މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މުސްލިމް ސައިންސް ދާނުން - 32 |
|
|
| ޝަޚްޞިއްޔަތު - ޚާއްޞަ | |||
| 03 ޑިސެމްބަރ 2010، 05:37 ހުކުރު | |||
|
އައްޝައިޚް އަޙްމަދު ފަހުމީ أَبُوالْوَفَا مُحَمَّدُبْنِ أَحْمَدُ اَلْبُوزْجَانِي398/1011 ނުވަތަ940-998 މީނާ އަކީ، ހިސާބު ޢިލްމުގައި REGULAR HEPTAGON އީޖާދު ކުރެއްވި ޢިލްމުވެރިޔާ އެވެ. ޙަޔާތުގެ ކުރީކޮޅާއި ތަޢުލީމާއި ތަރުބިޔަތު މީނާ އަކީ، ނޭޝާޕޫރުގެ ރަށެއް ކަމުގައިވާ ބޫޒްޖާން ގެ ރަށްވެއްސެކެވެ. އުފަންވެވަޑައިގެންފައި ވަނީ، މީލާދީން 940 ގަ އެވެ. އަވަހާރަވީ ގާތްގަނޑަކަށް 1011 ގަ އެވެ. 71 އަހަރުގެ ދިގު ޢުމުރުފުޅެއް ލިބިވަޑައި ގަތެވެ. اَلْبُوزْجَانِي އަކީ، ޢިލްމުވެރި ޚާންދާނެއްގެ ފަރުދެކެވެ.އޭނާ ތަޢުލީމު ޙާޞިލު ކުރެއްވީ އޭނާގެ މައިފުށުގެ ބޮޑުބޭބޭފުޅުގެ އަރިހުންނެވެ. ޢިލްމީ ޝައުޤުވެރިކަން ހުރިލެއް ބޮޑުކަމުން މީލާދީން 960 ގައި ބަޣުދާދަށް ވަޑައިގަތެވެ. އެ ތަނުގައި މަތީ ތަޢުލީމު ޙާޞިލުކުރެއްވުމަށްފަހު، މަޠާލަޢާ ކުރެއްވުމުގައި މަޝްޣޫލުވެ ވަޑައިގަތެވެ. ބޫޒްޖާނީ ބޮޑަށް ޝައުޤުވެރިވެ ވަޑައިގަތީ ހިސާބު ޢިލްމަށެވެ. ހަމަ އެއާއެކީގައި ފަލަކީ ޢިލްމަށް ވެސް ޝައުޤުވެރިކަން ބެހެއްޓެވި އެވެ. މަޑުމަޑުން ކުރިޔަށް ވަޑައިގެން އޭނާ މޮޅު ސައިންޓިސްޓަކަށް ވެ ވަޑައި ގަތެވެ. ބަވައްޔާ ޚާންދާނުގެ ގެ عَضْدُ الدَّوْلَة އަކީ، ޢިލްމަށް ލޯބި ކުރެއްވި ބޭފުޅެކެވެ. އެ މަނިކުފާނުގެ ދީލަތިފުޅު ކަމުގެ ސަބަބުން ބޫޒްޖާނީއަށް ދުނިޔަވީ ކަންކަމާ ފިކުރު ނުކުރައްވައި، ޢިލްމީ މައިދާނުގައި ކުރިޔަށް ވަޑައިގެންނެވޭނެ މަގުފަހިވި އެވެ. ޢިލްމީ ޚިދުމަތްތައް ބޫޒްޖާނީ އަކީ ވެސް އޭނާގެ ޒަމާނުގައި މޮޅު މީހުންގެ ލިސްޓުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ ހިސާބު ޢިލްމުގެ ތެރެއިން އަލްޖަބްރާ އާއި ޖިއޮމެޓްރީއަށް ޚިދުމަތް ތަކެއް ކުރެއްވި އެވެ. ޖިއޮމެޓްރީގައި އެހައިތަނަށް ފަރުގާލު ބޭނުން ކޮށްގެން ނުއުފެއްދިފައި ވަނީ REGULAR HEPTAGON އެވެ. ބޫޒްޖާނީގެ މިންނެތް މަސައްކަތް ޕުޅުން މި ސިފަ އުފެއްދެވި އެވެ. އިރަށް ދަމާ ބާރު ބޫޒްޖާނީ ވިދާޅުވި ގޮތުގައި އިރަށް ވެސް ދަމާ ބާރެއް އޭގައި ހުރެ އެވެ. އޭގެ ސަބަބުން ދުނިޔެ ވަށައިގެން ހަނދު ދައުރު ކުރުމުގައި އަސަރުކުރެ އެވެ. މީގެ ސަބަބުން އެއް ޑިގުރީ ފަނަރަ މިނެޓުވަރު ފަރަގު ވެގެންދެ އެވެ. މި އަސަރަށް އިނގިރޭސި ބަހުން ކިޔަނީ TYCO BRAHE އެވެ. މިއީ ޙަޤިޤަތެއްކަން ހާމަކޮށް ދެއްވީ، 14 ވަނަ ޤަރުނުގައި، މަޝްހޫރު ފަލަކީ ޢިލްމުވެރިއެއް ކަމުގައިވާ ޓައިކޯ ބްރާހީ އެވެ. މި އަސަރަށް މި ނަން ކިޔަނީ މީނާގެ ނަމަށް ނިސްބަތްކޮށްގެންނެވެ. މި ނަޒަރިއްޔާގެ މޫޖިދަކީ ޓައިކޯ ބުރާހީ ކަމުގައި ޔޫރަޕުގެ އަހުލުވެރިން ދެކެ އެވެ. ނަމަވެސް މިއީ ޙަޤީޤަތުގައި އޮޅުވާލުމެވެ. ޔޫރަޕުގެ މީހުން ދެކޭ ގޮތުގައި އެ ނޫން މީހުންނަކީ ވިސްނުމެއް ހުރި ބައެއް ނޫނެވެ. ބޫޒްޖާނީގެ ތިންވަނަ އީޖާދަކީ، އެންގަލްގެ SINE ހޯދުމަށްޓަކައި އާގޮތެއް އީޖާދު ކުރެއްވު މެވެ. އެގޮތުން 1 ދަރަޖައިން ފެށިގެން 90 ދަރަޖައާ ހަމައަށް ހުރިހައި އެންގަލެއްގެ ޞައްޙަ މިންތައް ހޯދައި ގެނެވެ އެވެ. 0.8 ދަރަޖައާ ހަމައަށް ވެސް އެ މެތަޑުގެ ބޭނުން ކޮށްގެން ހޯދޭ ކަމުގައި ބުނެ އެވެ. އޭނާގެ ކުރިން މި މިންވަރަށް SINE ތައް ހޯދުމަކީ ކުޅަދާނަ ކަމަކަށް ވެފައެއް ނުވެ އެވެ. މީނާއަކީ، ދުނިޔޭގެ ފެންވަރުގައި މާ މަޝްހޫރު މީހަކަށް ވެފައެއް ނުވެ އެވެ. އެހެންނަމަ ވެސް މީނާގެ ޚިދުމަތްތަކަކީ އެއަށް ޤަދަރުކުރަން ޖެހޭނެ ޚިދުމަތް ތަކެކެވެ. ބޫޒްޖާނީގެ މަޝްހޫރު ދެފޮތް 1. رِسَالَةٌ فِي الْهَيْئَةِ 2. اَلْهَنْدَسَةُ މި ދެ ފޮތެވެ. (ނިމުނީ) މި ލިޔުން؛ ފޮނުވުން: އައްޝައިޚް އަޙްމަދު ފަހުމީ (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް) އަލުންބެލުން: އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ) ޝާއިޢުކުރުން: '' ''
|
| ހަމަ މި ގަލަމުން |
|---|
ސީދާ މަޢުޟޫއާ ނުގުޅޭ ޚިޔާލެއް ހުށަހަޅާލަން ޖެހުނީތީ މަޢާފަށް އެދެމުން ފަށަމެވެ. "މުސްލިމު ސައިންސް ދާނުން" މިނަމުގައި ތިޔަ ކުރިއަށް ގެންދަވާ ސިލްސިލާގައި ހިސާބު ނަންބަރުތައް އެންމެ ފުރަތަމަ އީޖާދު ކުރެއްވި ފަރާތާއި ގުޅޭ މަޢުލޫމާތު ހޯއްދައިދެއްވައި އެއާއި ގުޅޭ ލިޔުމެއް ފަންވަތުގެ މިސިލްސިލާގެ ދަށުން ހިމަނައި ދެއްވުމަށް ދަންނަވަމެވެ. އަޅުގަނޑު މިހެން މިވާހަކަ ދަންނަވާލަން ޖެހުނީ މީގެ ކުރިން އަޅުގަނޑު ދަރުމަ މަޖައްލާއިން (އޮޅުމެއް ކަމުގައި ނުވަނީނަމަ) ކިޔައިފައިވާ މަޒްމޫނެއްގައި، ހިސާބު ނަންބަރުތައް އިޖާދު ކުރީ މުސްލިމުން ކަމުގައި ލިޔެފައި އޮއްވައި ދުށީމެވެ. އޭގައި ލިޔެފައިވާ އެއްޗެއް މިހާރު މާބޮޑަކަށް ހަނދާނެއް ނެތެވެ. އެކަމަކު ކުރިން ދުވަހު ދިމާވި ބޭފުޅެއް އަޅުގަނޑަށް ޒުވާބުދިން ގޮތުގައި މުސްލިމުން އީޖާދުކޮށްފައި ވަނީ 1 ން 9 އާއި ދެމެދުގެ ހިސާބު ނަންބަރު ތަކެވެ. ނަމަވެސް 0 އީޖާދު ކުރީ މުސްލިމުންނެއް ނޫނެވެ. އެކަމަކު އަޅުގަނޑަށް ހީވަނީ މިއީ ރަނގަޅު މަޢުލޫމާތެއް ނޫން ހެނެވެ. އަޅުގަނޑަށް ހިވާ ރަނގަޅު ގޮތަކީ 0 ވެސް އީޖާދު ކުރީ މުސްލިމުން ނެވެ. ވީމާ ތިޔަ ބޭފުޅާގެ އަރިހުން މިއެދެނީ މިޢުޟޫއާއި ގުޅޭ ޞައްޙަ މަޢުލޫމާތުކޮޅެއް ފަންވަތުގައި ހިމަނައި ދެއްވުމެވެ. މިކަމަށް ފުރިހަމަ ޢިޖާބައެއް ލިބޭނެކަމުގެ އުއްމީދުގައި އަޅުގަނޑު ހުރީމެވެ.
ވަރަށް ބޮޑަށް ޝުކުރިއްޔާ.