މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ކިންގ ފައިޞަލް އިންޓަރނޭޝަނަލް އިނާމު ޙާޞިލުކުރެއްވި ބޭފުޅުން |
|
|
| ޝަޚްޞިއްޔަތު - ޚާއްޞަ | |||
| 12 މާރޗް 2010، 18:19 ހުކުރު | |||
|
ޢަބްދުލްމުޢީދު ޙަސަން ކިންގް ފައިޞަލް ފައުންޑޭޝަނުން ދެއްވާ އިންޓަރނޭޝަނަލް އިނާމުތައް މިއަހަރު ޙާޞިލުކުރެއްވީ 8 ބޭފުޅެކެވެ. މި އަހަރު އިނާމުތައް ދެއްވާފައިވަނީ ހަތަރު ދާއިރާއަކުންނެވެ.އިނާމު ލިބިވަޑައިގަތް ބޭފުޅުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ޝަޚުޞިއްޔަތަކީ، ތުރުކީވިލާތުގެ ދައުލަތުއްރައީސް (ޕްރައިމް މިނިސްޓަރ) ރަޖަބް ޠައްޔިބު އުރުދުޣާން އެވެ. އެމަނިކުފާނުގެ އިތުރުން އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އަލްޖީރިއާ އާއި ލުބްނާނާއި ޖަރުމަނުވިލާތާއި ކެނެޑާއާއި ޔޫއެސްއޭ އާއި އޮސްޓްރޭލިއާގެ ޢިލްމުވެރިންނާއި ޢާލިމުން ހިމެނިވަޑައިގަންނަވަ އެވެ. ތުރުކީވިލާތުގެ ދައުލަތުއްރައީސް، ރަޖަބް ޠައްޔިބު އުރުދުޣާނަށް އިނާމު ލިބިވަޑައިގަތީ އިސްލާމްދީނަށް ޚިދުމަތްކުރުމުގެ ރޮނގުންނެވެ. މިދާއިރާއިން އެމަނިކުފާނަށް އިނާމު ޙައްޤުވީ، އިސްލާމީ ދުނިޔޭގެ ބޮޑެތި މައްސަލަތަކަށް އެމަނިކުފާނު ނަޞްރުދެއްވާފައިވާ މިންވަރުގެ ބޮޑުކަމުންނެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މައްސަލައަކީ، ފަލަސްޠީނުގެ މައްސަލަ އެވެ. އަދި ތުރުކީވިލާތުގެ މުސްލިމުންގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި އެމަނިކުފާނު ކުރައްވާފައިވާ ގިނަގުނަ ޚިދުމަތްތައް ވެސް ފާހަގަކޮށްލެވެ އެވެ. ބައިނަލްއަޤުވާމީ މަސްރަޙުގައި އެމަނިކުފާނު ފާގަކޮށްލެވެނީ، ޙަޟާރަތްތަކުގެ މެދުގައި ގުޅުންބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާ އައުދާނަ ޝަޚުޞިއްޔަތެއްގެ ގޮތުގަ އެވެ. އިނާމު ލިބިވަޑައިގަތް އިތުރު ޢިލްމުވެރިންނާއި ޢާލިމުންގެ ތަފުޞީލު، ކިންގ ފައިޞަލް ފައުންޑޭޝަންގެ ވެބްސައިޓުގައި ޝާއިޢުކުރައްވާފައި ވެ އެވެ. އެ ސައިޓުގައި އެ މަޢުލޫމާތު ހިމަނުއްވާފައިވާ ޞަފުޙާއަށް ވަޑައިގެންނެވުމަށްޓަކައި މިތަނަށް އެއްފަހަރު ކްލިކްކޮށްލައްވާށެވެ. މަޞްދަރު: ކޭއެފްއެފް ޑޮޓް ކޮމް.
|
| ހަމަ މި ގަލަމުން |
|---|