ފަންވަތް ޝަޚްޞިއްޔަތު ޚާއްޞަ މުސްލިމު ސައިންސްދާން - 24
ބެލި ޢަދަދު: 564
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
މުސްލިމު ސައިންސްދާން - 24 ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 0
ދެރަވަރަށްމޮޅު 
ޝަޚްޞިއްޔަތު - ޚާއްޞަ
01 އޮކްޓޫބަރ 2010، 10:24 ހުކުރު

އަޙްމަދު ފަހުމީ

عَبْدُالْمَالِكُ اْلأَصْمَعِي

(213-831 ނުވަތަ 828)
ތަޢާރުފު

عَبْدُالْمَالِكُ އަކީ، ބައޮލޮޖީ އަށް ޝައުޤުވެރިވެ ވަޑައިގަތް ޢިލްމުވެރިއެކެވެ. ޚާއްޞަކޮށް ބައޮލޮޖީގެ މުހިންމު ގޮތްޕެއް ކަމުގައިވާ ޒޫލޮޖީއަށް عَبْدُالْمَالِكُ ޚާއްޞަ ޝައުޤެއް ބެހެއްޓެވި އެވެ. މީނާގެ ނަންފުޅު أَبُو سَعِيْدُ عَبْدُالْمَالِكُ اْلأَصْمَعِي  މި ގޮތަށް ވެސް އައިސްފައި ވެ އެވެ.

ޙަޔާތުގެ ކުރީކޮޅާއި ތަޢުލީމާއި ތަރުބިއްޔަތު

މީނާ އަކީ، ބަޞަރާގެ  ވަޒަންވެރިއެކެވެ. ފަށާ ތަޢުލީމު ޙާޞިލް ކުރެއްވީ ބަޞަރާގަ އެވެ. އެއަށްފަހު ބަޣުދާދުގައި ވަޒަންވެރިވެވަޑައިގެން ޢިލްމީ މައިދާނުގައި ކުރިއަށް ވަޑައިގަތެވެ. އޭނާ އަކީ، ޢިލްމަށް ޝައުޤުވެރިކަން ހުރި،  ޅެންވެރިކަމަށް އަރާ ހުންނެވި، އަދީބެއް ވެސް މެ އެވެ. މި ފުރިހަމަ އިންސާނާ ހާރޫނުއްރަޝީދު އާއި މައުމޫނުއްރަޝީދު އާ ދެ ޚަލީފާއިންގެ ދައުރު ވެސް ދެކެވަޑައިގެންނެވި އެވެ. ނަމަވެސް ރަސްކަމުގެ ދަރުބާރާ ގުޅުމެއް ނުބަހައްޓަވަ އެވެ.

ޢިލްމީ ޚިދުމަތްތައް   

عَبْدُالْمَالِكُ އަކީ، ހިސާބު ޢިލްމުގެ ވެސް މާހިރެކެވެ. ނަމަވެސް އޭނާ ބޮޑަށް ޝައުޤުވެރިވެ ވަޑައިގަތީ ބައޮލޮޖީއަށެވެ. މީނާ ޢިލްމުލް ޙައިވާނާތު - zoology ގެ މައްޗަށް ފުންކޮށް ތަޙްޤީޤު ކުރެއްވި އެވެ. މީނާގެ ތަޙްޤީޤުތައް ފޮތެއްގެ ސިފައިގައި ތަރުތީބު ކުރެއްވި އެވެ. عَبْدُالْمَالِكُ މި ޢިލްމުގެ ފަސް ފޮތް ލިޔުއްވި އެވެ.

1-    كِتَابُ الْخَيْلِ މިފޮތް ލިޔުއްވާފައިވަނީ، އަހާ ބެހޭގޮތުންނެވެ.
2-    كِتَابُ الْأِبِلِ މިފޮތް ލިތުއްވާފައިވަނީ ޖަމަލާ ބެހޭގޮތުންނެވެ.
3-    كِتَابُ الشَّاةِ މިފޮތް ލިޔުއްވާފައިވަނީ ބަކަރިއާ ބެހޭގޮތުންނެވެ.
4-    كِتَابُ الْوُحُوْشِ މިފޮތް ލިޔުއްވާފައިވަނީ ވަޙްޝީ ޖަނަވަރާ ބެހޭގޮތުންނެވެ.
5-    خَلْقُ الْأِنْسَانِ މިފޮތް ލިޔުއްވާފައިވަނީ އިންސާނާއާ ބެހޭގޮތުންނެވެ.
أَصْمَعِي މި ފޮތުގައި ހުރިހާ ޙައިވާނުންގެ ޚާއްޞިއްޔަތާއި އާދަ އާއި ގޮތްތަކާއި އެ ތަކެއްޗާބެހޭ ތަފާތު މަޢުލޫމާތު ބަޔާން ކުރައްވައިފައި ވެ އެވެ.

މަތީގައި ބަޔާންކުރެވުނު ފޮތްފޮތަކީ، މުޅި ދުނިޔޭގައި ވެސް މި ފަންނުގައި ލިޔެވުނު އެންމެ ފުރަތަމަ ފޮތްތައް ކަމުގައި ބެލެވެ އެވެ. ޔޫރަޕުގެ ޢިލްމުވެރިންގެ ގާތުގައި މި ފޮތްތައް ވަރަށް މަޤްބޫލުވި އެވެ.

(ނިމުނީ)

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (0)Add Comment

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 564
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone