|
ދީން -
ދިރާސާ
|
|
18 މެއި 2012، 00:15 ހުކުރު |
ޢަބްދުﷲ ނަޢީމު އިބްރާހީމް
ކަނޑުގައި ދަތުރުކުރާ މީހާ، އޭނާ އެއްގަމުގައި ދަތުރުކުރާ ގޮތަށް ގޮސް ކަނޑަކަށް އެރިއެއް ނުގަނެއެވެ. އޭނާ ދަތުރުކުރަނީ ކަނޑު ދަތުރު ކުރާ އުޅަނދެއްގައެވެ.
މިގޮތަށް ޢަމަލު ކުރާ މީހާ ނޭނގި ނަމަވެސް ތިމަން މި އުޅެނީ އަމިއްލަ ބާރު ފޯރާ ތަނެއްގައި ނޫންކަމާއި، ﷲ ސުބްޙާނަހޫ ވަތަޢާލާ ހައްދަވައިފައިވާ ދުނިޔެ އެއްގައި ކަމަށް އިޢުތިރާފު ވަނީއެވެ. މި ދުނިޔޭގައި ހިނގާނީ އެކަލާނގެ ކަނޑައަޅުއްވާފައިވާ ޤާނޫނުތަކެއް ކަމަށް އެއްބަސް ވަނީއެވެ.
|
|
ދީން -
ދިރާސާ
|
|
16 މެއި 2012، 00:03 ބުދަ |
އަލްއުސްތާޛު އަޙުމަދު މާޖިދުގޮށްމުށުބާރުގެ އެހީގައި ދީން ފެތުރީ ކްރިސްޓިއަނުންނެވެ.ހަވަނަ ބާބު – ޞަލީބީ ހަނގުރާމައިގެ ކަނޑިއާއި އަލިފާން 2  ޞަލީބީން ފަލަސްޠީނަށް އައިސް، މުސްލިމުންގެ އަތުން ޤުދުސް ނުވަތަ ޖެރޫސަލަމް އަތުލައިގަތް އިރު އެތަނުގައި ހިންގި ޤަތުލުޢާއްމާ ބެހޭ ޚުލާސާ ބަޔާނެއް މި ދިޔަ ބާބުގައި ވާނީ ގެނެސްދެވިފައެވެ. އެ ބަޔާނުގައި ދަންނަވާފައި ވާނޭ ފަދައިން ޤުދުސް އަތުލައިގަތުމުގެ ތެރޭގައި ޞަލީބީން ދައްކައިފައި ވާ އަނިޔާވެރިކަމާއި ރަޙުމުކުޑަކަމަކީ ތާރީޚުގެ ސަފުހާތަކުގެ ތެރެއިން މަދުން ނޫނީ ނުފެންނަ ފަދަ މިސާލެކެވެ. އެ ނުބައި ޤަތުލުޢާއްމު ހިންގާފައި ވަނީ
|
|
ދީން -
ދިރާސާ
|
|
10 މެއި 2012، 17:32 ބުރާސްފަތި |
|
އަލްއުސްތާޛު އަޙުމަދު މާޖިދު
ގޮށްމުށުބާރުގެ އެހީގައި ދީން ފެތުރީ ކްރިސްޓިއަނުންނެވެ.
ޞަލީބީ ކްރިސްޓިއަން ކަނޑި ޤުދުސްގައި
 ދެން އޮތީ ޞަލީބީން ޤުދުސްއަށް އަރައި ހިންގި ނުބައި ޖަރީމާތަކުގެ ވާހަކައެވެ. މިއީ އެ ވާހަކައެއް އަޑު އަހާ ޅަކުދީންގެ ބޮލުގައި ހުންނަ އިސްތަށިތައް ނުރަޔަށް ވާ ފަދަ ވާހަކައެކެވެ. ތާރީޚުގެ ސަފުހާތަކުން މިފަދަ ލޭ އޮހޮރުވުމެއްގެ މިސާލެއް ފެންނާކަށް ނެތެވެ. ނުވަތަ ފެނިފައި ވަނީ ވަރަށް ވެސް މަދުންނެވެ. މިއީ ދުނިޔެ ދެމި އޮތްހައި ދުވަހަކު އިންސާނީ ރަޙްމާއި ހަމްދަރުދީއާއި ހިތްހެޔޮކަމުގެ އަގުތަކުން ލަޢުނަތް ދޭނޭ ކަމެކެވެ. އާދޭހެވެ! ރޯމަން
|
|
ދީން -
ދިރާސާ
|
|
08 މެއި 2012، 08:57 އަންގާރަ |
އަލްއުސްތާޛު އަޙުމަދު މާޖިދު
ގޮށްމުށުބާރުގެ އެހީގައި ދީން ފެތުރީ ކްރިސްޓިއަނުންނެވެ.
ފަސްވަނަ ބާބު – ޞަލީބީ ހަނގުރާމައިގެ ކަނޑިއާއި އަލިފާން 1
ޖޮނަތަން ރިލޭ-ސްމިތަކީ އިނގިރޭސި ވިލާތުގެ ކްރިސްޓިއަން މުއައްރިޚެކެވެ. ޞަލީބީ ހަނގުރާމައިގެ ތާރީޚާ ބެހޭ ގޮތުން ޚާއްސަ ގޮތެއްގައި ދިރާސާތައް ކުރެއްވި ބޭފުޅެކެވެ. ޞަލީބީ ހަނގުރާމަޔާ ބެހޭ ގޮތުން އޭނާ ވަރަށް ގިނަ ފޮތްތައް ލިޔުއްވައި ޝާއިޢު ކުރައްވައިފައި ވެއެވެ. އަދި އިނގިރޭސި ވިލާތާއި ހުޅަނގުގެ އެހެން ޤައުމުތަކުގެ ޔުނިވަރުސިޓީތަކުގައި އެތައް ލެކްޗަރުތަކެއް ދެއްވާފައި ވެއެވެ. އޭނާގެ ފޮތްތަކުގެ ތެރޭގައި 1987 ވަނަ އަހަރު ޝާއިޢު ކުރެވުނު "ކްރުސޭޑްސް: އަ ޝޯރޓް ހިސްޓްރީ" ހިމެނެއެވެ. އޭނާގެ ލެކްޗަރުތަކުގެ ތެރޭގައި 1979 ވަނަ އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހު ޔުނިވަރސިޓީ އޮފް ލަންޑަންގެ ރޯޔަލް ހޮލޯވެއި ކޮލެޖްގައި ދެއްވި ލެކްޗަރު ހިމެނެއެވެ.
|
|
ދީން -
ދިރާސާ
|
|
12 މާރޗް 2012، 07:53 ހޯމަ |
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
 ކީރިތި ޤުރުއާނުގައި މައްކާއަށް ތަފާތު ނަންތަކުން ޚިޠާބުކުރެވިފައި އެބަހުއްޓެވެ. މި ފަދަ ނަންތަކުގެ ތެރެއިން އެއް ނަމަކީ އުއްމުލްޤުރާ ("މައި ރަށް" ނުވަތަ "ރަށްތަކުގެ މަންމަ") އެވެ. "وَهَـذَا كِتَابٌ أَنزَلْنَاهُ مُبَارَكٌ مُّصَدِّقُ الَّذِي بَيْنَ يَدَيْهِ وَلِتُنذِرَ أُمَّ الْقُرَى وَمَنْ حَوْلَهَا وَالَّذِينَ يُؤْمِنُونَ بِالآخِرَةِ يُؤْمِنُونَ بِهِ وَهُمْ عَلَى صَلاَتِهِمْ يُحَافِظُونَ."
|
|
ދީން -
ދިރާސާ
|
|
10 ފެބްރުވަރީ 2012، 13:55 ހުކުރު |
ޢަބްދުﷲ ފާރޫޤު ޙަސަން
މުޞަންނިފު ބަޔާންކުރައްވާ ގޮތުގައި،[އެކަލޭގެފާނު އާދައިގެ ޢާއިލާއަކުން ވަޑައިގެން ދުނިޔޭގެ ވަރަށްބޮޑު ދީނެއްގެ ބިންގާ އެޅުއްވިއެވެ. އެދީން ފަތުރުއްވައި ދީނުގެ ދާއިރާ ތަނަވަސް ކުރެއްވިއެވެ. ހަމައެއާއެކު ސިޔާސަތުގައިވެސް ބާރުހުރި ޤިޔާދަތެއް ހޯއްދަވައި ދެއްވިއެވެ. ނަތީޖާއެއްގެ ގޮތުން ތޭރަސަތޭކަ އަހަރު ވޭތުވެ ދިޔުމަށްފަހު މިއަދުވެސް އެކަލޭގެފާނުގެ އަސަރު އޭގެ ފުރިހަމަ ބާރާއި ހަލުވިކަމާއެކު ދަނީ ފެތުރެމުންނެވެ.]
|
|
ދީން -
ދިރާސާ
|
|
20 ޖެނުވަރީ 2012، 12:14 ހުކުރު |
|
ޢަބްދުﷲ ފާރޫޤު ޙަސަން
މަނާ ލިސްޓު
 އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޤުރްއާނާއި ސުންނަތުގެ ސިފައިގައި ހުށަހަޅުއްވައިފައިވާ މާތްދީނުގައި ޤިޔާމަތާ ހަމަޔަށް އިންސާނުންނަށް ބޭނުންވާނެ ހުރިހާ ދާއިރާތަކެއްގެވެސް އަސާސްތައް ވަނީ ބަޔާންކޮށްދެއްވައިފައެވެ. އެގޮތުން އިޤްތިޞާދީ ދާއިރާގެވެސް ގިއުގަނޑެއް ވަނީ ފަރުމާކޮށްދެއްވައިފައެވެ.
|
|
ދީން -
ދިރާސާ
|
|
08 ޖެނުވަރީ 2012، 04:50 އާދީއްތަ |
ޢަބްދުﷲ ފާރޫޤު ޙަސަން
ހ. ޒަކާތްދިނުން.
އިސްލާމްދީނުގައި ޒަކާތުގެ ދެބާވަތެއް ވަނީ ތަޢާރުފުކުރައްވައިފައެވެ. އެއްބާވަތަކީ ފިޠުރު ޒަކާތެވެ. އަނެއް ބާވަތަކީ މުދަލުގެ ޒަކާތެވެ. ޒަކާތަކީ އިސްލާމްދީނުގެ އިޤްތިޞާދީ އިޙްސާންތެރިކަމުގެ އިދާރާގެ މައިތަނބެވެ. އިޖްތިމާޢީ އިޤްތިޞާދީ ގޮންޖެހުންތައް ކަމުގައި ހިމެނޭ ވަޒީފާ ނެތުމާއި، ފަޤީރުކަމާއި، އަސާސީ ބޭނުންތައް ނުފުދުމުގެ މަސްއަލައިގެ ޙައްލެވެ.
|
|
ދީން -
ދިރާސާ
|
|
29 ޑިސެމްބަރ 2011، 18:09 ބުރާސްފަތި |
ރިބާއާއި ޖުވާއާ އެ ނޫން ވެސް ޙަރާމް ވަސީލަތްތައް
ޢަބްދުﷲ ފާރޫޤު ޙަސަން
ވޭތިވެގެންމިދާ ތިންހަތަރު ސަތޭކަ އަހަރެއްގެ ތެރޭގައި ރިބާއާއި ޖުވާއާއި އެނޫންވެސް މިފަދަ އެތައް ވަސީލަތްތަކެއް ވަނީ އިޤްތިޞާދުގެ ތެރެއަށް ވަރަށް ފުންކޮށް މޫލައިފައެވެ. އެކަންތައްތަކަކީ ގާތްގަނޑަކަށް ހުރިހާ ދީންތަކެއްގައްޔާއި ތަހްޒީބުތަކެއްގައި މުންކަރާތުގެ ތެރޭގައި ހިމަނާ ކަންތައްތަކެކެވެ. މިސާލެއްގެ ގޮތުން ރިބާއަކީ ވަރަށް އިހުއްސުރެ އިޤްތިޞާދީ ދާއިރާގައި ކޮންމެވެސް ސިފައެއްގައި ހިނގަމުންއައި ކަމެކެވެ. ނަމަވެސް ރިބާ ކެއުމަކީ އަބަދުވެސް ނަފްރަތުކުރެވުނު ކަމެކެވެ. އެކަމަކު މިހާރު އެކަންވަނީ މުޅީން ބަދަލުވެފައެވެ.
|
|
ދީން -
ދިރާސާ
|
|
27 ޑިސެމްބަރ 2011، 04:36 އަންގާރަ |
ގޮށްމުށުބާރުގެ އެހީގައި ދީން ފެތުރީ ކްރިސްޓިއަނުންނެވެ. ކެރޮލިންގިއަން ފްރޭންކުންގެ ދައުލަތް
މެރޮވިންގިއަން ފްރޭންކް ދައުލަތުގެ ބާނީ ކްލޯވީ އެއްވަނަ އަވަހާރަވީ މީލާދީން 511 ވަނަ އަހަރުގައެވެ. އޭނާއަށް ފަހު އޭނާގެ ވެރިކަން އޭނާގެ ހަތަރު ފިރިހެން ބޭފުޅުންނަށް ވާރުތަވިއެވެ. އެ ހިސާބުން މެރޯވިންގިއަން ފްރޭންކް މުލޫކިއްޔާ ޝާހީ އަމީރުންނާއި، ދެން ވެސް ބާރުގަދަ ބޭފުޅުންގެ ކުޅޭކުޅޭ އެއްޗަކަށް ވެގެން ދިޔައެވެ.
|
|
ދީން -
ދިރާސާ
|
|
22 ޑިސެމްބަރ 2011، 07:00 ބުރާސްފަތި |
ޢަބްދުﷲ ފާރޫޤު ޙަސަން
އިންސާނުން އުފައްދަވައިފައިވާ ފިޠުރަތުގެ ސަބަބުން އިންސާނުންނަކީ ތަފާތު ބައެކެވެ. ވިސްނުމާއި ފިކުރުގެގޮތުން ބެލިކަމުގައި ވިޔަސް، އިސްކޮޅާއި ރޫފައިގެގޮތުން ބެލިކަމުގައި ވިޔަސް ޖިސްމާނީ ހަކަތައާއި ބުންވަރަށް ބެލިކަމުގައި ވިޔަސް މިކަންހުރީ މިގޮތަށެވެ. އެހެންކަމުން އިންސާނުންގެ މެދުގައި މަޢީޝަތުގެ ވަސީލަތްތައް ލިބިގަތުމުގައިވެސް ތަފާތެއް ހުރުމަކީ ޠަބީޢީކަމެކެވެ.
|
|
ދީން -
ދިރާސާ
|
|
18 ޑިސެމްބަރ 2011، 15:54 އާދީއްތަ |
މަސްއޫލިއްޔަތުގެ ތަޞައްވުރު ޢަބްދުﷲ ފާރޫޤު ޙަސަން
ކީރިތި ޤުރްއާނުގައްޔާއި، ކައުސާހިބާގެ ސުންނަތުގައި ބަޔާންކުރައްވައިފައިވާ ދާއިމީ އަދި އަޒަލީ އަގުތަކުގެ ތެރެއިން އެއްކަމަކީ މަސްއޫލިއްޔަތުގެ ތަޞައްވުރެވެ. އާދޭހެވެ. އިންސާނާ އުފައްދަވައިފައި ވަނީ އެއްވެސް ހިފެހެއްޓުމެއް، ބަންދުކުރެވުމެއް ނެތި، އޭނާގެ ހިތްކިޔާ ކޮންމެ މިޞުރާބަކަށް އުދުހިގެންދެވޭ ދޫންޏެއްގެ ގޮތުގައެއް ނޫނެވެ. ލަގަންއަޅުވައި މަތަކޮށް ކިޔަމަންނުކުރެވޭ ފަދަ ނުކިޔަމަންތެރި، ނު ކިއްސަރު ޙަޔަވާނެއް ފަދަޔަކުން ވެސް ނޫނެވެ.
|
|
ދީން -
ދިރާސާ
|
|
14 ޑިސެމްބަރ 2011، 15:50 ބުދަ |
އިލާހުވަންތަފަރާތުގެ ވަޙްދަތުޢަބްދުﷲ ފާރޫޤު ޙަސަން
ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދަސްކޮށްދެއްވައިފައިވާ އަގުތަކުގެ ތެރެއިން ދާއިމީ އަނެއް އަގަކީ އަދި ޙަޤީޤަތާ މުޅީން އެއްގޮތް އެއް ހިދާޔަތަކީ އިލާހުވަންތަ ފަރާތުގެ ވަޙްދަތެވެ. އެހެން ޢިބާރާތަކުން ދަންނަވާ ނަމަ އަރަހުށި ހުސްޠާހިރުވަންތަ މާތްﷲގެ އެއްކައުވަންތަކަމެވެ.
|
|
ދީން -
ދިރާސާ
|
|
13 ޑިސެމްބަރ 2011، 23:54 އަންގާރަ |
ހަތަރުވަނަ ބާބު – ފަރަންސޭސި ރަސްކަލުންގެ މުޤައްދަސް ކަނޑިކޮޅު އަޙްމަދު މާޖިދު
ތިންވަނަ ބާބުގައި އަޅުގަނޑު ވާހަކަ ދައްކާލާފައި ވާނީ ރޯމަން އަމްބަރާތޫރު ކޮންސްޓަންޓީންގެ ވެރިކަމުގެ ދައުރުގައި ކްރިސްޓިއަން ދީން ފެތުރުމަށް، އަދި ކްރިސްޓިއަން ދީނުގެ ތިންކައުވަންތަކަމުގެ ޢަޤީދާ ފެތުރުމަށް ޓަކައި ކަނޑީގެ ބާރުގައި ކުރެވުނު މަސައްކަތްތަކާ މެދުގައެވެ. އަދި އޭނާއަށް ފަހު ހަމަ އެ މަސައްކަތް އޭނާގެ ފަހުން ވަޑައިގެންނެވި ރަސްކަލެއް ކަމުގައި ވާ ތިއޮޑޯސިއަސް ކުރެއްވި ގޮތާ މެދުގައެވެ. މި މަސައްކަތްތަކުގެ ތެރޭގައި ރޯމަން ބައިޒެންޓައިން ދައުލަތުގެ ސަރަހައްދުން ވަޘަނީ ދީނުގެ މީހުން މުޅީން ހުސް ކޮށްލެވުނެވެ.
|
|
ދީން -
ދިރާސާ
|
|
29 ނޮވެމްބަރ 2011، 21:09 އަންގާރަ |
ގޮށްމުށުބާރުގެ އެހީގައި ދީން ފެތުރީ ކްރިސްޓިއަނުންނެވެ.އަޙްމަދު މާޖިދު
ވަޘަނީންނާ ދެކޮޅަށް ހިންގުނު ޖަރީމާތައް
ކްރިސްޓިއަން ދީނުގެ ދާއިރާގެ ތެރޭގައި ތިބެ، ތައުޙީދުގެ ޢަޤީދާއަށް އީމާންވި މީހުންނާ ދެކޮޅަށް ހިންގި ޖަރީމާތަކުގެ އިތުރަށް، ރޯމަން ދައުލަތުގެ މުސްކުޅީ ދީން ކަމަށް ވާ ވަޘަނިއްޔަތު، ނުވަތަ އިނގިރޭސި ބަހުން ދަންނަވާ ނަމަ "ޕެގޭނިޒަމް" ގެ އަހުލުވެރީންނާ ދެކޮޅަށް ކްރިސްޓިއަނުން ނެގި ކަނޑި ވަކި ކޮށްޓެއް ނޫނެވެ.
|
|
ދީން -
ދިރާސާ
|
|
26 ނޮވެމްބަރ 2011، 18:46 ހޮނިހިރު |
ރޭވުންތެރިކަން އިބްރާހީމް ރަޝީދު މޫސާ
އަހަރެއް ފާއިތުވެ އާ އަހަރަކާ ކުރިމަތިލާ މިދުވަހަކީ ދުނިޔެ ދައުރުކުރަމުންދާ ދިޔުމުގެ ތެރޭގައި އަލްވަދާޢުކިޔުމާއި އިސްތިޤުބާލުކުރުމުގެ އުޞޫލުގެ ތެރޭގައި ހިމެނޭކަމެކެވެ. މި ދުވަހުގެ ތަހްނިޔާއާއި ތަބްރީކާތުތައް ލޮބުވެތި ކިޔިންތެރިންނަށާއި ބެލުންތެރިންނަށް އަރިސްކުރުމަށް އަވަސްވެ ގަންނަމެވެ. މާތްﷲ، ވޭތުވެދިޔައަހަރަށް ވުރެ ކުރިމަތިލީ މި އަހަރު، ފާގަތި، ބާއްޖަވެރި، ޞުލްޙަވެރި އަހަރެއްކަމުގައި ލައްވާށި އެވެ.
|
|
ދީން -
ދިރާސާ
|
|
24 ނޮވެމްބަރ 2011، 13:59 ބުރާސްފަތި |
އިބްރާހީމް ރަޝީދު މޫސާ (2011)
އިނގިރޭސިވިލާތުގެ މަޝްހޫރުރަސްކަލަކު (1) އޭނާގެ އަސްވާރުންގެ ތެރެއިންމީހަކާ އެކު ރާޒުވާކުޅުއްވި ދުވަހެކެވެ. މި އަސްވާރު ދެންނެވި އެވެ. އަޅުގަނޑަށް މަސާހިބާ ބަލިކުރެއްވިއްޖެ ނަމަ ރާޒުވާގޮނޑީގެ ކޮންމެ ގޮޅިއަކަށް އަޅުގަނޑު މި ދަންނަވާގޮތަށް ގޮދަންފުއް ދެއްވިދާނެތޯ އެވެ. ފުރަތަމަ ގޮޅިއަށް އެއް ފުކެވެ. ދެވަނަގޮޅިއަށް އޭގެ ޑަބަލެވެ. ތިންވަނަގޮޅިއަށް ދެވަނަގޮޅީގެ ޑަބަލެވެ. މިގޮތަށް ގޮސް ރާޒުވާގޮނޑީގެ 64 ގޮޅި އަށް ގޮދަންފުއް ދެއްވާގޮތަށް ކުޅެފާނަމެވެ.
|
|
ދީން -
ދިރާސާ
|
|
18 ނޮވެމްބަރ 2011، 02:21 ހުކުރު |
10 ނޮވެމްބަރު (ބުރާސްފަތި) އާ ގުޅޭ..
ގޮށްމުށުބާރުގެ އެހީގައި ދީން ފެތުރީ ކްރިސްޓިއަނުންނެވެ.އަޙުމަދު މާޖިދު
ޑޮނޭޓިސްޓުން ސުންނާފަތި ކޮށްލުން ނީސިއާގެ ފުރަތަމަ ކައުންސިލުގެ ބައިވެރީން، ކްރިސްޓިއަން ދީނަކީ ތިންކައުވަންތަ އިލާހެއްގެ ޢަޤީދާގެ ދީނަކަށް ހަދައި، ޢީސާ ޢަލައިހިއްސަލާމަކީ ކަލެއް، އަދި ކަލާނގެ ދަރިކަލުން ކަމުގައި ހެދުމުން އެކަމާ ޑޮނޭޓަސް އިދިކޮޅު ހެއްދެވިއެވެ. އަމްބަރާތޫރު ކޮންސްޓަންޓިންއާއި ރޯމާއި އެލެގްޒެންޑްރިއާގެ ބޮޑު ފައްޅިތަކުގެ އިސް ވެރީން ކުރެއްވި އެތައް މަސައްކަތަކުން ވެސް ޑޮނޭޓަސް އާއި އޭނާގެ އެކުވެރީންގެ "ތައުޙީދު" ގެ ޢަޤީދާ ފުނޑުފުނޑުކޮށެއްނުލެވުނެވެ.
|
|
ދީން -
ދިރާސާ
|
|
10 ނޮވެމްބަރ 2011، 20:02 ބުރާސްފަތި |
ގޮށްމުށުބާރުގެ އެހީގައި ދީން ފެތުރީ ކްރިސްޓިއަނުންނެވެ.އަލްއުސްތާޛު އަޙުމަދު މާޖިދު
ތިންވަނަ ބާބު – ކްރިސްޓިއަން ކަނޑީގެ ފުރަތަމަ ދައުރު
ކްރިސްޓިއަން ދީނުގެ ތާރީޚުގައި ތޯމަސް އަކީނާސް އަކީ، އިސްލާމީ ޢިލްމުތަކުގެ ތާރީޚުގައި އިމާމް އައްޝާފިޢީ ރަޙިމަހުﷲ އަށް ދެވިގެންވާ ދަރަޖަ، ނުވަތަ އެއަށްވުރެ ވެސް މަތީ ދަރަޖައެއް ދެވިފައި ވާ ބޭފުޅެކެވެ. އޭނާ ދުނިޔޭގައި އުޅުއްވީ މީލާދީން 1225 ވަނަ އަހަރުން ފެށިގެން 1274 ވަނަ އަހަރާ ހަމަޔަށެވެ. އަކީނާސްގެ "ސަންމާ ތިއޮލޮޖީކާ" އެވެ ކިޔުނު ފޮތާއި "ސަންމާ ކޮންޓްރާ ޖެންޓައިލްސް" އެވެ ކިޔުނު ފޮތަކީ ކްރިސްޓިއަން ދީނުގައި ބައިބަލަށް ފަހު ދެން އެންމެ މުހިއްމު ފޮތްތަކުގެ ތެރެއިން ދެ ފޮތެވެ.
|