ފަންވަތް ދީން ޢަޤީދާ ﷲގެ ކޮންމެ އިސްމުފުޅަކަށް އިންސާނާގެ ހަށިގަނޑުގެ ދިފާޢީބާރު ވަރުގަދަކޮށްދޭ ހަކަތައެއް ލިބިގެންވޭ!
ބެލި ޢަދަދު: 4449
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ﷲގެ ކޮންމެ އިސްމުފުޅަކަށް އިންސާނާގެ ހަށިގަނޑުގެ ދިފާޢީބާރު ވަރުގަދަކޮށްދޭ ހަކަތައެއް ލިބިގެންވޭ! ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 14
ދެރަވަރަށްމޮޅު 
ދީން - ޢަޤީދާ
10 މާރޗް 2009، 10:17 އަންގާރަ

އިބްރާހީމް ރަޝީދު މޫސާ

މާތްﷲގެ މަތިވެރި ރިވެތި ނަންފުޅުތަކުގެ ތެރެއިން ކޮންމެ ނަންފުޅަކަށް (އިސްމުފުޅަކަށް) އިންސާނާގެ ހަށިގަނޑުގެ  ދިފާޢީނިޒާމުގެ ބާރުގަދަކޮށްދޭ ޚާއްޞަ ހަކަތައެއް ލިބިގެންވާ ކަން  މުސްލިމު ޑަކްޓަރަކު ހޯއްދަވައިފިއެވެ. ރިސޮނެންސް ޤާނޫނު ބޭނުންކުރައްވައިގެން އޭނާ ކުރެއްވި ދިރާސާއެއް ބުނާގޮތުގައި، މާތްﷲގެމަތިވެރި ނަންފުޅުތަކުން ނަންފުޅެއް ބޭނުންކޮށްގެން ޛިކްރުކުރަން ހަމަފަށައިގަންނަ އިރަށް ހަށިގަނޑުގެ ބަޔޯއެނަރޖީ މަގުތައް ފުޅައުވެ ތަނަވަސްވާން ފަށައެވެ.

ތިންއަހަރުދުވަހުގެ ދިރާސާއަކަށްފަހު އޭނާ ހޯއްދެވިހޯއްދެވުންތައް ބުނާގޮތުގައި  އިންސާނާގެ ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށް ޚާއްޞަ އިސްމުފުޅެއް ވެއެވެ.  ތިރީގައި މިވާ ތާވަލުން ގުނަވަންތަކާއި ގުނަވަންތަކަށް ޖެހޭ ބަލިތަކުން ފަރުވާހޯދުމަށްޓަކައި ބޭނުންކުރަންވީ ނަންފުޅު އެނގިވަޑައިގަންނަވާނެއެވެ.



ގުނަވަން

މިގުނަވަނަށްޖެހޭ ބަލިން ޝިފާ ހޯދުމަށްޓަކައި

ޛިކްރުކުރަންވީ އިސްމުފުޅު

ކަންފަތް


السمـــــــــيع

ކަށި

النـــــــــــــــافع

މައިކަށި

الجبـــــــــــــار

ކަކޫ

الــــــــــــرؤوف

އިސްތަށި

البديــــــــــــــع

ހިތް

النــــــــــــــــور

މަސްގަނޑު

القـــــــــــــــوي

ހިތަށް ލޭ އަނބުރާގެނެސްދޭ ނާރުތައް

الوهـــــــــــاب

ހިތުގެ މަސްތައް

الـــــــــــــرزاق

ނާރުތައް

المغنـــــــــــى

ހިތުން ބޭރަށް ލޭގެންދާ ނާރުތައް

الجبــــــــــــــــار

މަޢިދާ

الــــــــــرزاق

ކެންސަރުބަލި


جل جلالــــــــــه

ތައިރޮއިޑް ގްލޭންޑް


الجبــــــــــــار

ފަލަމަސްގަނޑު

الــــــــــــرافع

މައިގްރޭން

الغنــــــــــــي

ލޮލުގެ ލޭނާރުތައް

المتعـــــــــــال

ގުރުދާ

الحـــــــــــــي

ފަލަގޮހޮރު

الـــــــــــــرؤوف

ހިމަގޮހޮރު

الــــــــــــرزاق

މޭގަނޑު

النافـــــــــــــــــع

ޕެންކްރިޔާސް

البــــــــــــارئ

ސަރުބިތައް

النافـــــــــــــــــع

ރަޙިމު

الخالــــــــــــق

މަޘާނާ

الهـــــــــــــــادي

ރުމޭޓިޒަމް

المهيـمــــــــن

ޕްރޮސްޓޭޓް ގްލޭންޑް

الرشيــــــــــــــد

ލޮލުގެ ނާރުތައް

الظاهـــــــــــر

ލޭގެ ޕްރެޝަރ

الخافـــــــــض

ފުއްޕާމޭ

الــــــــــــــرزاق

ބޮލުން ހަންފޮޅުން

جل جلالــــــــــــه

ނޭފަތުގެ ޖީބުތައް

اللطيفالغنيالرحيم

ލޯ


النورالبصيرالوهاب

ޕައިނިއަލް ގްލޭންޑް


الهــــــــــــــادي

ތައިމިކް ގްލޭންޑް


القـــــــــــــوي


މި ދިރާސާ ކުރެއްވި ޑަކްޓަރ ވިދާޅުވާ ގޮތުގައި ، މީހެއްގެ ލޯ ދުޅަވެ ރަތްވުމުން އޭނާގެ ލޯމަތީގައި އަތްޕުޅުއަޅުއްވައިގެން 10މިނެޓްވަންދެން ލޮލާބެހޭ 3އިސްމުފުޅު ކިޔެވުމުން އެލޯ މުޅިން ރަނގަޅުވެ ރަތްކަން ފިލައިގެންދިޔައެވެ.
މި ދިރާސާ ބުނާގޮތުގައި ބަލިން ރައްކައުތެރިވުމަށްޓަކައި ހަމަ މި އިސްމުފުޅުތައް ބޭނުންކުރެވިދާނެއެވެ. މިއިސްމުފުޅުތަކުން ޛިކްރުކުރުމަށްފަހު  ޝިފާ އަވަސްކޮށްދެއްވާތޯ ޝިފާގެ އާޔަތްތައް ކިޔެވުންހުށްޓެވެ.

ޝިފާގެ އާޔަތްތައް


ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلاً يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاء لِلنَّاسِ إِنَّ فِي ذَلِكَ لآيَةً لِّقَوْمٍ يَتَفَكَّرُونَ النحل: ٦٩

 

وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاء وَرَحْمَةٌ لِّلْمُؤْمِنِينَ وَلاَ يَزِيدُ الظَّالِمِينَ إِلاَّ خَسَارًا الإسراء: ٨٢

 

يَا أَيُّهَا النَّاسُ قَدْ جَاءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاء لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ يونس: ٥٧:

 

وَإِذَا مَرِضْتُ فَهُوَ يَشْفِينِ الشعراء: ٨٠



ފަރުވާހޯދާނެ ގޮތް :

  ތަދުވާ ތަނުގެ މަތީގައި އަތްބާއްވައިގެން އެކަމަކާ ބެހޭ އިސްމުފުޅު/ އިސްމުފުޅުތައް ތަދުކެޑެންދެން ތަކްރާރުކޮށް ކިޔަވާށެވެ. އިރާދަކުރެއްވިއްޔާ ﷲގެއިޛްނަފުޅާލައިގެން ތަދުފިލައިގެންދާނެއެވެ.


މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (6)Add Comment
...
ލިޔުނީ ޙުސައިން, 2009-03-10 07:34:06
ﷲގެ އެއްކައުވަންތަކަމާއި ކަށަކުޅަދުންވަންތަ ކަމުގެ ބޮޑުކަމާއެވެ!
...
ލިޔުނީ ފާތުމާ, 2009-07-28 17:51:46
ތަދުވާ ތަނުގައި އަތްބާއްވައިގެން އެކަމާ ބެހޭ އިސްމުފުޅު (ތަދުކެނޑެންދެން) ތަކުރާރުކޮންކިޔާން ބުނެފައި ވާއިރު މީހެއްގެ ރަހިމުގައި ރިއްސާނަމަވެސް ކަންތައްކުރަންވީ ހަމައެގޮތައްތޯ؟ ޓޭބަލްގައި އެބަވޭ ރަހިމަށް ފަރުވާ ހޯދުމަށްވެސް އިސްމުފުޅު.
މިކަހަލަ ކަންތައްތައް ތަންކޮޅެއްބޮޑަށް ތަފްޞީލުކޮށްލުން ރަންގަޅުވާނެ.
...
ލިޔުނީ އަލް އަޙް, 2010-07-10 03:24:29
ވަރަމޮޅު ތިބާގެ މަސައްކަތަށް ﷲ ރަޙްމަތް ލައްވާށެ އާމީން .. އަދިވެސް މިކަހަލަ އިބްރަތްތެރި ހޯދުންތައް ލިބޭނެކަމަށް ހީކުރަމެވެ. މޫސްލިމް ހުރިހާ އަޙުންނާއި އުޙުތުންނަށް މީއީ އިބްރަތެއް.
...
ލިޔުނީ ކިޔުންތެރިއެއް, 2010-12-24 17:00:30
މީގައި ހިމެނޭ އިސްމްފުޅުތައް ތަން ކޮޅެއް ކިޔަން ފަސޭހަވާގޮތަށް ގެނެސް ދިނުން ވަރަށް ބޮޑަށް އެދެމެވެ. ސަބަބަކީ މީގައިވާ ބައެއް އެއްޗެހި އަޅުގަނޑަށް ކިޔަން ނޭގޭތީ އެވެ. އަދި ނުބައި ކޮށް ކިއި ދާނެ ކަމުގެ ބިރުވެސް ބޮޑެވެ. ވަރަށް ބޭނުންތެރި ލިޔުމެކެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާ!
...
ލިޔުނީ ޚާލިދު އދ, 2011-02-11 02:46:56
އުސްތާޒޮގެ މިމަތިވެރި މަސައްކަތަށް ބަރަކާތް ލައްވާށި ! ވަރަށް ބޭނުންތެރި ފާއިދާކުރަނިވި ބަސްފުޅުތަކެއްކަމުގައި . ކިޔުންތެރިއެއްގެ ޙައިސިއްޔަތުން އަދި މައުލޫމާތުހޯދާ މީހެއްގެ ޙައިސިއްޔަތުން ޤަބޫލުކޮށް ޝުކުރު އަދާކުރަމެވެ.
...
ލިޔުނީ ހަސަނާ, 2011-12-21 08:12:14
އުސްޒު އިބްރާހީމް ރަޝީދު މޫސާގެ ކޮންމެ ލިއުއްވުމަކީ ވެސް ވަރަށް ފއިދާކުރުވަނިވި އެހާމެ އަގުހުރި ފިލާވަޅަކެވެ. މިފުރުސަތުގައި އުސްތާޒުގެ ''ދުޢާ އުލް މުސްލިމު'' މިފޮތަށްވެސް ޝުކުރު އަދާކުރަމެވެ. އަޅުގަޑު ޤަބޫލުކުރާ ގޮތުގައި އުސްތާޒު އަޅުގަޑުމެއްނާއި ހަމަޔަށް މި އަގުހުރި ދަރުސުތައް ގެނެސްދެއްވަނީ ﷲ ތަޢާލާގެ ވަޖުހުފުލަށްތަކައި އެކަލާނގެ ރުހިވޮޑިގަތުމަށް އެދިގެންނެވެ. އުސްތާޒު ވިސްނުންފުޅު ތަނަވަސް ކުރެއްވުމަށާއި، އިލްމު އިތުރުކުރެއްވުމަށް އެދި ﷲ ގެ ޙަޟުރަތުގައި ދުޢާ ދައްނަވަމެ، އާމީން.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 4449
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone