މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މުސްލިމު ސައިންސް ދާން - 28 |
|
|
| ޝަޚްޞިއްޔަތު - ޚާއްޞަ | |||
| 29 އޮކްޓޫބަރ 2010، 00:31 ހުކުރު | |||
أَبُوالْعَبَّاس أَحْمَدُبْنِ مُحَمَّدُ كَثِيْرُ اْلفَرْغَانِي243/863 މީނާ އަކީ، ޚަލީފާ މައުމޫނުއް ރަޝީދުގެ ޒަމާނުގައި ބިމުގެ ވަށަމިން ހޯދި ކޮމޮޓީގެ މެމްބަރެކެވެ. އޭނާ، ފެނުގެ ޠޫފާނާ ބެހޭ މަޢުލޫމާތު ހޯދޭފަދަ އާލަތެއް ވެސް އީޖާދު ކުރެއްވި އެވެ. އިރުގެ އަލިން ބެލޭގަޑި sun dial އީޖާދު ކުރެއްވި އެވެ. ޙަޔާތުގެ ކުރިކޮޅާއި ތަޢުލީމާއި ތަރުބިއްޔަތު فَرْغَانِيއަކީ، މޮޅު ފަލަކީ ޢިލްމު ވެރިއެކެވެ. ކާމިޔާބު ސިވިލް އިންޖިނޭރެކެވެ. ރަނގަޅު މެކޭނިކެކެވެ. އޭނާ ދުނިޔެއަށް އުފަންވެ ވަޑައިގަތީ ތުރުކިސްތާނުގެ ޝަހަރެއް ކަމުގައިވާ ފަރުޣާނާ ގަ އެވެ. އެ ތަނުގައި ފަށާ ތަޢުލީމު ޙާޞިލު ކުރެއްވި އެވެ. މަތީ ތަޢުލީމު ޙާޞިލު ކުރެއްވީ ބަޣުދާދުގަ އެވެ. އެއަށްފަހު މުޠާލަޢާ ކުރެއްވުމުގައި މަޝްޣޫލުވެ ވަވަޑައި ގެންނެވި އެވެ. ބަޣުދާދުގެ ޢިލްމީ މާޙައުލުގެ ސަބަބުން فَرْغَانِيގެ ހުނަރުތައް ކުރިއަރައި ފުރިހަމަ ވި އެވެ. އެއީ މައުމޫނުއް ރަޝީދުގެ ޒަމާނެވެ. މައުމޫނު އޭނާގެ ޢިލްމީ ޞަލާޙިއްޔާތާ އެކަށީގެންވާ ޤަދަރު އޭނާއަށް ދެއްވި އެވެ. ޢިލްމީ ޚިދުމަތްތައް ބަޣުދާދު ވަނީ، ޢިލްމާއި ފަންނުގެ މަރުކަޒަކަށް ވެފަ އެވެ. ހުރިހައި ޢިލްމެއްގެ ވެސް އެންމެ މޮޅު ބޭފުޅުން އޭރު ތިއްބެވީ، އެ ރަށުގަ އެވެ. ޚަލީފާ މައުމޫނުއް ރަޝީދަކީ، ޢިލްމީ ސިކުނޑިއެއްގެ ވެރި ބޭފުޅެކެވެ. އެއްފަހަރަކު ދުނިޔޭގެ ޞައްޙަ ވަށަމިން circumference ހޯއްދެވުމުގެ ޚިޔާލުފުޅު ޚަލީފާގެ ހިތްޕުޅުގައި އުފެދިއްޖެ އެވެ. ކޮންމެއަކަސް މި ކަމަށްޓަކައި އިންޖިނިޔަރުންގެ ޖަމާޢަތެއް ޢައްޔަން ކުރައްވައި އެ މީހުންނާ މި މަސައްކަތް ޙަވާލު ކުރެއްވި އެވެ. އެ ޖަމާޢަތުގެ މެމްބަރުން މި ކަން ކުރާނެ އުޞޫލުތަކާއި ޤަވާޢިދުތައް އެކަށައަޅައި މަސައްކަތް ފަށައިގެންފި އެވެ. މި ނަންގަތް ޖަމާޢަތުގެ ރައީސަކަށް ހުންނެވީ اَلْفَرْغَانِي އެވެ. މިކަން ކުރުމަށްޓަކައި، އެންމެ އެކަށީގެންވާ ބިމެއް ކަމުގައި އެކަށަ އެޅުނީ ކޫފާގެ އުތުރުން އޮތް ތަނަވަސް މައިދާނެކެވެ. މި މައިދާނަށް ކިޔާ ނަމަކީ، دَشْتُ سِنْجَارُ އެވެ. މި މައިދާނުގައި ދެ ތަނެއް ޚާއްޞަ ކުރެވުނެވެ. އެއީ رقة އާއި تدر އެވެ. ކަމާ ބެހޭ ހުރިހައި ސާމާނެއް ގެންގޮސް އެ ތަނަށް ޖަމަޢަ ކުރެވުނެވެ. ބިމުގެ ވަށަމިން ހޯއްދެވިގޮތް އެންމެ ފުރަތަމަ أَسْطُرْلاَبُ އާއި سُدُس އާ އަދި ކަމަށް ބޭނުންވާ އެހެނިހެން އާލާތުން ޤުޠުބު ތަރީގެ އުސްމިން، އެންގަލްގެ ޒަރީޢާއިން ހޯދީ އެވެ. ދެން އެހެން ހިސާބަކަށް ދުރަށް ގޮސް އަނެއްކާ ޤުޠުބު ތަރީގެ އުސްމިން ހޯދީ އެވެ. ދެން އެ ދެ ހިސާބުން ނެގުނު މިނުގެ ފަރަޤު ހޯދީ އެވެ. މިގޮތުން ބިމުގެ ވަށަމިން ހޯދުނު ކަމުގައި ވެ އެވެ. ކަމާބެހޭ މާހިރުން މިގޮތަށް މިންއަޅުއްވާ ހިސާބުކުރައްވާ ބެއްލެވިއިރު އެއީ، 25،009 މޭލެވެ. މައުމޫނުއްރަޝީދު ވަރަށް އުފާފުޅު ވި އެވެ. މި ޒަމާނުގައި މި ބާވަތުގެ މިންތައް ނެގުމަށް ބޭނުންވާ ހުރިހައި ފަސޭހަތަކެއް ފުރިހަމަ ވީމައި ނެގި މިނުގައި ހުރީ ވަރަށް ކުޑަކުޑަ ތަފާތެކެވެ. މިޒަމާނުގެ ޓެކްނޮލޮޖީގެ ބޭނުން ކޮށްގެން ނެގި މިނުގައި ހުރީ، 24902.5 މޭލެވެ. އާދެ ތަފާތުވަނީ ގާތްގަނޑަކަށް %6 އެވެ. 106.6 މޭލުގެ ތަފާތެވެ. މިއީ ވަރަށް ކުޑަކުޑަ މިންވަރެކެވެ. فَرْغَانِيއަކީ، ކުޅަދާނަ މެކޭނިކެއް ވެސް މެ އެވެ. އޭނާ ފައިދާހުރި އެތަކެއް އިޖާދުތަކެއް ކުރައްވާފައި ވެ އެވެ. މޫސުން ބަލައި ފެނުގެ ޠޫފާނެއް އަތުވެދާނެތޯ ނުވަތަ ނޫންތޯ ބެލޭކަހަލަ އާލަތެއް ވެސް އޭނާ އީޖާދު ކުރެއްވި އެވެ. މި އާލަތް ހަރުކޮށްފައި ހުންނަނީ ކޯރުގަ އެވެ. فَرْغَانِي، sun dial އީޖާދު ކުރެއްވި އެވެ. މިގަޑިން އެއްވެސް ތަފާތެއް ނެތި ދުވާލުގެ ވަގުތުތައް އޮޅުން ފިލަ އެވެ. فَرْغَانِي ވަރަށް ގިނަ ޢިލްމީ ފޮތްތައް އެކުލަވައި ލައްވާފައި ވެ އެވެ. އޭނާގެ މަޝްހޫރު ފޮތަކީ جَوَامِعُ عِلْمِ النُّجُوْمِ އެވެ. މިފޮތުގެ އެންމެ ފުރަތަމަ ތަރުޖަމާ ޝާއިޢު ކުރެވުނީ،12 ވަނަ ސައްތައިގައި ލެޓިން ބަހުންނެވެ. ދެވަނައަށް ޖަރުމަނު ބަހުން 1537 ގައި ޝާއިޢު ކުރެވުނެވެ. ތިންވަނަ ތަރުޖަމާއެއް ކުރެވިފައިވަނީ، ފުރާންސުގައި 1546 ގައި ފުރެންޗު ބަހުންނެވެ. فَرْغَانِي ގެ މަޝްހުރު ފޮތްތައް 1- جَوَامِعُ عِلْمِ النُّجُوْمِ وَالْحَرَكَاتِ السَّمَاوِيَّةِ 2- اَلْكَامِلُ فِي اْلأَسْطُرْلاَبِ
|
| ހަމަ މި ގަލަމުން |
|---|