މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| މުސްލިމު ސައިންސް ދާނުން - 11 |
|
|
| ޝަޚްޞިއްޔަތު - ޚާއްޞަ | |||
| 05 ޖޫން 2009، 01:21 ހުކުރު | |||
أَبُو جَعْفَرُ مُحَمَّدُ بْنِ مُوسَي شَاكِرُއަޙްމަދު ފަހުމީ ތަޢާރުފު މުޙައްމަދު ބިން މޫސާ އަކީ، ފަލަކީ ޢިލްމާ ފަލްސަފާއާ ހިސާބު ޢިލްމާ އަސްދުއްވުން ތެރިކަމަށް ވެސް ކުޅަދާނަ ބޭފުޅެކެވެ. ޢިލްމީ ޙަޔާތާއި ތަޢުލީމާއި ތަރުބިއްޔަތު އަބޫޖަޢުފަރު މުހައްމަދު ބިން މޫސާ ޝާކިރަކީ، ބައިތުލް ޙިކްމަތުގައި ތަޢުލީމާއި ތަރުބިއްޔަތު ލިބިވަޑައިގެންނެވި ތިންބެއިން ކުރެ އެކެކެވެ. އެހެންކަމުން ވަރަށް ފުރިހަމައަށް އޭނާއަށް ތަޢުލީމާއި ތަރުބިއްޔަތު ލިބިވަޑައިގަތެވެ. ޢިލްމަށް އޭނާ ހުރި ޝައުޤުވެރިކަމުގެ ބޮޑުކަމުން އެމަގުގައި ވަރަށްގިނަ ޢަދަދަކަށް ފައިސާ ވެސް ޚަރަދު ކުރައްވަމުން ގެންދެވިއެވެ. އޭނާގެ އެކުވެރިން ކަމުގައި އިޚްތިޔާރު ކުރެއްވީ، ހެޔޮލަފާ ރަނގަޅު މީހުންނެވެ. އެހެންކަމުން އޭނާ އަކީ، ރަނގަޅު ރަށްވެއްސަކަށް ވެވަޑައިގެންނެވި އެވެ. އޭނާގެ ކާބަފައިންގެ މަސައްކަތަކީ، އަސް ދުއްވުމެވެ. އެހެންކަމުން އޭނާއަކީ ވެސް މި ފަންނުގައި ކުޅަދާނަ ބޭފުޅަކަށް ވެވަޑައިގަތެވެ. އޭނާ ހަނގުރާމައިގައި ވެސް ބައިވެރިވެ ވަޑައިގެންފައި ވެ އެވެ. މީނާ، ބަޣުދާދުގައި، ދެވަނަ ސައެންސު އެކަޑަމީއެއްގެ ބިންގާ އެޅުއްވި އެވެ. ޢިލްމީ ޚިދުމަތްތައް މުޙައްމަދު ބިން މޫސާ، ވަރަށްގިނަ ޢިލްމީ ޚިދުމަތްތައް ކުރައްވާފައި ވެއެވެ. އެއްކަމަކަށް ފާހަގަ ކުރެވެނީ، އޭނާ އުފެއްދެވި ޢިލްމީ އިދާރާއެވެ. މިތަނުގެ ޚަރަދު ބަރަދު ބެލެހެއްޓެވީވެސް އޭނާއެވެ. އޭނާ ވަރަށްގިނަ ޤާބިލް ބޭފުޅުން އެއްކުރެއްވިއެވެ. އަދި ވަރަށްގިނަ ޢިލްމީ ފޮތްތައް ޢަރަބިބަހަށް ތަރުޖަމާ ކުރެއްވި އެވެ. އޭނާއަކީ، ހިސާބު ޢިލްމުގެ ވެސް މާހިރެކެވެ. ވިސްނަވައި، ފިކުރު ކުރެއްވުމަށްފަހު ދެ މިންވަރެއްގެ ދެމެދުގައި މުތަނާސިބު ދެ މިންވަރު ހޯދާނެ މަގު އީޖާދު ކުރެއްވި އެވެ. އޭގެ ސަބަބުން ހިސާބު ޢިލްމަށް ވަރަށް ބޮޑު ފަސޭހަކަމެއް ލިބުނެވެ. މުޙައްމަދު ބިން މޫސާ އަކީ، ކީމިޔާވީ ތަރާޒޫ އެއް އީޖާދުކުރެއްވި އެވެ. މިއަދު ކެމިކަލް ބެލެންސު - chemicall balance ގެ ނަމުން މަޝްހޫރު ތަރާޒޫއަކީ، މުޙައްމަދު ބިން މޫސާ ޝާކިރުގެ އުފެއްދެވުމެކެވެ. މި ތަރާޒޫ އިން ކިތަންމެ މަދު މިންވަރެއް ވެސް ހަމައަށް ކިރައިލެވެ އެވެ. މި ތަރާޒޫ އަކީ، ހީރާ އާއި ޖަވާހިރާއި އަގުބޮޑު ބޭސް ކިރުމަށް ތައްޔާރު ކުރެވިފައިވާ ތަރާޒޫ އެކެވެ. މިއަދުވެސް ދުނިޔޭގައި ސައެންސު ލެބޯޓްރީ ތަކުގައި ބޭނުން ކުރެވެނީ މި ތަރާޒޫ އެވެ. ![]() ކެމިކަލް ބެލެންސް
|
| ހަމަ މި ގަލަމުން |
|---|