ފަންވަތް ދީން ޢަޤީދާ ﷲ ހޯދުން
ބެލި ޢަދަދު: 1847
ﷲ ހޯދުން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 9
ދެރަވަރަށްމޮޅު 
ދީން - ޢަޤީދާ
19 ޖޫން 2010، 19:03 ހޮނިހިރު

ޢަބްދުﷲ ނަޢީމު އިބްރާހީމް

ވަރަށް ވިސްނުން ތޫނު ޒުވާނެކެވެ. މި ޒުވާނާގެ ސިކުނޑީގައި އަބަދާއި، އަބަދު އެނބުރޭ ޚިޔާލަކީ އޭނާއަށް ޙައްޤު މަގާމު މިދުނިޔޭގައި ނުލިބޭ ކަމުގެ ޚިޔާލެވެ. މި ޚިޔާލު ބޮޑުވެގެން ގޮސް އެންމެ ފަހުން އަމިއްލައަށް މަރުވީއެވެ. މަރުވަމުން ލިޔުނު ނޯޓްގައި ވެއެވެ.

"އަހަރެން އަމިއްލަ ދިރިއުޅުމުގައި މަރުގެ ސިއްކަޖަހަނީއެވެ. އެއީ އަހަރެންގެ އެ ދުނިޔެއަކަށް އުފަންވާންޖެހޭ ދުނިޔެއަށް، މި ދުނިޔެ ނުވާހެން ހީވާތީއެވެ."

މިފަދަ މީހުން ޤުދުރަތީ މަރަކުން، ނުވަތަ އަމިއްލައަށް ނަމަވެސް މަރުވަނީއެވެ. މާޔޫސީއާއި، ނާއުއްމީދުގެ ތެރޭގައި ދުވަސްތަކެއް ހޭދަކޮށްފައެވެ. ސިކުނޑީގެ ފެންވަރު މާ ރަނގަޅު ނޫން ކަމަށް އަޅުގަނޑުމެން ދެކޭ ވަރަށް ގިނަ މީހުން އުފާވެރި، ހިތްހަމަޖެހޭ ޙަޔާތެއް ވޭތުކުރާތީ ވަރަށް ގިނައިން ފެނެއެވެ.

މިޔާޚިލާފަށް ސިކުނޑީގެ ފެންވަރު ރަނގަޅު މީހުން ހިތްހަމަ ނުޖެހިގެން އުޅޭތީ ވަރަށް ގިނައިން ފެނެއެވެ.

ސަބަބަކީ އިންސާނާގެ މައިގަނޑު އެދުންތަކެވެ. ތިމާ ޤަބޫލުކުރާ ހަމައެއް، ނުވަތަ ތަބާވާ މީހަކު ހޯދަން މަސައްކަތް ކުރުމަކީ ފިޠުރީގޮތުން އިންސާނާއަށް ލިބިފައިވާ ސިފައެކެވެ. އެހެންނަމަވެސް ގިނަ މީހުންނަށް ޤަބޫލު ކުރެވިފައިވާ ގޮތުގައި މިފަދަ ހަމައެއް ނުވަތަ ފަރާތެއް ހޯދައިގަތުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ.

(.Ideal cannot be achieved)


ސިކުނޑީގެ ފެންވަރު ދެރަ މީހުންނަކަށް މިފަދަ ރަނގަޅު ކަމެއް ނުވަތަ ފަރާތެއް ނުފެނުނަސް ދިރިއުޅުމަށް އަންނަ ބަދަލު ވަކިކޮށް ދެނެގަންނާކަށް ނޭނގެއެވެ. ވުމާއެކު މިފަދަ ހަމައެއް ނުވަތަ ފަރާތެއް ނުފެނި މުޅި ދިރިއުޅުން ހޭދަކޮށްލުމަކީ އުނދަގޫ ކަމަށް ނުވެއެވެ.

މިޔާޚިލާފަށް ވިސްނުން ތޫނު މީހުންނަށް މިދެންނެވި ފަދަ ހަމައެއް ނުވަތަ ފަރާތެއް ނުހޯދާ އުޅެން ފެށުމާއެކު ދިރިއުޅުމަށް އަންނަ ބަދަލު ވަކިކޮށް ދެނެގަންނާން އެނގެއެވެ. ނަތީޖާއެއްގެ ގޮތުން ތިމާގެ ސިކުނޑި ޤަބޫލު ނުކުރާ ހަމައަކަށް، ނުވަތަ ފަރާތަކަށް ބޯލަނބައިލުމަކީ ހިތްހަމަޖެހޭ ކަމަކަށް ނުވެއެވެ.

އިންސާނާ ތަބާވާން އެންމެ އައުލާކަންބޮޑު ފަރާތަކީ އޭނާ ހެއްދެވި ފަރާތެވެ. ވިސްނުން ތޫނު މީހުން "ނުފެނިގެން" ހޯދާ ފަރާތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ކަމީ ޝައްކެއް އޮތް ކަމެއްނޫނެވެ. އިންސާނާއަށް ހަމަޖެހުން ލިބޭނީ ﷲ ސުބްޙާނަހޫ ވަތަޢާލާއާ ކުއްތަން ވުމުންނެވެ. އެކަމަކު ގިނަ މީހުންގެ ގޮތަކީ ހިތްހަމަޖެހުން ހޯދަން މާއްދީތަކެތީގެ ފަހަތުން ދުވުމެވެ.

(ނިމުނީ)

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)Add Comment
...
ލިޔުނީ ތުއްތުކާ @, 2010-06-27 04:11:57
އަބުދުﷲ ނައީމުގެ ލިޔުއްވުން އެއްމެރަގަޅު ލިޔުމެކެވެ. ނަމަވެސް މިޒަމާނުގެ ލިޔުންތައް ހުންނަފަދަ ވިސްނައިގަންނަން ފަސޭހަ އިބާރާތުން ލިޔެވުނުނަމަ މިއަށްވުރެ ރަގަޅުވީހެވެ. މިހާރު މިއޮތްގޮތުން އަމިއްލަޔަށް މަރުވުމަކީ ބުއްދިވެރިކަމަކަށް ނޫނީ ނުވެއެވެ!

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1847
extra avandia and congestive heart failure