ފަންވަތް ޝަޚްޞިއްޔަތު ޚާއްޞަ މުސްލިމު ސައިންސް ދާނުން - 10
ބެލި ޢަދަދު: 927
މުސްލިމު ސައިންސް ދާނުން - 10 ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ޝަޚްޞިއްޔަތު - ޚާއްޞަ
17 މެއި 2009، 02:08 އާދީއްތަ


أَبُو الْحَسَنُ عَلِي بْنِ سَهْلُ بْنِ رَبَنْ طَبَرِي

251/870

އަޙްމަދު ފަހުމީ


ތަޢާރުފު

عَلِي بْنِ سَهْلُ އަކީ، ބޭސް ވެރިއެކެވެ. އޭނާ ބަޣުދާދުގެ ހުރިހައި ހޮސްޕިޓަލެއްގެ އިންސްޕެކްޓަރުކަން ކުރައްވައިފައި ވެ އެވެ.

ޙަޔާތުގެ ކުރިކޮޅާއި ތަޢުލީމާއި ތަރުބިއްޔަތު

عَلِي بْنِ سَهْلُ އަކީ، ފުރިހަމަ މުޙައްޤިޤެކެވެ. ޚާއްޞަކޮށް ބޭސްވެރިކަމުގެ ދާއިރާގައި މީނާ ވަކިން ބޮޑަށް ފުރިހަމަކަން ޙާޞިލު ކުރައްވައިފައި ވެ އެވެ.

عَلِي بْنِ سَهْلُ އަކީ، ޠަބަރިސްތާނު ގެ ވަޒަން ވެރިއެކެވެ. އޭނާގެ ބައްޕާފުޅަކީ، ޤާބިލް ބޭސްވެރިއެކެވެ. އަދި ރީތިކޮށް ލިޔުއްވާ ލިޔުންތެރިއެއް ވެސް މެ އެވެ. عَلِي بْنِ سَهْلُ ތައުލީމު ޙާޞިލުކުރެއްވީ، އޭނާގެ ބައްޕާފުޅުގެ އަރިހުންނެވެ.


ތަޢުލީމު ޙާޞިލު ކުރެއްވުމަށްފަހު މުޠާލަޢާކުރެއްވުމުގައި މަޝްޣޫލުވެ ވަޑައިގެންނެވި އެވެ. ބޭސްވެރިކަމާ ބެހޭ ފޮތްތައް ވަރަށް ގިނައިން މުޠާލަޢާ ކުރެއްވި އެވެ. އަދި އެ ފަންނުގައި އޭނާ މާހިރަކަށް ވެ ވަޑައިގަތެވެ. މި ކަމުގެ ނަތީޖާއެއްގެ ގޮތުން ބަޣުދާދުގެ ހުރިހައި ހޮސްޕިޓަލް ތަކެއްގެ ޗީފް އިންސްޕެކްޓަރުކަން އޭނާއަށް ލިބިވަޑައި ގަތެވެ.

عَلِي بْنِ سَهْلُ އަމިއްލަ ޝައުޤުވެރިކަމުން ސުރިޔާނީ ބަހާއި ޔޫނާނީ ބަސް އުނގެނިވަޑައި ގަތެވެ. އެ ޒަމާނުގައި އޮންނަ އުޞޫލުގެ މަތިން ދެން އޭނާ ކިޔަވައި ދެއްވަން ވެސް ފެށްޓެވި އެވެ. އޭނާގެ ކުލާހަށް ވަރަށްގިނަ ދަރިވަރުން އައިސް ވަރަށް ބޮޑަށް އޭނާ މަޝްހޫރު ވެއްޖެ އެވެ.

ބަޣުދާދަކީ، ޢިލްމުގެ މަރުކަޒެވެ. އެ ދުވަސްވަރު ބޭސްވެރިކަމުގެ ފަންނުގައި ދުނިޔޭގެ ފެންވަރުގައި 1 ވަނަ ދެވުނު أبوبكر محمد زكريا الرازي ބަޣުދާދަށް ވަޑައިގެންފި އެވެ. عَلِي بْنِ سَهْلُ ގެ ކުލާހުގައި ރާޒީ ދެތިން ދުވަހު ބައިވެރިވެ ވަޑައިގަތެވެ. عَلِي بْنِ سَهْلُ ކިޔަވައިދެއްވާ ގޮތް ރާޒީއަށް ވަރަށް ރަނގަޅުވި އެވެ. އެހެންކަމުން މެދުކެނޑުމެއްނެތި ރާޒީ، عَلِي بْنِ سَهْلُ ގެ ކުލާހުގައި ބައިވެރިވެ ވަޑައިގަތެވެ. އާދެ عَلِي بْنِ سَهْلُ އަކީ، ދުނިޔޭގެ މަޝްހޫރު ބޭސްވެރިޔާ އަދި ސައެންސްދާން ރާޒީގެ އެދުރަކަށް ވެ ވަޑައިގަތުމުގެ ޝަރަފު ޙާޞިލުވެ ވަޑައިގެންނެވި ބޭފުޅެކެވެ.

ޢިލްމީ ޚިދުމަތްތައް

عَلِي بْنِ سَهْلُ އަކީ، ހެއު ބުއްދީގެ ވެރި ފުރިހަމަ ބޭސް ވެރިއެކެވެ. އޭނާ ކޮށްދެއްވި ވަރަށް މުހިއްމު އެއް ޚިދުމަތަކީ ސަރުކާރުގެ ހޮސްޕިޓަލްތަކުގެ ޗީފް އިނިސްޕެކްޓަރުކަމުގެ މަޤާމެވެ. ޢަލީބިން ސަހްލަށް ލިބިވަޑައިގެންނެވި މި އަގުހުރި ފުރުޞަތުގައި ހޮސްޕިޓަލް ހިންގުމުގެ ތަފާތު އެތައް އިންތިޒާމްތަކެއް ދަސްވެ ޢަދަދު ނުކުރެވޭހައި ތަޖްރިބާ ޙާޞިލު ކުރެއްވި އެވެ. ހުރިހައި ބާވަތެއްގެ ބަލިމީހުން ބެއްލެވުމުގެ ފުރުޞަތު ލިބިވަޑައިގަތެވެ. އަދި ބަލިމީހުންނަށް ފަރުވާ ވެސް ދެއްވަމުން ވަޑައިގެންނެވި އެވެ.

ޢަލީބިން ސަހްލުގެ ހުރިހައި ތަޖްރިބާތަކެއް އޭނާގެ ޑައިރީގައި ނޯޓު ކުރައްވަމުން ގެންދެވި އެވެ. އަދި އެންމެ ފަހުން އެ ހުރިހައި މަޢުލޫމާތެއް އެއްކުރައްވައި، ތަރުތީބު ކުރައްވައި ފޮތެއްގެ ސިފައަށް އެކުލަވައި ލެއްވި އެވެ. އެ ފޮތަށް ދެއްވި ނަމަކީ فِرْدَوْسُ الْحِكْمَةِ އެވެ. މި ފޮތް ތަރުތީބުކުރެވިފައިވަނީ، أَبْجَدُ ގެ އުޞޫލަށެވެ. މިއީ މިއަދުގެ އެންސައިކޮލޯޕޭޑިޔާ އެކުލަވައިލެވިފައިވާ ގޮތެވެ. فِرْدَوْسُ الْحِكْمَةِ އަކީ، ޢަރަބިބަހުން ލިޔެފައިވާ ވަރަށް އިތުބާރުހުރި، ޖާމިޢު، ބޮޑު ފޮތެކެވެ. މި ފޮތުގައި މުޞައްނިފުގެ މުޅި ޙަޔާތުގެ ތަޖުރިބާ ބަޔާން ކުރައްވައިފައި ވެ އެވެ.

އޭނާގެ ދެވަނަ ފޮތަކީ، حِفْظُ الصِّحَّةِ އެވެ. އެފޮތުގައި ޞިއްޙަތު ސަލާމަތުން ބަހައްޓާނެ ގޮތުގެ އުޞޫލުތަކާއި ޤަވާޢިދުތައް ބަޔާން ކުރައްވައިފައި ވެ އެވެ.

ތިންވަނައަށް އޭނާ ލިޔުއްވި ފޮތަކީ، اَلدِّيْنُ وَالدَّوْلَة އެވެ. މި ފޮތަކީ، އަޚްލާޤާއި ތަޢުލީމާއި، މަޢުލޫމާތުން ފުރިގެންވާ ޒަޚީރާ އެކެވެ.

ޙަޤީޤަތުގައި عَلِي بْنِ سَهْلُ އަކީ، އިންސައިކުލޯޕޭޑިޔާގެ މޫޖިދެވެ.

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (0)Add Comment

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 927
extra avandia and congestive heart failure