ފަންވަތް ޝަޚްޞިއްޔަތު ޚާއްޞަ މުސްލިމު ސައިންސްދާން - 22
ބެލި ޢަދަދު: 614
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
މުސްލިމު ސައިންސްދާން - 22 ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ޝަޚްޞިއްޔަތު - ޚާއްޞަ
16 ސެޕްޓެމްބަރ 2010، 00:54 ބުރާސްފަތި

އަޙްމަދު ފަހުމީ

نَوْبَخْتُ  އާއި فَضْلُ بْنُ نَوْبَخْتُ

157ހ776މ  197ހ 816މ
ތަޢާރުފު 

ޢައްބާސީ ޚަލީފާ، އަބޫޖަޢުފަރުލް މަންޞޫރަކީ، ޢުމްރާނީ  ގޮތުން ވަރަށް ކުރީ ސަފުގައި ހުންނެވި ބޭފުޅެކެވެ. ބަޣުދާދު މުޅިން އަލުން ބިނާކުރެވުނީ، އޭނާގެ ޒަމާނުގަ އެވެ. މި ކަމަށްޓަކައި އިންޖިނޭރުންގެ ޖަމާޢަތެއް އުފެއްދުނެވެ. މި ޖަމާޢަތުގެ އިސްވެރިންގެ ގޮތުގައި ޢައްޔަން ކުރެވުނީ نَوْبَخْتُ އާއި فَضْلُ بْنِ نَوْبَخْتُ އާ ދެބަފައިންނެވެ. 


نَوْبَخْتُ

157ހ776މ
ތަޢްލީމާއި ތަރުބިއްޔަތު

نَوْبَخْت އަކީ، އޭނާގެ ތަޢުލީމީ ދަވްރުގައި ވެސް ވަރަށް ޤާބިލު، ހިތް އަލި، ގަދައަޅައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ފަށާ ތަޢުލީމު ޙާޞިލުކުރެއްވީ، އާދައިގެ މަދަރުސާތަކުގައި ކަމުގައި ވިޔަސް، އޭނާގެ މުޠާލަޢާގެ ދައުރު ވަރަށް ކާމިޔާބެވެ. ފަލަކީ ޢިލްމާއި އެ ޒަމާނުގެ އެހެނިހެން ޢިލްމުތަކުގެ ދާއިރާގައި، އޭނާ ވަރަށް އަވަހަށް ކުރިޔަށް ވަޑައިގެންފި އެވެ. އޭނާ އެންމެ ބޮޑަށް ޝައުޤުވެރިވެ ވަޑައިގަތް ދާއިރާ އަކީ، އިންޖިނޭރިންގ އެވެ. އެހެންކަމުން ޢިމާރާތްކުރުމުގެ ފަންނުގައި ދެވަނައެއް ނުވާފަދަ ކުޅަދާނަ ސިވިލް އިންޖިނޭރަކަށް އޭނާ ވެ ވަޑައިގަތެވެ. އެހެންކަމުން ޚަލީފާ އަބޫ ޖަޢުފަރުލް މަންޞޫރު އޭނާއަށް އެކަށީގެންވާ މަޤާމު ދެއްވި އެވެ. 


نَوْبَخْتُ ގެ ޚިދުމަތްތައް

نَوْبَخْت އަކީ، ވަރަށް ކުޅަދާނަ އިންޖިނޭރެކެވެ. އަދި އެހައިމެ މޮޅު ސާވޭޔަރެއް ވެސް މެ އެވެ. ބަޣުދާދުގެ ޕުލޭން ވަށްކޮށް ތައްޔާރު ކުރައްވައި، ކުރެއްސެވީ އޭނާ އެވެ. މިއީ، ވަރަށް ފުރިހަމަ ކުރެހުމެކެވެ. 

ބުނެވޭ ގޮތުގައި، ބަޣުދާދުގައި އެ ޒަމާނުގައި ބިނާކުރެވުނު ޝާހީ ގަނޑުވަރުކޮޅުގެ އުސްމިނުގައި 240 ފޫޓު ހުއްޓެވެ. ބޮޑު، ބިޔަ، މި ޢިމާރާތުގެ ގުއްބުގެ މަތީގައި އަސްވާރަކު އަހަށް ސަވާރުވެގެންވާ މުޖައްސަމާއެއް،  ހަރުކޮށްފައި ހުއްޓެވެ. މި މުޖައްސަމާ، ހަދައިފައިވަނީ ހުސް މަޢުދަނުންނެވެ. ޝާހީ ގަނޑުވަރުކޮޅުތަކާއި އެހެނިހެން ޢިމާރާތްތަކާ ގުޅުންހުރީ، އަމުނައިލެވިފައިވާ ގުލްދަސްތާއެއްގެ މިންވަރަށެވެ. نَوْبَخْتُ އާއި އޭނާގެ އެކުވެރި އިންޖިނޭރުން، ބަޣުދާދު ބިނާ ކުރެއްވުމުގައި، ފަންނުވެރިކަމުގެ ކުޅަދާނަކަން ދައްކުވައިފައި ވެ އެވެ. މަޝްހޫރު ވާހަކަ، އަލްފު ލައިލާ ވަ ލައިލާގެ މަންޒަރުތަކަކީ، ބަޣުދާދުގެ މަންޒަރު ތަކެވެ. 

ބަޣްދާދުގެ بَيتُ الْحِكْمَة

(ނިމުނީ)
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)Add Comment
...
ލިޔުނީ އިސްމާޢީލް, 2010-09-18 13:23:07
ރިޕީޓްކުރުމަށްވުރެ ރަނގަޅީ ލިބޭއެހެން މަޒުމުނުތައް ފޫނުވުމެވެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 614
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone