މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ބަންގި: އަޖައިބުކުރުވަނިވި ޤުދުރަތީ ޙަޤީޤަތެއް |
|
|
| ދީން - ޤުރުއާނާއި ސައިންސް | |||
| 14 ޖޫން 2009، 06:58 އާދީއްތަ | |||
|
ތަރުޖަމާ: ޝަމްސުލްފަލާޙް އަޑުއިވޭގޮތުން އަޖައިބުކުރުވަނިވިއެވެ. ނަމަވެސް، ދުނިޔޭގެ މުސްލިމުންނަށް ނަސީބަކުން އެއީ މާކުރިން ޤާއިމްވެފައިވާ ޙަޤީޤަތެކެވެ. ދުނިޔޭގެ ޗާރޓަށް ބަލައިލާށެވެ. އިންޑޮނީޝިޔާ ދުނިޔޭގެ އެންމެ އިރުމަތީފަރާތުގައި ވާތަން ތިބާއަށް ފެންނާނެއެވެ. އިންޑޮނީޝިޔާގެ އެންމެ ބޮޑެތި ސިޓީތަކަކީ، ޖާވާ، ސުމާޓްރާ، ބޯރނިއޯ އަދި ސައިބިލް އެވެ. އެޤައުމުގެ ގަޑިން ގާތްގަނޑަކަށް ފަތިހު 5:30 ހާއިރު ސައިބިލްއަށް ފަތިސްވާއިރު ފަތިސްނަމާދުގެ ބަންގި ދޭން ފެށެއެވެ. އިންޑޮނީޝިޔާގެ އެތައް ހާސް މުދިމުންނެއް ބަންގިދޭންފަށައެވެ.ހުޅަނގު އިންޑޮނީޝިޔާއާ ދިމާއަށް މި ޙަރަކާތް ކުރިއަށްދެއެވެ. ސައިބިލްގައި ބަންގި ގޮވުނުތާ ދޮޅުގަޑިއިރު ފަހުން، ޖަކާރޓާގައި އެ އަޑު ތަކުރާރުވެއެވެ. އެއަށްފަހު، ސުމާޓްރާ، މި އަޑު އަޑުއަހައެވެ. އަދި ބަންގީގެ މި އުއްމީދީ ޙަރަކާތް އިންޑޮނީޝިޔާގައި ނުނިމެނީސް މެލޭޝިޔާގައި ބަންގިދޭން ފެށެއެވެ. އެ ރޮނގުގައި ދެން ޖެހިގެން އޮންނަނީ ބަރުމާއެވެ. ޖަކާރޓާގައި ބަންގިދޭން ފެށުނުތާ އެއް ގަޑިއިރުތެރޭ، ބަންގްލާދޭޝްގެ ވެރިރަށް ޑާކާއަށް ބަންގިފޯރައެވެ. ބަންގްލާދޭޝްގައި ބަންގިދިނުން ނިމޭއިރު، ހުޅަނގު އިންޑިޔާގައި ބަންގިދިނުން އޮންނަނީ ފެށިފައެވެ. ކަލްކަތާއިން ސްރީނަގަރަށެވެ. ދެން ކުރިއަށްދަނީ، ބޮމްބޭއާ ދިމާލަށެވެ. އަދި މުޅި އިންޑިޔާގެ މާހައުލުގައި ބަންގީގެ އަޑު ގުގުމާލައެވެ. ސްރީނަގަރާއި ސިއަލްކޮތް (ޕާކިސްތާނުގެ އުތުރުގައިވާ ސިޓީއެއް) ގައި ބަންގީގެ ވަގުތުތައް އެއްގޮތަށް ދިމާވެއެވެ. ސިއަލްކޮތްއާއި ކުއެއްޓާއާއި ކަރާޗީގެ ވަގުތުގެ ތަފާތަކީ 40 މިނިޓެވެ. އަދި މި ވަގުތުގައި، ފަތިސްނަމާދުގެ ބަންގީގެ އަޑު މުޅި ޕާކިސްތާނުން އިވެއެވެ. ޕާކިސްތާނުގައި ފަތިސްނަމާދުގެ ބަންގި ނުނިމެނީސް، އަފްޣާނިސްތާނާއި މަސްޤަޠް (މަސްކަޓް، އޮމާން) ގައި ބަންގިދޭންވަނީ ފެށިފައެވެ. މަސްޤަޠާއި ބަޣްދާދުގެ ވަގުތުގެ ތަފާތަކީ، 1 ގަޑިއިރެވެ. މި އެއްގަޑިއިރު ތެރޭގައި، މާތް މައްކާއާއި މަދީނާއާއި، ޔަމަނާއި، އެކުވެރި ޢަރަބި ޢިމާރާތާއި، ކުވެތާއި ޢިރާޤުގައި ބަންގީގެ އަޑު ގުގުމަމުންދެއެވެ. ބަޣްދާދާއި އިސްކަންދަރިއްޔާ (މިޞްރުގެ ސިޓީއެއް) ގެ ގަޑިތަފާތުވަނީ އެއް ގަޑިއިރެވެ. މި އެއްގަޑިއިރުތެރޭގައި ސީރިޔާއާއި، މިޞްރާއި ސޯމާލިޔާއާއި އަދި ސޫދާނުގައި ބަންގިދިނުން ކުރިއަށްދެއެވެ. އިރުމަތީ އަދި ދެކުނު ތުރުކީގެ ގަޑިތަފާތުވަނީ ދޮޅުގަޑީއިރަށެވެ. އެވަގުތުގައި، ތުރުކީގައި ބަންގީގެ އަޑު ގުގުމަމުންދެއެވެ. އިސްކަންދަރިއްޔާއާއި ޓްރިޕޮލީ (ލީބިޔާގެ ވެރިރަށް) އާދެމެދުވަނީ 1 ގަޑިއިރުގެ ތަފާތެކެވެ. ބަންގި ގޮވުމުގެ ޙަރަކާތް، މުޅި އެފްރިކާ ބައްރުގައި ކުރިޔަށްދެއެވެ. އެހެންކަމުން، އިންޑޮނީޝިޔާއިން ފެށުނު ތަޢުޙީދާއި ރިސާލަތް، 9 ގަޑިއިރާއި 30 މިނެޓްފަހުން، އެޓްލާންޓިކް ކަނޑުގެ އިރުމަތީ އައްސޭރިއަށް ފޯރައެވެ. އެޓްލާންޓިކް ކަނޑުގެ އައްސޭރިއަށް ބަންގި ފޯރުމުގެ ކުރިން، މެންދުރުނަމާދުގެ ބަންގިގޮވުން އިރުމަތީ އިންޑޮނީޝިޔާގައި ފެށެއެވެ. އަދި މެންދުރުނަމާދުގެ ބަންގި ޑާކާއަށް ފޯރުމުގެކުރިން، ޢަޞުރު ނަމާދުގެ ބަންގިދޭން ފެށެއެވެ. އޭގެ 1 ގަޑިއިރާއި 30 މިނެޓްފަހުން ޖަކާރޓާއާ ހަމައަށް ޢަޞުރުވަގުތުވެއެވެ. އޭރު ސައިބިލްއަށް މަޣްރިބް ނަމާދުވަގުތުވެއެވެ. އަދި ސުމާޓްރާއަށް މަޣްރިބް ނަމާދުވަގުތުވުމުން އިސާހިތަކު، ސައިބިލްގައި ޢިޝާ ނަމާދުގެ ބަންގިދޭން ފެށެއެވެ. އިންޑޮނޭޝިޔާގެ މުދިމުން ފަތިސް ނަމާދަށް ބަންގިގޮވާއިރު، އެފްރިކާގެ މުދިމުން ގޮވާނީ ޢިޝާ ނަމާދުގެ ބަންގިއެވެ. ބަންގީގެ މި ޙަރަކާތާމެދު އަޅުގަނޑުމެން ފުންކޮށް ވިސްނައިފިނަމަ، މިދުނިޔޭގެ ބިންމަތީގައި، ސައްތައިން ނުވަތަ ހާހުން މުދިމުން ބަންގި ގޮވަމުންނުދާ އެންމެ ހިނދުކޮޅެއްވެސް ނުވާކަމުގެ އަޖައިބުކުރުވަނިވި ޙަޤީޤަތަށް އިޢުތިރާފްވެވޭނެއެވެ. އަދި ހަމަ ތިބާ މި ލިޔުން ކިޔަމުން ގެންދާއިރުވެސް، ބަންގިގޮވަމުންދާ އަދި އެބަންގީގެ އަޑު އަހަމުންދާ އެތައް ހާސް މީހުންނެއްވާކަން ޔަޤީންކުރެވިދާނެއެވެ. "ޙިކްމަތާއި، ރިވެތި ވަޢުޡުއާއެކު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގަށް، ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި ރިވެތި ގޮތުގައި އެއުރެންނާ ޖަދަލު ކުރައްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލާނގެ މަގުން އެއްކިބާވެގެންވާ މީހުން، މޮޅަށް ދެނެވޮޑިގެންވެތެވެ. އަދި ތެދުމަގުލިބިގެންވާ މީހުންވެސް، މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ." (ސޫރަތުއްނަޙްލް ، 125 ވަނައާޔަތް) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (5)
![]()
...
ލިޔުނީ އަބޫ އިބްރާހިމް, 2009-06-14 05:49:40
މިކަމާއިމެދު ވިސްނާލަން މިއީވެސް މޮޅު ލިޔުމެއްކަމުގައި އަޅުގަނޑަށް ފާހަގަކުރެވުނެވެ. އާދެ ބަންގިއާއި މެދުއެވެ. އަދި ދުނިޔެ ވަށައިގެން މެދުކެނޑުމެއްނެތި އެކަން ތަކުރާރުވަމުން ދާކަމަމާއި މެދުގައެވެ.
...
ލިޔުނީ މުޞްލިޙު މުޙައްމަދު އިސްމާޢީލް , 2009-06-14 19:04:43
މިއީ ހަމަކަށަވަރުންވެސް އަޅަމެން ހައްދަވާ، ބޮޑުކުރައްވާ، ގެންގުޅުއްވާ މަތިވެރިވަންތަ ކުޅަދުންވަންތަ ގަދަކީރިތިވަންތަ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙިކްމަތްވަންތަކަމުގެ ދިރިދިރި ހުރި ދަލީލެކެވެ. އިސްލާމްދީނުގެ މަތިވެރި ތައުޙީދުގެ އަޑު މިދުނިޔެ މައްޗަށް އިރުއަރާ އިރު އޮއްސޭ ކޮންމެ ދުވަހަކުގެ މެދުކެނޑު މެންނެތި އެކަލާނގެ އިރާދަކުރެއްވި ދުވަހަކަށް ދާންދެން އިވެމުންދާނޭ ގޮތަށް އެކަމަށް އިރާދަ ކުރެއްވި ފަރާތީ ހުސްތާޙިރުވަންތަ މާތް ﷲ އެވެ. ފަހެ މިކަމާއިމެދު ވިސްނާ ފިކުރު ކުރާ ބަޔަކަށްވެސް މިކަމުގެ ސަބަބުން ޢިބުރަތްތަކެއް ލިބޭނެކަން ކަށަވަރެވެ. ފަހެ މެދު ކެނޑުމެންނެތި ތައުޙީދުގެ ކަލިމައިގެ އަޑު އިވިއިވި ހުންނަ ހާލުގައިވެސް އެއިންސާނާ އަބާއްޖަވެރިއެއް ގޮތުގައި މާރާއި ބައްދަލު ކުރުމަށް ކުޑަވެސް ބިރުގަތުމެެއް ހިތުގައި ނުވޭ ބާވައެވެ.
...
ލިޔުނީ ޙުސައިން ޢަލީ މުޙައްމަދު, 2009-06-16 08:07:57
ބައެއް އިސްލާމީ ފޯރަމްތަކުގައި ޒުވާންކުދިން މިވާހަކަ އެހެން ގޮތަކަށް ލިޔަމުން ގެންދެއެވެ. ނަމަވެސް މައުޟޫޢަކީ ހަމަ، ބަންގީގެ މުޢުޖިޒާތެވެ.
ކޮންމެ ދުވަހަކު މެދުނުކެނޑި، 24 ގަޑިއިރު، ބަންގީގެ އަޑު ދުނިޔޭގައި ދެމިހުރެއެވެ. މިކަން ހޯދި ބާޙިޘް ޢަބްދުލްޙަމީދުލް ފާޟިލު ގެ ދިރާސާގައި ވެއެވެ. "ބަންގިއަކީ ނަމާދަށް ގޮވާލާ އިސްލާމީ ގޮވާލުމެވެ. ބިމުގެ އެއްރަށުން ބަންގި ގޮވާ ނިމޭއިރަށް އަނެއް ރަށަކުން ބަންގި ގޮވަން ފަށައެވެ. އެގޮތުގެ މަތިން، މެދުނުކެނޑި ބަންގީގެ އަޑު ދުނިޔެ ވަށާ ބުރުޖަހަމުން ދެއެވެ." ޝަރަޙައިގައި ވެއެވެ. "ދުނިޔޭގެ ބިން ވަނީ، ވަގުތު ބެލުމަށްޓަކައި، 360 ބަޔަށް ބަހާލެވިފައެވެ. އެއިން ކޮންމެ ބަޔެއް ބައިކުރާ ރޮނގަކީ އެބައިގެ ވަގުތު ބުނެދޭ ރޮނގެވެ. ވަގުތުގެ ގޮތުން ބުނާނަމަ، އެއިން ކޮންމެ ދެ ރޮނގެއްގެ ދެމެދުގައިވާ ދުރުމިނަކީ، ހަތަރުމިނިޓެވެ. ރަނގަޅަށް ބަންގި ގޮވާ މީހަކަށް، ހަތަރު މިނިޓް ތެރޭގައި ބަންގި ގޮވާލެވިދާނެއެވެ." "މިކަން ތަޞައްވުރުކުރަން ފަސޭހަގޮތެއް ބުނެދީފާނަމެވެ." "ދުނިޔޭގެ ވަގުތު ބުނެދޭ ފުރަތަމަ ރޮނގުގެ މަތީގައި އޮތް ރަށަކަށް ނަމާދު ވަގުތު ޖެހިގެން ބަންގި ގޮވުމުގައި ހަތަރު މިނިޓް ހޭދަވިއެވެ. އެރަށަށް ބަންގި ގޮވާ ނިމޭއިރަށް، ދެވަނަ ރޮނގުގެ މަތީގައި އޮތް ރަށަށް ނަމާދު ވަގުތު ޖެހިއްޖެއެވެ. ދެން އެރަށުގައި ބަންގި ގޮވުމަށް ހަތަރު މިނިޓް ހޭދަވިއިރު، ތިންވަނަ ރޮނގުގެ މަތީގައި އޮތް ރަށަށް ވާނީ ނަމާދުވަގުތު ޖެހިފައެވެ. ... މިގޮތުގެ މަތިން، ދާއިމީ ގޮތެއްގައި ދުނިޔެ ވަށާ ބަންގީގެ އަޑު މެދުނުކެނޑި ދެމިހުރެއެވެ." މިފަދަ މަޒުމޫނެއް ތަރުޖަމާކުރައްވައި، އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށްދެއްވި ކަމަށްޓަކައި ޝަމްސުލް ފަލާޙަށް ޝުކުރު ދަންނަވަމެވެ. ފޯރަމްތަކުގައި ޒުވާންކުދިން ދައްކާ ވާހަކައެއް މިތަނުގައި ލިޔެލީ ޝަމްސުލް ފަލާޙާ ބައިވެރިވެލުމުގެ ގޮތުންނެވެ. ޅަފުރައިގެ ޒުވާން ކުދިބަޔަކު، ކިޔާ އެއްޗަކަށްވުރެ، ހަރުދަނާ ލިޔުމެއް މާ މޮޅުވާނެކަން ކަށަވަރެވެ. ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|