މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| މުސްލިމް ސައިންސް ދާނުން - 05 |
|
|
| ޝަޚްޞިއްޔަތު - ޚާއްޞަ | |||
| 12 މާރޗް 2009، 01:05 ބުރާސްފަތި | |||
حَكِيْمُ يَحْيَي مَنْصُورُ214ހ 832މއަޙްމަދު ފަހުމީ ތަޢާރުފު حَكِيْمُ يَحْيَي مَنْصُورُ އަކީ، ފަލަކީ ޢިލްމާއި ނުޖޫމީ ޢިލްމު ދެނެވަޑައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ޝާހީ ދަރުބާރަށް ވަޑައިގަތީ ވެސް ނުޖޫމީ ޢިލްމުވެރިއެއްގެ ޙައިޘިއްޔަތުންނެވެ. ޙަޔާތުގެ ކުރިކޮޅާއި ތަޢުލީމު ޔަޙްޔާ މަންޞޫރަކީ، ލިޔަންކިޔަން ދަންނަ ޢިލްމުވެރި ޚާންދާނެއްގެ އަގުހުރި ދަރިއެކެވެ. ޔަހްޔާގެ ބައްޕާފުޅަކީ ވެސް ނުޖޫމީ ޢިލްމުވެރިއެކެވެ. އެ ދުވަސްވަރަކީ، އިރު ހަނދާއި ތަރިތަކުގެ އަސަރު ޤަބޫލުކުރާމީހުން ގިނައިން އުޅުނު ދުވަސްވަރެކެވެ. އޭރު ނުޖޫމީ ޢިލްމަށް ޝައުޤުވެރިވާ މީހުން ވަރަށް ގިނަ އެވެ. އެދުވަސް ވަރުގެ ޢާއްމުންގެ ގިނަމީހުން ދެކޭ ގޮތުގައި ދުނިޔޭގައި ހިނގާހައި ކަމެއް ހިނގަނީ، އިރުހަނދާއި ތަރިތަކުގެ އަސަރުންނެވެ. މި ޢިލްމަށް އިނގިރޭސި ބަހުން ކިޔާ ނަމަކީ، astrology އެވެ. އެ ދުވަސްވަރުގެ ބައެއް އެހެންމީހުންނެކޭ ވެސް އެއްފަދައިން ޙަކީމް ޔަހްޔާ ވެސް ނުޖޫމީ ޢިލްމު އުނގެނި ވަޑައިގެން އެ ޢިލްމުގައި ކުޅަދާނަކަން ޙާޞިލު ކުރެއްވި އެވެ. އެހެންކަމުން އެހެނިހެން ޢިލްމުވެރިންނެކޭ ވެސް އެއްފަދައިން ޔަޙްޔާއަށް ވެސް ޝާހީ ދަރުބާރުން ޖާގަ ލިބި ވަޑައިގަތެވެ. މައުމޫނުއްރަޝީދު ވެސް ޙަކީމް ޔަޙްޔާއާ ވަރަށް ބޮޑަށް ހިތްޕުޅާ ހަމަކުރައްވަ އެވެ. ނަބީކަމަށް ދަޢުވާކުރި މީހެއްގެ ވާހަކަ އެ ދުވަސްވަރު ނުޖޫމީ ޢިލްމުވެރިއަކު، ނަބީކަމަށް ދަޢުވާކޮށް ބަޣުދާދުގައި އެ ކަން އިޢުލާނު ކުރަމުން އޭނާގެ މުޢުޖިޒާތް ދައްކަމުން ހިނގަން ފަށައިފި އެވެ. ޝާހީ ދަރުބާރާ ހަމައަށް މި ޚަބަރު އަތުވެއްޖެ އެވެ. މައުމޫނުއްރަޝީދު، އޭނާ ދަރުބާރަށް ގެންނަވައިފި އެވެ. ދަރުބާރުގައި ކުޅަދާނަ ނުޖޫމީ ޢިލްމުވެރިންނާއި މޮޅެތި ޢިލްމުވެރިން ތިއްބެވި އެވެ. މި ނަބީކަމަށް ދަޢުވާ ކުރާމީހާ އަކީ ވެސް ޢިލްމުވެރިއެކެވެ. އަދި مُنَجِّم އެއް ވެސް މެ އެވެ. އަދި އޭނާއަކީ، ކީމިޔާއަށް ވެސް މޮޅު މީހެކެވެ. މައުމޫނުއްރަޝީދު އޭނާއަށް ކަމޭ ހިތްތެވުމަށްފަހު އެއްސެވި އެވެ. މަނިކުފާނަކީ ތެދުވެރި ނަބީއެއް ކަމުގައި ވަނީނަމަ، ލިބިވަޑައިގެންވާ ހެއްކެއް، މުޢުޖިޒާތެއް ވާނަމަ ނިކަން އަހަރެމެންނަށް ދައްކަވައި ފާނުތޯ އެވެ؟ އެ (ދޮގުވެރި) ނަބީކަމަށް ދަޢުވާކުރާ މީހާ ދެންނެވި އެވެ. އަހަރެންގެ ގާތުގައި ދެ މުޢުޖިޒާތެއް ވެ އެވެ. އެތަނުން އެއް މުޢުޖިޒާތަކީ، ގަލަމެވެ. އަނެއް މުޢުޖިޒާތަކީ އަނގޮޓި އެވެ. ގަލަމުގެ މުޢުޖިޒާތަކީ، އަހަރެން އެ ގަލަމުން ލިޔާނަމަ ލިޔެވޭނެ އެވެ. ނަމަވެސް އެހެންމީހަކު އެއްޗެއް ލިޔަން އުޅެފިނަމަ އެއަކުން ދެއްޔެއް ވެސް ނުހިގާނެ އެވެ. މިއީ އަހަރެންގެ ފުރަތަމަ މުޢުޖިޒާތެވެ. އަނގޮޓީގައިވާ މުޢުޖިޒާތަކީ، އަހަރެން މި އަނގޮޓި އެޅީމައި އަހަރެންނަކަށް އެއަކުން އެއްވެސް އަސަރެއް ނުކުރާނެ އެވެ. އެކަމަކު އެހެންމީހަކު މި އަނގޮޓި އަޅައިފިނަމަ އެއްވެސް ހިފެހެއްޓުމެއް ނެތި ހޭން ފަށާނެ އެވެ. މިއީ އަހަރެންގެ ދެވަނަ މުޢުޖިޒާތެވެ. އެ ނަބީ އޭނާގެ ދެ މުޢުޖިޒާ ދަރުބާރުގައި ތިބި މީހުންނަށް ދައްކައިފި އެވެ. އެންމެން ޙައިރާންވެ އަންތަރީސްވެއްޖެ އެވެ. އެހެންނަމަ ވެސް މައުމޫނު މިކަމަކާ ޙައިރާންފުޅުވެ ވަޑައެއް ނުގަންނަވަ އެވެ. މައުމޫނަކީ، ބުއްދި ރަނގަޅު ބޭފުޅެކެވެ. މައުމޫނުއް ރަޝީދު، ޙަކީމް ޔަޙްޔާ މަންޞޫރާ ދިމާއަށް ބައްލަވައިލެއްވި އެވެ. ޙަކީމް ވިދާޅުވި އެވެ. އެއީ މުޢުޖިޒާތެއް ނޫނެވެ. ނުޖޫމީ ޢިލްމު ބުނާ ގޮތުން ވިއްޔާ އެއީ، އޭނާ ހަދައިގެން އުޅޭ މަންތަރެކެވެ. އުކުޅެކެވެ. މި ކަހަލަ އަސަރުތައް ކުރުވާ ބައެއް ބޭސް ވެސް ހުރެ އެވެ. ކޮންމެއަކަސް ޚަލީފާ އޭނާއަކަށް އަދަބެއް ނުދެއްވަ އެވެ. ވަރަށްގިނަ ޢިނާމު ދެއްވައި، ދަރުބާރަށް އައިސް ގޮސް އުޅުމުގެ ހުއްދަ ދެއްވައި، މާ ގާތް ކުރައްވައިފި އެވެ. ދުވަސް ކޮޅަކުން ޚަލީފާ އޭނާ ކުރެން ސުވާލު ކުރެއްވުމުން ތެދުބަހުން ޖަވާބު ދީފި އެވެ. އެއީ މުޅިން ވެސް ހާހޫރަ އެވެ. ޢިލްމީ ޚިދުމަތްތައް ސައިންސުގެ ދުނިޔޭގައި ޚަލީފާ މައުމޫނުއްރަޝީދަކީ ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. މި ގޮތުން އެ މަނިކުފާނުގެ ދައުރުގައި ކުރެއްވި އެންމެ ފާހަގަ ކުރެވޭ ޚިދުމަތަކީ، ބަޣުދާދުގެ ޝަމާސާގައި ޢިމާރާތް ކުރެއްވި observatory އެވެ. ހަމަ އެހެންމެ މިފަދަ ޓަވަރެއް ޝާމްކަރައިގެ ދިމިޝްޤުގެ ޤާސިޔޫން ގެ އުސް، ހަމަ މައިދާނުގައި ވެސް ބިނާ ކުރެއްވި އެވެ. މި ޓަވަރުތައް ބިނާ ކުރުމުގައި އެކްސްޕާރޓުންގެ ޓީމެއް ޙަރަކާތްތެރިވި އެވެ. މި ޓީމުގެ މެމްބަރުންނަކީ، އެ މަސައްކަތް ކުރާ ގޮތް ބެލެހެއްޓެވި ބެފުޅުންނެވެ. މީގެ ތެރޭގައި ޔަޙްޔާ މަންޞޫރު ވެސް ހިމެނިވަޑައިގަތެވެ. ބަޣްދާދުގެ ޓަވަރު، ދެ އަހަރުދުވަހުގެ ތެރޭގައި ބޭނުން ކުރެވެން ފަށައިފިއެވެ. މި ތަނުގައި ޖައްވާބެހޭ މަޢުލޫމާތު ޙާޞިލު ކުރާނެ ހުރިހާ ސާމާނެއް ލެވި އާރާސްތު ކުރެވިފައިވެއެވެ. މި ޓަވަރުގައި މަސައްކަތް ކުރެއްވި ފަލަކީ ޢިލްމުވެރިންގެ ތެރޭގައި ޙަކީމް ޔަޙްޔާ ވެސް ހިމެނިވަޑައި ގަތެވެ. ޤާސިޔޫންގެ Observatory ތައްޔާރުވުމުން އެ ތަނުގެ ރައީސަކަށް ޢައްޔަން ކުރެވުނީ، ޙަކީމް ޔަޙްޔާ މަންޞޫރެވެ. ![]() ޤާސިޔޫން _ސޫރިޔާ ޙަކީމް ޔަޙްޔާ މަންޞޫރު، ހަނދާއި ބައެއް އެހެނިހެން ތަރިތަކާ ބެހެ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވި އެވެ. އެންމެ ފުރަތަމަ އެސްޓްރޮނޮމިކަލް ޓޭބަލްސު ތައްޔާރު ކުރެއްވީ އެނާ އެވެ. އެ ތާވަލްގެ ނަމަކަށް ޢަރަބި ބަހުންނަމަ، زِيْجُ مَأْمُونِي އެވެ ކިޔަ އެވެ. ޙަކީމް ޔަޙްޔާ މަންޞޫރަކީ، ޖިއޯމެޓްރީގެ ވެސް ޢިލްމުވެރިއެކެވެ. އެނާއަށް بَيْتُ الْحِكْمَةُ ގެ އޮނަރަރީ މެމްބަރުކަން ވެސް ލިބިވަޑައިގެންފައި ވެ އެވެ.
|
| ހަމަ މި ގަލަމުން |
|---|