ފަންވަތް ދީން ޢަޤީދާ ދިރިއުޅުމުގެ ދަތުރު
ބެލި ޢަދަދު: 558
ދިރިއުޅުމުގެ ދަތުރު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ދީން - ޢަޤީދާ
18 މާރޗް 2010، 00:18 ބުރާސްފަތި

ލިޔުއްވީ؛ މައުލާނާ ޥަޙީދުއްދީނު ޚާން
ތަރުޖަމާ؛ ޢަބްދުﷲ ނަޢީމު އިބްރާހީމް


އިންސާނުން ބެހެނީ މައިގަނޑު ދެބަޔަކަށެވެ. އެއް ބަަޔަކީ މުޞީބާތުގެ ދަރުސްގާހުގައި ތަރުބިއްޔަތު ލިބޭ މީހުންނެވެ. ދެ ވަނަ ބަޔަކީ ފަސޭހައިގެ ދަރުސްގާހުގައި ތަރުބިއްޔަތު ލިބޭ މީހުންނެވެ. ބޭރުފުށަށް ފެންނަ ފެނުމުގައި ފަސޭހައިގެ ތެރޭގައި ތަރުބިއްޔަތު ލިބިގަތުމަކީ، އެންމެ ރަނގަޅު ގޮތެވެ. އެހެންނަމަ ވެސް އިންސާނި ވަންތަކަމޭ ކިޔާ އެއްޗެއް ލިބޭ ޙަޤީޤީ ތަނަކީ، މުޞީބާތުގެ ދަރުސްގާހެވެ.  އެ ސިފަ ފަސޭހައިގެ ތެރެޔަކުން ނުލިބޭނެ އެވެ. މީހަކު ބުނެފައި މިވާ ބަހަކީ ތެދު ބަހެކެވެ. ''އިިންސާނާ އިންސާނަކަށް ހަދަނީ ހުޅުވިފައިވާ ތަނަވަސް މަގަކުން ނޫނެވެ. ގަދަ އަޅައި މަސައްކަތް ކުރުމުންނެވެ. ފަސޭހަޔަކުން ނޫނެވެ. އުނދަގުލުންނެވެ.

It is not ease but effort, not facility but difficulty that makes men


ދިރިއުޅުމުގެ އޮއިވަރުގައި ވަރަށް ގިނަ މީހުން މުޞީބާތުގެ ތެރެއަށް ވެއްޓެ އެވެ. އެހެން ނަމަވެސް މިހައި ތަނަށް ފެނިފައިވާ ހެކިތަކަށް ބަލާއިރު، ނަތީޖާ ބެހެވެނީ ދެ ބަޔަށެވެ. އެއްބަޔަކީ، މުޞީބާތްތަކުގެ ކުރިމަތީގައި ހިފަހައްޓާލަން ނުކެރި، މާޔޫސީ އާއި ހިތް މަރުވުމާއި ކުރިމަތިލާން ޖެހޭ މީހުންނެވެ. ދެ ވަނަ ބަޔަކީ ހިތްވަރުގަދަ މީހުން ހިމެނޭ ބައެވެ. އެމީހުން މުޞީބާތްތަކާ ކުރިމަތިލަ އެވެ. އަދި އެންމެ ފަހުން ތިމާ އަށްޓަކައި ރަނގަޅު ދިރިއުޅުމެއް ތަނަވަސް ކުރުމުގައި ކާމިޔާބީ ހޯދަ އެވެ.

ދެ ވަނަ ބަޔަށް މި ދެންނެވި ފަދަ ކާމިޔާބީތައް ލިބެނީ ކޮންމެ ވެސް ކަމަކުން މަޙްރޫމުވެގެންނެވެ. މާއްދީ ތަޖުރިބާގެ ސަބަބުން އޭނާގެ ފިކުރުތައް ވެސް މާއްދިއްޔަތަށް އެނބުރިގެން ދަނީ އެވެ. އޭނާ އަށް ފެންނަ ގޮތުގައި މާއްދީތަކެތިން މަޙްރޫމުވުމުގެ ސަބަބުން މާޙައުލުގައި އޭނާގެ އަގު ވެއްޓިގެން ދަނީ އެވެ. މާޙައުލުގައި އޭނާ އަށް އިހަށް އޮތް މަޤާމު ލިބޭނީ މާއްދީ ތަކެތި ހާސިލު ކުރެވުނީމަ އެވެ. މި ތަޖުރިބާގެ ސަބަބުން އޭނާ މާއްދިއްޔަތަށް ބޯލަނބާ އިންސާނަކަށް ވެގެންދަނީ އެވެ. އޭނާ ދެކޭ ގޮތުގައި ގެއްލުމަކީ މާއްދީތަކެތިން މަޙްރޫމު ވުމުގެ ސަބަބުން ލިބޭ ގެއްލުމެވެ. ފައިދާއަކީ މާއްދީ ތަކެތީގެ ސަބަބުން ލިބޭ އެއްޗެކެވެ.

މުޞީބާތެއްގައި ޖެހުމުގެ ޙަޤީޤީ ފައިދާއަކީ، ފިލާވަޅާއި ނަސޭހަތް ލިބިގަތުމެވެ. އެހެން ނަމަވެސް މި ފައިދާ ލިބިގަނެވޭނީ މުޞީބާތެއްގެ ތެރެއަށް ވެއްޓުނު ނަމަވެސް، ހަލާކު ނުވެ ސަލާމަތް ވާ މީހާ އަށެވެ. ދިރިއުޅުމުގެ ހިތި ތަޖުރިބާތަކުގެ ތެރެއަށް ވަދެވުނު ނަމަވެސް، އެ ކަންތައްތަކުގެ މަތީން ހަނދަން ނައްތާލައި ވިސްނުމުގެ ޤާބިލުކަން ލިބިފައިވާ މީހަކަށެވެ. މުޞީބާތާއި ހިތި ތަޖުރިބާ ވާން ވާނީ ލިބޭ ތަޖުރިބާ އަކަށެވެ. އެއީ ސިކުނޑި މަރައިލާ ކަންކަމަށް ވެގެން ނުވާނެ އެވެ.
(ނިމުނީ)

ހަވާލާ؛

ޢަބްދުﷲ ނަޢީމު އިބްރާހީމް (2009). ކާމިޔާބުގެ މަގު (ދެވަނަ ޗާޕު).

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)Add Comment
...
ލިޔުނީ ޕަރީ, 2010-06-22 16:03:24
ވަރަށް ބޮޑު ޙަޤީޤަތެއް .... ވިސްނާ ފިކުރު ކުރާބަޔަކަށް ވަރަށް ބޮޑު ފިލާވަޅެއް ލިބޭނެ ލިޔުމެއް ކަމަށް ފެނޭ... :)

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 


އިތުރު މަޒްމޫނު


މިވަގުތު ފަންވަތުގައި

މިވަގުތު 24 ކިޔުންތެރިން އޮންލައިން

ހޮޅުއަށީގައި

އެކަކުވެސް ނެތް

ފަންވަތުގެ ޖަވާހިރު

ސުވަރުގޭގެ ތަޅުދަނޑިއަކީ ނަމާދެވެ.
ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ.
ވުޟޫއުގެ ތަޅުދަނޑިއަކީ ބިސްމިއެވެ.
ބިސްމީގެ ތަޅުދަނޑިއަކީ ޔަޤީންކަމެވެ.
ޔަޤީންކަމުގެ ތަޅުދަނޑިއަކީ ވަކީލުކުރުމެވެ.
ވަކީލުކުރުމުގެ ތަޅުދަނޑިއަކީ އުންމީދެވެ.
އުންމީދުގެ ތަޅުދަނޑިއަކީ ކިޔަމަންގަތުމެވެ.
ކިޔަމަންގަތުމުގެ ތަޅުދަނޑިއަކީ މާތް ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެ ރުބޫބިއްޔަތު ޤަބޫލުކުރުމެވެ.

ދެކޭގޮތް

މިވެބްސައިޓް
 

މެހެމާނުނުންގެ އަދަދު

މިހާތަނަށް : 1300656
free counters
ބެލި ޢަދަދު: 558