ފަންވަތް ދީން
ދީން
އާޔަތަކާއި ފޮޓޯއެއް: ހިނިތަކުގެ އެހީތެރިކަން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ޤުރުއާނާއި ސައިންސް
09 މާރޗް 2010، 14:55 އަންގާރަ

ޢަބްދުއްދާއިމް އަލްކަޙީލު
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން



އެކުވެރިކަމަށާއި އަނެކުންނަށް އެހީތެރިވުމަށް އެންމެ ލޯބިކުރާ އެއް މަޚުލޫޤަކީ ހިންޏެވެ. ނަމަވެސް ހިނި އެކަންކުރަނީ ކީއްވެތޯ އެވެ؟

މި ލިއުމާއެކުގައިވާ ފޮޓޯގައި މިވަނީ، އެއް ހިނި، އަނެއް ހިންޏާ ގުޅިގެން ހަދާފައިވާ ފާލަމެކެވެ. މި ފާލަން ހަދާފައިވަނީ، އެހެން ހިނިތަކެއް، އެއްތަނުން އަނެއް ތަނަށް ދިއުމަށްޓަކަ އެވެ. މިއީ ވަގުތީ ފާލަމެކެވެ. މި ފާލަން ހެދި ހިނިތައް މިވަނީ، އެހެން ހިނިތަކަކަށްޓަކައި، އޭގެ އަމިއްލަ ނަފުސުތަކުން ވަރަށް ބޮޑު ޤުރުބާނީއެއް ވެފަ އެވެ.

މިފަދަ މަންޒަރުތަކަކީ، މާތް ﷲ ހައްދަވާފައިވާ މަޚުލޫޤުންނާމެދު ވިސްނައި ފިކުރުކުރުމަށް ގޮވާލާ އެއްޗެއް ކަމުގައި ނުވޭތޯ އެވެ؟ ސައިންސްގެ ހޯދުންތަކުން އެނގިފައިވާ ގޮތުގައި އެންމެ ބޮޑަށް ހިތްހަމަޖެހުން ލިއްބައިދޭ އެއްކަމަކީ، އަނެކުންނަށް އެހީތެރިވުމެވެ. މިހެންވެ ސައިންޓިސްޓުން ވިދާޅުވެ އެވެ. މުއްސަނދިވުމާއި މަޝްހޫރުވުމާއި މަތީ މަޤާމެއް ލިބުންފަދަ ކަންތައްތަކަކީ، ހިތްހަމަޖެހުން ލިއްބައިދޭނެ ކަންތައްތަކެއް ނޫނެވެ. ކީއްތޯއެވެ. ޙަޤީޤީ ހިތްހަމަޖެހުން ލިބޭނީ، އަނެކުންގެ އެހީތެރިކަމާއި އަޅާލުމަށް ބޭނުންވެފައިވާ މީހުންނަށް އަޅާލައި އެހީތެރިވެ އުޅޭނަމަ އެވެ.
އިތުރަށް...
 
އަންހެނުން ފިރިހެނުންނަށް ބަދަލުކުރުން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ޤުރުއާނާއި ސައިންސް
09 މާރޗް 2010، 10:46 އަންގާރަ

ޢަބްދުއްދާއިމް އަލްކަޙީލު
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން



އަންހެނުން ފިރިހެނުންނަށް ބަދަލުކުރުމަކީ، މިޒަމާނުގައި އިބްލީސް ދީފައިވާ މަގުފުރެއްދުމުގެ އާ ވަސްވާހެކެވެ. މާތް ﷲ، އިބްލީސް ސުވަރުގެއިން ނެރެލެއްވި ދުވަހު، އޭނާވަނީ މިކަން ކުރާނެ ކަމަށް ބުނެފައެވެ. އިބްލީހުގެ މިވަސްވާހަށް މުލްޙިދުން ދަނީ އިޖާބަދެމުންނެވެ.

މާތް ﷲ، އިބްލީސް ސުވަރުގެއިން ނެރެލެއްވީއްސުރެ، އޭނާ ވަނީ އިންސާނުންގެ ޢަދާވާތްތެރިއެއް ކަމުގައި ވެފަ އެވެ. އަދި އިންސާނުންނަށް ވަސްވާސްދީ، މަގުފުރައްދައި، މާތް ﷲ ގެ ޚަލްޤުތަކުންގެ ސިފަ ބަދަލުކުރާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. މިވާހަކަ، އައްނިސާ ސޫރަތުގެ 119 ވަނަ އާޔަތުގައި ބަޔާންކުރައްވާފައި ވެ އެވެ.
އިތުރަށް...
 
އީމާންކަމާއި ނަމާދު: މައިބަދައާއި ހުޅުތަކުގެ ފަރުވާ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ޤުރުއާނާއި ސައިންސް
08 މާރޗް 2010، 00:11 ހޯމަ

ޢަބްދުއްދާއިމް އަލްކަޙީލް
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން



އެމެރިކާގެ ސައިންޓިސްޓުން ކުރެއްވި ފަހުގެ ދިރާސާއަކުން، ނަމާދުކުރުމުގެ މުހިންމުކަން ހާމަވެފައި ވެ އެވެ. މާތްވެގެންވާ އިސްލާމްދީނުގައި ފަރުޟުކުރައްވާފައިވާ، ފަރުޟު ފަސް ނަމާދު ކުރުމަކީ، މައިބަދައާއި ހުޅުތަކުގެ ރިހުން ކުޑަކުރުމަށް އޮތް މޮޅު ފަރުވާއެއްކަން އެ ދިރާސާއިން އެނގިފައި ވެ އެވެ. އާދޭހެވެ. ނަމާދުގައި ހިމެނޭ ޤިޔާމާއި ރުކޫޢާއި ސަޖިދައިން، މައިބަދައާއި ހުޅުތަކަށް ލިބޭ ފައިދާ ވަރަށް ވެސް ބޮޑެވެ.
އިތުރަށް...
 
އާޔަތަކާއި ފޮޓޯއެއް: މާސްގައި ގަސް ޕްރިންޓް އީމެއިލް
ޤުރުއާނާއި ސައިންސް
08 މާރޗް 2010، 00:03 ހޯމަ

ޢަބްދުއްދާއިމް އަލްކަޙީލް
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން



މާސްގައިވާ ގަސްގަހާގެހީގެ ފޮޓޯތައް ނެގިއްޖެ ކަމަށް، އެމެރިކާގެ ނާސާގެ ސައިންޓިސްޓުން ހާމަކުރައްވާފައި ވެ އެވެ. ނާސާއިން ދެއްކި ފޮޓޯތަކުގައި ވަނީ، މާސްގެ ބިމުގެ އަޑިގުޑަންތަކުގެ މެދުގައި ސަފުސަފަށް ހެދިފައިވާ ގަސްތަކެކެވެ. ގަނޑުވެފައިވާ ކާރބަން ޑައި އޮކްސައިޑްގެ ތުނިތުނި ފަށަލައެއް ލެވިފައިވާ ވެލިފުނިތައް ވެސް އެ ފޮޓޯތަކުން ފެނެ އެވެ. އެ ގަސްގަހާގެއްސަކީ، ޙަޤީޤަތުގައި މާސްގެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ވެފައިވާ ވީރާނާގެ އަސަރެވެ. ބަހާރު މޫސުމުގައި މާސްގައިވާ އައިސްތައް ވިރުމުން ވެސް އެފަދަ އަސަރުތައް ފާޅުވެ އެވެ.
އިތުރަށް...
 
ޤުރުއާނާއި ސައިންސްގައި އިންފަހަނަޅައިދިއުން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ފަތުވާ
27 ފެބްރުވަރީ 2010، 00:00 ހޮނިހިރު

ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


ސުވާލު:

ކީރިތި ޤުރުއާނުގެ ކޮންމެ އާޔަތެއްގެ ތަފުސީރުގައި ސައިންޓިފިކް އިޢުޖާޒު ހިމެނުމަށް މިޒަމާނުގެ ބައެއް ޢިލްމުވެރިން މަސައްކަތްކުރައްވަ އެވެ. އެގޮތުން ކުރެވިފައިވާ ބައެއް މަސައްކަތްތައް ވެފައިވަނީ، ކީރިތި ޤުރުއާނަށް ކުރެވިފައިވާ ފުރައްސާރަތަކެއް ކަމުގަ އެވެ. ޑެންމާކުގެ އުފެއްދުންތަކާ މުސްލިމުން ގުޅުން ކަނޑާލި ދުވަސްވަރު ވެސް އެފަދަ ފުރައްސާރައެއް ފެންމަތިވި އެވެ. އެ ފުރައްސާރައަކީ، ސޫރަތުލް އަޙުޒާބުގެ ފަންސާސް ހަތްވަނަ އާޔަތް އެދުވަސްވަރު ޝަރަޙަކުރެވުނު ގޮތެވެ. އަދި އެފަދަ އިޢުޖާޒެއްގެ ގޮތުން ފަންސާސް ހަތްވަނަ ސޫރަތުގެ ވާހަކަ ވެސް ދެކެވުނެވެ. ފަންސާސް ހަތަކީ، ޑެންމާކުގެ އުފެއްދުންތަކުގެ ތަރުތީބު ނަންބަރެވެ. މި ޢަދަދު ޤުރުއާނުގެ އަލީގައި އެދުވަސްވަރު ޝަރަޙަކުރެވުނު ބީދައިން ޝަރަޙަކޮށް، އެއީ ކީރިތި ޤުރުއާނުގައިވާ ސައިންޓިފިކް މުޢުޖިޒާތްތައް ކަމުގައި ބުނުން ހުއްދަވާނެތޯ އެވެ؟
އިތުރަށް...
 
އިޢުތިރާފެއް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ދިރާސާ
26 ފެބްރުވަރީ 2010، 12:28 ހުކުރު

ޢަބްދުﷲ ފާރޫޤު ޙަސަން

1976 ގައި ލަންޑަންގައި ފެސްޓިވަލް އޮފް އިސްލާމްގެ ނަމުގައި ބައްދަލުވުމެއް ބޭއްވުނެވެ. އެ މުނާސަބަތުގައި ލަންޑަންގެ މަޝްހޫރު ނޫހެއް ކަމުގައިވާ ޓައިމްސްގެ ފަރާތުން 2 އޭޕްރިލް 1976 ގައި އެ ނޫހުގެ ޚާއްޞަ ނަންބަރެއް ޝާއިޢު ކުރިއެވެ.  މިދެންނެވި ޚާއްޞަ އަދަދުގެ މައިގަނޑު ނަމަކީ، އިސްލާމީ ދުނިޔެ (The world of Islam) އެވެ.
އިތުރަށް...
 
ހަނގުރާމަ އާ ނުލައި ފަތަޙަ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ދިރާސާ
25 ފެބްރުވަރީ 2010، 00:18 ބުރާސްފަތި


ޢަބްދުﷲ ނަޢީމު އިބްރާހީމް

ޖަޕާނާބެހޭ ގޮތުން އެމެރިކާގެ ހަފުތާ މަޖައްލާއެއް ކަމަށްވާ، ''ޓައިމް'' ގެ 4 ޖުލައި 1988ގެ ޢަދަދުގައި މަޒުމޫނެއް ޝާއިޢު ކުރެވުނެވެ. މި  މަޒުމޫނުގެ ސުރުޚީން ދޭހަވާ މާނައަކަށް އޮތީ، ސުވާލެކެވެ. އެއީ އިޤްތިޞާދީ ވަރުގަދަ ބާރެއް، ދުނިޔޭގެ ބާރަކަށްވެގެން ހިނގައިދާނެ ހެއްޔޭ މި ސުވާލެވެ.

 ?Super Japan: Can an economic giant become a global power
އިތުރަށް...
 
ﷲ އަށް ބިރުވެތިވުމުގެ ދަރުމަ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
އިސްލާމީ ތާރީޚް
24 ފެބްރުވަރީ 2010، 00:26 ބުދަ

ޙަޤީޤީ ވާހަކަ

ތަރުޖަމާ: ޙުސައިން ޝާކިރު

މިއީ، ކައު އިތުރު  ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދެވަނަ ޚަލީފާ، މާތްﷲ ރުއްސުންލެއްވި ޢުމަރުގެފާނުގެ ޒަމާނުގައި ހިނގާފައިވާ ވާޤިޢާ އެކެވެ.

އެއްދުވަހަކު ހުއިހައްޕާއުޅޭ ފަގީރު އަންހެނަކު އޭނާގެ ބަކަރިތަކުން ކިރުފެލައިގެން އައިސް އޭނާގެ ދަރިފުޅު ގާތުގައި ބުންޏެވެ. "ދަރިފުޅާ ކަނބުލޯ އެވެ. މި ކިރުފޮދުގެ ތެރެއަށް ކުޑަ ފެންފޮދެއް އަޅައި ކިރުފޮދު އިތުރުކޮށްލަދޭށެވެ. އެހެން ހެދީމާ ކިރު ވިއްކައިގެން އަހަރެމެންނަށް އިތުރު ފައިސާ ލިބޭނެއެވެ"
އިތުރަށް...
 
އައު މުސްތަޤްބަލެއް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ދިރާސާ
18 ފެބްރުވަރީ 2010، 09:16 ބުރާސްފަތި

ޢަބްދުﷲ ފާރޫޤު ޙަސަން

އިސްލާމްދީނަކީ އަރަހުށި މާތް اللّه އެންމެފަހުން ފޮނުއްވި ދީނެވެ. އަރަހުށި މާތް اللّه މިންވަރު ކުރައްވައިފައިވަނީ ހުރިހައި ޙާލަތެއްގައިވެސް އެ ދީން ރައްކާތެރިވެ ދެމިއޮތުމަށެވެ. އެހެންކަމުން ފެށުނީއްސުރެ އެ ދީނާމެދު އަރަހުށި މާތް اللّه ކަންތައް ގެންދަވައިފައިވީ އަޖައިބުވާފަދަ ގޮތަކަށެވެ. މީލާދީން ހަތްވަނަ ސައްތައިގައި އެ ދީން މައްކާއިން ނެރެލެވުނުހިނދު، އެ ދީން ވަނީ މަދީނާއަށް ވާސިލުވެފައެވެ. އެ ދީނަށްޓަކައި ޢާލަމީ ފުޠޫޙާތުގެ ދައުރެއް ފަށައިފައެވެ.
އިތުރަށް...
 
ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ ބައެއް ޢަދަދުތައް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ޤުރުއާނާއި ސައިންސް
15 ފެބްރުވަރީ 2010، 02:15 ހޯމަ

ޢަބްދުލްމުޢީދު ޙަސަން


މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އަށް ދެއްވި ދެމިހުންނަނިވި މުޢުޖިޒާތަކީ، ކީރިތި ޤުރުއާނެވެ. ކީއްތޯއެވެ. ޖިންނީންނާއި އިންސީންނަށް ގެނެސް ނުގަނެވޭނެ އެތައް އިޢުޖާޒެއް އެކަލާނގެ، އެ ފޮތުގައި ލައްވާފައިވެއެވެ. އެކަން ބަޔާންކުރައްވައި ވަޙީކުރައްވާފައި ވެ އެވެ.

(قُل لَّئِنِ اجْتَمَعَتِ الإِنسُ وَالْجِنُّ عَلَى أَن يَأْتُواْ بِمِثْلِ هَذَا الْقُرْآنِ لاَ يَأْتُونَ بِمِثْلِهِ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا) އަލްއިސްރާ: 88
މާނައީ، "ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، މި ޤުރުއާނާ އެއްފަދަ އެއްޗެއް ގެނައުމަށް އިންސީންނާއި، ޖިންނީން އެއްވިނަމަވެސް، އެއާ އެއްފަދަ އެއްޗެއް އެއުރެންނަކަށް ނުގެނެވޭނެތެވެ. އެއުރެންގެ އެއްބަޔަކު އަނެއް ބަޔަކަށް ވާގިވެރިން ކަމުގައި ވީނަމަވެސްމެ އެވެ."
އިތުރަށް...
 
ވެލަންޓައިން ދުވަސް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 7
ދެރަވަރަށްމޮޅު 
ޢަޤީދާ
14 ފެބްރުވަރީ 2010، 00:01 އާދީއްތަ

އިސްލާމީ މުޖްތަމަޢުގައި ވަކި ހިއްޕަމުން އަންނަ ލާދީނީ އާދަތަކުގެ ތެރެއިން:


އަޙްމަދު ޢަބްދުﷲ ސަޢީދު

ކޮންމެ އަހަރެއްގެ ފެބްރުއަރީ މަސް އައުމާއެކު އަޅުގަނޑުމެންގެ ޒުވާން ފުރައިގެ ކުދިން އެންމެ ބޮޑު ސަމާލުކަމެއް ދެނީ ވެލަންޓައިން ދުވަސް ފާހަގަކުރުމަށެވެ. އެ ދުވަސް އައުމާއެކު ވަސްމީރު މާމެލާމެލީގެ ގުލްދަސްތާތަކާއި އަގު ބޮޑު ހަދިޔާތަކާއި މާމުއި ބަސްތަކުން ކަޅުކުރެވިފައިވާ ވެލަންޓައިން ކާޑުތަކުން ލޯބިވެރިން އެ މީހުންގެ ހިތުގެ ޖަޒުބާތުތައް ފާޅުކުރަމުންދެ އެވެ. ދިވެހީންގެ ތެރޭގައި ވެސް ވެލެންޓައިން ދުވަސް ގަބޫލުކުރެވިފައި އޮންނަނީ ލޯބިވެރިންގެ ދުވަހުގެ ގޮތުގަ އެވެ.
އިތުރަށް...
 
ހެދި މުޢުޖިޒާތުގެ ތެރެއިން: ޢާދުބާގައިގެ މީހުންގެ ބިނާތައް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ޤުރުއާނާއި ސައިންސް
13 ފެބްރުވަރީ 2010، 00:48 ހޮނިހިރު

ޢަބްދުލްމުޢީދު ޙަސަން


ސުޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ ދެކުނުން އެ ރަށާ 130 ކިލޯ މީޓަރު ދުރު ހިސާބެއްގައި ވަޅުލެވިފައިވާ ކިއްލާއެއް ފެނުމުން، އެއީ ޢާދުބާގައިގެ މީހުންގެ ބިނާއެއް ކަމަށް ހީކުރެވުނެވެ. ނަމަވެސް ސުޢޫދީ ޢަރަބިއްޔާއިން ވަނީ، ރަސްމީކޮށް އެކަމާ ދެކޮޅު ހަދާފަ އެވެ. އެހެނީ އެ ކިއްލާއަކީ، މިޞްރުގެ އިސްކަންދަރިއްޔާގައިވާ ޤައިތަބާއި ގަނޑުވަރަށްވުރެ ކުޑަ ތަނެކެވެ.

އެއަށްފަހު ސެޓެލައިޓުން ނެގި ފޮޓޯތަކެއްގެ އެހީގައި، ޢުމާނުގެ ބިމުން ކިއްލާއެއް ހޯދުނެވެ. ދެން އެއީ ޢާދުބާގައިގެ މީހުންގެ ބިނާއެއް ކަމަށް ހީކުރެވުނެވެ. ނަމަވެސް އެއީ ޢާދު ބާގައިގެ މީހުންގެ ބިނާއެއް ކަމާމެދު ޢުމާނުންވަނީ ރަސްމީކޮށް ދެކޮޅު ހަދާފަ އެވެ.
އިތުރަށް...
 
ޤާދިޔާނީން ޤަބޫލުކުރާ ޙުލޫލާއި ތަނާސުޚު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ޢަޤީދާ
07 ފެބްރުވަރީ 2010، 11:04 އާދީއްތަ

ޑރ. ޢާމިރުއް ނައްޖާރު
ޚުލާޞާ ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


ޙުލޫލު ޢަޤީދާގެ އަޞްލު، ނަޞާރާ ދީނުން ފެންނަން އެބައޮތެވެ. އެ ދީނުގައިވަނީ، އަލްމަސީޙުގެ އިންސާނީ ހަށިކޮޅާއި މާތް ﷲ އެކުވެވޮޑިގެންނެވި ކަމަށެވެ. އަދި އެގޮތުގެ މަތިން އަލްމަސީޙު އެކުލެވިގެންވަނީ ދެ ޠަބީޢަތަކުން ކަމަށެވެ. މި ވިސްނުމަކީ، ލާހޫތާއި ނާސޫތު ގުޅި ލާމެހުމުގެ ވިސްނުމެވެ. (ކުރުކޮށް ބުނާނަމަ، ލާހޫތަކީ ކަލާނގެ ޒާތުފުޅެވެ. ނާސޫތަކީ އިންސާނާގެ ހަށިގަނޑެވެ.)

ޝީޢީންގެ ތެރެއިން ޣުލުއްވުގެ (1) އަހުލުވެރިން، ޙުލޫލު ޢަޤީދާ ނުވަތަ ލާހޫތާއި ނާސޫތު ގުޅި ލާމެހުމުގެ ޢަޤީދާ ޤަބޫލުކުރެ އެވެ. ދުރުޒީން (2) ޤަބޫލުކުރާ ގޮތުގައި، އަލްޙާކިމު ބިއަމްރި ﷲ ގެ ހަށިކޮޅުގެ ތެރޭގައި މާތް ﷲ ގެ ޒާތުފުޅު ވޮޑިގެންނެވި އެވެ.
އިތުރަށް...
 
"ދެ ޤާޟީން ވާހުށީ ނަރަކައިގަ އެވެ." ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 23
ދެރަވަރަށްމޮޅު 
ފަތުވާ
06 ފެބްރުވަރީ 2010، 20:21 ހޮނިހިރު

ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


ސުވާލު:

އަޅުގަނޑާއި އަޅުގަނޑުގެ ޚަޞްމުގެ މައްސަލަ ބަލާ ޤާޟީ ބުރަވަމުންދަނީ އަޅުގަނޑުގެ ޚަޞްމާ އެއްކޮޅަށެވެ. އަޅުގަނޑު ބުނާ އެއްވެސް އެއްޗެއް އެ ޤާޟީ އަޑެއް ނާހަ އެވެ. އަދި ނުވެސް ލިޔެ އެވެ. އަޅުގަނޑު ހުށަހަޅާ ބަޔާންތައް ނުވެސް ބަލައިގަނެ އެވެ. ޝަރީޢަތުގެ މަޖިލިސްތަކުގައި ލިޔަމުން ގެންދަނީ، އަޅުގަނޑުގެ ޚަޞްމަށް ފައިދާހުރި ވާހަކަތަކެވެ. ޤާޟީ މިގޮތަށް ޢަމަލުކުރާކަން މީހެއްގެ ހެކިބަހުން ސާބިތުކޮށްދެވޭނެ ގޮތެއް އަޅުގަނޑަކަށް ފަހިވެފައެއް ނެތެވެ. މި ޙާލަތުގައި އަޅުގަނޑަށް ކުރެވޭނީ ކޮން ކަމެއްތޯ އެވެ؟
އިތުރަށް...
 
ޤާދިޔާނީންނަށް ނަޒަރެއް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިރާސާ
03 ފެބްރުވަރީ 2010، 00:09 ބުދަ

ޢަބްދުލްމުޢީދު ޙަސަން


ޤާދިޔާނީ ޙަރަކާތަކީ، ނަވާރަ ވަނަ ޤަރުނުގައި އިންޑިއާގައި އުފެދުނު ޙަރަކާތެކެވެ.

އެ ޙަރަކާތުގެ އަހުލުވެރިން މަސައްކަތްކުރީ، މުސްލިމުން ދީނާ ދުރުކޮށް، ޖިހާދުކުރުން އުވާލުމަށެވެ.

އެކަމުގެ ބޭނުމަކީ، އިންޑިއާގެ މުސްލިމުން، އިނގިރޭސިންގެ އިސްތިޢުމާރާ ދެކޮޅަށް ޖިހާދުކުރުން ހުއްޓުވުމެވެ. އެ ޙަރަކާތުގެ ދުލަކީ، "އަދުޔާން" މަޖައްލާ ކަމުގައިވި އެވެ. އެއީ އިނގިރޭސި ބަހުން ނެރުނު މަޖައްލާއެކެވެ.
އިތުރަށް...
 
މުސްލިމު ސައިންސްދާން - 19 ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
އިސްލާމީ ތާރީޚް
29 ޖެނުވަރީ 2010، 02:14 ހުކުރު


غُرَيْبُ بْنِ سَعِيْدُ الْكَاتِبُ اَلْقُرْطَبِي

356/976-964
އަޙްމަދު ފަހުމީ

ތަޢާރުފު

غُرَيْبُ އަކީ މޮޅު ޑަކްޓަރެކެވެ. އަދި އޭނާ އަކީ، މުފައްކިރެއް ވެސް މެ އެވެ. އޭނާ އަންހެނުންގެ ބަލިތަކާ ބެހޭގޮތުން ހޯދުން ތަކެއް ހޯއްދަވައިފައި ވެ އެވެ. އަދި ފޫޅުމައި ކަމުގެ ޢިލްމަށް، غُرَيْبُ  ޚާއްޞަ މުހިއްމު ކަމެއް ދެއްވި އެވެ.  
އިތުރަށް...
 
ކޮންކަހަލަ ދީނެއް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ދިރާސާ
27 ޖެނުވަރީ 2010، 00:01 ބުދަ

ޢަބްދުﷲ ފާރޫޤު ޙަސަން

ޑޮކްޓަރ ރާދާކްރިޝްނަންއަކީ (1975-1888) އިންޑިޔާގެ މަޝްހޫރު ލިޔުންތެރިއެކެވެ. ފިލޯސަފަރެކެވެ. އޭނާ ލިޔުއްވި ފޮތްތަކުގެ ތެރެއިން އެއްފޮތެއްގެ ނަމަކީ، [ދީނާއި ޘަޤާފަތު] (Religion and Culture) އެވެ. އެފޮތުގައި އޭނާ ސާބިތުކުރައްވައިފައިވަނީ، ދީނަކީ އިންސާނާއަށް ކޮންމެހެން ބޭނުން އެއްޗެއްކަމެވެ. ދީނަކާ ނުލައި އިންސާނާއަށް ދިރިނުހުރެވޭނެ ކަމެވެ. މި މައިގަނޑު ނަމުގައި ވާހަކަ ދައްކަވަމުން އޭނާ ލިޔުއްވައިފައިވެއެވެ. އިންސާނާގެ ޙަޔާތުގައި ސުވާލު އުފެދެނީ، އޭނާ އުޅެންވީ ދީނަކަށްތޯ ނުވަތަ ދީނަކަށް ނޫންތޯއެއް ނޫނެވެ. ސުވާލަކީ، އޭނާ އުޅޭންވީ ކޮންކަހަލަ ދީނަކަށްތޯ މި ސުވާލެވެ.
އިތުރަށް...
 
ތަރީގެ ޙަޔާތުގެ މަރުޙަލާތައް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 4
ދެރަވަރަށްމޮޅު 
ޤުރުއާނާއި ސައިންސް
24 ޖެނުވަރީ 2010، 14:02 އާދީއްތަ

މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމް

ކީރިތި ޤުރްއާނުގައި ތަރިތަކުގެ ތަފާތު މަރްޙަލާތަކުގެ ވާހަކަ ބަޔާންކޮށްދެއްވާފައި ވެއެވެ. އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. " وَإِذَا النُّجُومُ انكَدَرَتْ" (سورة التكوير  2) މާނައީ: [އަދި، ތަރިތަކުން އޭގެ އަލިކަންގޮސް ކިލަނބުވެ، އަލި ފަނޑުވެއްޖެ ހިނދެވެ." އަދިވެސް ވަޙީކުރައްވައެވެ. " فَإِذَا النُّجُومُ طُمِسَتْ" (سورة المرسلات 8) މާނައީ: [ފަހެ، ތަރިތަކުން އޭގެ އަލިކަން ފުހެވިއްޖެ ހިނދެވެ.]
އިތުރަށް...
 
މަހުދީގެފާނަކީ ކޮން ބޭކަލެއް؟ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ޢަޤީދާ
19 ޖެނުވަރީ 2010، 15:29 އަންގާރަ

ޢަބްދުލްމުޢީދު ޙަސަން


މަހުދީގެފާނަކީ، ދުނިޔޭގައި އަނިޔާވެރިކަމާއި، ބޭއިންސާފު، އިންތިހާ ދަރަޖައަށް ދިއުމުން، މީސްތަކުން ސަލާމަތްކުރެއްވުމަށްޓަކައި ވަޑައިގަންނަވާނެ ބޭކަލެއް ކަމަށް ބުނެވެ އެވެ. އެކަލޭގެފާނު ވަޑައިގަންނަވާނެ ކަމަށް ޤަބޫލުކުރިޔަސް، ނުކުރިޔަސް، މުސްލިމަކު ދީނުން ބޭރު ނުވާނެ ކަމަށް ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. އެކަލޭގެފާނާމެދު، މުސްލިމުންގެ އެކި މަޒުހަބުތަކުގެ އަހުލުވެރިންގެ މެދުގައި ވަނީ، ޚިލާފު އުފެދިފަ އެވެ. ތިރީގައި މިވަނީ، އެކަލޭގެފާނާ ބެހޭގޮތުން، އިބްނުލް ޤައްޔިމު ވިދާޅުވެފައިވާ ހަތަރު ރައުޔުގެ ޚުލާޞާ އެވެ.
އިތުރަށް...
 
ވައްކަންކުރާ މީހުންގެ އަތް ބުރިކުރުމުގެ ޙިކުމަތަކީ މިއީބާ؟ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 7
ދެރަވަރަށްމޮޅު 
ދިރާސާ
18 ޖެނުވަރީ 2010، 00:05 ހޯމަ

ޢަބްދުﷲ ނަޢީމު އިބްރާހީމް

މިއީ 10 ޖެނުއަރީ 2010 ގައި ހާމަކޮށްފައިވާ ދިރާސާ ރިޕޯޓެއްގެ މައްޗަށް ދުނިޔޭގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ފަތުރާފައިވާ ޚަބަރެކެވެ.

އަޅުގަނޑުމެންގެ ދެއަތުގެ ދެމެދުގައިވާ ހުސް ތަނަކީ އެއްޗެތީގައި އަތްލުމާއި، ހިފުމުގެ ޙަރަކާތް ކުރެވޭ ތަނެވެ. ދެއަތް ކިތަންމެ ފުޅާ ކުރިޔަސް ނުވަތަ އެއް އަތުން އެއްޗެއްގައި އަތްލިޔަސް ނުވަތަ ހިފިޔަސް، އެޙަރަކާތެއް ކުރެވެނީ ދެއަތުގެ ދެމެދުގައިވާ ދާއިރާގެ ތެރޭގައެވެ. މި ދާއިރާއަށް ނުވަތަ ހުސް ތަނަށް ކިޔާ ނަމަކީ ޙަރަކާތުގެ ސަރަޙައްދު ނުވަތަ "އެކްޝަން ސްޕޭސް" އެވެ.
އިތުރަށް...
 


ސަފްހާ 1 ގެ 10

މިވަގުތު ފަންވަތުގައި

މިވަގުތު 7 ކިޔުންތެރިން އޮންލައިން

ހޮޅުއަށީގައި

އެކަކުވެސް ނެތް

ފަންވަތުގެ ޖަވާހިރު


''އަޅުގަނޑަށް ވިންސޭ ގޮތުގައި ހަމައެއް ނަހަމައެއް ބެލުމަކާނުލައި ބަސް އުފެދިފައިވާ އަޞްލަށް ޙުރުމަތްތެރިކަމެއް ނުބަހައްޓައި އެބަހަކާ ނުގުޅޭ ފަދަ ބޭރުބަސްތަކުގެ ލަފްޒުތައް ބަހަކަށް ވައްދަން މަސައްކަތް ކުޅައުމަކީ އެބަހަކަށް ޚިދުމަތް ކުޅައުމުގެ ބަދަލުގައި ބަހަށް ކުރެވޭ ވަރަށްވެސް ބޮޑު ޚިޔާނާތްތެރި ކަމެކެވެ.''
- މުޙަންމަދު އަމީން-

ދެކޭގޮތް

މިވެބްސައިޓް
 

މެހެމާނުނުންގެ އަދަދު

މިހާތަނަށް : 725411