މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ސަލާމްލެއްވި އިދުރީސްގެފާނު |
|
|
| ޝަޚްޞިއްޔަތު - ޚާއްޞަ | |||
| 04 މާރޗް 2009، 03:51 ބުދަ | |||
|
ސީރަތު އިދްރީސްގެފާނަކީ ﷲ ތަޢާލާ އެކަލާނގެ ފޮތުގައި އެރަސޫލަކާމެދު ޚަބަރު ކުރެއްވި އެއްރަސޫލެކެވެ. ކީރިތިޤުރްއާނުގައި އެތައްފަހަރެއްގައި މިވާހަކަތައް ބަޔާން ކުރައްވާފައި ވެއެވެ. އެބޭކަލެއްގެ ރަސޫލުކަމަށް ތަފްޞީލީ ގޮތެއްގައި އީމާންވާން ޖެހެއެވެ. އެކަލޭގެފާނުގެ ނަބީކަމާއިރަސޫލުކަމަށް އެއްވެސް ޝައްކަކާއި ނުލައި އީމާންވާން ޖެހެއެވެ. ސަބަބަކީ ކުރިންވެސް އަޅުގަނޑު އިޝާރާތް ކުރިފަދައިން ކީރިތިޤުރްއާނުގެ ސޫރަތްތަކުގައި އެކަލޭގެފާނުގެ ނަންފުޅު ބަޔާން ކުރައްވާފައި ވެއެވެ. އަދި އެކަލޭގެފާނުގެ ޝަޚްޞިއްޔަތު ސިފަކުރައްވާފައިވަނީ ނަބީބޭކަލެއްކަމުގައްޔާއި ތެދުވެރި އާދެ! ޞިއްދީޤެއް ކަމުގައެވެ. ނަސަބުފުޅު: އިދްރީސް ބުނު ޔާރިދު ބުނު މަހްލާއީލު ،މިކަލޭގެފާނުގެ ނަސަބުފުޅު މިހެންގޮސް ގުޅެނީ އާދަމް ޢަލައިހިއްސަލާމުގެ ދަރިކަލުން ޝީޘް ޢަލައިހިއްސަލާމާ ހަމައަށެވެ.. ޢިބްރާނީންގެ ގާތުގައި އެކަލޭގެފާނުގެ ނަންފުޅަކީ ޚަނޫޚްއެވެ. އަދި މިބަސް ޢަރަބިބަހަށް ތަރުޖަމާ ކުރުމުން ކިޔެނީ އަޚްނޫޚް އެވެ. މިއީ ނޫޙް ޢަލައިހިއްސަލާމްގެ ކާފާފުޅުންގެ ތެރެއިން ހިމެނެއިން ވަޑައިގަތް ބޭކަލެކެވެ. އަދި އާދަމް ޢަލައިހިއްސަލާމާ ޝީޘް ޢަލައިހިއްސަލާމަށްފަހުގައި ދެން މިބިންމަތީގައި ލެއްވި ނަބީކަލޭގެފާނެވެ. އިބްނު އިސްޙާޤް ރިވާކުރައްވަނީ އިދްރީސްގެފާނަކީ އެންމެފުރަތަމަ ގަލަމަކުން އެއްޗެއް ލިޔުއްވި ފަރާތް ކަމުގައެވެ. އިދްރީސްގެފާނު އާދަމުގެފާނުގެ ޙަޔާތްޕުޅުން 308 އަހަރު ދެކެވަޑައިގަތެވެ. ސަބަބަކީ އާދަމުގެފާނު 1000 އަހަރުވަންދެން ދިރިއުޅުއްވުމެވެ. ޙަޔާތްޕުޅު ޢިލްމުވެރިން އެކަލޭގެފާނު ދުނިޔެއަށް ވަޑައިގަތް އަހަރަކާއި ހެދި ބޮޑުވި ތަނަކާއިމެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު ވެފައިވެއެވެ. ބައެއް ރިވާޔަތްތަކުގައި ވަނީ އިދްރީސްގެފާނު އުފަންވެ ވަޑައިގަތީ ބާބިލްގައި ކަމުގައެވެ. އެހެންނަމަވެސް އެހެން ގިނަ ބޭކަލުން ވިދާޅުވަނީ އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މިޞްރުގައި ކަމުގައެވެ. މީގެ ތެރެއިން ޞައްޙައީ ފުރަތަމަ ގޮތެވެ. ޝީޝް ބުނު އާދަމްގެ އަރިހުން ޢުމުރުގެެ ކުރީކޮޅުގައި ޢިލްމު ހޯއްދެވިއެވެ. އެކަލޭގެފާނު ބޮޑުފުޅުވެ ވަޑައިގަތުމުން ﷲ ތަޢާލާ އެކަލޭގެފާނަށް ނަބީކަން ދެެއްވިއެވެ. އެހެންނަމަވެސް ފަސާދަ ކުރާމީހުން އާދަމުގެ ފާނުގެ ޝަރީޢަތާއިވެސް ޚިލާފުވެގެން ދިޔަ ފަދައިން އަދި ޝީޘްގެފާނާ ޚިލާފުވެފައިވާ ފަދައިން އެކަލޭގެފާނާ ދެކޮޅު ހެއްދެވިއެވެ. އެކަލޭގެފާނަށް ގިނަ ބަޔަކު ޚިލާފުވީއިރު އެކަލޭގެފާނަށް ތަބާވީ ވަރަށް މަދު ބަޔެކެވެ. އަދި ހަމައެފަދައިން އެކަލޭގެފާނު ގޮވާލެއްވީ ނަމާދު ކުރުމާއި ޒަކާތްދިނުމާއި ރޯދަހިފުމާއި ޒަކާތް ދިނުމަށެވެ. އަދި ޖުނުބުން ޠާހިރުވެ އުޅުން އެއީ ވަރަށް ބޮޑަށް ސަމާލުކަން ދީގެން ކުރަން ޖެހޭ ކަމެއްކަމުގައި ބަޔާން ކުރެއްވިއެވެ. އަދި ހުރިހާ ވައްތަރެއްގެ މަސްތުވާތަކެތި ބޭނުންކުރުމަކީ ހަރާމް ކަމެއްކަންވެސް ބަޔާން ކޮށްދެއްވިއެވެ. އަދި އެކަމަކީ ވަރަށް ނުރައްކާ ކަމެއްކަމާއި އެކަމުގެ ބޮޑުކަމުން އެކަން އިތުރަށް ބައްލަވާން ފެއްޓެވިއެވެ. އިދްރީސް ޢަލައިހިއްސަލާމްގެ ޒަމާނުގައި މީސްތަކުން 72 ބަހަކުން ވާހަކަ ދައްކާ އުޅުނުކަންވެސް ޢިލްމުވެރިން ފާހަގަ ކުރައްވާފައި ވެއެެވެ. އަދި ﷲ ސުބްޙާނަހޫވަތަޢާލާ ވަނީ އެއިން ކޮންމެ ޖަމާޢަތެއްގެ މީހުން ވާހަކަދައްކާ ބަސް އިދްރީސްގެފާނަށް ދަސްކޮށް ދެއްވާފައެވެ. އެއީ އެބައިމީހުން އެދައްކާ ވާހަކަ އެކަލޭގެފާނަށް އެގިވަޑައި ގަތުމަށެވެ. އަދި ﷲ ތަޢާލާ އެންމެ ފުރަތަމަ މަދަނީ ސިޔާސަތު އުގަންނަވައިދެއްވި ފަރާތަކީވެސް އެކަލޭގެފާނެވެ. އަދި ރަށްތައް ތަރައްޤީ ކުރާނެ ގޮތްތައްވެސް ވަނީ ބަޔާން ވެފައެވެ. އެޒަމާނުގައި ދުނިޔޭގައި 188 ރަށް އޮތްކަމަށްވެސް ޢިލްމުވެރިން ފާހަގަ ކުރައްވައެވެ. އިދްރީސްގެފާނު މަޝްހޫރުވެފައިވަނީ ޙިކްމަތްތެރިއެއްގެ ގޮތުގައެވެ. އޭގެ އެއްބަހަކީ " ދުނިޔޭގެ އެންމެ ހެއުކަމަމީ ކުރެވޭ ކުށްތަކާމެދު ނިކަމެތިވުމެވެ. އަދި އެންމެ ނުބައިކަމަކީ ހިތާމަ ކުރުމެެވެ. ބާއްޖަވެރިޔަކީ އެމީހެއްގެ ނަފްސަކާމެދު ބަލައި ޞާލިޙް ޢަމަލުތަކާމެދު އެއިން ޝަފާޢަތް ލިބިގަންނަ މީހެކެވެ. އަދި " އީމާންކަމާއެކު ކެތްތެރިވާ ފަރާތްތަކަށް މުއްސަދިކަމެއް ވާރުތަވާނެއެވެ."
|
| ހަމަ މި ގަލަމުން |
|---|
"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ." (ޙަދީޘްފުޅެއްގެ މާނަ) |