ފަންވަތް ޝަޚްޞިއްޔަތު ޚާއްޞަ ކައިވެނި ބައްލަވައިގެންނެވިއިރު ޢާއިޝަތުގެފާނުގެ ޢުމުރުފުޅަކީ ކޮބާ؟
ބެލި ޢަދަދު: 2068
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ކައިވެނި ބައްލަވައިގެންނެވިއިރު ޢާއިޝަތުގެފާނުގެ ޢުމުރުފުޅަކީ ކޮބާ؟ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 13
ދެރަވަރަށްމޮޅު 
ޝަޚްޞިއްޔަތު - ޚާއްޞަ
11 މާރޗް 2009، 16:04 ބުދަ

އިޔާޒު ނަސީމް

ކީރިތި ރަސޫލާ ޢާއިޝަތުގެފާނާ ކައިވެނި ބައްލަވައިގެންނެވި އިރު އެކަމަނާގެ ޢުމުރުފުޅަކީ ކޮބައިކަމާ މެދު މިހާތަނަށް އެތައް ދިރާސާއެއް ކުރެވިފައިވެއެވެ. މި ދިރާސާތަކުން ޢާއިޝަތުގެފާނާ ކީރިތި ރަސޫލާ ކައިވެނި ބައްލަވައިގެންނެވި އިރު އެކަމަނާއަކީ ފުރިހަމަ އަންހެނެއް ކަމާއި ކުޑަ ކުއްޖެއް ނޫންކަން ސާބިތުވެއެވެ. އެހެން ނަމަވެސް މުސްލިމުންގެ ތެރެއިން ވެސް ބައެއްމީހުން ޤަބޫލުކުރާ ގޮތުގައި ރަސޫލާ ޢާއިޝަތުގެފާނާ ކައިވެނި ބައްލަވައިގެންނެވި އިރު އެކަމަނާއަކީ ޢުމުރުފުޅުން ވަރަށް ހަގު، ތުއްޕުޅު ބޭފުޅެކެވެ. އަދި މިކަން ވެފައިވަނީ ރަސޫލާގެ ޙަޔާތްޕުޅާ ބެހޭ ގޮތުން ނު ކިއްސަރު ވާހަކަތައް ފެތުރުމަށް ޣައިރު މުސްލިމުންނަށް ލިބިފައިވާ ފުރުޞަތެއް ކަމުގައެވެ.

މި މައުޟޫޢުގެ މައްޗަށް އެންމެ ފަހުން ޣައިރު މުސްލިމަކު ލިޔެފައިވާ ފޮތަކީ "ޖުވެލް އޮފް މަދީނާ" މި ނަން ކިޔާ ފޮތެވެ. ޝެރީ ޖޯންސް ނަމަކަށް ކިޔާ ލިޔުންތެރިޔަކު ލިޔެފައިވާ މި ފޮތަކީ ޢާއިޝަތުގެފާނާ ބެހޭ ނާވިލް (ދިގުވާހަކަ) އެކެވެ. ޣައިރު މުސްލިމުން ލިޔެފައިވާ މިފަދަ ފޮތްތަކުގައި ޢާއްމުކޮށް މަސައްކަތްކޮށްފައި ހުންނަނީ ރަސޫލާއަކީ އަޚްލާޤީ ގޮތުން ދަށް ފެންވަރުގެ ބޭފުޅެއް ކަމުގައި ދެއްކުމަށެވެ.

ޢާއިޝަތުގެފާނާ ރަސޫލާ ކައިވެނި ބައްލަވައިގެންނެވި އިރު އެކަމަނާގެ ޢުމުރުފުޅަކީ 6 ނުވަތަ 7 އަހަރު ކަމުގައި ބުނެފައިވާ ރިވާޔަތްތައް ހަދީސް ފޮތްތަކުގައި ވެސް ހުރެއެވެ. އެހެން ނަމަވެސް މި ރިވާޔަތްތަކުގެ ޞައްޙަކަމާމެދު ވަނީ އިޚްތިލާފު އުފެދިފައެވެ. ބައެއް ޢިލްމުވެރިން ދެކެ ވަޑައިގަންނަވާ ގޮތުގައި މި ގޮތަށް މިކަން ދިމާވެފައިވަނީ އުފަންވާ ތާރީޚު އެ ދުވަސްވަރު ރަނގަޅަށް ބެލެހެއްޓިފައި ނުވާތީއެވެ. އަދި ކައިވެނި ބައްލަވައިގަތް އިރު ޢާއިޝަތުގެފާނުގެ ޢުމުރުފުޅު، މިއަށްވުރެ ދޮށިވާނެ ކަމުގައި މި ބޭފުޅުން ދެކެވަޑައިގަންނަވައެވެ. އެހެން ބައެއް ބޭފުޅުންވަނީ މިކަމާމެދު ޢިލްމީ ދިރާސާތަކެއްކޮށްގެން ކައިވެނި ބައްލަވައިގަތް އިރު ޢާއިޝަތުގެފާނުގެ ޢުމުރުފުޅަކީ ކޮބައިކަން ހޯދުމަށް މަސައްކަތްކުރައްވާފައެވެ.

މިގޮތުން ކުރެވިފައިވާ ދިރާސާތަކުގެ ތެރޭގައި ބޭނުންކުރެވިފައި ވަނީ ކީރިތި ޤުރުއާނާއި ހަދީސްފޮތްތަކުގައިވާ މަޢުލޫމާތާއި ހަދީސް ޢިލްމާބެހޭ ފޮތްފޮތުގައިވާ މަޢުލޫމާތުތަކުގެ އިތުރުން ތާރީޚީ ފޮތްތަކާއި ބަހާ ބެހޭ ފޮތްތަކެވެ. މިހުރިހާ މަޢުލޫމާތެއް ދިރާސާ ކުރުމަށްފަހު ފާހަގަކުރެވޭ ނުގުތާތައް މިފަދަ ދިރާސާތައް ކުރައްވާފައިވާ ބޭފުޅުންވަނީ ޢާއްމުކުރައްވާފައެވެ.

މިގޮތުން ޢާއިޝަތުގެފާނުގެ އަޚުންނާއި އުޚްތުންގެ މެދުގައި ޢުމުރުގެ ތަފާތުހުރިވަރު ބެލުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ބަލައިފައިވެއެވެ. ޢާއިޝަތުގެފާނުގެ ބައްޕާފުޅު އަބޫބަކުރުގެފާނަށް ލިބިވަޑައިގެންފައިވަނީ 6 ބޭފުޅުންނެވެ. އަސްމާ ބިންތު އަބީބަކުރާއި ޢަބްދުﷲ ބިން އަބީބަކުރުގެ މަންމައަކީ ޤުތައިލާ ބިންތު ޢުމައިސްއެވެ. ޢައިޝަތުގެފާނާއި ޢަބްދުއްރަޙްމާނު ބިން އަބީބަކުރުގެ މަންމައަކީ އުއްމު ރޫމާނެވެ. މުޙައްމަދު ބިން އަބީބަކުރުގެ މަންމައަކީ އަސްމާ ބިންތު ޢުމައިސްއެވެ. އުއްމުކުލްޘޫމް ބިންތު އަބީބަކުރުގެ މަންމައަކީ ޙަބީބާއެވެ. އަސްމާގެފާނާއި ޢަބްދުﷲގެފާނަކީ އެއްބަނޑު އެއްބަފާ ދެބޭފުޅުންނެވެ. ހަމަ އެފަދައިން ޢާއިޝަތުގެފާނާއި ޢަބްދުއްރަޙްމާނުގެފާނަކީ ވެސް އެއްބަނޑު އެއްބަފާ ދެބޭފުޅުންނެވެ. އެއް މަންމައެއްގެ ބޭފުޅުންގެ ދެމެދުގައިވާ ޢުމުރުގެ ތަފާތަކީ ވެސް އަޅުގަނޑުމެންނަށް އަލިކަމެއް ފޯރުކޮށްދެވިދާނެ މަޢުލޫމާތެކެވެ.

1. އަބޫބަކުރުގެފާނުގެ ފުރަތަމަ ދަރިކަނބަލުން އަސްމާގެފާނު އުފަންވެވަޑައިގަތީ މީލާދީން 595 ގައެވެ. މިއީ ކީރިތި ރަސޫލާގެ ހިޖްރައިގެ 27 އަހަރު ކުރިންނެވެ [ނަވަވީ، ތަހްޒީބުލް އަސްމާ، 2/597]. ރަސޫލާ ހިޖްރަ ކުރެއްވިއިރު އެކަމަނާ އިންނެވީ ޒުބައިރު ބިން ޢައްވާމުގެ އަނބިކަނބަލަކަށެވެ. އަދި އޭރު އެކަމަނާ އިންނެވީ އާލާސްވެއެވެ. ބަނޑަށް 6 މަހެވެ [ނަވަވީ، ތަހްޒީބުލް އަސްމާ، 2/597]. އެކަމަނާގެ ދަރިކަލުން ޢަބްދުﷲ އުފަންވެ ވަޑައިގަތީ އޭގެ ތިން މަސް ފަހުން ޤުބާގައެވެ. މިއީ މަދީނާއަށް ހިޖްރައަށް ވަޑައިގަތް މަގުމަތީގައެވެ. އެކަމަނާ އަވަހާރަވީ ހިޖްރައިން 73 ވަނަ އަހަރުގައި ޢުމުރުފުޅުން 100 އަހަރުގައެވެ.

ދެން ތާރީޚުން ފެންނަ މުހިއްމު އަނެއް މަޢުލޫމާތަކީ ޢާއިޝަތުގެފާނާއި އަސްމާގެފާނާ ދެބޭފުޅުންގެ ޢުމުރުގެ ތަފާތެވެ. ޢާއިޝަތުގެފާނާއި އަސްމާގެފާނާ ދެބޭފުޅުންގެ ޢުމުރުގެ ތަފާތަކީ 10 އަހަރެވެ [ބައިހަޤީ، ސުނަން، 6/204]. އެހެންކަމަށް ވާނަމަ ޢާއިޝަތުގެފާނު އުފަންވެވަޑައިގަތީ މީލާދީން 605 ވަނަ އަހަރުއެވެ. އެއީ 595 + 10 = 605 އެވެ. އެހެންކަމުން ރަސޫލާ ހިޖްރަ ކުރެއްވިއިރު ޢާއިޝަތުގެފާނުގެ ޢުމުރުފުޅުން ވާނީ 17 އަހަރެވެ. ޢާއިޝަތުގެފާނާ ރަސޫލާ ކައިވެނި ބައްލަވައިގަތީ ހިޖްރައިގެ ހައެއް ނުވަތަ އަށް މަހުގެ ފަހުން ނުވަތަ ބަދުރު ހަނގުރާމަ ނިމުނުތަނާހެންނެވެ [އިބްނު ސަޢުދު، ޠަބަޤާތު، 8/58]. މީގެ މާނައަކީ އެއިރު ޢައިޝަތުގެފާނުގެ ޢުމުރުފުޅަކީ 17 އަހާރާއި 19 އަހަރާ ދެމެދުގެ ޢުމުރެއްކަމުގައެވެ.

2. ޢާއިޝަތުގެފާނާއި ޢަބްދުއްރަޙްމާނުގެފާނާ ދެބޭފުޅުންގެ ޢުމުރުގެ ތަފާތަކީ ވެސް މުހިއްމު މަޢުލޫމާތެކެވެ. ޢަބްދުއްރަޙްމާނު އިސްލާންވެވަޑައިގަތީ ޙުދައިބިއްޔާގެ ޞުލްޙައަށް ފަހުގައެވެ. ޙުދައިބިއްޔާގެ ޞުލްޙަވެވިފައިވަނީ ހިޖްރައިން 6 ވަނަ އަހަރުގައެވެ. ހިޖްރައިން ދެވަނަ އަހަރު ހިނގި ބަދުރު ހަނގުރާމަ ހިނގި ދުވަހު ޢަބްދުއްރަޙްމާނުގެ ޢުމުރުފުޅަކީ 20 އަހަރެވެ [އިބްނު އަސީރު، އުޞޫލުލްޣާބާ، 3/467]. އެހެންކަމުން ޢަބްދުއްރަޙްމާނު އުފަންވެވަޑައިގަތީ މީލާދީން 604 ހާ ތާނގައެވެ. އެ ޒަމާނަށް ބަލާއިރު އެއް މަންމައެއްގެ ދެބޭފުޅުންގެ ދެމެދުގައި ޢުމުރުގެ މާބޮޑު ތަފާތެއް ނުހުރެއެވެ. ކައިވެނި ބައްލަވައިގަތް އިރު ޢާއިޝަތުގެފާނުގެ ޢުމުރަކީ 7 އަހަރުކަމުގައިވާނަމަ އެކަމަނާ އުފަންވެވަޑައިގެންފައިވާނީ މީލާދީން 614 ހާ ތާނގައެވެ. އެހެންކަމަށްވާނަމަ ޢާއިޝަތުގެފާނާއި އެކަމަނާއާ އެއްބަނޑުއެއްބަފާ ޢަބްދުއްރަޙްމާނާ ދެބޭފުޅުންގެ ޢުމުރުގެ ތަފާތުގައި 10 އަހަރު ހުންނާނެއެވެ. މިއީ އެ ޒަމާނަށް ބަލާއިރުވުން ވަރަށް ދުރުކަމެކެވެ. އަދި މީލާދީން 615 ވަނަ އަހަރު އަބޫބަކުރުގެފާނު ޙަބުޝްކަރައަށް ހިޖްރައަށް ވަޑައިގަތުމަށް ގަސްތުކުރެއްވިއިރު ޢާއިޝަތުގެފާނުވެސް ގެންދަވަން ގަސްތުކުރެއްވި ކަމަށާއި، އޭރު އެކަމަނާގެ ޢުމުރުފުޅުން ވާނީ ނުވަ ވަރަކަށް އަހަރުކަމުގައި އޮންނަ ރިވާޔަތްތަކުން ވެސް މިކަން ސާބިތުވެއެވެ. އަބޫބަކުރުގެފާނު އެހެން ނަމަވެސް ޙަބަޝާއަށް ވަޑައެއް ނުގަންނަވައެވެ.

3. ޢާއިޝަތުގެފާނު އަވަހާރަވުމާބެހޭ ގޮތުން ހުރި ރިވާޔަތްތަކުން ވެސް މުހިއްމު މަަޢުލޫމާތުތަކެއް ލިބިގެންދާނެއެވެ. އެކަމަނާ އަވަހާރަވީ ތާރީޚުގެ ގޮތުގައި ފޮތްތަކުން ތަފާތު ފަސް އަހަރު ފެންނަން އޮވެއެވެ. މި ގޮތުން އެއީ ހިޖްރައިން 55 ނުވަތަ 56 ނުވަތަ 57 ނުވަތަ 58 ނުވަތަ 59 ވަނަ އަހަރުކަމުގައި ފޮތްތަކުން ފެންނަން އޮވެއެވެ [އިބްނު ޢަބްދިލްބައްރު، އިސްތިޢާބު، 2/108]. އެކަމަނާ އަވަހާރަވީއިރު ޢުމުރުފުޅަކީ 65 ނުވަތަ 66 ނުވަތަ 67 ނުވަތަ 74 ކަމުގައިވެސް ފޮތްތަކުގައި ބަޔާންވެފައި ހުރެއެވެ [އިބްނު ސަޢުދު، ޠަބަޤާތު، 8/75]. އެކަމަނާ އުފަންވެވަޑައިގަތް އަހަރާމެދު އިޚްތިލާފު އުފެދިފައިވާ ފަދައިން އެކަމަނާ އަވަހާރަވި ތާރީޚާ މެދު ވެސް އިޚްތިލާފު އެބަހުއްޓެވެ.
އެކަމަނާ އަވަހާރަވީ ހިޖްރައިން 58 ގައި ޢުމުރުފުޅުން 74 އަހަރުގައިކަމަށް އޮންނަ ރިވާޔަތް އެހެން ރިވާޔަތްތަކަށް ވުރެ ޞައްޙަކަމުގައި ފެނެއެވެ. މި ރިވާޔަތުގައި ތަފްޞީލީ މަޢުލޫމާތު ވެސް ލިބެން ހުރުމާއެކުގައެވެ. ޢާއިޝަތުގެފާނު އުފަންވެވަޑައިގަތީ ނަބީކަމުގެ ތިން އަހަރުކުރިންކަމުގައި ބަޔާންވެފައިވާ ރިވާޔަތްތަކުން ވެސް މިއަށް އިތުރު ތާއީދުލިބެއެވެ.
އަދި އެކަމަނާގެ އަރިހުން އައިސްފައިވާ ރިވާޔަތުގައި "ކައިވެނިކުރި އިރު އަހުރެން ފެންނާނީ ޢުމުރުން ގާތްގަނޑަކަށް ހަތްއަހަރުވެފައިވާ ކުއްޖެއްގެ ގޮތުގައި" ކަމަށް ވިދާޅުވެފައިވަނީ އެކަމަނާގެ ހަށިގަނޑުހެދި ހުރި ގޮތުން އޭރު އެކަމަނާއަކީ ޖިސްމާނީ ގޮތުން ފެންނަ ފެނުމުގައި ހަތް އަހަރުގެ ކުއްޖަކާ މާބޮޑު ތަފާތެއް ނެތް ބޭފުޅެއް ކަމުގައިވާތީ ކަމަށް ވެދާނެއެވެ. މަދީނާއިން ބޭރުގައި އެކަމަނާގެ ކަރުފުޅުގައި އޮތް ގަހަނާ ގެއްލިވަޑައިގެން ހޯއްދެވުމަށް ވަޑައިގެންފައިވަނިކޮށް ޖަމަލުމަތީގައި ބަހައްޓާ ގެކޮޅުގައި އެކަމަނާ ނެތްކަން އެ އުފުއްލެވި ޞަޙާބީންނަށް އެނގިވަޑައިނުގަތީވެސް އެކަމަނާގެ ހަށިކޮޅު ލުއިކަމުންކަން އެނގެއެވެ.

އަދި ހަމައެހެންމެ ކީރިތި ޤުރްއާނުގައި މުސްލިމް ފިރިހެނުންނަށް ކައިވެނިކުރަން އަންގަވާފައިވަނީ "އައްނިސާއު" ނުވަތަ ބޮޑުވެފައިތިބޭ އަންހެނުންނާ ކަމަށްވެފައި ޢަރަބި ބަހުގެ އަދަބިއްޔާތަށް ބަލާއިރުގައި 15 އަހަރުނުވާ އަންހެން ކުއްޖަކަށް "އައްނިސާއު" މި ބަސް ބޭނުންނުކުރާތީ، ރަސޫލާ ޢާއިޝަތުގެފާނާ ކައިވެނި ބައްލަވައިގަންނަވާނީ އެކަމަނާގެ ޢުމުރުފުޅުން 15 އަހަރުވުމަށް ފަހުގައިކަން ޔަޤީންވެއެވެ. އަދި ޢިލްމުވެރިންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން ޤަބޫލުފުޅު ކުރައްވާ ގޮތުގައި އަންހެން ކުއްޖެއްގެ ޢުމުރުން 15 އަހަރު ނުވަނީސް ކައިވެނިކުރުމަކީ ހުއްދަކަމެއް ނޫނެވެ.

މިހާތަނަށް ޢިލްމީގޮތުން ކުރެވިފައިވާ ދިރާސާތަކުން ދައްކާގޮތުގައި ޢާއިޝާ އުފަންވެ ވަޑައިގަތީ މީލާދީން 605 ހާ ތާނގައެވެ. ރަސޫލާ އެކަމަނާއާ ކައިވެނި ބެއްލެވިއިރު އެކަމަނާގެ ޢުމުރުފުޅަކީ 17 އަހަރެވެ. އެކަމަނާގެ އަރިހުގައި ރޭކުރެއްވީ އެކަމަނާގެ ޢުމުރުފުޅުން 19 އަހަރުގައެވެ. (ވަﷲ އަޢުލަމު ބިއްޞަވާބި).
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (15)Add Comment
...
ލިޔުނީ aadham, 2009-03-11 14:03:27
Al usthaz B A. Adam naseemge liyumuge vattafaalhi aa v vaththaru vattafaalhieh gengulhuhvaa liyun theriyeh...
varah shauquveri mauloo maathu thakeh. shukuriyyaa iyaaz
...
ލިޔުނީ Abdullah, 2009-03-11 16:02:25
Jazaakallah khair
...
ލިޔުނީ އިބްރާހީމް, 2009-03-11 19:54:15
ލިޔުމުގައި ބަލާ ގެ މާނައެއޮތީ ހަމަ އޮއްނަންވީ ގޮތަށްބާ!!!
...
ލިޔުނީ ibn adam, 2009-03-12 10:19:46
Bukhari :: Book 5 :: Volume 58 :: Hadith 234

Narrated Aisha:

The Prophet engaged me when I was a girl of six (years). We went to Medina and stayed at the home of Bani-al-Harith bin Khazraj. Then I got ill and my hair fell down. Later on my hair grew (again) and my mother, Um Ruman, came to me while I was playing in a swing with some of my girl friends. She called me, and I went to her, not knowing what she wanted to do to me. She caught me by the hand and made me stand at the door of the house. I was breathless then, and when my breathing became Allright, she took some water and rubbed my face and head with it. Then she took me into the house. There in the house I saw some Ansari women who said, "Best wishes and Allah's Blessing and a good luck." Then she entrusted me to them and they prepared me (for the marriage). Unexpectedly Allah's Apostle came to me in the forenoon and my mother handed me over to him, and at that time I was a girl of nine years of age.
...
ލިޔުނީ ibn adam, 2009-03-12 10:20:24
Dawud :: Book 41 : Hadith 4915
Narrated Aisha, Ummul Mu'minin:
The Apostle of Allah (peace_be_upon_him) married me when I was seven or six. When we came to Medina, some women came. according to Bishr's version: Umm Ruman came to me when I was swinging They took me, made me prepared and decorated me. I was then brought to the Apostle of Allah (peace_be_upon_him), and he took up cohabitation with me when I was nine. She halted me at the door, and I burst into laughter.
...
ލިޔުނީ ibn adam, 2009-03-12 10:20:59
Dawud :: Book 41 : Hadith 4917
Narrated Aisha, Ummul Mu'minin:
When we came to Medina, the women came to me when I was playing on the swing, and my hair were up to my ears. They brought me, prepared me, and decorated me. Then they brought me to the Apostle of Allah (peace_be_upon_him) and he took up cohabitation with me, when I was nine.
...
ލިޔުނީ ibn adam, 2009-03-12 10:21:33
Muslim :: Book 8 : Hadith 3309
'A'isha (Allah be pleased with her) reported: Allah's Messenger (may peace be upon him) married me when I was six years old, and I was admitted to his house at the age of nine. She further said: We went to Medina and I had an attack of fever for a month, and my hair had come down to the earlobes. Umm Ruman (my mother) came to me and I was at that time on a swing along with my playmates. She called me loudly and I went to her and I did not know what she had wanted of me. She took hold of my hand and took me to the door, and I was saying: Ha, ha (as if I was gasping), until the agitation of my heart was over. She took me to a house, where had gathered the women of the Ansar. They all blessed me and wished me good luck and said: May you have share in good. She (my mother) entrusted me to them. They washed my head and embellished me and nothing frightened me. Allah's Messenger (, may peace be upon him) came there in the morning, and I was entrusted to him.
...
ލިޔުނީ ކިޔަވާ ކުއްޖެއް., 2009-03-12 11:21:31
މި މަޒުމޫނަކި ވަރަށް ކިޔާ ހިތްވި ވަރަށް ފުރިހަމަ މަޒުމޫނެކެވެ. ހަޤީޤަތުގައި އިސްލާމުންގެ ތެރޭގައި ދިރާސާ ކުރުމުގެ ރޫޙު އުފެއްދުމަކީ ވަރަށް މުހިންމު ކަމެކެވެ. އަޅުގަނޑަށް ވިސްނޭގޮތުގައި އެއީ ކީރިތި ރަސޫލާއަށް އިންކާރު ކުރުމެއް ނޫނެވެ. އެ ރަސޫލާގެ ބަސްފުޅަކާމެދު ތާރީޚީ ދަލީލެއް، ނުވަތަ ލޮޖިކަލް ދަލީލެއް ފެނޭތޯ މަސައްކަތް ކުރަނީ، އެބަސްފުޅު ގަބޫލު ނުކުރާކަށްވެސް ނޫނެވެ. އެހެން ނަމަވެސް އެފަދަ މަސައްކަތްކުރަނީ، އެޒަމާނުގެ ހާލަތާއި، ކަންކަން އެކެއްގެ ފުށުން އަނެކެއްގެ ކިބަޔަށް ވާރުތަވަމުން އައި ގޮތްތަކާ ކަންކަން ދިމާވި ސަބަބުތައް ސާފުކޮށް ދެނެގަތުމުގަ އެވެ. އިޔާޒުގެ މި މަސައްކަތަށްޓަކައި ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ.
...
ލިޔުނީ އަލްމުސްލިމް, 2009-03-12 16:52:25
މި މަޒުމޫނުގައި ދިރާސާ ގެންނަވާފައިވާލެއް ވަރަށް ފުރިހަމަ. ޢިލްމީ ދިރާސާތައް ކޮށްގެން ނޫނީ ޙަޤީޤަތާ ހަމަޔަށް ވާޞިލެއް ނުވެވޭނެ. އަޅުގަނޑު ހިތަށް އަރަނީ 7 އާއި 9 އައިސްފައިވަނީ 17 އާއި 19 އަންނަންވީ ތަނުގައޭ. އެއީ ރިވާ ކުރެއްވި ބޭކަލަކަށް ސަބްޢަ ޢަޝަރު (ސަތާރަ) އަދި ތިސްޢަ ޢަޝަރު (ނަވާރަ) އޮތް ތަނަކަށް ހަނދުމަފުޅު ބަލިކަމުން ސަބްޢަ (ހަތެއް) އަދި ތިސްޢަ (ނުވައެއް) ވިދާޅުވެވުނީ ކަމަށް ވެސް ވެދާނެ. މިއީ ހަދީސްތަކުން ފެންނަ ކަމެއް. މިސާލަކަށް ނަމާދު ކުރާ މީހާގެ ކުރި ކެނޑުމަށް ވުރެ ސާޅީސް ވަންދެން ހުރުން ވެސް ރަނގަޅޭ އޮންނަ ހަދީސް ރިވާ ކުރެއްވި ބޭކަލަކަށް އެއީ ސާޅީސް ދުވަސްކަމެއް އަހަރު ކަމެއް ސާޢަތް ކަމެއް ހަނދާނެއް ނެތް. މިކަހަލަ ކަންކަމަށް ވިސްނުން ވަރަށް މުހިއްމު ހަދީސްތަކާ މެދު ވާހަކަ ދައްކާއިރު. ކޮންމެއަކަސް ތާރީޚުގައި އަންނަނީ ޢަދަދުތަކެއް. ޢަދަދުތަކުގެ ހިސާބު ރަނގަޅުވެގެން ނޫނީ ޢަދަދުތައް ޞައްޙައެއް ނުވާނެ. އިޔާޒުގެ މި ދިރާސާ ބުއްދި ޤަބޫލުކުރޭ.
...
ލިޔުނީ ޅަހުއްތު, 2009-03-14 19:23:38
މި ލިޔުމުގައި ބުރަދަނެއް ހުރިކަން ފާހަގަ ކުރެވޭ. ޓެކްސް ފޮތްތަކުގައިވެސް އަދި އެހެނިހެން މަޒުމޫނު ތަކާއި ލިޔުން ތަކުގއިވެސް އަބަދުހެން ފެންނަނީ ކީރީތި ރަސޫލާ އައިޝަތުގެފާނާއި ކައިވެނި ބައްލަވައި ގަންއިރު އެކަމަނާގެ ޢުމުރުފުޅަކީ 7 އަހަރު ކަމާއި ރޭކުރެއްވިއރު ޢުމުރުފުޅަކީ 9 އަހަރުކަން. މިކަމާ ކާފަރުން އެހާ މައްސަލަ ޖައްސާ.ދެން ކީއްވެބާ މިހާތަނަށް މިކަމާބެހޭ ދިރާސާއެއް ކުރެވިފައި ނެތީ.
އަދިއަޅުގަނޑު ބުނެލަން ބޭނުންވާ ވަރަށް މުޙިއްމު ވާހަކައެއް އެބަ އޮތް....މިމަޒުމޫނުގެ އިނގިރޭސި އަދި ޢަރަބި ތަރުޖަމާއެއް އިސްލާމީ ހުރިހާ ޤަޢުމުތަކަށް ފޮނުވުން...އަދި އެންމެހައި އިސްލާމީ ޖަމާޢަތް ތަކަށާއި ވެބްސައިޓްތަކަށް މިލިޔުން ލިބޭނެ ގޮތް ހަމަޖައްސައި ދިނުން..

...
ލިޔުނީ mariyan, 2009-03-30 00:40:28
shukuran
...
ލިޔުނީ ޙަސަން, 2009-04-20 04:22:45
މިއީ ވަރަށް ބޭނުންތެރި ޝައުޤުވެރި ކުރުވި ލިޔުއްވުމެއް އިޔާޒު ނަސީމަށް ހެޔޮ ޖަޒާ ދެއްވާށި! އަޅުގަނޑަށް މިލިޔުމުގެ ސުރުޚީ ފާހަގަކުރެވުނީ މިއަދު ހަމަވަގުތުން ކިޔާލާހިތްޖެހުނު. ވަރަށް އުފާވި. މިކަހަލަ މުހިންމު ދިރާސާތައް ގެނެސް ދެއްވާކަމަށްޓަކައި ފަންވަތް ޓީމަށްވެސް ހެޔޮއެދުންތައް ދަންނަވަން.
...
ލިޔުނީ ޙުސައިން ޢަލީ މުޙައްމަދު, 2009-05-13 09:14:08
މިއީ، އިޔާޒު ނަސީމު ކުރި ދިރާއެއްތޯއެވެ؟ ނުވަތަ ކޮށްފައިވާ ތަރުޖަމާއެއްތޯއެވެ؟ ނުވަތަ މީހަކު ލިޔެފައިވާ ލިޔުމަކުން މަޢުލޫމާތު ނަގައިގެން ލިޔެފައިވާ ލިޔުމެއްތޯއެވެ؟
މި ސުއާލުތަކުގެ ޖަވާބު ނުލިބޭހައި ހިނދަކު، މިއީ ފުރިހަމަ ލިއުމަކަށް ނުވާނެއެވެ.
އިސްލާމީ ސަގާފަތުގެ ތެރެއަށް ފުންކޮށް ވަދެވިފައިނުވާ މީހުންނަށް މިކަހަލަ ލިޔުންތައް ވަރަށް ކަމުދާނެއެވެ.
ފަންވަތުގެ ކިޔުންތެރިންގެ މަޢުލޫމާތަށްޓަކައި ބުނެ އަންގަމެވެ.
2008 ވަނަ އަހަރުގެ 8 ވަނަ މަހުގެ 13 ވަނަ ދުވަހު، "އަލްމިޞްރީ އަލްޔައުމު" ނަމަކަށް ކިޔާ ނޫހުގައި، ޖަމާލުލް ބަންނާ ނަމަކަށް ކިޔާ ގޮތް ބޮޑު ލިއުންތެރިޔަކު، ފާޑެއްގެ ވާހަކައެއް ލިޔުނެވެ. އޭނާ ލިޔެފައިވަނީ، މީގެ އެއްހާސް ހަތަރުސަތޭކަ އަހަރު ކުރިއްސުރެ، އިސްލާމީ އުންމަތަށް ކުށްޖެހިފައިވާ މައްސަލައެއް، ޒުވާން ނޫސްވެރިޔަކު އެބަ ރަނގަޅުކޮށްދޭ ކަމަށެވެ. އިސްލާމް ދީނަށް ފުރައްސާރަކުރަން އާދަވެފައިވާ ޖަމާލުލް ބަންނާ، އެ ޒުވާނާއަށް ވަރަށް ތައުރީފުކޮށްފައި ވެއެވެ.
މަތީގައި އެވާ މަޒުމޫނުގައި އިޔާޒު ނަސީމް ލިޔެފައި އެވަނީ، އެ ޒުވާން ނޫސްވެރިޔާ ރަނގަޅުކޮށްދިން މައްސަލައެވެ. ޒުވާނާ ދައްކާފައިވާ ހެކިތަކުގެ ޞައްޙަކަން ބެލުމަށްޓަކައި، އިސްލާމީ ފޮތްތައް ބަލައި ދިރާސާކުރިއިރު، އޭނާ ދައްކާފައިވަނީ ތެދު ހެކިތަކެއް ނޫންކަން އެނގުނެވެ. މިސާލަކަށް، އަސްމާގެފާނާއި ޢާއިޝާގެފާނާ ދެމެދުގައިވާ ޢުމުރުގެ ތަފާތަކީ، 10 (ދިހަ) އަހަރެއް ނޫނެވެ. އެއީ، ޢަރަބި ބަހުން ބުނާނަމަ، (بضع عشر) އަހަރެވެ. މާނައަކީ، 13 އަހަރާއި 19 އަހަރާ ދެމެދުގެ މުއްދަތެކެވެ.
...
ލިޔުނީ އަޙުމަދު މާޖިދު, 2010-10-22 07:44:33
ޢާއިޝާ ރަޟިޔަﷲ ޢަންހާ އިތުރު ރަސޫލާއާ ކައިވަނިކުރެއްވިއިރު އެކަމަނާގެ ޢުމުރުފުޅަކީ 6 އަހަރު ކަމަށާއި ރޭކުރެއްވިއިރު ޢުމުރުފުޅަކީ 9 އަހަރު ކަމުގައި ބުނެވޭ ބުނުމަކީ ޙަޤީޤަތެއް ނޫނެވެ. އެ ކަން ސާބިތުކުރަން 1400 އަހަރުގެ ސަގާފަތާއި އިންސާނީ މަސައްކަތެއްގައި އޮތް ރިވާޔަތެއް ނަގައިގެން ކިތަންމެ ވާހަކަތަކެއް ދެއްކި ނަމަވެސް އެއީ ޢިލްމީގޮތުން ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ.

އިޔާޒަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ޙައްޤު ބަޔާންކުރައްވައި އިސްލާމީ އުއްމަތް ކަނުކަމުން ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތުގައި ތިޔަވެވަޑައިގަންނަވާ ޙިއްސާއަށްޓަކައި ﷲ ތިބާއަށް ރަޙުމަތް ލައްވާށި!
...
ލިޔުނީ ar, 2010-12-18 03:08:55
Alhugandumen ge mirajje gaves kureezamaanu meenunnaainnanee 12 nuvatha13 aharuga.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 2068
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone