|
ދީން -
ޤުރުއާނާއި ސައިންސް
|
|
27 ސެޕްޓެމްބަރ 2010، 03:42 ހޯމަ |
ޢަބްދުލްމުޢީދު ޙަސަން
ޑަކުޓަރުންނާއި ބޭސްވެރިން ކުރާ ބޭހުގެ އިތުރުން، ޞަދަޤާތުން ފަރުވާ ކުރުމަކީ މުސްލިމުންގެ ތެރެއިން ގިނަބަޔެއްގެ ސަމާލުކަމަށް އައިސްފައި ނުވާ ކަމެކެވެ. އައްތައުބާ ސޫރަތުގެ 103 ވަނަ އާޔަތުން އެނގޭ ގޮތުގައި ޞަދަޤާތް ދިނުމަކީ، އެކަންކުރާ ބަޔަކު ޠާހިރުވެ އުޖާލާވާ ކަމެކެވެ. ބަލިބައްޔާއި އޭގެ އަސަރުތައް މީސްތަކުންގެ ހަށިތަކުން ފިލުވައިލުމަށްޓަކައި ޞަދަޤާތް ދިނުމަށް ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އިރުޝާދު ދެއްވާފައި ވެ އެވެ. އިތުރު އެކަލޭގެފާނުގެ ޙަދީޘްކުރައްވާފައި
|
|
ދީން -
ޤުރުއާނާއި ސައިންސް
|
|
09 މާރޗް 2010، 14:55 އަންގާރަ |
ޢަބްދުއްދާއިމް އަލްކަޙީލު ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
އެކުވެރިކަމަށާއި އަނެކުންނަށް އެހީތެރިވުމަށް އެންމެ ލޯބިކުރާ އެއް މަޚުލޫޤަކީ ހިންޏެވެ. ނަމަވެސް ހިނި އެކަންކުރަނީ ކީއްވެތޯ އެވެ؟
މި ލިއުމާއެކުގައިވާ ފޮޓޯގައި މިވަނީ، އެއް ހިނި، އަނެއް ހިންޏާ ގުޅިގެން ހަދާފައިވާ ފާލަމެކެވެ. މި ފާލަން ހަދާފައިވަނީ، އެހެން ހިނިތަކެއް، އެއްތަނުން އަނެއް ތަނަށް ދިއުމަށްޓަކަ އެވެ. މިއީ ވަގުތީ ފާލަމެކެވެ. މި ފާލަން ހެދި ހިނިތައް މިވަނީ، އެހެން ހިނިތަކަކަށްޓަކައި، އޭގެ އަމިއްލަ ނަފުސުތަކުން ވަރަށް ބޮޑު ޤުރުބާނީއެއް ވެފަ އެވެ.
މިފަދަ މަންޒަރުތަކަކީ، މާތް ﷲ ހައްދަވާފައިވާ މަޚުލޫޤުންނާމެދު ވިސްނައި ފިކުރުކުރުމަށް ގޮވާލާ އެއްޗެއް ކަމުގައި ނުވޭތޯ އެވެ؟ ސައިންސްގެ ހޯދުންތަކުން އެނގިފައިވާ ގޮތުގައި އެންމެ ބޮޑަށް ހިތްހަމަޖެހުން ލިއްބައިދޭ އެއްކަމަކީ، އަނެކުންނަށް އެހީތެރިވުމެވެ. މިހެންވެ ސައިންޓިސްޓުން ވިދާޅުވެ އެވެ. މުއްސަނދިވުމާއި މަޝްހޫރުވުމާއި މަތީ މަޤާމެއް ލިބުންފަދަ ކަންތައްތަކަކީ، ހިތްހަމަޖެހުން ލިއްބައިދޭނެ ކަންތައްތަކެއް ނޫނެވެ. ކީއްތޯއެވެ. ޙަޤީޤީ ހިތްހަމަޖެހުން ލިބޭނީ، އަނެކުންގެ އެހީތެރިކަމާއި އަޅާލުމަށް ބޭނުންވެފައިވާ މީހުންނަށް އަޅާލައި އެހީތެރިވެ އުޅޭނަމަ އެވެ.
|
|
ދީން -
ޤުރުއާނާއި ސައިންސް
|
|
09 މާރޗް 2010، 10:46 އަންގާރަ |
ޢަބްދުއްދާއިމް އަލްކަޙީލު ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
އަންހެނުން ފިރިހެނުންނަށް ބަދަލުކުރުމަކީ، މިޒަމާނުގައި އިބްލީސް ދީފައިވާ މަގުފުރެއްދުމުގެ އާ ވަސްވާހެކެވެ. މާތް ﷲ، އިބްލީސް ސުވަރުގެއިން ނެރެލެއްވި ދުވަހު، އޭނާވަނީ މިކަން ކުރާނެ ކަމަށް ބުނެފައެވެ. އިބްލީހުގެ މިވަސްވާހަށް މުލްޙިދުން ދަނީ އިޖާބަދެމުންނެވެ.
މާތް ﷲ، އިބްލީސް ސުވަރުގެއިން ނެރެލެއްވީއްސުރެ، އޭނާ ވަނީ އިންސާނުންގެ ޢަދާވާތްތެރިއެއް ކަމުގައި ވެފަ އެވެ. އަދި އިންސާނުންނަށް ވަސްވާސްދީ، މަގުފުރައްދައި، މާތް ﷲ ގެ ޚަލްޤުތަކުންގެ ސިފަ ބަދަލުކުރާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. މިވާހަކަ، އައްނިސާ ސޫރަތުގެ 119 ވަނަ އާޔަތުގައި ބަޔާންކުރައްވާފައި ވެ އެވެ.
|
|
ދީން -
ޤުރުއާނާއި ސައިންސް
|
|
08 މާރޗް 2010، 00:11 ހޯމަ |
ޢަބްދުއްދާއިމް އަލްކަޙީލް ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
އެމެރިކާގެ ސައިންޓިސްޓުން ކުރެއްވި ފަހުގެ ދިރާސާއަކުން، ނަމާދުކުރުމުގެ މުހިންމުކަން ހާމަވެފައި ވެ އެވެ. މާތްވެގެންވާ އިސްލާމްދީނުގައި ފަރުޟުކުރައްވާފައިވާ، ފަރުޟު ފަސް ނަމާދު ކުރުމަކީ، މައިބަދައާއި ހުޅުތަކުގެ ރިހުން ކުޑަކުރުމަށް އޮތް މޮޅު ފަރުވާއެއްކަން އެ ދިރާސާއިން އެނގިފައި ވެ އެވެ. އާދޭހެވެ. ނަމާދުގައި ހިމެނޭ ޤިޔާމާއި ރުކޫޢާއި ސަޖިދައިން، މައިބަދައާއި ހުޅުތަކަށް ލިބޭ ފައިދާ ވަރަށް ވެސް ބޮޑެވެ.
|
|
ދީން -
ޤުރުއާނާއި ސައިންސް
|
|
08 މާރޗް 2010، 00:03 ހޯމަ |
ޢަބްދުއްދާއިމް އަލްކަޙީލް ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
މާސްގައިވާ ގަސްގަހާގެހީގެ ފޮޓޯތައް ނެގިއްޖެ ކަމަށް، އެމެރިކާގެ ނާސާގެ ސައިންޓިސްޓުން ހާމަކުރައްވާފައި ވެ އެވެ. ނާސާއިން ދެއްކި ފޮޓޯތަކުގައި ވަނީ، މާސްގެ ބިމުގެ އަޑިގުޑަންތަކުގެ މެދުގައި ސަފުސަފަށް ހެދިފައިވާ ގަސްތަކެކެވެ. ގަނޑުވެފައިވާ ކާރބަން ޑައި އޮކްސައިޑްގެ ތުނިތުނި ފަށަލައެއް ލެވިފައިވާ ވެލިފުނިތައް ވެސް އެ ފޮޓޯތަކުން ފެނެ އެވެ. އެ ގަސްގަހާގެއްސަކީ، ޙަޤީޤަތުގައި މާސްގެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ވެފައިވާ ވީރާނާގެ އަސަރެވެ. ބަހާރު މޫސުމުގައި މާސްގައިވާ އައިސްތައް ވިރުމުން ވެސް އެފަދަ އަސަރުތައް ފާޅުވެ އެވެ.
|
|
ދީން -
ޤުރުއާނާއި ސައިންސް
|
|
15 ފެބްރުވަރީ 2010، 02:15 ހޯމަ |
ޢަބްދުލްމުޢީދު ޙަސަން
މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އަށް ދެއްވި ދެމިހުންނަނިވި މުޢުޖިޒާތަކީ، ކީރިތި ޤުރުއާނެވެ. ކީއްތޯއެވެ. ޖިންނީންނާއި އިންސީންނަށް ގެނެސް ނުގަނެވޭނެ އެތައް އިޢުޖާޒެއް އެކަލާނގެ، އެ ފޮތުގައި ލައްވާފައިވެއެވެ. އެކަން ބަޔާންކުރައްވައި ވަޙީކުރައްވާފައި ވެ އެވެ.
(قُل لَّئِنِ اجْتَمَعَتِ الإِنسُ وَالْجِنُّ عَلَى أَن يَأْتُواْ بِمِثْلِ هَذَا الْقُرْآنِ لاَ يَأْتُونَ بِمِثْلِهِ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا) އަލްއިސްރާ: 88 މާނައީ، "ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، މި ޤުރުއާނާ އެއްފަދަ އެއްޗެއް ގެނައުމަށް އިންސީންނާއި، ޖިންނީން އެއްވިނަމަވެސް، އެއާ އެއްފަދަ އެއްޗެއް އެއުރެންނަކަށް ނުގެނެވޭނެތެވެ. އެއުރެންގެ އެއްބަޔަކު އަނެއް ބަޔަކަށް ވާގިވެރިން ކަމުގައި ވީނަމަވެސްމެ އެވެ."
|
|
ދީން -
ޤުރުއާނާއި ސައިންސް
|
|
13 ފެބްރުވަރީ 2010، 00:48 ހޮނިހިރު |
ޢަބްދުލްމުޢީދު ޙަސަން
ސުޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ ދެކުނުން އެ ރަށާ 130 ކިލޯ މީޓަރު ދުރު ހިސާބެއްގައި ވަޅުލެވިފައިވާ ކިއްލާއެއް ފެނުމުން، އެއީ ޢާދުބާގައިގެ މީހުންގެ ބިނާއެއް ކަމަށް ހީކުރެވުނެވެ. ނަމަވެސް ސުޢޫދީ ޢަރަބިއްޔާއިން ވަނީ، ރަސްމީކޮށް އެކަމާ ދެކޮޅު ހަދާފަ އެވެ. އެހެނީ އެ ކިއްލާއަކީ، މިޞްރުގެ އިސްކަންދަރިއްޔާގައިވާ ޤައިތަބާއި ގަނޑުވަރަށްވުރެ ކުޑަ ތަނެކެވެ.
އެއަށްފަހު ސެޓެލައިޓުން ނެގި ފޮޓޯތަކެއްގެ އެހީގައި، ޢުމާނުގެ ބިމުން ކިއްލާއެއް ހޯދުނެވެ. ދެން އެއީ ޢާދުބާގައިގެ މީހުންގެ ބިނާއެއް ކަމަށް ހީކުރެވުނެވެ. ނަމަވެސް އެއީ ޢާދު ބާގައިގެ މީހުންގެ ބިނާއެއް ކަމާމެދު ޢުމާނުންވަނީ ރަސްމީކޮށް ދެކޮޅު ހަދާފަ އެވެ.
|
|
ދީން -
ޤުރުއާނާއި ސައިންސް
|
|
24 ޖެނުވަރީ 2010، 14:02 އާދީއްތަ |
މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމް
ކީރިތި ޤުރްއާނުގައި ތަރިތަކުގެ ތަފާތު މަރްޙަލާތަކުގެ ވާހަކަ ބަޔާންކޮށްދެއްވާފައި ވެއެވެ. އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. " وَإِذَا النُّجُومُ انكَدَرَتْ" (سورة التكوير 2) މާނައީ: [އަދި، ތަރިތަކުން އޭގެ އަލިކަންގޮސް ކިލަނބުވެ، އަލި ފަނޑުވެއްޖެ ހިނދެވެ." އަދިވެސް ވަޙީކުރައްވައެވެ. " فَإِذَا النُّجُومُ طُمِسَتْ" (سورة المرسلات 8) މާނައީ: [ފަހެ، ތަރިތަކުން އޭގެ އަލިކަން ފުހެވިއްޖެ ހިނދެވެ.]
|
|
ދީން -
ޤުރުއާނާއި ސައިންސް
|
|
17 ޖެނުވަރީ 2010، 08:07 އާދީއްތަ |
ކީރިތި ޤުރްއާނުގައިވާ ޢާދުބާގައިގެ މީހުންގެ ޙަޤީޤަތް
ސައިންސް ވެރިން ކަށަވަރު ކޮށްދިން
މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމު
ހަނަފަސްކަމަށް މަޝްހޫރު ސަޢޫދީ ޢަރަބިޔާގެ ސަރަޙައްދެއް ކަމަށްވާ [ރުބުޢުލް ޚާލީ] ގައި ހިނދިފައިވާ ދެކޯރު ދެމިގެން ގޮސްފައިވާ ރޮނގު ފެނުމުން އެމެރިކާ މީހުން ޢަޖާއިބުވިއެވެ.
ދެކޯރު ދެމެދުގައި އިންސާނުން އެފަދައެއް ދެކިފައި ނުވާފަދަ ގަދަފަދަ ބިޔަ ޢިމާރާތް ތަކެއް ފެނުމުން އެތައް މަޝްވަރާ ތަކަކަށްފަހު އެއްބަސްވީ އެއީ ކީރިތި ޤުރްއާނުގައި އެބައެއް ސިފަކުރައްވާފައިވާ އިރަމްގެ ގަނޑުވަރުތައް ކަމަށެވެ.
|
|
ދީން -
ޤުރުއާނާއި ސައިންސް
|
|
13 ޑިސެމްބަރ 2009، 12:33 އާދީއްތަ |
بِسْمِ اللهِ وَالله ُأَكْبَرُ ކިޔައިގެން ކަތިލުމުގެ ޢިލްމީ މުޢުޖިޒާތްބިސްމި ކިޔައިގެން ކަތިލުމާ، ބިސްމި ނުކިޔާ ކަތިލުމުގެ ތަފާތަކީ ކޮބާ؟
އަލްއުސްތާޛު އިބްރާހީމު ރަޝީދު މޫސާ
ބިސްމި ކިޔައިގެން ކޮންމެ ރަނގަޅުކަމެއް ފެށުމަކީ އިސްލާމީ ރިވެތި އަދި މާތް އާދަތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ކީރިތި ޤުރްއާނުން ފުރަތަމަ ބާވައިލެއްވި އާޔަތުގައި މާތްﷲ އަންގަވަނީ (اقْرَأْ بِاسْمِ رَبِّكَ) "ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިސްމުފުޅުން (ނަންފުޅު ގަނެގެން) ކިޔަވާ ވިދާޅުވާށެވެ." ﷲގެ ނަންފުޅު ގަނެގެން، އެ ނަންފުޅުން ބަރަކާތް ޙާޞިލުކޮށްގެން، ކުރާ ކޮންމެ ކަމެއްވެސް ކުރުމަށް ދީން ގޮވައިލައެވެ. ބިސްމި ނުކިޔާ ފަށާ ކޮންމެ ކަމަކީ ބަރަކާތް ހުސްވެފައިވާ ކަމެކެވެ. ކީރިތިރަސޫލާ عليه الصلاة والسلام ޙަދީޘްކުރައްވަނީ "ބިސްމި ނުކިޔާ ފަށާކޮންމެ ކަމަކީ ބަރަކާތް ކެޑިފައިވާ ކަމެކެވެ." ކޮންމެ ޙަރަކާތެއްވެސް ކުރަންވާނީ އަދި ކޮންމެ މިސްރާބެއްވެސް ޖަހަންވާނީ ބިސްމި ކިޔައިގެންނެވެ. ކާންފަށާއިރު، ވުޟޫކުރަން ފަށާ އިރު، ހެދުންލާއިރު ، އެއްޗެއް ބޯން ފަށާއިރު، އެއްޗެއް ކަތިލާއިރު ބިސްމިކިޔުމަކީ އިސްލާމީ ރިވެތި އަދަބުތަކުގެ ތެރޭގައި ހިމެނޭ ސުންނަތެކެވެ. ކީރިތިރަސޫލާ عليه الصلاة والسلام ، ޢުމަރު ބިން އަބީ ސަލްމާ އަށް ވިދާޅުވިއެވެ. (يَا غُلاَمُ سَمِّ اللَّهَ وَكُلْ بِيَمِينِكَ وَكُلْ مِمَّا يَلِيكَ) رواه البخارى ومسلم وابن ماجة وأحمد والنسائى والبيهقى "ކޮއިފުޅާއެވެ! ބިސްމިކިޔާށެވެ! ކަނާތުން ކާށެވެ! އަދި ކޮއިފުޅާ އެންމެ ގާތުން ކާށެވެ."
|
|
ދީން -
ޤުރުއާނާއި ސައިންސް
|
|
22 ސެޕްޓެމްބަރ 2009، 14:06 އަންގާރަ |
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
ފައިދިގުމަކުނުގެ ގެއަކީ، ދެރަވަރުގެ ގެއެއްކަމަށް ކީރިތި ޤުރުއާނުގައި އަންގަވާފައިވެއެވެ. އެކަމުގެ ސިއްރަކީ ކޮބައިތޯއެވެ؟ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ބިނާކޮށް އާރާސްތުކުރާ މުސްލިމުންގެ އިސްލާމީ ގެއާ، ފައިދިގުމަކުނުގެ ގެ، ތަފާތުވާ ކަންތައްތަކަކީ ކޮބައިތޯއެވެ؟ ފައިދިގު މަކުނުގެ ގޭގެ ދެރަ ކަމަކީ، އެ ގެ ހަދާފައިވާ މަކުނުވަލުގެ ދެރަކަން ކަމަށް ބައެއް މީހުން ހީކުރާއިރު، އެކަމާމެދު މިޒަމާނުގެ ސައިންސް ބުނަނީ ކީކޭތޯއެވެ؟ ފައިދިގު މަކުނުގެ ގެއާ އެއްގޮތަށް ދެރަވެ ނިކަމެތިވެގެންދާ ގެދޮރުގެ ޙާލަތަކީ ކޮބައިތޯއެވެ؟ މިފަދަ އެތައް ސުވާލެއްގެ ޖަވާބު، މި މަޒުމޫނުގައި ވެއެވެ.
|
|
ދީން -
ޤުރުއާނާއި ސައިންސް
|
|
14 ޖޫން 2009، 06:58 އާދީއްތަ |
ތަރުޖަމާ: ޝަމްސުލްފަލާޙް
އަޑުއިވޭގޮތުން އަޖައިބުކުރުވަނިވިއެވެ. ނަމަވެސް، ދުނިޔޭގެ މުސްލިމުންނަށް ނަސީބަކުން އެއީ މާކުރިން ޤާއިމްވެފައިވާ ޙަޤީޤަތެކެވެ. ދުނިޔޭގެ ޗާރޓަށް ބަލައިލާށެވެ. އިންޑޮނީޝިޔާ ދުނިޔޭގެ އެންމެ އިރުމަތީފަރާތުގައި ވާތަން ތިބާއަށް ފެންނާނެއެވެ. އިންޑޮނީޝިޔާގެ އެންމެ ބޮޑެތި ސިޓީތަކަކީ، ޖާވާ، ސުމާޓްރާ، ބޯރނިއޯ އަދި ސައިބިލް އެވެ. އެޤައުމުގެ ގަޑިން ގާތްގަނޑަކަށް ފަތިހު 5:30 ހާއިރު ސައިބިލްއަށް ފަތިސްވާއިރު ފަތިސްނަމާދުގެ ބަންގި ދޭން ފެށެއެވެ. އިންޑޮނީޝިޔާގެ އެތައް ހާސް މުދިމުންނެއް ބަންގިދޭންފަށައެވެ.
ހުޅަނގު އިންޑޮނީޝިޔާއާ ދިމާއަށް މި ޙަރަކާތް ކުރިއަށްދެއެވެ. ސައިބިލްގައި ބަންގި ގޮވުނުތާ ދޮޅުގަޑިއިރު ފަހުން، ޖަކާރޓާގައި އެ އަޑު ތަކުރާރުވެއެވެ. އެއަށްފަހު، ސުމާޓްރާ، މި އަޑު އަޑުއަހައެވެ. އަދި ބަންގީގެ މި އުއްމީދީ ޙަރަކާތް އިންޑޮނީޝިޔާގައި ނުނިމެނީސް މެލޭޝިޔާގައި ބަންގިދޭން ފެށެއެވެ.
|
|
ދީން -
ޤުރުއާނާއި ސައިންސް
|
|
04 ޖޫން 2009، 10:05 ބުރާސްފަތި |
ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެތެރެއިން އިރާއި ހަނދު
އެއްކުރެއްވުން މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމު
ކުރިންވެސް ދެންނެވިފައިވާނޭ ފަދައިން މިކައުނު ފުޅާވަމުންދާކަން، ވިހިވަނަ ޤަރުނުގެ ކުރީކޮޅު ޢިލްމުވެރިން ވަނީ ޘާބިތުކޮށްދެއްވާ ފައެވެ. އަދި އެބޭފުޅުން ވިދާޅުވާ ގޮތުގައި މިފުޅާވުމަކީ ނިމުމެއްނުވާ ކަމެއް ނޫނެވެ. ފަހެ، ބިގްބޭންގގެ ސަބަބުން ބުރައިގެންދިޔަ އެތިކޮޅުތަކުގެ ސަބަބުން މިފުޅާވާ ފުޅާވުން ބޭރަށް ފުޅާވަމުންދާ ބާރުމިން ދަށްވާނެ ވަގުތެއް އަންނާނެއެވެ.
|
|
ދީން -
ޤުރުއާނާއި ސައިންސް
|
|
26 މެއި 2009، 02:16 އަންގާރަ |
ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެތެރެއިން އުޑު ފަޅައިގެން ދިއުން
މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމު
ޢިލްމުވެރިން ވިދާޅުވަނީ ކޮންމެވެސް ދުވަހަކުން މިދުނިޔޭގައިވާ ދިރުން ހުއްޓޭނެއެވެ. އަދި މިދުނިޔޭގައިވާ ހުރިހާ ކަންތައްތަކެއް ހުއްޓިގެން ދާނެއެވެ. ފަހެ މިކައުނަކީ އަބަދަށް ދާއިމަށް ދެމިގެންވާ ތަނެއް ނޫނެވެ. މިކައުނުގެ ފެށުމެއްވާ ފަދައިން ނިމުމެއްވެސް ވާނެކަން ކަށަވަރެވެ. މިއީ ޢިލްމުވެރިން ސާބިތު ކޮށްދެއްވާފައިވާ ކަމެކެވެ. ޤިޔާމަތް ދުވަހުގެ ސިފަކުރެއްވުމެއްގައި މާތްﷲ ވަޙީކުރައްވާފައި ވެއެވެ.
|
|
ދީން -
ޤުރުއާނާއި ސައިންސް
|
|
15 މެއި 2009، 11:15 ހުކުރު |
މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމު
ފުރަތަމަ މިކައުނު އުފެދުނީ އެއް ގެލެކްސީއަކުން ނުވަތަ އެކަތިގަނޑެއްގެ ގޮތުގައިވާ އެއްޗެއް ގޮވައިގެންނެވެ. އިރުތަކާއި ޕްލެނެޓްތައް އަދި ތަރިތައް އުފެދުނީ މިގޮތަށެވެ. އަދި މުސްތަޤްބަލުގައި މިހުރިހާ އެއްޗެއް އެކުވެ، އަލުން އެކަތިގަނޑަކަށް ވާނެއެވެ. އަދި ދެވަނަ ފަހަރަށް އަލުން އެގޮވާ، މި ބިން ނޫން އެހެން ބިމަކާއި މިއުޑުތައް ނޫން އެހެން އުޑުތަކެއް އުފައްދަވާނެއެވެ. މިއީ ކައުނީ ޢިލްމުވެރިން ވިހިވަނަ ޤަރްނުގެ ފަހުކޮޅު ކޮށްފައިވާ ތަޞައްވުރެކެވެ. މިއީ ޙަޤީޤަތެއްކަން އަހަރެމެން މުސްލިމުން ޤަބޫލުކުރަން ޖެހެނީ މިކަމަށް ޤުރްއާނުގައި އިޝާރާތް ކުރައްވާފައިވާތީއެވެ.
|
|
ދީން -
ޤުރުއާނާއި ސައިންސް
|
|
01 މެއި 2009، 02:08 ހުކުރު |
މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމު
ޢިލްމުވެރިން ދެކިލައްވާގޮތުގައި މިކައުނު ފުޅާވަމުންދާ ފުޅާވުން އަބަދަށް ދެމިގެންވާ ކަމެއް ކަމުގައި ނުވާނެއެވެ. މިފުޅާވުމަށް ނިމުމެއް އަންނަ ދުވަސް އަންނާނެއެވެ. ސަބަބަކީ މި ފުޅާވާ ފުޅާވުމަކީ ބިގްބޭންގް ނުވަތަ ބޮޑުގޮވުމުގެ ސަބަބުން އެތިކޮޅުތައް ބުރަބުރައިގެންދާ ދިޔުމެވެ. މިއެތިކޮޅުތައް ދުރުވަމުންދާވަރު ދުވަހެއް ދުވަހަކަށް ދަނީ މަޑުވަމުންނެވެ. އެހެންކަމުން ގޮވުމުގެ ސަބަބުން އެތިކޮޅުތައް ބުރައިގެން ދުރުވެގެންދާ ބާރާއި އެ އެތިކޮޅުތަކުގެ މެދުގައި ހުންނަ ދަމާބާރާ އެއްވަރުވާ ދުވަހެއް އަންނާނެއެވެ. އަދި އެއަށްފަހު ބުރައިގެންދާ ބާރު ކުޑަވި ވަރަކަށް ދަމާބާރުގެ ސަބަބުން މިއެތިކޮޅުތައް އެއްވެ، އެކަތިގަނޑަކަށްވާނެއެވެ. ނުވަތަ އެއް ގެލެކްސީއަކަށް ވާނެއެވެ. ފުރަތަމަ ގޮވުމުގެ ކުރިން އެ ގެލެކްސީ އޮތްގޮތަށް ބަދަލުވާނެއެވެ. މި ތިޔަރީއަށް [ދަބިގް ކްރަންޗް ތިޔަރީ] ނުވަތަ ބޮޑު އެއްކުރެއްވުމޭ މިޒަމާނުގެ ޢިލްމުވެރިން ކިޔައެވެ.
|
|
ދީން -
ޤުރުއާނާއި ސައިންސް
|
|
08 އެޕރީލް 2009، 01:37 ބުދަ |
" ރޭ އަޅުކަން ކުރާށެވެ! ފަހެ އެއީ ބަލިމަޑުކަން ފައްސައިލާ ކަމެކެވެ." އިބްރާހީމު ރަޝީދު މޫސާ
މާތްﷲ ރުއްސުންލެއްވި އަބުއްދަރްދާ ގެ އަރިހުން އިމާމު އަޙްމަދާއި ،އައްތިރްމިޛީ އާއި އަލްބައިހަޤީ އާއި، އައްޠަބަރާނީ އާއި ،އިބްނު ޚުޒައިމާ އާއި، އަލްޙާކިމު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. ރަސޫލުﷲގެފާނު ވިދާޅުވިއެވެ.
عَلَيْكُمْ بِقِيَامِ اللَّيْلِ فَإِنَّهُ دَأَبُ الصَّالِحِينَ قَبْلَكُمْ
وَإِنَّ قِيَامَ اللَّيْلِ قُرْبَةٌ إِلَى اللَّهِ
وَمَنْهَاةٌ عَنْ الْإِثْمِ وَتَكْفِيرٌ لِلسَّيِّئَاتِ وَمَطْرَدَةٌ
لِلدَّاءِ عَنْ الْجَسَدِ
|
|
ދީން -
ޤުރުއާނާއި ސައިންސް
|
|
03 އެޕރީލް 2009، 23:10 ހުކުރު |
ފޮނުވީ: އެމް
ކީރިތި ޤުރުއާނާއި ޠާހިރު ސުންނަތުގައިވާ މުޢުޖިޒާތްތައް، މިޒަމާނުގެ ސައިންސްގެ އަލީގައި ކަޝްފުވެ ހާމަވަމުން ދެއެވެ. މިކަމަށް އަހަންމިއްޔަތު ދޭ ފަރާތްތަކުން، އިސްލާމްދީނުގެ ތެދުކަން ބަޔާންކޮށްދޭ ޒަމާނީ ޙުއްޖަތެއްގެ ގޮތުގައި އެ މުޢުޖިޒާތްތައް ހާމަކުރަމުން ގެންދެއެވެ. މި ބީދައިން މިކަން ކުރަމުންގެންދާ އެއްފަރާތަކީ، The quran miracles encyclopedia އެވެ. ނުވަ ބަހުން ތައްޔާރުކޮށްފައިވާ މި އެކުމާފާނު ވަނީ، އިންޓަރނެޓުގައި ޤާއިމްކޮށްފައެވެ.
|
|
ދީން -
ޤުރުއާނާއި ސައިންސް
|
|
03 އެޕރީލް 2009، 01:08 ހުކުރު |
މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމު
ޢިލްމުވެރިންނަށް ތަރިތައް ހުންނަތަން ފެންނަން ފެށުމުން އެތަންތަން ދިރާސާ ކުރަން ފެށިއެވެ. އެތަކެތި އުފައްދަވާ ފައިވާ ސިފަތަކާއި އަދި އޭގެ އެހެނިހެން ސިފަތައް ދިރާސާ ކުރަން ފެށުމުން، އަހަރުމެންގެ ވަށައިގެންވާ ފަޟާއަކީ މެދުނުކެޑި ފުޅާވެ، ބޮޑުވަމުންދާ ތަނެއްކަން އެމީހުންނަށް ވަނީ އެނގިފައެވެ. މިކަން އެމީހުންނަށް އެނގުނީ ވަރަށް އާދައިގެ ތަޖުރިބާއެއް ކޮށްގެންނެވެ. މިތަޖުރިބާގައި ތަރިތަކުން ފޮނުވައިދޭ އަލި ބިއްލޫރި ޕްރިޒްމަކަށް އަޅުވައިގެން ފާޅުވާ ހަތް ކުލައާ މެދު ވިސްނާ ދިރާސާ ކުރިއެވެ. 20ވަނަ ޤަރުނުގެ ކުރީކޮޅު ހެދި މި ތަޖްރިބާއިން ހާމަވީގޮތުގައި ފަޟާގެ ތެރެގައިވާ ގެލެކްސީތައް އަހަރެމެންނާ ނުވަތަ އޭގެ އެކަތި އަނެކައްޗާ ދުރު ވަމުންދާ ބާރުމިން ބައެއް ފަހަރު އަލި ދަތުރުކުރާ ބާރުމިނާ ކައިރި ކުރާ ބާރު މިނެއްގައި ދުރުވަމުން ދެއެވެ. އަލި ދަތުރުކުރާ ބާރުމިނަކީ ގާތްގަޑަކަށް ސިކުންތަކު ތިންސަތޭކަ ހާސް ކިލޯމީޓަރެވެ.
|