މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މުޙައްމަދު ފިރުޢައުނު ނުވަތަ ޖިންނީންގެ ރަސްގެފާނު |
|
|
| ޝަޚްޞިއްޔަތު - ޚާއްޞަ | |||
| 18 ފެބްރުވަރީ 2010، 11:32 ބުރާސްފަތި | |||
|
ޢަބްދުލްމުޢީދު ޙަސަން އަމިއްލަ ނަފުސާ ބެހޭގޮތުން އޭނާ ބުނެފައިވެ އެވެ. "އާދަޔާ ޚިލާފު ބާރެއް އަޅުގަނޑަށް ލިބިފައިވާ ކަމެއް ކުރިން އަޅުގަނޑަށް އެނގިފައެއް ނެތެވެ. އެކަން އެނގުނީ އެއްދުހަކު ކޮފީ ޝޮޕަކަށް ގޮސް އުޅެނިކޮށްނެވެ. އޭރު އަޅުގަނޑު އުޅެނީ ޕްރައިމަރީ މަރްޙަލާގެ ފުރަތަމަ ކްލާހުގަ އެވެ. އެތަނަށް ސައިބޯން ގޮސްތިބި ކުދިންނާއެކު ބިއްލޫރި ކެއުމުގެ ގޮންޖެހުމެއްގައި އަޅުގަނޑު ބައިވެރިވީމެވެ. ސައިބޯން މޭޒުމަތީގައި ބަހައްޓާފައިހުރި ބިއްލޫރި ތަށި އަޅުގަނޑު ނެގީމެވެ. އަދި އެ ތަށި ކާންފެށީމެވެ. އަޅުގަނޑު ބިއްލޫރި ތަށި ކާތަން ފެނުމުން، އެތަނުގައި ސައިބޯން ގޮސް ތިބި މީހުން ބިރުން އެތަނުން ނުކުތެވެ. އެ ކެއުމުން އަޅުގަނޑަށް އެއްވެސް އުނދަގުލެއް ކުރިމަތި ނުވެ އެވެ. ބަނޑަކު ނުރިއްސަ އެވެ." ![]() "މާތް ﷲ، އަޅުގަނޑަށް އާދަޔާ ޚިލާފު ބާރެއް ދެއްވާފައިވާކަން، އަޅުގަނޑަށް އެނގުނީ އެ ދުވަހު އެވެ. އެއްގަމު މަހާއި ކަނޑުމަސް ރޮލާހުއްޓާ ކެއުމަކީ އަޅުގަނޑު ކުރާހިތްވާ ކަމެކެވެ. މަޢުދަނުން ހަދާފައިވާ ހުރިހައި ބާވަތެއްގެ ފައިސާފޮތި، އަޅުގަނޑުގެ އެސްފިޔައިން ލަންބާލެވެ އެވެ. އަދި އެ ފައިސާފޮތިތަކުގައިވާ ކުރެހުން އަޅުގަނޑުގެ އަތުން ފޮހެލެވެ އެވެ." އަދިވެސް އޭނާ ބުނެފައިވެ އެވެ. "އަޅުގަނޑަށް ލިބިފައިވާ ބާރަކީ، މާތް ﷲ ގެ ދެއްވާފައިވާ ދީލަތި ހަދިޔާއެކެވެ. އޭގެ ޙިކުމަތް ދެނެވޮޑިގެންވާނީ އެކަލާނގެ އެވެ. ދުވަހަކުވެސް ޑަކުޓަރަކަށް ދައްކައިގެން މި ބާރުގެ ސިއްރު ހޯދާކަށް އަޅުގަނޑު ނޫޅެމެވެ. އަޅުގަނޑުގެ ހަށިގަނޑުގެ އަނަރޫފަކަމާއެކު ވެސް، އަޅުގަނޑުގެ ހަށިގަނޑުގައިވާ ބާރަކީ، ޚާލިޤުވަންތަ ރަސްކަލާނގެ ކުޅަދުންވަންތަކަމުން އެކަލާނގެ އަޅުގަނޑުގެ ހަށިގަނޑުގައި ލައްވާފައިވާ ބާރެކެވެ." "އަޅުގަނޑުގެ މަންމަ މިދުނިޔެއާ ވަކިވުމުގެ ކުރިން އަޅުގަނޑަށް ދީފައިވާ އަގުބޮޑު ނަޞީޙަތެއް ވެ އެވެ. މަންމަ އަޅުގަނޑަށް ނަޞީޙަތް ދީފައިވަނީ، މާތް ﷲ، އަޅުގަނޑަށް ދެއްވާފައިވާ ބާރުގެ ނިޢުމަތް މީސްތަކުންގެ ކުރިމަތީގައި ދައްކައި ނޫޅުމަށެވެ. އެއީ، މީސްތަކުންގެ ޙަސަދައިން އަޅުގަނޑު ޙިމާޔަތްކުރުމުގެ ބޭނުމުގައި މަންމަ ދީފައިވާ ނަޞީޙަތެކެވެ. އަޅުގަނޑުގެ އެއްބަނޑުއެއްބަފާ މީހުންނާއި ގާތްތިމާގެ މީހުންނާއި އެކުވެރިން ވެސް އެ ނަޞީޙަތް އަޅުގަނޑަށް ދެ އެވެ." ޔޫޓިއުބުގައިވާ ވީޑިއޯކްލިޕަކަށް ވާޞިލުކޮށްދޭ ފާލަމެއް މުޙައްމަދު ފިރުޢައުނުގެ އެކުވެރިން ވެސް އޭނާއަށް ލިބިފައިވާ ބާރާމެދު ޢަޖާއިބުވެ އަންތަރީސް ވެ އެވެ. ބައެއް ފަހަރު އޭނާއަށް ކޮށްލެވޭ ކަންތައްތަކުން ޙައިރާންކަމާއެކު އެބައިމީހުންގެ ހިތްތަކަށް ވެސް ބިރުވެރިކަން ވެރިވެ އެވެ.ބައެއް މީހުން ބުނާގޮތުގައި މުޙައްމަދު ފިރުޢައުނަށް ލިބިފައިވާ ބާރަކީ، އޭނާއާ ޖިންނީންނާ އޮންނަ ގުޅުމެއްގެ ސަބަބުން ޖިންނިޝައިޠާނުން އޭނާއަށް ދީގެން އުޅޭ ބާރެކެވެ. އޭނާއަކީ ޖިންނީންގެ ރަސްގެފާނެވެ. ނަމަވެސް އޭނާ މިކަން ދޮގުކުރެ އެވެ. "އަޅުގަނޑަށް ލިބިފައިވާ ބާރަކީ، ކުޅަދުންވަންތަ މާތް ﷲ، އަޅުގަނޑަށް ދެއްވާފައިވާ ބާރެކެވެ. އެކަލާނގެ އަޅުތަކުންގެ ތެރެއިން މުއުމިނުންނަށް މިފަދަ ބާރު ދެއްވުމަށް އެކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެންވެ އެވެ. މިފަދަ ބާރެއް އެކަލާނގެ މީހަކަށް ދެއްވަނީ، އެމީހަކު އިމްތިޙާނުކުރެއްވުމަށްޓަކައި ކަމަށް ވެދާނެ އެވެ. އެއީ، އެކަލާނގެ ދެއްވާ ބާރުގެ ބޭނުން އެމީހަކު ކުރަނީ ހެޔޮކަންކަމުގައިތޯ ނުވަތަ ނުބައިކަންކަމުގައިތޯ ބެއްލެވުމުގެ އިމްތިޙާނެވެ. ބައެއް މީހުން ބުނެއުޅޭ ފަދައިން އަޅުގަނޑާ ޖިންނީންނާ އެއްވެސް ގުޅުމެއް ނެތްކަން އަޅުގަނޑު ކަށަވަރުކޮށްދެމެވެ." މުޙައްމަދަށް އާދަޔާ ޚިލާފު ކަންތައްތައް ކުރެވެނީ ވަކި ޙާލަތްތަކެއްގައިހެއްޔެވެ؟ މިސުވާލަށް ޖަވާބު ދެމުން އޭނާ ބުނެފައިވެ އެވެ. "ފައިސާފޮތިތައް ގުދުކޮށް އޭގައިވާ ލިޔުމާއި ކުރެހުން ފޮހެލެވެނީ ވަކި ކަމަކަށް ސަމާލުކަން ނުދީ، ހަމަހިމޭނުން ހުންނައިރު އެވެ. އެކަމަކު ބިއްލޫރިއާއި ދަރު އަލިފާން ފަދަ ތަކެތި ކާއިރު، އެކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހެ އެވެ." "މުޙައްމަދު ފިރުޢައުނު" މިއީ، މުޙައްމަދުގެ އަޞްލު ނަންހެއްޔެވެ؟ "ތިޔަ ނަމަކީ، އާދަޔާ ޚިލާފު ކަންތައްތައް އަޅުގަނޑަށް ކުރެވޭތީ، އަޅުގަނޑާ ކައިރީގައި އުޅޭ މީހުން ކިޔައިއުޅޭ ނަމެކެވެ. ފިރުޢައުނުގެ ނަމަކީ އަނެކުންނަށް އަނިޔާކުރުން އިލްހާމުކޮށްދޭ ނަމެކެވެ. ނަމަވެސް އަޅުގަނޑު އެއްވެސް މީހަކަށް އަނިޔާއެއް ނުކުރަމެވެ. އަޅުގަނޑުގެ އަޞްލު ނަމަކީ، "ޢަލީ މުޙައްމަދު އައްސައްޔިދު" އެވެ. އަޅުގަނޑު އުފަން ރަށަކީ، މިޞްރުގެ ޞަޢީދުގެ ޕްރޮވިންސެއް ކަމަށްވާ ޤިނާގެ މަރުކަޒުލްވަޤުފެވެ." މަޞްދަރުތައް: ޖަމާލާތު ވެބްސައިޓު. އަޞްޙާބު ކޫލް ވެބްސައިޓު. އަލްބަޝާއިރު ނޫހުގެ ވެބްސައިޓު. ޔޫޓިއުބު.
|
| އިތުރު މަޒްމޫނު |
|---|
|
އެކަކުވެސް ނެތް
ސުވަރުގޭގެ ތަޅުދަނޑިއަކީ ނަމާދެވެ. ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ. ވުޟޫއުގެ ތަޅުދަނޑިއަކީ ބިސްމިއެވެ. ބިސްމީގެ ތަޅުދަނޑިއަކީ ޔަޤީންކަމެވެ. ޔަޤީންކަމުގެ ތަޅުދަނޑިއަކީ ވަކީލުކުރުމެވެ. ވަކީލުކުރުމުގެ ތަޅުދަނޑިއަކީ އުންމީދެވެ. އުންމީދުގެ ތަޅުދަނޑިއަކީ ކިޔަމަންގަތުމެވެ. ކިޔަމަންގަތުމުގެ ތަޅުދަނޑިއަކީ މާތް ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެ ރުބޫބިއްޔަތު ޤަބޫލުކުރުމެވެ. |