މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ޝައިޚުލް އަޒުހަރުގެ މަޤާމު ފުރުއްވި ޢިލްމުވެރިން |
|
|
| ޝަޚްޞިއްޔަތު - ޚާއްޞަ | |||
| 12 މާރޗް 2010، 16:07 ހުކުރު | |||
|
ޢަބްދުލްމުޢީދު ޙަސަން ޝައިޚުލް އަޒުހަރުގެ މަޤާމު އުފެދުނީ، ޢުޘްމާނީ ދައުލަތުގެ ޒަމާނުގައެވެ. އޭރު އެ މަޤާމަށް ޢިލްމުވެރިޔަކު ހޮވަނީ އިންތިޚާބުކޮށްގެންނެވެ. ޝައިޚަކު އިންތިޚާބުކުރުމުގެ މަސައްކަތް ބަލަހައްޓަވަމުން ގެންދެވީ، ބޮޑެތި ޢިލްމުވެރިންގެ ތެރެއިން އެކަމަށް ޚާއްޞަކުރެވޭ ޢިލްމުވެރިއެކެވެ. އަޒުހަރުގެ ޢިލްމުވެރިންގެ ރިޔާސަތު ބެލެހެއްޓެވުމަކީ، ޝައިޚުލް އަޒުހަރު އަދާކުރައްވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.ތިރީގައި މިވަނީ، ޝައިޚުލް އަޒުހަރުގެ މަޤާމު އަދާކުރެއްވި ޢިލްމުވެރިންގެ ނަންފުޅުތަކެވެ. މި ނަންފުޅުތައް ދިރާސާކުރިއިރު، ބައެއް މަޞްދަރުތަކުގައި ތާރީޚުގެ ފަރަގެއް ވާކަން ފާހަގަކުރެވުނެވެ. މިތަނުގައި ނަކަލުކޮށްފައި މިވަނީ، ވިކިޕީޑިއާގައިވާ ގޮތަށެވެ. 1. ؟؟؟؟-1690 އައްޝައިޚު މުޙައްމަދު ޢަބްދު ﷲ އަލްޚަރަޝީ 2. 1690-1694 އައްޝައިޚު އިބްރާހީމް ބިން މުޙައްމަދު އަލްބަރަމާވީ 3. 1694-1708 އައްޝައިޚު މުޙައްމަދު އައްނަޝަރުތީ 4. 1708-؟؟؟؟ އައްޝައިޚު އަބްދުލްބާޤީ އަލްޤިއްލީނީ 5. ؟؟؟؟-1721 އައްޝައިޚު މުޙައްމަދު ޝައްނާން 6. 1720-1724 އައްޝައިޚު އިބްރާހީމުލް ފައްޔޫމީ 7. 1724-1757 އައްޝައިޚު އަބްދު ﷲ އައްޝަބްރާވީ 8. 1757-1767 އައްޝައިޚު މުޙައްމަދު ސާލިމުލް ޙިފުނީ 9. 1767-1768 އައްޝައިޚު އަބްދުއްރައޫފު އައްސިއްޖީނީ 10. 1767-1776 އައްޝައިޚު އަޙުމަދުއް ދަމަންހޫރީ ނޯޓް: 1776 އިން 1778 އާ ދެމެދުގައި އަޒުހަރުގެ ޝައިޚެއް ނެތް މުއްދަތެއް ފާއިތުވެގެން ދިޔަ އެވެ. އެކަމުގެ ސަބަބަކީ، ޙަނަފީ މަޛުހަބުގެ މީހުންނާއި ޝާފިޢީ މަޛުހަބުގެ މީހުންނާ ދެމެދުގައި ހިނގާދިޔަ ދެބަސްވުންތަކެކެވެ. 11. 1778-1793 އައްޝައިޚު އަޙުމަދުލް ޢަރޫސީ 12. 1793-1812 އައްޝައިޚު ޢަބްދު ﷲ އައްޝަރުޤާވީ 13. 1812-1818 އައްޝައިޚު މުޙައްމަދު އައްޝަންނާވީ 14. 1818-1829 އައްޝައިޚު މުޙައްމަދުލް ޢަރޫސީ 15. 1829-1830 އައްޝައިޚު އަޙުމަދުއް ދަމްހޫޖީ 16. 1830-1834 އައްޝައިޚު ޙަސަނުލް ޢައްޠާރް 17. 1834-1838 އައްޝައިޚު ޙަސަނުލްޤަވައިސްނީ 18. 1838-1847 އައްޝައިޚު އަޙުމަދު އަބްދުލްޖައްވާދު 19. 1847-1860 އައްޝައިޚު އިބްރާހީމުލް ބައިޖޫރީ ނޯޓް: 1860 ވަނަ އަހަރުން ފެށިގެން އަޒުހަރުގައި ޝައިޚަކު ނެތް މުއްދަތެއް ފާއިތުވެގެން ދިޔަ އެވެ. އެދުވަސްވަރު އަޒުހަރުގެ ޝައިޚުގެ ބަދަލުގައި ތިއްބެވީ ޝައިޚު ބައިޖޫރީގެ ހަތަރު ވަކީލުންނެވެ. 20. 1864-1870 އައްޝައިޚު މުޞްޠަފާ އަލްޢަރޫސީ 21. 1870-1882 އައްޝައިޚު މުޙައްމަދު އަލްޢައްބާސީ 22. 1882-1896 އައްޝައިޚު މުޙައްމަދު އަލްއިންބާބީ 23. 1896-1900 އައްޝައިޚު ޙައްސޫނާ އައްނަވާވީ 24. 1900-1900 އައްޝައިޚު ޢަބްދުއްރަޙުމާން އައްނަވާވީ 25. 1900-1904 އައްޝައިޚު ސަލީމުލްބިޝްރީ 26. ؟؟؟؟-1905 އައްޝައިޚު ޢަލީ އަލްބިބްލާވީ (1323 ހ. ވަނަ އަހަރު މުޙައްރަމް މަހު އިސްތިޢުފާ ދެއްވި އެވެ. އެއީ 1905 ވަނަ އަހަރެވެ.) 27. ؟؟؟؟-1909 އައްޝައިޚު ޢަބްދުއްރަޙުމާން އައްޝިރުބީނީ (1327 ހ. (1909 މ.) ގައި އިސްތިޢުފާ ދެއްވި އެވެ.) 28. 1909-1909 އައްޝައިޚު ޙައްސޫނާ އައްނަވާވީ (1327 ހ. (1909 މ.) ގައި އިސްތިޢުފާ ދެއްވި އެވެ.) 29. ؟؟؟؟-1916 އައްޝައިޚު ސަލީމުލް ބިޝްރީ 30. 1907-1928 އައްޝައިޚު މުޙައްމަދު ޢަބުލްފަޟުލު އަލްޖީޒާވީ 31. 1928-1930 އައްޝައިޚު މުޙައްމަދު މުޞްޠަފާ އަލްމަރާޣީ (އިސްތިޢުފާ ދެއްވި އެވެ.) 32. 1930-1935 އައްޝައިޚު މުޙައްމަދުލް އަޙުމަދު އައްޡަވާހިރީ 33. 1935-1945 އައްޝައިޚު މުޙައްމަދު މުޞްޠަފާ އަލްމަރާޣީ (ދެވަނަ ފަހަރަށް) 34. 1945-1947 އައްޝައިޚު މުޞްޠަފާ ޢަބްދުއްރާޒިޤު 35. 1948-1950 އައްޝައިޚު މުޙައްމަދު މައުމޫނުއް ޝިންނާވީ 36. 1950-1951 އައްޝައިޚު ޢަބްދުލްމަޖީދު ސަލީމު 37. 1951-1952 އައްޝައިޚު އިބްރާހީމް ޙަމްރޫޝް 38. 1952-1952 އައްޝައިޚު ޢަބްދުލްމަޖީދު ސަލީމު (ދެވަނަ ފަހަރަށް) 39. 1952-1954 އައްޝައިޚު މުޙައްމަދުލް ޚިޟުރު ޙުސައިން 40. 1954-1958 އައްޝައިޚު ޢަބްދުއްރަޙުމާން ތާޖު 41. 1958-1963 އައްޝައިޚު މަޙުމޫދު ޝަލްތޫތު 42. 1963-1969 އައްޝައިޚު ޙަސަން މައުމޫން 43. 1969-1973 ޑރ. މުޙައްމަދު އަލްފައްޙާމް 44. 1973-1978 ޑރ. ޢަބްދުލްޙަލީމް މަޙުމޫދު 45. 1979-1982 ޑރ. މުޙައްމަދު ޢަބްދުއްރަޙުމާން ބީޞާރު 46. 1982-1996 އައްޝައިޚު ޖާދުލްޙައްޤު ޢަލީ ޖާދުލްޙައްޤު 47. 1996-2010 ޑރ. މުޙައްމަދު ސައްޔިދު ޠަންޠާވީ 48. 2010-..... ..... މަޞްދަރު: ވިކިޕީޑިއާ.
|
| އިތުރު މަޒްމޫނު |
|---|
|
އެކަކުވެސް ނެތް
ސުވަރުގޭގެ ތަޅުދަނޑިއަކީ ނަމާދެވެ. ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ. ވުޟޫއުގެ ތަޅުދަނޑިއަކީ ބިސްމިއެވެ. ބިސްމީގެ ތަޅުދަނޑިއަކީ ޔަޤީންކަމެވެ. ޔަޤީންކަމުގެ ތަޅުދަނޑިއަކީ ވަކީލުކުރުމެވެ. ވަކީލުކުރުމުގެ ތަޅުދަނޑިއަކީ އުންމީދެވެ. އުންމީދުގެ ތަޅުދަނޑިއަކީ ކިޔަމަންގަތުމެވެ. ކިޔަމަންގަތުމުގެ ތަޅުދަނޑިއަކީ މާތް ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެ ރުބޫބިއްޔަތު ޤަބޫލުކުރުމެވެ. |