ފަންވަތް ދީން ޤުރުއާނާއި ސައިންސް އާޔަތަކާއި ފޮޓޯއެއް: ހިނިތަކުގެ އެހީތެރިކަން
ބެލި ޢަދަދު: 729
އާޔަތަކާއި ފޮޓޯއެއް: ހިނިތަކުގެ އެހީތެރިކަން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ދީން - ޤުރުއާނާއި ސައިންސް
09 މާރޗް 2010، 14:55 އަންގާރަ

ޢަބްދުއްދާއިމް އަލްކަޙީލު
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން



އެކުވެރިކަމަށާއި އަނެކުންނަށް އެހީތެރިވުމަށް އެންމެ ލޯބިކުރާ އެއް މަޚުލޫޤަކީ ހިންޏެވެ. ނަމަވެސް ހިނި އެކަންކުރަނީ ކީއްވެތޯ އެވެ؟

މި ލިއުމާއެކުގައިވާ ފޮޓޯގައި މިވަނީ، އެއް ހިނި، އަނެއް ހިންޏާ ގުޅިގެން ހަދާފައިވާ ފާލަމެކެވެ. މި ފާލަން ހަދާފައިވަނީ، އެހެން ހިނިތަކެއް، އެއްތަނުން އަނެއް ތަނަށް ދިއުމަށްޓަކަ އެވެ. މިއީ ވަގުތީ ފާލަމެކެވެ. މި ފާލަން ހެދި ހިނިތައް މިވަނީ، އެހެން ހިނިތަކަކަށްޓަކައި، އޭގެ އަމިއްލަ ނަފުސުތަކުން ވަރަށް ބޮޑު ޤުރުބާނީއެއް ވެފަ އެވެ.

މިފަދަ މަންޒަރުތަކަކީ، މާތް ﷲ ހައްދަވާފައިވާ މަޚުލޫޤުންނާމެދު ވިސްނައި ފިކުރުކުރުމަށް ގޮވާލާ އެއްޗެއް ކަމުގައި ނުވޭތޯ އެވެ؟ ސައިންސްގެ ހޯދުންތަކުން އެނގިފައިވާ ގޮތުގައި އެންމެ ބޮޑަށް ހިތްހަމަޖެހުން ލިއްބައިދޭ އެއްކަމަކީ، އަނެކުންނަށް އެހީތެރިވުމެވެ. މިހެންވެ ސައިންޓިސްޓުން ވިދާޅުވެ އެވެ. މުއްސަނދިވުމާއި މަޝްހޫރުވުމާއި މަތީ މަޤާމެއް ލިބުންފަދަ ކަންތައްތަކަކީ، ހިތްހަމަޖެހުން ލިއްބައިދޭނެ ކަންތައްތަކެއް ނޫނެވެ. ކީއްތޯއެވެ. ޙަޤީޤީ ހިތްހަމަޖެހުން ލިބޭނީ، އަނެކުންގެ އެހީތެރިކަމާއި އަޅާލުމަށް ބޭނުންވެފައިވާ މީހުންނަށް އަޅާލައި އެހީތެރިވެ އުޅޭނަމަ އެވެ.

ސުބްޙާނަ ﷲ އެވެ. ހިނިތަކަށް މި ޙަޤީޤަތް އެނގިފައިވަނީ ބާވަ އެވެ! އަޅުގަނޑުމެން އިންސާނުންގެ ތެރެއިން ގިނަބަޔަކު މިވަނީ މި ޙަޤީޤަތާމެދު ފަރުވާކުޑަކޮށްފަ އެވެ.



މާތް ﷲ ވަޙީކުރައްވާފައި ވެ އެވެ.

(وَتَعَاوَنُواْ عَلَى الْبِرِّ وَالتَّقْوَى وَلاَ تَعَاوَنُواْ عَلَى الإِثْمِ وَالْعُدْوَانِ وَاتَّقُواْ اللَّهَ إِنَّ اللَّهَ شَدِيدُ الْعِقَابِ)

އަލްމާއިދާ: 2

މާނައީ، "އަދި ހެޔޮކަންތައް ކުޅައުމާއި، ތަޤުވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދިދ ފާފަވެރިވުމާއި ޢަދާވާތްތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިނުވާށެވެ! އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން، ﷲ އީ ޢުޤޫބާތް ގަދަފަދަވެގެންވާ ރަސްކަލާނގެ އެވެ."


މަޞްދަރު:
އަލްކަޙީލުގެ ވެބްސައިޓު.
ކީރިތި ޤުރުއާނާއި، ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ.


މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)Add Comment
...
ލިޔުނީ Ram, 2010-05-19 18:21:52
ey thedhu vaahakaeh mihaaru aharumen dhivehi raahjeyge ginamyhunge kibaigai mi rangalhu aadha neh kamy konfadha hithaamaeh tho?

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 


އިތުރު މަޒްމޫނު


މިވަގުތު ފަންވަތުގައި

މިވަގުތު 38 ކިޔުންތެރިން އޮންލައިން

ހޮޅުއަށީގައި

އެކަކުވެސް ނެތް

ހަމަ މި ގަލަމުން

ފަންވަތުގެ ޖަވާހިރު

ސުވަރުގޭގެ ތަޅުދަނޑިއަކީ ނަމާދެވެ.
ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ.
ވުޟޫއުގެ ތަޅުދަނޑިއަކީ ބިސްމިއެވެ.
ބިސްމީގެ ތަޅުދަނޑިއަކީ ޔަޤީންކަމެވެ.
ޔަޤީންކަމުގެ ތަޅުދަނޑިއަކީ ވަކީލުކުރުމެވެ.
ވަކީލުކުރުމުގެ ތަޅުދަނޑިއަކީ އުންމީދެވެ.
އުންމީދުގެ ތަޅުދަނޑިއަކީ ކިޔަމަންގަތުމެވެ.
ކިޔަމަންގަތުމުގެ ތަޅުދަނޑިއަކީ މާތް ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެ ރުބޫބިއްޔަތު ޤަބޫލުކުރުމެވެ.

ދެކޭގޮތް

މިވެބްސައިޓް
 

މެހެމާނުނުންގެ އަދަދު

މިހާތަނަށް : 1300544
free counters
ބެލި ޢަދަދު: 729