ފަންވަތް ދީން ޤުރުއާނާއި ސައިންސް އާޔަތަކާއި ފޮޓޯއެއް: މާސްގައި ގަސް
ބެލި ޢަދަދު: 2022
އާޔަތަކާއި ފޮޓޯއެއް: މާސްގައި ގަސް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ދީން - ޤުރުއާނާއި ސައިންސް
08 މާރޗް 2010، 00:03 ހޯމަ

ޢަބްދުއްދާއިމް އަލްކަޙީލް
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން



މާސްގައިވާ ގަސްގަހާގެހީގެ ފޮޓޯތައް ނެގިއްޖެ ކަމަށް، އެމެރިކާގެ ނާސާގެ ސައިންޓިސްޓުން ހާމަކުރައްވާފައި ވެ އެވެ. ނާސާއިން ދެއްކި ފޮޓޯތަކުގައި ވަނީ، މާސްގެ ބިމުގެ އަޑިގުޑަންތަކުގެ މެދުގައި ސަފުސަފަށް ހެދިފައިވާ ގަސްތަކެކެވެ. ގަނޑުވެފައިވާ ކާރބަން ޑައި އޮކްސައިޑްގެ ތުނިތުނި ފަށަލައެއް ލެވިފައިވާ ވެލިފުނިތައް ވެސް އެ ފޮޓޯތަކުން ފެނެ އެވެ. އެ ގަސްގަހާގެއްސަކީ، ޙަޤީޤަތުގައި މާސްގެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ވެފައިވާ ވީރާނާގެ އަސަރެވެ. ބަހާރު މޫސުމުގައި މާސްގައިވާ އައިސްތައް ވިރުމުން ވެސް އެފަދަ އަސަރުތައް ފާޅުވެ އެވެ.

ދުނިޔޭގެ ބިމުގައި އުފެދޭ ވެލިފުނިތަކާއި، މާސްގައި އުފެދޭ ވެލިފުނިތަކުގެ އެއްގޮތްކަމީ، މި ދެ ޕްލެނެޓް އެއްފަރާތަކުން ޚަލްޤުކުރައްވާފައިވާ ކަމުގެ ދަލީލެކެވެ. އާދޭހެވެ. މި ދެ ޕްލެނެޓް ވެސް ޚަލްޤުކުރެއްވީ ޚާލިޤުވަންތަ މާތް ﷲ އެވެ. އެކަލާނގެ ވަޙީކުރައްވާފައިވެ އެވެ.

(قُلِ اللَّهُ خَالِقُ كُلِّ شَيْءٍ وَهُوَ الْوَاحِدُ الْقَهَّارُ)

އައްރަޢުދު: 16

މާނައީ، "ކަލޭގެފާނު ވިދާޅުވާށެވެ! ﷲ އީ، ހުރިހާ އެއްޗެއް ހައްދަވާ ރަސްކަލާނގެ އެވެ. އަދި އެކަލާނގެއީ، އެއްކައުވަންތަ، ބާރުވެރިވަންތަ ރަސްކަލާނގެ އެވެ."



މިއަދާ ހަމައަށް އިންސާނުންނަށް ހޯދިފައިވާ މަޢުލޫމާތުގެ މަދުކަން، މިފަދަ ފޮޓޯތަކުން އެނގެ އެވެ. މާސްއަކީ، ދުނިޔެއާ އެންމެ ކައިރީގައިވާ އެއް ޕްލެނެޓެވެ. އެހެން ކަމާއެކުވެސް، އޭގެ ބިންމަތީގެ ޙަޤީޤަތް ދެނެގަތުމަށް ސައިންޓިސްޓުން ވަނީ މިއަދާ ހަމައަށް ވެސް ނުކުޅެދިފަ އެވެ. ނަމަވެސް މިފަދަ ފޮޓޯތަކަކީ، މާތް ﷲ ގެ ޤުދުރަތްތެރިކަމާއި ކުޅަދުންވަންތަކަން ދައްކާދޭ ދަލީލުތަކެއް ކަމުގައްޔާއި، އީމާންކަން އިތުރުކޮށްދޭ ވަސީލަތެއް ކަމުގައި ވެދާނެތޯ އެވެ؟

މާތް ﷲ ވަޙީކުރައްވާފައި ވެ އެވެ.

(قُلِ انظُرُواْ مَاذَا فِي السَّمَاوَاتِ وَالأَرْضِ وَمَا تُغْنِي الآيَاتُ وَالنُّذُرُ عَن قَوْمٍ لاَّ يُؤْمِنُونَ)

ޔޫނުސު: 101

މާނައީ، "ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި، ބިމުގައިވަނީ ކޮންއެއްޗެއްތޯ ތިޔަބައިމީހުން ބަލާށެވެ! އަދި އީމާންނުވާ ބަޔަކަށް އާޔަތްތަކުންނާއި، އިންޒާރުކުރައްވާ ރަސޫލުންގެ ކިބަޔަކުން ކަމެއް ފުއްދައެއް ނުދެވޭނެތެވެ."


މަޞްދަރު:
އަލްކަޙީލުގެ ވެބްސައިޓު.
އާޔަތްތަކާއި ތަރުޖަމާ: ކީރިތި ޤުރުއާނާއި، ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާއިން.


މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (0)Add Comment

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 2022
extra avandia and congestive heart failure