|
ދީން -
އިސްލާމީ ތާރީޚް
|
|
07 ޑިސެމްބަރ 2010، 16:20 އަންގާރަ |
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ
ހިޖްރީ އައު އަހަރުގެ ތަހްނިޔާ، ފަންވަތުގެ އެންމެހާ ކިޔުންތެރިންނަށް އަރިސްކުރުމަށް އަވަސްވެގަންނަމެވެ. މި އަދު މި ފެށުނު އަހަރު، ބަރަކާތްތެރި، ފާގަތި، ޞުލްޙަވެރި، އަމާން އަހަރެއްކަމުގައި މިންވަރުކުރައްވާށި އެވެ!
މި ކަހަލަ ކޮންމެ މުނާސަބަތެއްގައި ވެސް، އެ މުނާސަބަތަކަށް ބަލައިލުން ރަނގަޅުވާނެ އެވެ. ޢިބްރަތް ޙާޞިލުކޮށް، ދަރްސުތައް އުނގެނުމަށްޓަކަ އެވެ. ހަނދާނުގައި މި މަތިވެރި ޛިކްރާ އިތުރަށް ކަނޑައިނެގުމަށްޓަކަ އެވެ.
|
|
ދީން -
އިސްލާމީ ތާރީޚް
|
|
30 އޮގަސްޓް 2010، 13:37 ހޯމަ |
މުސްލިމު ރަސްކަމެއް ޢަބްދުﷲ ފާރޫޤު ޙަސަން
ސުލްޠާނު ޞަލާޙުއްދީނު އައްޔޫބީ (1138- 1193މ) ރައްކައުވީ ޢިރާޤުގެ ތިކުރީތެވެ ކިޔުނު ރަށުގަ އެވެ. އެއީ ދިޖުލަތު ކޯރުގެ ހުޅަނގު އައްސޭރީގައި ބަޣުދާދާއި، މުޞިލާ ދެމެދުގައި އޮންނަ ރަށެކެވެ. ޞަލާޙުއްދީނުގެ ބައްޕާފުޅަކީ، ނަޖުމުއްދީނު ބިން އައްޔޫބީ އެވެ.
ޞަލާޙުއްދީނަކީ ތުއްޕުޅުއިރު ވެސް ބިރުފުޅު ކުޑަ، ހިތްވަރުފުޅު ގަދަ، ހަށިކޮޅުވަރުގަދަ، ބޭފުޅެކެވެ. އެ ޒަމާނުގެ ވިސްނުންތެރީން އޭނާގެ މޫނުފުޅު ދެކެފައި ބުނެ
|
|
ދީން -
އިސްލާމީ ތާރީޚް
|
|
24 އޮގަސްޓް 2010، 01:07 އަންގާރަ |
حَكِيْمُ يَحْيَي مَنْصُورُ214ހ 832މ
އަޙްމަދު ފަހުމީ
ތަޢާރުފު
حَكِيْمُ يَحْيَي مَنْصُورُ އަކީ، ފަލަކީ ޢިލްމާއި ނުޖޫމީ ޢިލްމު ދެނެވަޑައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ޝާހީ ދަރުބާރަށް ވަޑައިގަތީ ވެސް ނުޖޫމީ ޢިލްމުވެރިއެއްގެ ޙައިޘިއްޔަތުންނެވެ.
ޙަޔާތުގެ ކުރިކޮޅާއި ތަޢުލީމު
ޔަޙްޔާ މަންޞޫރަކީ، ލިޔަންކިޔަން ދަންނަ ޢިލްމުވެރި ޚާންދާނެއްގެ އަގުހުރި ދަރިއެކެވެ. ޔަހްޔާގެ ބައްޕާފުޅަކީ ވެސް ނުޖޫމީ ޢިލްމުވެރިއެކެވެ. އެ ދުވަސްވަރަކީ، އިރު ހަނދާއި ތަރިތަކުގެ އަސަރު ޤަބޫލުކުރާމީހުން ގިނައިން އުޅުނު ދުވަސްވަރެކެވެ. އޭރު ނުޖޫމީ ޢިލްމަށް ޝައުޤުވެރިވާ މީހުން ވަރަށް ގިނަ އެވެ.
|
|
ދީން -
އިސްލާމީ ތާރީޚް
|
|
30 މެއި 2010، 00:54 އާދީއްތަ |
أَبُو عَبْدُاللهِ مُحَمَّدُبْنِ أَحْمَدُ اَلْخُوَارِزَمِي361/980ނުވަތަ928-993
އަޙްމަދު ފަހުމީ
ތަޢާރުފު
މުޙައްމަދު ބިން އަޙްމަދު ޚުވާރިޒަމީ އަކީ، ދުނިޔޭގެ ނިސްބަތުން މަޝްހޫރު ސައެންސު ދާނެކެވެ. އޭނާ، ހުރިހައި މަވްޟޫޢެއް އެކުލެވޭ ބޮޑު ފޮތެއް ލިޔުއްވި އެވެ.
ޙަޔާތުގެ ކުރީކޮޅާއި ތަޢުލީމާއި ތަރުބިޔަތު
|
|
ދީން -
އިސްލާމީ ތާރީޚް
|
|
02 މެއި 2010، 00:06 އާދީއްތަ |
އިބްރާހީމު ރަޝީދު މޫސާ
ކީރިތިރަސޫލާ صلى الله عليه وسلم، އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި އިސްލާމީ އުއްމަތް ޤާއިމުކުރެއްވުމުގެ މަސައްކަތްޕުޅު ފެށްޓެވި އެވެ. މި އުއްމަތް ބިނާކުރެއްވުމުގެ މަސައްކަތްޕުޅު މައްކާގައި ވަނީ ފަށްޓަވާފަ އެވެ. މައްކާގައި ފަރުމާކުރެއްވި އުއްމަތް ބިނާކުރެއްވުމުގެ މަސައްކަތް މަދީނާ އަށް ހިޖްރަކުރެއްވުމަށް ފަހު ކުރިއަށްގެންދެވި އެވެ. މި އުއްމަތުގެ ބިނާ ދުނިޔެއަށް ފެންނަފަށަށް އުފުއްލާލެއްވީ މަދީނާގަ އެވެ.
|
|
ދީން -
އިސްލާމީ ތާރީޚް
|
|
24 ފެބްރުވަރީ 2010، 00:26 ބުދަ |
ޙަޤީޤީ ވާހަކަ
ތަރުޖަމާ: ޙުސައިން ޝާކިރު
މިއީ، ކައު އިތުރު ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދެވަނަ ޚަލީފާ، މާތްﷲ ރުއްސުންލެއްވި ޢުމަރުގެފާނުގެ ޒަމާނުގައި ހިނގާފައިވާ ވާޤިޢާ އެކެވެ.
އެއްދުވަހަކު ހުއިހައްޕާއުޅޭ ފަގީރު އަންހެނަކު އޭނާގެ ބަކަރިތަކުން ކިރުފެލައިގެން އައިސް އޭނާގެ ދަރިފުޅު ގާތުގައި ބުންޏެވެ. "ދަރިފުޅާ ކަނބުލޯ އެވެ. މި ކިރުފޮދުގެ ތެރެއަށް ކުޑަ ފެންފޮދެއް އަޅައި ކިރުފޮދު އިތުރުކޮށްލަދޭށެވެ. އެހެން ހެދީމާ ކިރު ވިއްކައިގެން އަހަރެމެންނަށް އިތުރު ފައިސާ ލިބޭނެއެވެ"
|
|
ދީން -
އިސްލާމީ ތާރީޚް
|
|
29 ޖެނުވަރީ 2010، 02:14 ހުކުރު |
غُرَيْبُ بْنِ سَعِيْدُ الْكَاتِبُ اَلْقُرْطَبِي356/976-964 އަޙްމަދު ފަހުމީ
ތަޢާރުފު
غُرَيْبُ އަކީ މޮޅު ޑަކްޓަރެކެވެ. އަދި އޭނާ އަކީ، މުފައްކިރެއް ވެސް މެ އެވެ. އޭނާ އަންހެނުންގެ ބަލިތަކާ ބެހޭގޮތުން ހޯދުން ތަކެއް ހޯއްދަވައިފައި ވެ އެވެ. އަދި ފޫޅުމައި ކަމުގެ ޢިލްމަށް، غُرَيْبُ ޚާއްޞަ މުހިއްމު ކަމެއް ދެއްވި އެވެ.
|
|
ދީން -
އިސްލާމީ ތާރީޚް
|
|
10 އޮގަސްޓް 2009، 02:03 ހޯމަ |
أَبُومَنْصُورُ مُوَفَّقُ بْنِ عَلِي اَلْهَرَوِي
340/961
އަޙްމަދު ފަހުމީ
ތަޢާރުފު
مُوَفَّقُ بْنِ عَلِي اَلْهَرَوِي އަކީ، ސައެންޓިސްޓެކެވެ. ފުރިހަމަ ޑޮކްޓަރެކެވެ. ވަކިބޭހުގެ ފައިދާއާ އަސަރުތަކުގެ މާހިރެކެވެ. އޭނާ އަކީ ބޭސްވެރި ކަމުގެ ފަންނުގައި މިޘާލެއް ނުވާވަރުގެ ބޭފުޅެކެވެ.
ޙަޔާތުގެ ކުރީކޮޅާއި ތަޢުލީމާއި ތަރުބިޔަތު
مُوَفَّقُ بْنِ عَلِي اَلْهَرَوِي އަކީ، އޭނާގެ ޒަމާނުގައި ބޮޑު ބޭސްވެރިއެކެވެ. ބޭހާ ބެހޭ ޢިލްމުގައި އޭނާ އަކީ، ވަރަށް މޮޅު ބޭފުޅެކެވެ. އަދި މޮޅު ސައިންސުދާނެކެވެ. އޭނާ އަކީ، އީރާނުގެ هَرَاتُގެ ރަށްވެއްސެކެވެ. އޭނާ ތަޢުލީމު ޙާޞިލުކުރެއްވީ އޭނާގެ ރަށުގަ އެވެ. އެއަށްފަހު މުޠާލަޢާ އާ ތަޖުރިބާގެ ދައުރު ފެށްޓެވި އެވެ.
|
|
ދީން -
އިސްލާމީ ތާރީޚް
|
|
07 އޮގަސްޓް 2009، 03:52 ހުކުރު |
حَكِيْمُ أَبُونَصْرُ مُحَمَّد اَلْفَارَابِي
238/950
އަޙްމަދު ފަހުމީ
ތަޢާރުފު
ފާރާބީ އަކީ، ދުނިޔޭގައި އުފެދުނު ވިސްނުން ތޫނު، ފުރިހަމަ، މޮޅު، ހަތަރު މީހުންގެ ތެރެއިން އެކަކު ކަމުގައި ބެލެވެ އެވެ. އޭނާ އަކީ، ޖުމްލަކޮށް ހުރިހައި ދާއިރާއަކަށް ވެސް މޮޅު ބޭފުޅެކެވެ. މީނާގެ ފުރިހަމަ ނަމްފުޅަކީ، أبو نصر محمد بن محمد بن أوزلغ بن طرخان އެވެ.
ޙަޔާތުގެ ކުރީކޮޅާއި ތަޢުލީމާއި ތަރުބިޔަތު
އަބޫ ނަޞްރު ފާރާބީ އަކީ، ވަރުގަދަ ސިކުނޑީގެ ވެރި ބޮޑު މުފައްކިރު އަދި ސައިންސު ދާނެވެ.
|
|
ދީން -
އިސްލާމީ ތާރީޚް
|
|
27 ޖުލައި 2009، 00:05 ހޯމަ |
أَبُو الْحَسَنُ ثَابِتُ بْنِ سِنَانُ اَلْحَرَّانِي363/974 އަޙްމަދު ފަހުމީ
ތަޢާރުފު
ޘާބިތު ބިން ސިނާނަކީ، ކުޅަދާނަ ބޭސްވެރިއެކެވެ. އަދި ހަމަ އެހައި ފުރިހަމަ މުންތަޡިމެއް ވެސް މެ އެވެ. އޭނާ ގާތްގަނޑަކަށް 12 ވަރަކަށް ރަސްރަސްކަލުންގެ ދަވްރު ދެކެވަޑައި ގެންފައި ވެ އެވެ. ބޭސްވެރިކަމުގެ ދާއިރާގައި އޭނާ ވަރަށް ގިނަ އިޞްލާޙުތައް ގެންނަވައިފައިވެ އެވެ.
|
|
ދީން -
އިސްލާމީ ތާރީޚް
|
|
20 ޖުލައި 2009، 01:17 ހޯމަ |
أَبُوبَكْرُ مُحَمَّدُ زَكَرِيَّا اَلرَّازِي 308/864-932
ތަޢާރުފު
އަޙްމަދު ފަހުމީ
 ޒަކަރިއްޔާ ރާޒީގެ ޙަޔާތް ޕުޅަކީ، ހިތްވަރު ގަދަ ޒުވާނުންނަށް ރަނގަޅު ފިލާވަޅެކެވެ. ރާޒީ އަކީ، ބޭސްވެރި ކަމުގެ އިމާމެވެ.
ޙަޔާތުގެ ކުރީކޮޅު އަދި ތަޢުލީމާއި ތަރުބިއްޔަތު
ރާޒީ އަކީ، އޭނާގެ ޙަޔާތުގެ ކުރީކޮޅުގައި މާ ހަމަޖެހޭ ދިރިއުޅުއްވުމެއް އުޅުއްވި ބޭކަލެއް ނޫނެވެ. އޭނާގެ ހަޔާތް ޕުޅުގެ ކުރިކޮޅަކީ، ވަރަށް މިނިވަންކަން ބޮޑު ދުވަސްވަރެކެވެ. އޭނާ އެންމެ ބޮޑަށް ޝައުޤުވެރިވެ ވަޑައިގެން ކުރެއްވެވި ކަމަކީ އޮނު ފުންމެވުމެވެ.
|
|
ދީން -
އިސްލާމީ ތާރީޚް
|
|
17 ޖުލައި 2009، 00:19 ހުކުރު |
جَابِرُ بْنِ سِنَانُ حَرَّانِي 273/901
އަޙުމަދު ފަހުމީ
ތަޢާރުފު
ޖާބިރު ބިން ސިނާނަކީ، ފަލަކީ ޢިލްމުގެ އޮބްޒަވޭޝަންއަށް ވަރަށް ޝައުޤުވެރިވެ ވަޑައިގަތް ބޭފުޅެކެވެ. އަދި އޭނާއަކީ، މޮޅު މެކޭނިކެއް ވެސް މެ އެވެ. އޭނާއަކީ، spherical astrolabe އީޖާދު ކުރެއްވި ޢިލްމު ވެރިޔާ އެވެ.
|
|
ދީން -
އިސްލާމީ ތާރީޚް
|
|
09 ޖުލައި 2009، 00:17 ބުރާސްފަތި |
ثَابِتُ بْنِ قُرَّة حَرَّانِي
273/901
އަޙްމަދު ފަހުމީ
ތަޢާރުފު
ثَابِتُ بنِ قُرَّة އަކީ، ފަލަކީ ޢިލްމާއި ބޭސްވެރިކަމުގެ ދާއިރާގައި تَشْرِيْحُ اْلأَبْدَانِ ނުވަތަ anatomy އަށް ވަރަށް ކުޅަދާނަ ޢިލްމު ވެރިއެކެވެ. عِلْمُ اْلأَعْدَادُ ގެ ވެސް އެތައްކަމެއް އޭނާ އަލަށް ހޯއްދެވި އެވެ. އޭނާ އޮބްޒާވާޓްރީ އެއް ވެސް ބިނާ ކުރެއްވި އެވެ. بَيْتُ الْحِكْمَة އާ އެއްފެންވަރުގެ ސައެންސު އެކަޑަމީއެއް ވެސް އުފެއްދެވި އެވެ.
|
|
ދީން -
އިސްލާމީ ތާރީޚް
|
|
26 ޖޫން 2009، 11:38 ހުކުރު |
حَسَنُ بْنِ مُوسَي شَاكِرُ254/873
އަޙްމަދު ފަހުމީ
ތަޢާރުފު
މީނާ އަކީ، ޚަލީފާ މައުމޫނު އާއި އަލް މުތަވައްކިލު ބިﷲ ގެ ޒަމާން ދެކެވަޑައި ގެންފައިވާ، އާކިޓެކްޓެކެވެ. އަދި ސިވިލް އިންޖިނޭރެކެވެ. އެދުވަސްވަރު ކޮނެވުނު ބޮޑު ކޯރު ކޮނުމުގެ މަސައްކަތް ކުރުމުގައި އިސްވެ ހުންނެވީ މީނާ އެވެ.
|
|
ދީން -
އިސްލާމީ ތާރީޚް
|
|
19 ޖޫން 2009، 01:44 ހުކުރު |
أَبُو يُوسُفُ يَعْقُوبُ بْنِ إِسْحَاقُ الْكِنْدِي
254/796-873 އަޙްމަދު ފަހުމީ
ތަޢާރުފު
يَعْقُوبُ كِنْدِي އަކީ، ފައިސާވެރި ޚާންދާނެއްގެ ވެރިއެކެވެ. އެހެންނަމަވެސް ޢިލްމީ ކަންކަމުގައި މަޝްޣޫލުވެ ވަޑައިގަތުމުގެ ސަބަބުން ޢައިޗު އަރމުން އެއްކިބާވެ ވަޑައިގަތެވެ. يَعْقُوبُ كِنْدِي އަކީ، ފަލަކީ ޢިލްމުވެރި އެކެވެ. ނުޖޫމީ ޢިލްމު ވެރިއެކެވެ. ޑަކްޓަރެކެވެ. ފަލްސަފާވެރި އެކެވެ.
|
|
ދީން -
އިސްލާމީ ތާރީޚް
|
|
10 ޖޫން 2009، 00:03 ބުދަ |
ބުރާސްފަތި (04 ޖޫން) ބަޔާ ގުޅޭ..
އުރްދުޣާން މިނިވަންވެ ވަޑައިގަތުމާއި ސިޔާސީ ޙިކްމަތު
ޢަމަލީ ޢަބްދުﷲ ފާރޫޤު ޙަސަން
އުރްދުޣާންގެ މައްޗަށް ކަނޑައެޅުނު ނިޔާއާ ދެކޮޅަށް އިހްތިޖާޖުކުރުމުގެ ސިލްސިލާއެއް ތުރުކީގައި ފެށުނެވެ. އުރްދުޣާނަކީ އެބޭފުޅަކަށްޓަކައި ތުރުކީގެ ޢާއްމުން މަގުމައްޗަށް ނުކުތް އެންމެ ފުރަތަމަ ސިޔާސީ ޒައީމެވެ. އުރްދުޣާން މިނިވަންވެ ވަޑައިގެންނެވިއިރު ރިފާޙު ޕާޓީގެ ވެރިކަންވަނީ ނިމިފައެވެ. އެޕާޓީވެސް ވަނީ މަނާކުރެވިފައެވެ.
|
|
ދީން -
އިސްލާމީ ތާރީޚް
|
|
04 ޖޫން 2009، 08:17 ބުރާސްފަތި |
ހުކުރު (29މޭ) ގެ ބަޔާ ގުޅޭ...
ސިޔާސީ ހަރަކާތްތަކުގެ ހުއްދަ ލިބުމާއި މިއްލީ ރިފާޙު ޕާޓީ
އުފެއްދެވުންޢަބްދުﷲ ފާރޫޤު ޙަސަން
16 މެއި 1983 ގައި ތުރުކީވިލާތުގައި ސިޔާސީ ހަރަކާތްތައް ހިންގުމުގެ ހުއްދަ ލިބުނެވެ. އަރަބްކާން މިއްލީ ރިފާޙު ޕާޓީގެ ނަމުގައި އޭނާގެ ތިންވަނަ ޕާޓީ އުފެއްދެވިއެވެ. ރިފާހު ޕާޓީގެ ނަޒަރިއްޔާތަކާއި އުސޫލުތަކަށް ބަލާއިރު އަރަބްކާންގެ ކުރީގެ ދެޕާޓީއަށްވުރެ މިއްލީ ރިފާޙު ޕާޓީ ވަރުގަދައެވެ. އެޕާޓީގެ މަޤްސަދެއްކަމުގައި ކަނޑައަޅައިފައިވަނީ ތުރުކީގައި އިސްލާމީ ވެރިކަމެއް ޤާއިމުކުރުމާއި، މުސްލިމުންގެ ވޭތިވެދިޔަ ޝަރަފުވެރި މާޒީ ތުރުކީގައި އަލުން އިޢާދަކުރުމާއި، އެމެރިކާގެ ނިއުވޯލްޑް އޯޑަރގެ ބަދަލުގައި ޖަސްޓިސް އޯޑަރ ތުރުކީގައި ތަންފީޒުކުރުމާއި، ކެޕިޓަލިޒަމުން ތުރުކީގެ އިޤްތިޞާދު މިންޖުކުރުމާއި، އިސްލާމީ ޤައުމުތަކުގެ "އ.ދ މަޖްލިސެއް އުފެއްދުމާއި، ޔޫރަޕިއަން ކޮމިއުނިޓީގެ އުސޫލުތަކާ އެއްގޮތަށް އިސްލާމީ ޤައުމުތަކުގެ ކޮމިއުނިޓީއެއް އުފެއްދުމާއި، ޔޫރަޕްގެ ބަދަލުގައި އިސްލާމީ ޤައުމުތަކާ ގުޅުން ބަދަހިކުރުމެވެ.
|
|
ދީން -
އިސްލާމީ ތާރީޚް
|
|
29 މެއި 2009، 02:30 ހުކުރު |
އަންގާރަ (26 މެއި) ދުވަހުގެ ބަޔާ ގުޅޭ....
އަރަބުކާނުގެ ތަޢާރުފާއި އޭނާގެ މަސައްކަތްޕުޅު ޢަބްދުﷲ ފާރޫޤު ޙަސަން
ޕްރޮފެސަރ ނަޖުމުއްދީން އަރަބުކާން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1926 ގައެވެ. ތުރުކީވިލާތުގެ އުތުރު ސަރަހައްދުގައި ކަޅުކަނޑުގެ އައްސޭރީގައި އޮންނަ ރަށެއްކަމުގައިވާ ސިނޫޕުގެ ކޫޒާން އަވަށުގައެވެ. އަރަބުކާން ނިސްބަތްވެވަޑައި ގަންނަވަނީ އެރަށުގެ ގަދަރުހުރި ޢާއިލާއަކަށެވެ. އަރަބުކާނުގެ ބައްޕާފުޅަކީ ތުރުކީގެ ނިޔާކަނޑައެޅުމުގެ ބާރުގެ މުހިންމު މެމްބަރެކެވެ. ދީންވެރި މުސްލިމެކެވެ. އެހެންކަމުން އޭނާގެ ދަރިކަލުންގެ ދީނީ އަދި އަޚްލާޤީ ތަރުބިޔަތަށް ޚާއްޞަ ސަމާލުކަމެއް ދެއްވިއެވެ.
|
|
ދީން -
އިސްލާމީ ތާރީޚް
|
|
26 މެއި 2009، 01:24 އަންގާރަ |
ޢަބްދުﷲ ފާރޫޤު ޙަސަން
އަތާތުރުކުގެ އިޢުލާން
މިޒަމާނުގެ ތުރުކީ ވިލާތުގެ ބާނީ މުޞްޠަފާކަމާލު ސެކިއުލަރ ތުރުކީއެއްގެ ތަޞައްވުރު ހުށަހެޅުއްވީ 13 މާޗް 1924 ގައެވެ. ތުރުކީގެ ރައްޔިތުންގެ މަޖްލީހަށް ބިލެއް ހުށަހަޅުއްވަމުން އޭނާ ވިދާޅުވިއެވެ.
"ޢުޘްމާނީ ރަސްކަން ބިނާވެފައިވަނީ އިސްލާމީ އުސޫލުތަކުގެ މަތީގައެވެ. އިސްލާމްދީނަކީ އެދީނުގެ އޮނިގަނޑާއި އެދީނުގެ ޚިޔާލުތަކަށް ބަލާއިރު ޢަރަބީންގެ އެއްޗެކެވެ. އެދީނުގެ އަހްލުވެރީން ދުނިޔެއަށް އައީއްސުރެ މަރުވުމާ ހަމަޔަށް އެބައިމީހުންގެ ޙަޔާތުގެ ހުރިހާ ކަމަކަށް ގޮތްކިޔަނީ އެ ދީނެވެ. އެދީނުގެ ޚާއްޞަ ތައްގަނޑަށް އެބައިމީހުން ފައްތައެވެ. އެބައިމީހުންގެ އުންމީދުތަކާއި އެބައިމީހުންގެ ބޭނުންތަކުގެ ކަރުގައި ހިފައެވެ. އެބައިމީހުންގެ ހިތްވަރާއި ކެރުމާއި، އެބައިމީހުންގެ ކުރިއެރުމުގެ ޝައުޤުވެރިކަން ހުއްޓުވައެވެ. ތުރުކީގައި އިސްލާމްދީން ދެމިއޮވެއްޖެނަމަ ތުރުކީ ސަލާމަތެއް ނުކުރެވޭނެއެވެ. އެހެންކަމުން އަހަރެން މިއަދުން ފެށިގެން ތުރުކީގައި އިސްލާމްދީނާއި އުޘްމާނީ ޚިލާފަތު ނިމުމަކަށް ގެނައުމުގެ އިޢުލާންކުރަމެވެ."
|