|
ދީން -
ޢަޤީދާ
|
|
15 ސެޕްޓެމްބަރ 2009، 13:43 އަންގާރަ |
10ސެޕްޓެމްބަރ (ބުރާސްފަތި)އާގުޅޭ...
ދެބަގީޗާގެ ވެރިޔާގެ ވާހަކަ
އިބްރާހީމް ރަޝީދު މޫސާ
މިއީ
މާތްﷲދެއްވި ނިޢުމަތްތަކަށް ހަރާންކޯރުވި މީހެއްގެ ވާހަކައެވެ.
މިނިޢުމަތްތަކުގެ ސަބަބުން އޭނާ ހެއްލެނިވެގެން މަގުފުރެދިގެންދިޔައެވެ.
މާތްﷲ މި މިސާލު އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވާފައި މިވަނީ ޢިބްރަތް
ޙާޞިލުކުރުމަށްޓަކައެވެ. ފިލާވަޅުލިބިގަތުމަށްޓަކައެވެ. މާތްﷲ
ވަޙީކުރައްވަނީ وَاضْرِبْ لَهُم مَّثَلا
رَّجُلَيْنِ جَعَلْنَا لِأَحَدِهِمَا جَنَّتَيْنِ مِنْ أَعْنَابٍ
وَحَفَفْنَاهُمَا بِنَخْلٍ وَجَعَلْنَا بَيْنَهُمَا زَرْعًا
= كِلْتَا الْجَنَّتَيْنِ آتَتْ أُكُلَهَا وَلَمْ تَظْلِمْ مِنْهُ شَيْئًا وَفَجَّرْنَا خِلالَهُمَا نَهَرًا
= وَكَانَ لَهُ ثَمَرٌ فَقَالَ لِصَاحِبِهِ وَهُوَ يُحَاوِرُهُ أَنَا أَكْثَرُ مِنكَ مَالا وَأَعَزُّ نَفَرًا=وَدَخَلَ جَنَّتَهُ وَهُوَ ظَالِمٌ لِّنَفْسِهِ قَالَ مَا أَظُنُّ أَن تَبِيدَ هَذِهِ أَبَدًا=وَمَا أَظُنُّ السَّاعَةَ قَائِمَةً وَلَئِن رُّدِدتُّ إِلَى رَبِّي لَأَجِدَنَّ خَيْرًا مِّنْهَا مُنقَلَبًا=قَالَ لَهُ صَاحِبُهُ وَهُوَ يُحَاوِرُهُ أَكَفَرْتَ بِالَّذِي خَلَقَكَ مِن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ سَوَّاكَ رَجُلا=لَّكِنَّا هُوَ اللَّهُ رَبِّي وَلا أُشْرِكُ بِرَبِّي أَحَدًا=وَلَوْلا إِذْ دَخَلْتَ جَنَّتَكَ قُلْتَ مَا شَاء اللَّهُ لا قُوَّةَ
إِلاَّ بِاللَّهِ إِن تَرَنِ أَنَا أَقَلَّ مِنكَ مَالا وَوَلَدًا=فَعَسَى
رَبِّي أَن يُؤْتِيَنِ خَيْرًا مِّن جَنَّتِكَ وَيُرْسِلَ عَلَيْهَا
حُسْبَانًا مِّنَ السَّمَاء فَتُصْبِحَ صَعِيدًا زَلَقًا=أَوْ يُصْبِحَ مَاؤُهَا غَوْرًا فَلَن تَسْتَطِيعَ لَهُ طَلَبًا=وَأُحِيطَ
بِثَمَرِهِ فَأَصْبَحَ يُقَلِّبُ كَفَّيْهِ عَلَى مَا أَنفَقَ فِيهَا
وَهِيَ خَاوِيَةٌ عَلَى عُرُوشِهَا وَيَقُولُ يَا لَيْتَنِي لَمْ أُشْرِكْ
بِرَبِّي أَحَدًا=وَلَمْ تَكُن لَّهُ فِئَةٌ يَنصُرُونَهُ مِن دُونِ اللَّهِ وَمَا كَانَ مُنتَصِرًا=هُنَالِكَ الْوَلايَةُ لِلَّهِ الْحَقِّ هُوَ خَيْرٌ ثَوَابًا وَخَيْرٌ عُقْبًا
الكهف: ٣2 – ٤٤ –
ކަލޭގެފާނު އެއުރެންނަށް ދެފިރިހެނެއްގެ މިސާލުޖައްސަވައިދެއްވާށެވެ. އެ
ދެމީހުންކުރެ އެކަކަށް، މޭބިސްކަދުރުގެ ދެ ބަގީޗާ ތިމަންރަސްކަލާނގެ
ދެއްވީމެވެ. އަދި އެ ދެ ބަގީޗާގެ ވަށައިގެން ކަދުރުރުއްތައް ލެއްވީމެވެ.
އަދި އެ ދެމެދުގައި ދަނޑުގޮވާން ވެސް ލެއްވީމެވެ. އެ ދެ ބަގީޗާގައިމެ،
މޭވާއައިސް އެއިން އެއްވެސް އެއްޗެއްއުންޏެއް ނުވެއެވެ. އަދި އެ ދެ
ބަގީޗާގެ ދެމެދުން ކޯރެއް ހިންގެވީމެވެ. އަދި އޭނާ އަށް މުދާތައްވެސް
ވެއެވެ. ފަހެ، އޭނާ، އޭނާގެ އެކުވެރިޔާއާ ވާހަކަދައްކަމުން ބޮޑާވެފައި
ބުންޏެވެ. ކަލެއަށް ވުރެ އަހުރެންގެ މުދާ ގިނައެވެ. އަދި އަހުރެންގެ
ދަށުގައިވާ މީހުން ގިނަކަމުގެ ގޮތުން ގަދަފަދަވެފައި ޢިއްޒަތްބޮޑެވެ. އަދި
އޭނާގެ އަމިއްލަނަފްސަށް އަނިޔާވެރިވެގެންވާ ޙާލު، އޭނާގެ ބަގީޗާއަށް
ވަދެ ބުންޏެވެ. ދުވަހަކު ވެސް މި ތަކެތި ހަލާކުވެ ފަނާވެގެންދާނެކަމަށް
އަހުރެން ހީއެއްނުކުރަމެވެ. އަދި ޤިޔާމަތް ވާނޭކަމަކަށް ވެސް އަހުރެން
ހީއެއް ނުކުރަމެވެ. އަދި އަހުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް އަހުރެން
ރައްދުކުރެއްވިޔަސް މި އަށްވުރެ ރަނގަޅުގޮތް، އަހުރެންނަށް ފެންނާނެކަން
ކަށަވަރެވެ. ޖަވާބުގައި އޭނާގެ އެކުވެރިޔާ އޭނާޔާ ވާހަކަދައްކަމުން
އޭނާއަށް ބުންޏެވެ. ވެލިން ކަލޭހައްދަވައި ދެން މަނިފޮދަކުން ކަލޭ
ހައްދަވައި ދެން ފުރިހަމަ ފިރިހެނަކަށް ކަލޭ ހެއްދެވި ރަސްކަލާނގެއަށް
ކަލޭ ކާފިރުވީ ހެއްޔެވެ؟ އެހެނެއްކަމަކު ، އެއީ އަހުރެންގެ ވެރިﷲ އެވެ.
އަދި އަހުރެންގެ ވެރިރަސްކަލާނގެއަށް އެކަކުވެސް އަހުރެން ޝަރީކެއް
ނުކުރަމެވެ. އަދި ތިބާގެ ބަގީޗާއަށް ، ތިބާ ވަންހިނދު ﷲ
އިރާދަކުރެއްވިކަމެއްވާނެޔޭ ބުނިނަމަ، ކޮންފަދަހެއްޔެވެ! އެއްވެސްބާރެއް
ﷲގެޙަޟްރަތުން މެނުވީ ނުވެއެވެ. ތިބާއަށްވުރެ އަހުރެންގެ މުދަލާއި ދަރިން
މަދުކަމުގައި ތިބާއަށް ފެނުނަސް، ފަހެ، ތިބާގެ ބަގީޗާއަށްވުރެ
މާހެޔޮވެގެންވާ ނިޢުމަތް އަހުރެންގެ ވެރިރަސްކަލާނގެ އަހުރެންނަށް
ދެއްވައިފާށިއެވެ. އަދި އެ ބަގީޗާގެ މައްޗަށް އުޑުން އާފަތެއް
ފޮނުއްވައި، ގަހެއް ރުކެއް ނެތް އޮމާންބިމަކަށް އެތަންވެދާނެއެވެ. ނުވަތަ
އެތާނގެ ފެން، ބިންގަނޑުގެ ތެރެއަށް އަޑިއަށް ހިނގައިދާނެތެވެ. ދެން އެ
ފެން އަތުލުމަކަށް ކަލެއަކަށް ކުޅަދާނަވެގެނެއް ނުވާނެތެވެ. އަދި އޭނާގެ
މުދާތައް ( ބަގީޗާއާއެކު) ހަލާކުވެ ހިނގައްޖެއެވެ. އަދި އެ ބަގީޗާގެ
ގަސްތައް ، އަށިގަނޑުތަކާ އެކު ވެއްޓިފައިވާޙާލު ، އެ ބަގީޗާ ހެއްދުމަށް
އޭނާ ކުޅަޚަރަދުތަކުގެ މައްޗަށް ، ހިތާމައިން ދެ އަތްފުރޮޅަފުރޮޅައި ހުރެ
ބުނެތެވެ. އޭސަހަރޯއެވެ! އަހުރެންގެ ވެރިރަސްކަލާނގެއާ އެކަކުވެސް
ޝަރީކުނުކުރިނަމަ ، ކިހާ ރަގަޅުވީސްހެއްޔެވެ؟ އަދި ﷲ ފިޔަވައި އޭނާއަށް
ނަޞްރުދޭނޭބަޔަކު އޭނާއަކަށް ނުވިއެވެ. އަދި އޭނާއަކީ،ނަޞްރު ލިބޭނެމީހަކު
ކަމުގައިވެސް ނުވިއެވެ. އެތާނގައި ( އެބަހީ ޤިޔާމަތްދުވަހުން )
އެހީތެރިކަން ދެއްވުން މިލްކުވެވޮޑިގެންވަނީ ، ޙައްޤުވަންތަ ﷲއަށެވެ.
އެކަލާނގެއީ، ސަވާބުދެއްވުމުގައި އެންމެހެޔޮ ރަސްކަލާނގެއެވެ. އަދި
އެންމެފަހުގެ ނިމުން ދެއްކެވުމުގައި އެންމެ ހެޔޮ ރަސްކަލާނގެއެވެ. "
އިބްނު ކަޘީރު ވިދާޅުވާގޮތުގައި މިދެމީހުމްގެ ތެރެއިން އެކަކަށް ދެ ބަގީޗާ
ދެއްވައިފާ ވެއެވެ. މިބަގީޗާވަނީ މޭބިސްކަދުރުގެ ވެޔޮތަކުންނާއި ކަދުރު
ރުއްތަކުން ފުރިފައެވެ. އަދި ބަގީޗާގެ ތެރޭގައި ތަފާތުބާވަތްބާވަތުގެ
ދަނޑުގޮވާމުގެ ގަސްތައްވިއެވެ. މިހުރިހާ ގަސްތަކެއްގައިވަނީ މޭވާއާއި
ތަރުކާރީ އަޅައި ފުރިފައެވެ. މީގެއިތުރަށް އޭނާ އަށް މުދާވެސް ދެއްވިއެވެ.
މި ތަނަވަސްކަމުގެ ސަބަބުން އޭނާ ވަނީ މަގުފުރެދިފައެވެ. އޭނާއަށް މި
ނިޢުމަތްތައް ދެއްވިފަރާތަކީ ﷲކަމެއް ޤަބޫލެއް ނުކުރެވުނެވެ. އޭނާގެ
އެކުވެރިޔާ އޭނާއަށް ނަޞީޙަތްދިނެވެ. އޭނާ ހެއްދެވިފަރާތުގެ މަތިން
ހަދުމަކޮށްދިނެވެ. އާޚިރަތްދުވަހުގެ ސަވާބުގެ މަތިން ހަދާންކޮށްދިނެވެ.
މިއާޔަތްތަކުގައި މާތްﷲ ޖައްސަވާފައިވާ މި މިސާލަކީ ފަނާވެދަނިވި
އަގުތަކާއި ދެމިހުންނަނިވިއަގުތަކުގެ މިސާލެކެވެ. މިއީ ދުނިޔަވީޙަޔާތުގެ
ޒީނަތްތެރިކަމަށް ހެއްލެނިވެފައިވާ މީހަކާއި މާތްﷲ އަށް އީމާންވާ މީހެއްގެ
މިސާލެވެ. ދެބަގީޗާގެ ވެރިޔާއަކީ މުއްސަންޖެކެވެ. އެއީ މި މުއްސަނދިކަމާ
ހެދި ބޮޑާވެފައިވާ މީހެކެވެ. އޭނާ ހިތުން މިމުއްސަނދިކަމުގެ ސަބަބުން
އޭނާއަށް މީސްތަކުންގެ މައްޗަށް އާރާއިބާރު ފޯރުވޭނެއެވެ. މީސްތަކުން
އޭނާއަށް ބޯލަބަންޖެހޭނެއެވެ. އޭނާ ހިތުން މިނިޢުމަތް ފަނާވެގެން
ނުދާނެއެވެ. އޭނާޔާއެކު ދާއިމަށް ދެމިއޮންނާނެއެވެ. އޭނާގެ
އެކުވެރިޔާއަކީ އޭނާގެ އީމާންކަމާމެދު ފަޚްރުވެރިވާ މީހެކެވެ.
ނިޢުމަތްތަކުގެ ޙަޤީޤީވެރިޔަކީ ﷲކަމަށް އޭނާ އަބަދުވެސް ދެކެއެވެ.
އެކަމަށްޓަކައި ﷲއަށް ޙަމްދުކުރަންޖެހޭނެކަމަށް ގޮވައިލައެވެ.
އެނިޢުމަތަށް ހަރާންކޯރު ނުވުމަށް އޭނާ ބުނެތެވެ. އެއްދުވަހަކު މި
މުއްސަނދިމީހާ އޭނާގެ އެކުވެރިޔާ ގޮވައިގެން އޭނާގެބޮޑާކަމާއި
ފޮނިކަންމަތީގައި އެ ދެބަގީޗާގެ ތެރެއިން ބަގީޗާއަކަށް ދިޔައެވެ. އޭނާ
މިބަގީޗާއަށް ވަނީ މިބަގީޗާ ދާއިމަށް އޮންނާނެކަމަށް ބުނަމުންނެވެ. އޭނާ "
އޭނާގެ އެކުވެރިޔާއާ ވާހަކަދައްކަމުން ބޮޑާވެފައި ބުންޏެވެ. ކަލެއަށް ވުރެ
އަހުރެންގެ މުދާ ގިނައެވެ. އަދި އަހުރެންގެ ދަށުގައިވާ މީހުން ގިނަކަމުގެ
ގޮތުން ގަދަފަދަވެފައި ޢިއްޒަތްބޮޑެވެ." އޭނާގެ ވާހަކަ ކުރިއަށް
ގެންދަމުން ބުންޏެވެ. " ދުވަހުވެސް މިތަކެތި ހަލާކުވެ
ފަނާވެގެންދާނެކަމަށް އަހުރެން ހީއެއްނުކުރަމެވެ. އަދި ޤިޔާމަތް
ވާނޭކަމަކަށް ވެސް އަހުރެން ހީއެއް ނުކުރަމެވެ. އަދި އަހުރެންގެ
ވެރިރަސްކަލާނގެ ޙަޟްރަތަށް އަހުރެން ރައްދުކުރެއްވިޔަސް މިއަށްވުރެ
ރަނގަޅުގޮތް، އަހުރެންނަށް ފެންނާނެކަން ކަށަވަރެވެ."
ދެން، ފެނިގެންދާ މަންޒަރަކީ ކޮބައިތޯއެވެ؟ ޙާލަތު ބަދަލުވެގެންދާތަނެވެ.
ބަގީޗާތައް ހަލާކުވެ ވީރާނާވެގެންދިޔުމެވެ. ބޮޑާކަމުގައި ދިރިއުޅުނުމީހާ
ގެ އާރެއްބާރެއް ނެތުމެވެ. މާތްﷲ އަންގަވަނީ " އޭނާގެ މުދާތައް (
ބަގީޗާއާއެކު) ހަލާކުވެ ހިނގައްޖެއެވެ. އަދި އެ ބަގީޗާގެ ގަސްތައް ،
އަށިގަނޑުތަކާ އެކު ވެއްޓިފައިވާޙާލު ، އެ ބަގީޗާ ހެއްދުމަށް އޭނާ
ކުޅަޚަރަދުތަކުގެ މައްޗަށް ، ހިތާމައިން ދެއަތްފުރޮޅަން " ފެށްޓެވެ.
ޤާރޫނާއި ދެބަގީޗާގެ ވެރިޔާގެ މިސާލަކީ ހުރިހާ ޒަމާނެއްގައި ވެސް
ފެންނަމުންދާ މިސާލުތަކެކެވެ. މިދެމިސާލަކީ ނިޢުމަތް ލިބުމުން އެކަމަށް
އުފާވާ އެކަމަކު ނިޢުމަތްދެއްވި ފަރާތްމަތިން ހަނދުމަނުކުރާ ، ނިޢުމަތަށް
ޙަރާންކޯރުވާމީހުންގެ މިސާލެވެ. މާތްﷲ ނިޢުމަތް ދެއްވުމުން އެކަމާ ބޮޑާވެ
ގެއްލެނިވެގެންދާ މީހުންގެ މިސާލެވެ. މިއީ މީސްތަކުން
އިމްތޙާނުކުރެއްވުމަށްޓަކައި މާތްﷲ މެދުވެރިކުރައްވާ ކަމެއްކަން އެމީހުން
ނުދަނެތެވެ. މާތްﷲ މި މީހުންގެ ކިބައިން ނިޢުމަތް ގެންދެވުމުން މާޔޫސްވެ
، ދުނިޔެމަތިން ފޫހިވެ ، ހަދާނެނަހަދާނެ ގޮތެއްނޭގި ހައިރާންކަމުގެ
ތެރެއަށް ވެއްޓެމުންދާ މީހުންގެ މިސާލެވެ. އެކަމަކު މާތްﷲ އަށް އީމާންވާ
މީހުންގެ ޙާލު ތަފާތެވެ. އެމީހުންނަށް ނިޢުމަތްދެއްވަނީ ކީއްކުރަންކަން
އެނގެއެވެ. އެމީހުން މި ނިޢުމަތުގެ ވަރިފަރާތަކީ ކޮންފަރާތެއްކަން
ދަނެއެވެ. އަދި އެފަރާތުން އަންގަވާ ގޮތަށް މި ނިޢުމަތުގެ ބޭނުންކުރެތެވެ.
(ނުނިމޭ)
|