މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މާތް ﷲ ގެ ރިވެތި އިސްމުފުޅުތައް |
|
|
| ދީން - ޢަޤީދާ | |||
| 15 އޮގަސްޓް 2010، 15:19 އާދީއްތަ | |||
أَسْمَاءُ اللهِ الْحُسْنَىޢަބްދުލްމުޢީދު ޙަސަން ތިރީގައި މިވަނީ މާތް ﷲ ގެ ރިވެތި ނަންފުޅުތަކުގެ ތެރެއިން އޮނަސައްތަ އިސްމުފުޅާއި އޭގެ މާނައެވެ.1. الرَّحْمَنُ ރަޙުމަތާއި ނިޢުމަތުން އަޅުތަކުންނަށް އޯގާވަންތަ ރަސްކަލާނގެ 2. الرَّحِيمِ ޚާއްޞަ ގޮތެއްގައި ދުނިޔެއާއި އާޚިރަތުގައި މުއުމިން އަޅުތަކުންނަށް ރަޙުމަތްވަންތަ ރަސްކަލާނގެ 3. الْمَلِكُ އެންމެހައި ކަންތައްތައް އިންޞާފުވެރިކަމާއެކު ރާއްވަވައި ހިންގެވުމާއި އިރާދަކުރެއްވި ކޮންމެ ކަމެއް ކުރެއްވުމުގައި ދެމިވޮޑިގެންވާ ރަސްކަލާނގެ 4. الْقُدُّوسُ އެންމެހައި އުނި ސިފަތަކުން ހުސްދުރުވެވޮޑިގެންވާ އަދި އެންމެހައި ފުރިހަމަ ސިފަފުޅުތައް ލިބިވޮޑިގެންވާ ރަސްކަލާނގެ 5. السَّلامُ އެކަލާނގެ ޒާތުފުޅާ އެކަށީގެންނުވާ އެންމެހައި އުނި ސިފަތަކާއި ކަންކަމުން ހުސްޠާހިރުވެ ވޮޑިގެންވާ ރަސްކަލާނގެ އަދި ސަލާމަތްކަމާއި އަމާންކަން ދެއްވާ ރަސްކަލާނގެ 6. الْمُؤْمِنُ ރައްކާތެރިކަމާއި އަމާންކަން ދެއްވާ ރަސްކަލާނގެ 7. الْمُهَيْمِنُ އެންމެހައި ކަންކަމާއި ތަކެތީގެ މައްޗަށް ބާރު ފޯރުއްވަވައި ބަލަހައްޓަވާ ރަސްކަލާނގެ ހުރިހައި އެއްޗެއްގެ މައްޗަށް ވެރިވެވޮޑިގެންވާ ރަސްކަލާނގެ އަރަހުށި ރަސްކަލާނގެ 8. الْعَزِيزُ ޢިއްޒަތާއި މާތްކަން ލިބިވޮޑިގެންވާ ރަސްކަލާނގެ 9. الْجَبَّارُ އިރާދަކުރެއްވި ކޮންމެ ކަމެއް ކުރައްވާ އަދި އެކަލާނގެ މައްޗަށް އެހެން ފަރާތެއްގެ ބާރު ނުފޯރާ ރަސްކަލާނގެ 10. الْمُتَكَبِّرُ މަތިވެރިކަމާއި މާތްކަމުގައި އެފަދައެއް ނެތި ވޮޑިގެންވާ ރަސްކަލާނގެ 11. الْخَالِقُ ނެތުމުގެ ތެރެއިން އެއްޗެހި އުފައްދަވައި ޚަލްޤުކުރައްވާ ރަސްކަލާނގެ 12. الْبَارِئُ ޝިރުކުން ޠާހިރުކުރައްވައި މުއުމިނުން ޚަލްޤުކުރައްވާ ރަސްކަލާނގެ 13. الْمُصَوِّرُ ޚަލްޤުތަކުން ތަފާތު ސިފަސިފައިގައި ބުރުސޫރަކުރައްވާ ރަސްކަލާނގެ 14. الْغَفَّارُ ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެ 15. الْقَهَّارُ ކިޔަމަންތެރިކުރައްވައި ބާރުގެ ދަށަށް ގެންދަވާ ރަސްކަލާނގެ 16. الْوَهَّابُ ދީލަތިކަމާއެކު ނިޢުމަތާއި ދަރުމަ ދެއްވާ ރަސްކަލާނގެ 17. الرَّزَّاقُ ގިނަގިނައިން ރޯދިދެއްވާ ރަސްކަލާނގެ 18. الْفَتَّاحُ ރޯދި ބަރަކާތާއި ރަޙުމަތުގެ ދޮރުކޮޅުތައް ހުޅުއްވާ ރަސްކަލާނގެ 19. الْعَلِيمُ ސިއްރާއި ފާޅު ދެނެވޮޑިގެންވާ ރަސްކަލާނގެ 20. الْقَابِضُ މަރު މިންވަރުކުރައްވައި ފުރާނަ ހިއްޕަވާ ރަސްކަލާނގެ 21. الْبَاسِطُ ރަޙުމަތާއި ދަރުމަ ފަތުރުއްވަވާ ރަސްކަލާނގެ 22. الْخَافِضُ ނުކިޔަމަންތެރިވެ އުރެދޭ އަޅުތަކުން ޤިޔާމަތްދުވަހު ދަށުދަރަޖައެއްގައި ލައްވާ ރަސްކަލާނގެ 23. الرَّافِعُ އެންމެހައި ރިވެތި ސަނާއާއި ތާރީފު ޙައްޤުވެ މަތިވެރިވެ ވޮޑިގެންވާ ރަސްކަލާނގެ 24. الْمُعِزُّ ޢިއްޒަތްތެރިކުރައްވާ ރަސްކަލާނގެ 25. الْمُذِلُّ ނިކަމެތިކުރައްވާ ރަސްކަލާނގެ 26. السَّمِيعُ ސިއްރާއި ފާޅުގައި ބުނެވޭ ބަސްތައް އައްސަވާވޮޑިގެންވާ ރަސްކަލާނގެ 27. الْبَصِيرُ ހުރިހައި ކަމަކާއި ހުރިހައި އެއްޗެއް، ހުރިހައި ވަގުތެއްގައި، ހުރިހައި ތަނެއްގައި، ބައްލަވާވޮޑިގެންވާ ރަސްކަލާނގެ 28. الْحَكَمُ ނިޔާކަނޑައަޅުއްވާ ރަސްކަލާނގެ 29. العَدْلُ ނިޔާކަނޑައެޅުއްވުމުގައި ޢަދުލުވެރިވަންތަ ރަސްކަލާނގެ 30. اللَّطِيفُ ހަމަހިމޭންކަމާއި މަޑުމައިތިރިކަމާއެކު އެކަލާނގެ އޯގާވަންތަކަން އެންމެހައި މަޚުލޫޤުންނަށް ލައްވަވާ ނާޒުކުވަންތަ ރަސްކަލާނގެ 31. الْخَبِيرُ ޚަބަރުތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ 32. الْحَلِيمٌ ކޯފާމަޑު، ކޯފާލެއްވުމުގައި އަވަސްވެވޮޑިނުގަންނަވާ ރަސްކަލާނގެ 33. الْغَفُورُ ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެ 34. الْعَظِيمُ ހުރިހައި މާތްކަމަކާއި މަތިވެރިކަމަކާއި ހައިބަތެއް ލިބިވޮޑިގެންވާ ރަސްކަލާނގެ 35. الشَّكُورُ ޝުކުރު ދެމިވޮޑިގެންވާ ރަސްކަލާނގެ 36. الْعَلِيُّ މަތިވެރިވެވޮޑިގެންވާ ރަސްކަލާނގެ 37. الْكَبِيرُ ހުރިހައި ކަމަކާއި ތަކެއްޗަށްވުރެ ބިޔަވެވޮޑިގެންވާ ރަސްކަލާނގެ 38. الْحَفِيظٌ އުޑުތަކާއި ބިމުގައިވާހައި އެއްޗެއް އެކަލާނގެ ކަނޑައަޅުއްވާފައިވާ އަޖަލަކާ ޖެހެންދެން ރައްކާތެރިކުރައްވާ ރަސްކަލާނގެ 39. المُقِيتُ ކާބޯތަކެތި ދެއްވާ ރަސްކަލާނގެ 40. الحَسِيبُ އަޅުތަކުންގެ ހިސާބު ބައްލަވާ ރަސްކަލާނގެ 41. الجَلِيلُ ހުރިހައި މާތް ސިފަފުޅުތަކާއި މަތިވެރިކަމާއި އައުދާނަކަމެއް ލިބިވޮޑިގެންވާ ރަސްކަލާނގެ 42. الكًرِيمُ ދީލަތިވަންތަ ރަސްކަލާނގެ 43. الرَّقِيْبُ ޣާފިލުވެވޮޑިނުގެން ބައްލަވައިވޮޑިގެންވާ ރަސްކަލާނގެ 44. المُجِيْبُ އިޖާބަދެއްވާ ރަސްކަލާނގެ 45. الوَاسِعُ ހުރިހައި ކަމެއްގައި ތަނަވަސްކަން ނިމުމެއްނެތި ލިބިވޮޑިގެންވާ ރަސްކަލާނގެ 46. الحَكِيْمُ ޙިކުމަތްވަންތަ ރަސްކަލާނގެ 47. الْوَدُودُ އެންމެ މަތީ ދަރަޖައަށް ލޯބިވެވޮޑިގަންނަވާ ރަސްކަލާނގެ 48. الْمَجِيدُ ޝަރަފު މަތިވެރިވެވޮޑިގެންވާ ރަސްކަލާނގެ 49. البَاعِثُ އަލުން ދިރުއްވާ ރަސްކަލާނގެ 50. الشَّهِيْدُ ހެކިވެވޮޑިގަންނަވާ ރަސްކަލާނގެ 51. الْحَقُّ ޙައްޤުވަންތަ ރަސްކަލާނގެ 52. الوَكِيْلُ އެކަލާނގެއާ ވަކީލުކުރެވޭ ރަސްކަލާނގެ 53. القَوِيُّ އެންމެހައި އާރާއި ބާރެއް ލިބިވޮޑިގެންވާ ރަސްކަލާނގެ 54. الْمَتِينُ ބާރުގަދަ ގަދަފަދަވަންތަ ރަސްކަލާނގެ 55. الْوَلِيُّ ހުރިހައި ކަމެއް ބަލަހައްޓަވާ ރަސްކަލާނގެ 56. الْحَمِيدُ ޙަމްދު ލިބިވޮޑިގެންވާ ރަސްކަލާނގެ 57. المُحْصِي ޢަދަދުކުރައްވާ ރަސްކަލާނގެ 58. الْمُبْدِئُ ފެށުމެއްނެތި އަބަދުމެ ވޮޑިގެންވާ ރަސްކަލާނގެ 59. الْمُعِيدُ އިޢާދަކުރައްވަވާ ރަސްކަލާނގެ 60. الْمُحْيِي ދިރުއްވަވާ ރަސްކަލާނގެ 61. الْمُمِيتُ މަރުގަންނަވާ ރަސްކަލާނގެ 62. الْحَيُّ ދިރިދެމިވޮޑިގެންވާ ރަސްކަލާނގެ 63. الْقَيُّومُ އަވަހާރަފުޅު އައުމެއް، އަވަހަރަފުޅު ލެއްޕެވުމެއް ނެތި، ދާއިމަށް ދިރިދެމިވޮޑިގެންވާ ރަސްކަލާނގެ 64. الوَاجِدُ ހުރިހައި އެއްޗެއްގެ ވެރި ރަސްކަލާނގެ 65. المَاجِدُ ޖާހާއި ޛާތުފުޅު މަތިވެރި، ސިފަފުޅުތަކާއި ޢަމަލުފުޅުތައް ރިވެތި ރަސްކަލާނގެ 66. الْوَاحِدُ އެއްކައުވަންތަ ރަސްކަލާނގެ 67. الأَحَدُ އެކަލާނގެއާ އެއްފަދަވެގެންވާ އެހެން އެއްވެސް ފަރާތެއް ނުވާ ރަސްކަލާނގެ 68. الصَّمَدُ އެއްވެސް އެއްޗަކަށް ބޭނުންވެވޮޑިގެން ނުވާ އަދި އެހެން ހުރިހައި އެއްޗެއް އެކަލާނގެއަށް ބޭނުންވާ ރަސްކަލާނގެ 69. القَادِرُ ކުޅަދުންވަންތަ ރަސްކަލާނގެ 70. المُقْتًدِرُ ކުޅަދުންވަންތަކަން ފާޅުކުރައްވާ ރަސްކަލާނގެ 71. الْمُقَدِّمُ އިސްކުރައްވާ ރަސްކަލާނގެ 72. الْمُؤَخِّرُ ފަސްކުރައްވާ ރަސްކަލާނގެ 73. الأَوَّلُ ފެށުމެއް ނެތް ރަސްކަލާނގެ 74. الآخِرُ ނިމުމެއް ނެތް ރަސްކަލާނގެ 75. الظَّاهِرُ ފާޅުވެވޮޑިގެންވާ ރަސްކަލާނގެ 76. الْبَاطِنُ ވަންހަނަވެވޮޑިގެންވާ ރަސްކަލާނގެ 77. الوَالِي ސާހިބުވަންތަ ރަސްކަލާނގެ 78. الْمُتَعَالي މާތްކަމާއި މަޤާމު މަތިވެރި ރަސްކަލާނގެ 79. الْبَرُّ އޯގާތެރި ހެޔޮފުޅުވަންތަ ރަސްކަލާނގެ 80. التَّوَّابُ ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ ރަސްކަލާނގެ 81. المُنْتَقِمُ ބަދަލުހިއްޕަވާ ރަސްކަލާނގެ 82. العَفْوُ މަޢާފުދެއްވާ ރަސްކަލާނގެ 83. الرَّؤُوفُ އޯގާވަންތަ ރަސްކަލާނގެ 84. مَالِكُ اْلمُلْكِ މުލްކާއި މަލަކޫތުގެ ވެރި ރަސްކަލާނގެ 85. ذُو الجَلاَلِ وَالإكْرَامِ ގަދަ ކީރިތިވަންތަ ޤަދަރު މަތިވެރިވެގެންވާ ރަސްކަލާނގެ 86. المُقْسِطُ އިންޞާފުވެރި ރަސްކަލާނގެ 87. الجَامِعُ ޤިޔާމަތްދުވަހު އެންމެން އެއްބިމަކަށް ޖަމާކުރައްވާ ރަސްކަލާނގެ 88. الْغَنِيُّ ފުދިވޮޑިގެންވާ ރަސްކަލާނގެ 89. المُغْنِي އަޅުތަކުން ފުދުންތެރިކުރައްވާ ރަސްކަލާނގެ 90. المَانِعُ ޙިމާޔަތްދެއްވާ ރަސްކަލާނގެ 91. الضَّارُّ ގެއްލުން މިންވަރުކުރައްވާ ރަސްކަލާނގެ 92. النَّافِعُ ފައިދާ މިންވަރުކުރައްވާ ރަސްކަލާނގެ 93. النُّورُ ނޫރުދެއްވާ ރަސްކަލާނގެ 94. الهَادِي ހިދާޔަތާއި ތެދުމަގު ދެއްވާ ރަސްކަލާނގެ 95. البَدِيعُ އަލަށް އީޖާދުކުރައްވާ ރަސްކަލާނގެ 96. البَاقِي ފަނާވެދިއުމެއްނެތި ދިރިދެމިވޮޑިގެންވާ ރަސްކަލާނގެ 97. الْوَارِثُ އުޑުތަކާއި ބިމުގެ ވެރިކަން އެކަލާނގެއަށް މިލްކުވެވޮޑިގެންވާ ރަސްކަލާނގެ 98. الرَّشِيدُ އެންމެ މޮޅަށް ތަދުބީރުކުރައްވައި ހިންގަވާ ރަސްކަލާނގެ 99. الصَّبُورُ ކެތްތެރިވަންތަ ރަސްކަލާނގެ މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)
![]()
...
ލިޔުނީ އ-މ, 2010-08-17 06:05:53
العزيز ގެ އަޞްލު މާނަ އަޅުގަނޑަށް އެނގިފައި އޮތީ އެއީވެސް ހަމަ "ބާރުގަދަ" ކަމުގައި.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|