ފަންވަތް ޝަޚްޞިއްޔަތު ޚާއްޞަ މުސްލިމު ސައިންސުދާނުން - 03
ބެލި ޢަދަދު: 1178
މުސްލިމު ސައިންސުދާނުން - 03 ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ޝަޚްޞިއްޔަތު - ޚާއްޞަ
26 ފެބްރުވަރީ 2009، 01:44 ބުރާސްފަތި

 أَحْمَدُ عَبْدُاللهِ اَلْحَاسِبُ

(212-830)


އަޙުމަދު ފަހުމީ ދީދީ




ތަޢާރުފު

أَحْمَدُ عَبْدُاللهِ އަކީ، ހިސާބު ޢިލްމު ގެ މާހިރެކެވެ. އޭނާ މި ޢީލްމަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވި އެވެ.


ޙަޔާތުގެކުރީކޮޅާއި ތަޢުލީމާއި ތަރުބިއްޔަތު   

    أَحْمَدُ عَبْدُاللهِ އަކީ، އީރާނުގެ ބޭފުޅެކެވެ. ބަޣުދާދުގެ ޢިލްމާއި ހުނަރުވެރިކަން ދެކެވަޑައިގެން އޭނާ އެ ރަށުގައި  ވަޒަންވެރިވެ ވަޑައިގަތެވެ. އެއީ ޚަލީފާ ހާރޫނުއްރަޝީދުގެ ޒަމާނެވެ. ޚަލީފާ ހާރޫނުއްރަޝީދުގެ ޒަމާނުގައި أَحْمَدُ عَبْدُاللهِ އަށް ޢިއްޒަތާއި ޝަރަފު ލިބިވަޑައިގަތެވެ. ޚަލީފާ މައުމޫނު ގެ ދައުރު ވެސް އޭނާ ދެކެވަޑައިގަތެވެ.

    اَلْحَاسِبُ ގެ މާނައަކީ، ހިސާބުކުރާ މީހާ އެވެ. މި ނަން އޭނާ އަށް ދެވިފައިވަނީ، ހިސާބު ޢިލްމަށް އޭނާ މޮޅުކަމުންނެވެ.

ޢިލްމީ ޚިދުމަތްތައް  
 
    أَحْمَدُ عَبْدُاللهِ އަކީ ، ހިސާބު ޢިލްމު ގެ މާހިރެކެވެ. މި  ފަންނުގައި އެނާ ކިތަންމެ ކަމެއް އަލަށް އީޖާދު ކުރެއްވި އެވެ. އޭގެ ތެރޭގައި عِلْمُ الْمُثَلَّثُ ނުވަތަ TRIGONOMETRY  ގެ މައްޗަށް ތަޙްޤީޤު ކުރައްވައި زَاوِيَة (އެންގަލް) ގެ މަޝްހޫރު ހަ ބޭސް ގެ فَصْلُ الْجُيُوبِ
 ((COTENGENT ގެ  މަގުތައް އީޖާދު ކުރެއްވި ޢިލްމުވެރިޔަކީ  މީނާ އެވެ.






ޓުރައިގޮނޮމެޓްރީގެ قَاطِعُ (SECANT) ހޯއްދަވައި ، މި ޢިލްމަށް އިތުރު ކުރެއްވި، ޢިލްމުވެރިޔަކީ ވެސް  މީނާ އެވެ.
    ހިސާބު ޢިލްމަށް أَحْمَدُ عَبْدُاللهِ ކޮށްދެއްވި ޚިދުމަތުގެ  ތެރޭގައި ޓުރައިގޮނޮމެޓްރިކަލް ޓޭބަލްސު ހިމެނެ އެވެ. މި ތާވަލުތައް ތައްޔާރު ކުރައްވާފައި ވަނީ، ވަރަށް ބޮޑަށް ތަޙްޤީޤު  ކުރެއްވުމަށްފަހުގަ އެވެ. މި ދެންނެވި ތާވަލުތަކަކީ ، މިއަދު ވެސް އިންޖިނިއަރިން ގައި ބޭނުން ކުރެވޭ ތާވަލުތަކެކެވެ.  





عَبْدُالْمَالِكُ اْلأَصْمَعِي
(213-831 ނުވަތަ 828)


ތަޢާރުފު

    عَبْدُالْمَالِكُ އަކީ، ބައޮލޮޖީ އަށް ޝައުޤުވެރިވެ ވަޑައިގަތް ޢިލްމުވެރިއެކެވެ. ޚާއްޞަކޮށް ބައޮލޮޖީގެ މުހިންމު ގޮތްޕެއް ކަމުގައިވާ ޒޫލޮޖީއަށް عَبْدُالْمَالِكُ ޚާއްޞަ ޝައުޤެއް ބެހެއްޓެވި އެވެ. މީނާގެ ނަންފުޅު أَبُو سَعِيْدُ عَبْدُالْمَالِكُ اْلأَصْمَعِي  މި ގޮތަށް ވެސް އައިސްފައި ވެ އެވެ.

ޙަޔާތުގެ ކުރީކޮޅާއި ތަޢުލީމާއި ތަރުބިއްޔަތު

    މީނާ އަކީ، ބަޞަރާގެ  ވަޒަންވެރިއެކެވެ. ފަށާ ތަޢުލީމު ޙާޞިލް ކުރެއްވީ ބަޞަރާގަ އެވެ. އެއަށްފަހު ބަޣުދާދުގައި ވަޒަންވެރިވެވަޑައިގެން ޢިލްމީ މައިދާނުގައި ކުރިއަށް ވަޑައިގަތެވެ. އޭނާ އަކީ، ޢިލްމަށް ޝައުޤުވެރިކަން ހުރި،  ޅެންވެރިކަމަށް އަރާ ހުންނެވި، އަދީބެއް ވެސް މެ އެވެ. މި ފުރިހަމަ އިންސާނާ ހާރޫނުއްރަޝީދު އާއި މައުމޫނުއްރަޝީދު އާ ދެ ޚަލީފާއިންގެ ދައުރު ވެސް ދެކެވަޑައިގެންނެވި އެވެ. ނަމަވެސް ރަސްކަމުގެ ދަރުބާރާ ގުޅުމެއް ނުބަހައްޓަވަ އެވެ.

ޢިލްމީ ޚިދުމަތްތައް   

عَبْدُالْمَالِكُ އަކީ، ހިސާބު ޢިލްމުގެ ވެސް މާހިރެކެވެ. ނަމަވެސް އޭނާ ބޮޑަށް ޝައުޤުވެރިވެ ވަޑައިގަތީ ބައޮލޮޖީއަށެވެ. މީނާ ޢިލްމުލް ޙައިވާނާތު - zoology ގެ މައްޗަށް ފުންކޮށް ތަޙްޤީޤު ކުރެއްވި އެވެ. މީނާގެ ތަޙްޤީޤުތައް ފޮތެއްގެ ސިފައިގައި ތަރުތީބު ކުރެއްވި އެވެ. عَبْدُالْمَالِكُ މި ޢިލްމުގެ ފަސް ފޮތް ލިޔުއްވި އެވެ.

1-    كِتَابُ الْخَيْلِ މިފޮތް ލިޔުއްވާފައިވަނީ، އަހާ ބެހޭގޮތުންނެވެ.
2-    كِتَابُ الْأِبِلِ މިފޮތް ލިތުއްވާފައިވަނީ ޖަމަލާ ބެހޭގޮތުންނެވެ.
3-    كِتَابُ الشَّاةِ މިފޮތް ލިޔުއްވާފައިވަނީ ބަކަރިއާ ބެހޭގޮތުންނެވެ.
4-    كِتَابُ الْوُحُوْشِ މިފޮތް ލިޔުއްވާފައިވަނީ ވަޙްޝީ ޖަނަވަރާ ބެހޭގޮތުންނެވެ.
5-    خَلْقُ الْأِنْسَانِ މިފޮތް ލިޔުއްވާފައިވަނީ އިންސާނާއާ ބެހޭގޮތުންނެވެ.

أَصْمَعِي މި ފޮތުގައި ހުރިހާ ޙައިވާނުންގެ ޚާއްޞިއްޔަތާއި އާދަ އާއި ގޮތްތަކާއި އެ ތަކެއްޗާބެހޭ ތަފާތު މަޢުލޫމާތު ބަޔާން ކުރައްވައިފައި ވެ އެވެ.

މަތީގައި ބަޔާންކުރެވުނު ފޮތްފޮތަކީ، މުޅި ދުނިޔޭގައި ވެސް މި ފަންނުގައި ލިޔެވުނު އެންމެ ފުރަތަމަ ފޮތްތައް ކަމުގައި ބެލެވެ އެވެ. ޔޫރަޕުގެ ޢިލްމުވެރިންގެ ގާތުގައި މި ފޮތްތައް ވަރަށް މަޤްބޫލުވި އެވެ. (ނުނިމޭ)

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)Add Comment
...
ލިޔުނީ Husayn, 2011-01-03 16:32:10
Al asma'i ithurah liyuvvi foiythakuge thereygai Kitab al farq - The book of rare animals (dhuniyein madhu vefaivaa janavaarunge foiy) adhi Kitab al Sha - The book of the Sheep (Kanbalhi aa bahey gothun liyevunu fotheh) himene eve. Miee ehaa molhu ilmuveriakah vee iru hulhanguge qaumuthakun mifadha ilmuveringe nan fandukohlaathan balan thibeveykah netheve. Al asma'i ah ves dheyn jehey laqabuthakeh vaanekan miliyumun dheyha ve eve

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1178
extra avandia and congestive heart failure