މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މުސްލިމު ސައިންސްދާން - 26 |
|
|
| ޝަޚްޞިއްޔަތު - ޚާއްޞަ | |||
| 15 އޮކްޓޫބަރ 2010، 00:46 ހުކުރު | |||
|
އަޙްމަދު ފަހުމީ عُطَارِدُ الْكَاتِبُ214ހ 832މ عُطَارِدُ الْكَاتِبُ އަކީ، ލިޔުން ތެރިއެކެވެ. ރީތިކޮށް ލިޔުއްވާ ބޭފުޅެކެވެ. އެހެންކަމުން އޭނާގެ ނަމުގެ ފަހަތަށް اَلْكَاتِبُ (ކާތިބު) އައިސްފައިވަނީ އެވެ. އެހެންނަމަ ވެސް އޭނާ ބޮޑަށް ޝައުޤުވެރިވެ ވަޑައިގަތީ، މަޢުދަންތަކާ ބެހޭ ޢިލްމަށެވެ. ޙަޔާތުގެ ކުރީކޮޅު އަދި ތަޢުލީމާއި ތަރުބިއްޔަތު عُطَارِدُ ތަޙްޤީޤު ކުރިޔަށް ގެންދެވީ، މަޢުދަންތަކާ ބެހޭ ގޮތުންނެވެ. އެފަންނުގައި އޭނާ ފޮތް އެކުލަވައި ލައްވައިފައި ވެ އެވެ. عُطَارِدُ އަކީ، ބަޣުދާދުގެ އަހުލުވެރިއެއް ކަމުން ޢަމަލީ މައިދާނުގައި ވަރަށް ކުރިޔަށް ވަޑައިގަތެވެ. ރީތިކޮށް ލިޔުއްވުމަކީ، އޭނާ ޚާއްޞަ ސަމާލުކަމެއް ދެއްވި އެއް ދާއިރާ އެވެ. އޭނާ މަސައްކަތް ކުރައްވައިފައިވަނީ ސަރުކާރުގެ ދާއިރާއެއްގަ އެވެ. އެ ޒަމާނަކީ، މައުމޫނުއްރަޝީދުގެ ޒަމާނެވެ. ބަޣުދާދުގައި ވަރަށް ޤާބިލް ޢިލްމުވެރިން އުފެދިފައި ވެ އެވެ. بَيْتُ الْحِكْمَة ވަނީ ޤާއިމް ކުރެވިފަ އެވެ. ހުރިހައި ބާވަތެއްގެ ޢިލްމާއި ފަންނު ޢަރަބި ބަހަށް އޭރު ތަރުޖަމާ ކުރެވެމުން އައެވެ. ޢިލްމީ ޚިދުމަތްތައް އެ، ހަލަބޮލި މާޙައުލުގައި، عُطَارِدُ ކުރިޔަށް ވަޑައިގަތީ، މަޢުދަން ތަކާ ބެހޭ ތަޙްޤީޤުތަކައިގެންނެވެ. އޭނާ އެތައް ސަތޭކަ ބާވަތެއްގެ ހިލައިގެ ސާމްޕަލް ޖަމަޢަ ކުރެއްވި އެވެ. عُطَارِدُ الْكَاتِبُގެ ގެ ވެގެން ދިޔައީ، ތަފާތު ހިލައިގެ މިއުޒިޔަމަކަށެވެ. އޭނާ ތަފާތު ހިލައާ ބެހޭ މަޢުލޫމާތު އެއްކުރެއްވި އެވެ. އެ ތަކެތީގެ ބާރާއި ތާސީރާއި ފައިދާ އާއި ޚާއްޞިއްޔަތު ހޯއްދެވި އެވެ. އަދި މި މުހިއްމު މައުޟޫޢުގެ މައްޗަށް ފޮތް އެކުލަވައި ލިޔުއްވި އެވެ. އޭނާގެ ފޮތަކީ، އިތުބާރު ހުރި ފޮތަކަށް ވެގެން ދިޔަ އެވެ. (ނިމުނީ)
|
| ހަމަ މި ގަލަމުން |
|---|