައި ޢައްޔަން ކުރެވުނީ نَوْبَخْتُ އާއި فَضْلُ بْنِ نَوْبَخْتُ އާ ދެބަފައިންނެވެ.
نَوْبَخْتُ نَوْبَخْت އަކީ، އޭނާގެ ތަޢުލީމީ ދަވްރުގައި ވެސް ވަރަށް ޤާބިލު، ހިތް އަލި، ގަދައަޅައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ފަށާ ތަޢުލީމު ޙާޞިލުކުރެއްވީ، އާދައިގެ މަދަރުސާތަކުގައި ކަމުގައި ވިޔަސް، އޭނާގެ މުޠާލަޢާގެ ދައުރު ވަރަށް ކާމިޔާބެވެ. ފަލަކީ ޢިލްމާއި އެ ޒަމާނުގެ އެހެނިހެން ޢިލްމުތަކުގެ ދާއިރާގައި، އޭނާ ވަރަށް އަވަހަށް ކުރިޔަށް ވަޑައިގެންފި އެވެ. އޭނާ އެންމެ ބޮޑަށް ޝައުޤުވެރިވެ ވަޑައިގަތް ދާއިރާ އަކީ، އިންޖިނޭރިންގ އެވެ. އެހެންކަމުން ޢިމާރާތްކުރުމުގެ ފަންނުގައި ދެވަނައެއް ނުވާފަދަ ކުޅަދާނަ ސިވިލް އިންޖިނޭރަކަށް އޭނާ ވެ ވަޑައިގަތެވެ. އެހެންކަމުން ޚަލީފާ އަބޫ ޖަޢުފަރުލް މަންޞޫރު އޭނާއަށް އެކަށީގެންވާ މަޤާމު ދެއްވި އެވެ.
نَوْبَخْت އަކީ، ވަރަށް ކުޅަދާނަ އިންޖިނޭރެކެވެ. އަދި އެހައިމެ މޮޅު ސާވޭޔަރެއް ވެސް މެ އެވެ. ބަޣުދާދުގެ ޕުލޭން ވަށްކޮށް ތައްޔާރު ކުރައްވައި، ކުރެއްސެވީ އޭނާ އެވެ. މިއީ، ވަރަށް ފުރިހަމަ ކުރެހުމެކެވެ.
فَضْلُ بْنِ نَوْبَخْتُ އަކީ، ޤާބިލު ބައްޕައެއްގެ ޤާބިލު ދަރިކަލެކެވެ. އޭނާ، ފަށާ ތަޢުލީމާއި ތަރުބިއްޔަތު ޙާޞިލު ކުރެއްވީ، އޭނާގެ ބައްޕަގެ އަރިހުންނެވެ. އެއަށްފަހު މުޠާލަޢާ ކުރެއްވުމުގައި މަޝްޣޫލުވެ ވަޑައިގެންފި އެވެ. އަދި ބަޣުދާދު ބިނާކުރުމުގެ މަސައްކަތުގައި، ބައްޕައާ އެކީގައި މަސައްކަތް ފަށްޓަވައިފި އެވެ.
فَضْلُ بْنِ نَوْبَخْت އަކީ، ފަލަކީ ޢިލްމުގެ މާހިރެއް ކަމުން ވަރަށް ގިނަ ޢިލްމީ ފޮތްތައް، އޭނާގެ ދާއިރާގައި ތަރުޖަމާ ކުރެއްވި އެވެ. އޭނާގެ ޛާތީ ލައިބްރަރީއެއް ވެސް ހުއްޓެވެ. އެހެންކަމުން ލައިބްރަރީ ސައެންސުގައި ވެސް فَضْلُ بْنِ نَوْبَخْت ކުރިއަށް ވަޑައިގަތެވެ. އެތަން މިތަނުން ތަފާތު މަވްޟޫއަށް ލިޔެފައިވާ ފޮތް ހޯއްދަވައި، އޭނާގެ ލައިބްރަރީ މުއްސަނދި ކުރެއްވި އެވެ. ޚަލިފާ ހާރޫނުއް ރަޝީދުގެ ޒަމާނުގައި ޝާހީ ކުތުބުޚާނާގެ އިސް އޮފިޝަލެއްގެ މަޤާމު، فَضْلُ بْنِ نَوْبَخْتُ އަށް ލިބި ވަޑައިގަތެވެ. އޭނާ އެ ކުތުބުޚާނާގެ ފޮތްތައް ފަންނާ ގުޅޭގޮތުން ތަރުތީބު ކުރައްވައި، ވަކިވަކީން ފިހުރިސްތުތަކާއި ކެޓަލޮގު ތައްޔާރުކުރެއްވި އެވެ. އެ ދުވަސްވަރު ހުރި އެންމެ ބޮޑު ކުތުބުޚާނާ އަކީ، އެއީކަމުގައި ބުނެވެ އެވެ.
مَاشَاء الله އަކީ ވެސް ވަރަށް މޮޅު ސިވިލް އިންޖިނޭރެކެވެ. ބަޣުދާދުގެ މޮޅު އިންޖިނޭރުންގެ ލިސްޓުގައި މީނާގެ ނަންވެސް އާދެ އެވެ.
مَاشَاء الله އަކީ ވެސް، ފަޤީރު ޚާންދާނެއްގެ އިންޖިނޭރެކެވެ. މީނާ ޢިލްމު ޙާޞިލު ކުރެއްވުމަށް ވަރަށް ބޮޑަށް ޝައުޤު ވެރިވެ ވަޑައިގަތެވެ. ފަށާ ތަޢުލީމު ޙާޞިލުކުރެއްވުމަށް ފަހު، ދެން ފެށްޓެވީ، ޢިލްމީ ފޮތްތައް މުޠާލަޢާ ކުރެއްވުމުގެ މަސައްކަތެވެ. އޭނާ މުޠާލަޢާ ކުރެއްވި ފޮތްތަކުގެ ތެރޭގައި، ފަލަކީ ޢިލްމާއި ޕްލޭނިން އާ ބެހޭ ފޮތްތައް ހިމެނެ އެވެ.
مَاشَاء الله އަކީ، އިންޖިނިއަރިންގެ ފަންނުގައި ވަރަށް ފުންނާބު އުސް ބޭފުޅެކެވެ. ބަޣުދާދު ޢިމާރާތް ކުރެއްވި އިންޖިނިއަރުންގެ ތެރޭގައި ވެސް މީނާ ހިމެނި ވަޑައިގަނެ އެވެ. ބަޣުދާދު ބިނާ ކުރެއްވުމުގެ މަސައްކަތް ފެށުނީއްސުރެ ނިޔަލަށް އޭނާ އެކަމުގައި ހިމެނި ވަޑައިގެންނެވި ކަމުގައި ވެ އެވެ.
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (5)
![]()
...
ލިޔުނީ އުންމީދު, 2008-12-03 04:48:21
ފަހުމީއަށާއި ފަންވަތަށް ޝުކުރިއްޔާ. ތިންވަނަ ބައި އަވަހަށް ނުކުންނާނެ ކަމަށް ހީކުރަމެވެ.
...
ލިޔުނީ ކިއުންތެރިއެއް, 2008-12-03 13:50:39
މިއީ މުސްލިމުންނަށް ވަރަށް ބޭނުންތެރި މަޢުލޫމާތުކަން ޔަގީނެވެ.
...
ލިޔުނީ އައި, 2008-12-04 02:52:23
މީހުންގެ އަބުރާ ބެހިފައި ލިއުމަށްވުރެ މިކަހަލަ އިލްމީ ލިއުންތައް ހުންނަ ވެބްސައިޓު ހެދިމާ ގައުމުގެ ދަރިންނަށް މާފައިދާ ކުރާނެއެވެ. ޝުކުރިއްޔާ ފަހުމީ.
...
ލިޔުނީ އަޖުވަދު ޙަބީބު , 2008-12-05 19:02:15
ދެރައީ މި އަދުގެ މުސްލިމުންނަށް މިފަދަ މީހުންނަށް ނުވެވޭކަން. މި އަދުގެ މުސްލިމުންވަނީ ދުނިޔެއަށް ބީރައްޓެހިވެފާ، އެމީހުން ތިބީ މަޒުހަބީ ޚިލާފުތަކުގައި ބެނދެވިފާ. އުފެއްދުންތެރި ކުޅެންދުންތެރިކަމެއް ނުހޯދުނު. ސައިންސާ ޓެކްނޯލޮޖީއަށް ފުރަގަސް ދިނުމުގެ ނަތީޖާއަކީ މިއަދު އަޅުގަނޑުމެން އުފުލަމުންމިދާ ނުފުދުންތެރިކަމުގެ ހިތާމަ. އަނިޔާއާ ކަރުނަ.
... ލިޔުނީ Husayn, 2011-01-03 16:03:50
Ithubaaru huri liyunthakun engey gothugai mi liyumuge enme fahathugai eoh Maashallah aky hageegathugai muslim scientisteh nooneve. Muslimunge dhaurugai basaraa ah ufanve baghdad binaakurumugai harakaaiytherivieh kamaku meenaa akee hageegathugai Mana*seh nuvatha Jethro ey kiyunu yahoodee eh kamugai varah gina liyunthakun saabithuvaan ebahutteve. Milink thah ballavaa: http://en.wikipedia.org/wiki/Mashallah , http://islamsci.mcgill.ca/RASI/BEA/Masha'allah_ibn_Athari_BEA.htmMiliyunthakugai evany thedhu kamah qaboolukurevey emme bodu hekkaky ibn-al nadim ge kitaab fihuristugai mikan varaha rangalhah saafuvaaneyhen thafseelaaeku bayaanhohfaivaatheeave
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|