މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| މުސްލިމު ސައިންސް ދާނުން - 04 |
|
|
| ޝަޚްޞިއްޔަތު - ޚާއްޞަ | |||
| 04 މާރޗް 2009، 02:37 ބުދަ | |||
مُوسَي شَاكِرُ213ހ 831މތަޢާރުފު مُوسَي ގެ ޙަޔާތް ފެށިފައިވަނީ ފޭރުމުން ނެވެ. އެހެންނަމަ ވެސް މާތް މީހެއްގެ ހެޔޮ ނަޞޭޙަތުގެ އަސަރުން އޭނާ މުޅިން ބަދަލުވެ عِلْمُ الْهَندَسَة-Geometry ގައި ދުނިޔޭގައި ނަންހުރި ޢިލްމުވެރިޔަކަށް ވެ ވަޑައި ގަތެވެ. ![]() ޙަޔާތުގެ ކުރީކޮޅު މޫސާގެ ޙަޔާތުގެ ބިންގާ އެޅުނީ ކައްޗަށެވެ. ނަމަވެސް ﷲ ގެ ހެޔޮ ރަޙްމަތްފުޅުން އެ ކަލާނގެ އޭނާއަށް ތެދުމަގު ދެއްކެވި އެވެ. ސީދާ މަގުގައި އޭނާ ހިންގަވައިގެން އޭނާއަށް ވަޑައިގެންނެވުނު މަންޒިލަކީ، ވަރަށް އެދެވިގެންވާ މަޤާމެކެވެ. މޫސާ އަކީ، ބަޣުދާދުގެ ރަށްވެއްސެކެވެ. އޭނާ އަކީ، ހެދިހުރި ހަށިގަނޑެއްގެ ވެރިއެކެވެ. ޞިއްޙަތު ރަނގަޅު ބޭފުޅެކެވެ. އާދައިގެ މިންވަރަކަށް ތަޢުލީމު ޙާޞިލު ކުރުމަށްފަހު އޭނާ ވެންނެވީ، ސިފައިންގެ ތެރެއަށެވެ. ތަރައްޤީވަމުން ގޮސް އޭނާއަށް ސިފައިންގެ އެންމެމަތީ ފެންވަރާ ހަމައަށް ވަޑައިގެންނެވުނެވެ. އެހެންނަމަ ވެސް އޭނާގެ ހަށިކޮޅުގައި ނޭދެވޭ، ނުބައި އާދައެއް ހުއްޓެވެ. އެއީ މަގު ފޭރުމެވެ. ކޮންމެ ރެއެއްގެ ވެސް ޢިޝާ ނަމާދު ކުރައްވަނީ، އަވަށުގެ މިސްކިތުގަ އެވެ. ނަމާދުން ނިމިގެން އޭނާ އޭނާގެ ވަޔާއެއްވަރަށް ދުވާކަމުގައި ބުނާ ޗޮކުލެޓު ކުލައިގެ އަސްމައްޗަށް ސަވާރުވެ ވަޑައިގެން، ބަޣުދާދުން ބޭރަށް ނުކުންނަވައި ސާޅީހަކަށް ފަންސާހަކަށް މޭލު ދުރުން އޭނާގެ އެކުވެރިންނާ ބައްދަލު ކުރައްވަ އެވެ. އަދި އޭނާގެ އެކުވެރިންނާ އެކީގައި އެ ހިސާބުން ދަތުރުކުރާ ޤާފިލާތައް ލޫޓުވައި ފަތިސް ވުމުގެ ކުރިން ބަޣުދާދަށް ވަޑައިގެން އަވަށު މިސްކިތުގައި ޖަމާޢަތުގައި ފަތިސްނަމާދު ކުރައްވަ އެވެ. އޭނާ ދަތުރަށް ފެށްޓެވުމުގެ ކުރިން ހުދު ފޮތި ކޮޅަކުން އަހުގެ ފައިގައި ބަންދެއް އަޅުއްވަ އެވެ. އެހެންކަމުން އޭނާއާ މެދު ޝައްކުތަކެއް ހިނގައިފައި ވީކަމުގައި ވިޔަސް ހިފާ ހައްޔަރު ނުކުރެވޭ ކަމަށްވެ އެވެ. ސަބަބަކީ، ފަތިސް ނަމާދަށް ޙާޟިރުވުމާ އަހުގެ ނިޝާން ތަފާތު ވުމެވެ. މިހެން އުޅުއްވަނިކޮށް ހެޔޮލަފާ މާތްމީހެއްގެ ނަޞޭޙަތުން އޭނާއަށް ކުރި ހެޔޮ އަސަރެއްގެ ސަބަބުން އޭނާގެ ޙަޔާތުގެ މިޞްރާބު ދީލާލައިފި އެވެ. ޢުމުރުން ދުވަސްވިއެއްކަމަކު ގަދަ މަސައްކަތްޕުޅުން ކިޔަވާ ވިދާޅުވެ ހިސާބުގެ ޢިލްމުގެ މަތީ ފެންވަރުގެ ޢާލިމަކަށް އޭނާ ވެވަޑައިގަތެވެ. ޚާއްޞަކޮށް عِلْمُ الْهَندَسَة - Geometry ގައި ވަކިން ބޮޑަށް އޭނާ ކުރިއަށް ވަޑައިގެންފައި ވެ އެވެ. އަދި ޚަލީފާ މައުމޫނުއް ރަޝީދުގެ ޚާއްޞުންގެ ތެރޭގައި ހިމެނިވަޑައި ގަތެވެ. 10 عُطَارِدُ الْكَاتِبُ 214ހ 832މ ތަޢާރުފު عُطَارِدُ الْكَاتِبُ އަކީ، ލިޔުން ތެރިއެކެވެ. ރީތިކޮށް ލިޔުއްވާ ބޭފުޅެކެވެ. އެހެންކަމުން އޭނާގެ ނަމުގެ ފަހަތަށް اَلْكَاتِبُ (ކާތިބު) އައިސްފައިވަނީ އެވެ. އެހެންނަމަ ވެސް އޭނާ ބޮޑަށް ޝައުޤުވެރިވެ ވަޑައިގަތީ، މަޢުދަންތަކާ ބެހޭ ޢިލްމަށެވެ. ޙަޔާތުގެ ކުރީކޮޅު އަދި ތަޢުލީމާއި ތަރުބިއްޔަތު عُطَارِدُ ތަޙްޤީޤު ކުރިޔަށް ގެންދެވީ، މަޢުދަންތަކާ ބެހޭ ގޮތުންނެވެ. އެފަންނުގައި އޭނާ ފޮތް އެކުލަވައި ލައްވައިފައި ވެ އެވެ. عُطَارِدُ އަކީ، ބަޣުދާދުގެ އަހުލުވެރިއެއް ކަމުން ޢަމަލީ މައިދާނުގައި ވަރަށް ކުރިޔަށް ވަޑައިގަތެވެ. ރީތިކޮށް ލިޔުއްވުމަކީ، އޭނާ ޚާއްޞަ ސަމާލުކަމެއް ދެއްވި އެއް ދާއިރާ އެވެ. އޭނާ މަސައްކަތް ކުރައްވައިފައިވަނީ ސަރުކާރުގެ ދާއިރާއެއް ގަ އެވެ. އެ ޒަމާނަކީ، މައުމޫނުއްރަޝީދުގެ ޒަމާނެވެ. ބަޣުދާދުގައި ވަރަށް ޤާބިލް ޢިލްމުވެރިން އުފެދިފައި ވެ އެވެ. بَيْتُ الْحِكْمَة ވަނީ ޤާއިމް ކުރެވިފަ އެވެ. ހުރިހައި ބާވަތެއްގެ ޢިލްމާއި ފަންނު ޢަރަބި ބަހަށް އޭރު ތަރުޖަމާ ކުރެވެމުން އައެވެ. ޢިލްމީ ޚިދުމަތްތައް އެ، ހަލަބޮލި މާޙައުލުގައި، عُطَارِدُ ކުރިޔަށް ވަޑައިގަތީ، މަޢުދަން ތަކާ ބެހޭ ތަޙްޤީޤުތަކައިގެންނެވެ. އޭނާ އެތައް ސަތޭކަ ބާވަތެއްގެ ހިލައިގެ ސާމްޕަލް ޖަމަޢަ ކުރެއްވި އެވެ. އޭނާގެ ގެ ވެގެން ދިޔައީ، ތަފާތު ހިލައިގެ މިއުޒިޔަމަކަށެވެ. އޭނާ ތަފާތު ހިލައާ ބެހޭ މަޢުލޫމާތު އެއްކުރެއްވި އެވެ. އެ ތަކެތީގެ ބާރާއި ތާސީރާއި ފައިދާ އާއި ޚާއްޞިއްޔަތު ހޯއްދެވި އެވެ. އަދި މި މުހިއްމު މައުޟޫޢުގެ މައްޗަށް ފޮތް އެކުލަވައި ލިޔުއްވި އެވެ. އޭނާގެ ފޮތަކީ، އިތުބާރު ހުރި ފޮތަކަށް ވެގެން ދިޔަ އެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)
![]()
... ލިޔުނީ Husayn, 2011-01-03 17:22:12
Moosa Shakirge nan alhugandah fenunu thanugai liyevifaivany Moosa Ibn Shakir nuvatha Moosa bin Shakir ge gothuga eve. Shakir aky mi Moosa ge bappa kan enge eve. Dhen Moosa Ibn Shakirge mashhooru 3 dharin (Banu Moosa) ge vaahaka miliyumugai himanaali nama liyun ithurah furihamaveeheve. Moosage 3 beyfulhunnakyves ilmuverikamugai kuriaraafaivaa zaahidhunneve. Mi inves iburaiythakeh haasiluve eve. Milinkun ithuru mauloomaathu libivadaigannavaane: http://en.wikipedia.org/wiki/Banu_Musa
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|