މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| އެކްސެލުން ހެދި މުޢުޖިޒާތް |
|
|
| ދީން - ދިރާސާ | |||
| 16 ޖުލައި 2009، 03:12 ބުރާސްފަތި | |||
|
![]() ![]() ![]() ޝަބަކަތު މިޝްކާތިލް އިސްލާމިއްޔާގެ ޖަވާބު ހުށަހެޅުއްވި ތަސްވީރުތަކަށް ބަލާއިރު، އެއީ ހަދާފައިވާ އެއްޗެއްކަން ސާފުކޮށް އެނގެއެވެ. އޭގައިވާ ކުރެހުމާއި ކީރިތި ޤުރުއާނާ ގުޅުމެއް ނެތެވެ. ކީރިތި ޤުރުއާނާ އެ ކުރެހުން ގުޅުވާމީހަކު އެކަން ކުރާނީ ގަދަކަމުންނެވެ. ތަސްވީރުގެ ކަނާތްފަރާތުގައި އެވަނީ އާޔަތްތަކުގެ ޢަދަދެވެ. އެގޮތުގެ މަތިން އެ ޢަދަދުތައް ނަގާފައިވަނީ ކޮން ހަމައަކުންތޯއެވެ؟ ތަސްވީރުގެ ތިރީގައި އެވަނީ، ސޫރަތްތަކުގެ ތަރުތީބު ނަންބަރެވެ. ސަތޭކަ ވިއްސާ ހަމައަށް އެ ޢަދަދުތައް ތަރުތީބުކޮށްފައި އެވަނީ ކޮން ހަމަޔަކުންތޯއެވެ؟ ކީރިތި ޤުރުއާނުގައި ވަނީ، ސަތޭކަ ސާދަ ސޫރަތެވެ. ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ ޢަދަދަކީ، އިޢުޖާޒުގެ ދާއިރާގައި ހިމެނޭ އެއްޗެއް ނޫނެވެ. މިހެނީ، އާޔަތްތަކުގެ ޢަދަދާމެދު، ޢިލްމުވެރިންގެ މެދުގައި ވަނީ، ދޭހަ ތަފާތުވެފައެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ޢިލްމުވެރިން އިއްތިފާޤުވެ ވަޑައިގެންފައިވާ އާޔަތްތަކުގެ ޢަދަދަކީ، 6000 އެވެ. އެއަށްވުރެ އިތުރުވާ އާޔަތްތަކާމެދު ވަނީ ދޭހަ ތަފާތުވެފައެވެ. ނަމަވެސް އެއީ، ކީރިތި ޤުރުއާނުގައި އޮތް އާޔަތެއް ނެތްކަމުގައި ބުނާ ދޭހަ ތަފާތުވުމެއް ނޫނެވެ. އެ ދޭހަ ތަފާތުވުން އައިސްފައިވަނީ، އެއް އާޔަތަކީ، ދެ އާޔަތްކަމަށް ބައްލަވައިގެން ބައެއް ޢިލްމުވެރިން ހިސާބުކުރައްވާތީއެވެ. ސުއާލު ހުށަހެޅުއްވި ބޭފުޅާ ގެނެސްދެއްވާފައިވާ ފަދަ ދިރާސާތަކާމެދު ބަލަންޖެހޭނީ ނުހަނު ފަރުވާތެރިކަމާއެކުގައެވެ. އެފަދަ ދިރާސާތަކަކީ، ޔަޤީން ކަށަވަރު ނުވާ، ނަޒަރިއްޔާތަކެއް ކަމުގައި މެނުވީ ނުވެއެވެ. ނުވަތަ އެއީ މުސްލިމުންގެ މެދުގައި ދީނާމެދު ޝައްކު އުފެއްދުމަށްޓަކައި ކޮށްފައިވާ ކަންތައްތަކެކެވެ. އެއީ، ޢިލްމީގޮތުން ސާބިތުވެފައިވާ ހެކިތަކެއް ކަމުގައި މީސްތަކުންނަށް ޤަބޫލުކުރުވުމަށްފަހު، އޭގެ ދޮގުކަން ހާމަކުރުމަށްޓަކައެވެ. މިގޮތަށް މިކަން ކުރުމުގެ ބޭނުމަކީ، ކީރިތި ޤުރުއާނާމެދު މުސްލިމުންގެ ހިތްތަކުގައި ޝައްކު އުފެއްދުމެވެ. ޖަވާބު ދެއްވި މެންބަރު: ޢަބްދުއްރަޙުމާނުއް ސުޙައިމް. ތިރީގައި މިވަނީ، މަތީގައިވާ ތަސްވީރުތަކުގައި ގުޅުވާފައިވާ ނުކުތާތައް ހިމެނޭ ތަސްވީރެކެވެ. ![]() މީގައިވާ ނުކުތާތައް ކޮންމެ ގޮތަކަށް ވެސް ގުޅުވާލެވިދާނެއެވެ. ﷲ ނުވަތަ މުޙައްމަދު ނުވަތަ އަލްޙަމްދު ނުވަތަ މިނޫން ކަލިމައެއް ފާޅުވާ ގޮތަށް ވެސް މި ނުކުތާތައް ގުޅުވާލެވިދާނެއެވެ. އެހެންވީމާ، މަތީގައި އެވަނީ، މުސްލިމުންނަށް އޮޅުވާލުމާއި މަކަރުހެދުމުގެ ގޮތުން ކޮށްފައިވާ ކަމެއްކަން އެބައެނގެއެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]()
...
ލިޔުނީ ސަމީޢު, 2009-07-15 23:51:04
ތިވެސް މުއުޖިޒާތަކަށް ވެގެން ދީނީ ޢިލްމުވެރިޔަކު ރޭޑިޔޯ ޕޮރޮގުރާމެއްގައި ތިވާހަކަފުޅު ދެއްކެވިއެވެ. (މައްސަލައަކީ މިއީ އެވެ.) މީގެކުރިން އަޅުގަނޑުވެސް މިހުރީ އެމުޢުޖިޒާތް ގަބޫލުކޮއްގެންނެވެ. ވާނީވެސް އެހެން ތާއެވެ.
... ލިޔުނީ fAATHUN, 2011-03-02 07:02:47
theres no problem about the x axis scale. 120 aa hamayah axis ga adhadhu huttas 114 ah vure sooraiy ithuru kamakah e graph thakakun nufene. ސަތޭކަ ވިއްސާ ހަމައަށް އެ ޢަދަދުތައް ތަރުތީބުކޮށްފައި އެވަނީ ކޮން ހަމަޔަކުންތޯއެވެ؟ mi suvaalah dhannavaanii ei graph kurehumuge gavaaidhekey.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|