މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ރާބޯ މީހަކާއި ޢިލްމުވެރިއެއްގެ ވާހަކަ |
|
|
| ދީން - ޢަޤީދާ | |||
| 11 ޑިސެމްބަރ 2010، 12:09 ހޮނިހިރު | |||
|
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް ރާބީމޯހާ: މޭބިސްކަދުރު ކެއުމަކީ އަޅުގަނޑު ކުރާ ނުބައި ކަމެއް ކަމަށް ދެކެވަޑައިގަންނަވަންތޯ؟ޢިލްމުވެރިޔާ: ނޫން. ރާބޯމީހާ: އަޅުގަނޑު ކުޑަ ކުޑަ ވިނަކޮޅަކާއެކު މޭބިސްކަދުރު ކައިފިއްޔާ އެއީ ނުބައި ކަމަކަށް ވާނެތޯ؟ ޢިލްމުވެރިޔާ: ނޫން. އެއީ ނުބައި ކަމެއް ނޫން. ރާބޯމީހާ: އަޅުގަނޑު މި ދެންނެވި އެއްޗިހި ފެނުން ދޮވެފައި އެ އެއްޗެހީގެ ބޭނުން ކުރިއްޔާ ވާނީ ކިހިނެއްތޯ؟ ޢިލްމުވެރިޔާ: އެ އެއްޗެހި ބޭނުން ކުރުމުގައިވެސް އަދި އެ ފެން ބޭނުން ކުރުމުގައިވެސް މައްސަލައެއް ނެތް. ރާބޯމީހާ: މި އެއްޗެހީގެ ބޭނުން ކުރުން ހުއްދަ ކަމަށް ވަނީ ނަމަ، އަޅުގަނޑުމެން ރާ ބުއިން މަނާ ކުރައްވަނީ ކީއްވެގެންތޯ؟ ރާގައި ހިމެނެނީ މި ތިން ބާވަތެއް ނޫންތޯ؟ ޢިލްމުވެރިޔާ: އަހަރެން ކަލޭގެ ބޮލަށް ފެން އަޅައިފިއްޔާ ކަލެއަށް އަނިޔާއެއް ވާނެތަ؟ ރާބޯމީހާ: ނޫން. ނުވާނެ. ޢިލްމުވެރިޔާ: ފެން އެޅުމަށް ފަހު ކަލޭގެ ބޮލަށް ކުޑަ ކުޑަ މަށިކޮޅެއް އަޅައިފިއްޔާ އަނިޔާއެއް ވާނެތަ؟ ރާބޯމީހާ: ނޫން އަޅުގަނޑަކަށް އަނިޔާއެއް ނުވާނެ. ޢިލްމުވެރިޔާ: އަހަރެން މަށްޓާއި، ފެން އެއްކޮށް ގަށާފައި ބޮޑު އެޅިގަލެއް ހެދުމަށް ފަހު އެ ގަލުން ކަލޭގެ ބޮލުގައި ޖަހައިފިއްޔާ ވާނީ ކިހިނެއް؟ ރާބޯމީހާ: އޭރުން އަޅުގަނޑު ވާނީ މަރެއް ނޫންތޯ؟ ޢިލްމުވެރިޔާ: ރާ އަށްވެސް ވަނީ އެކަހަލަ ގޮތެއް! ---------------------- (ނިމުނީ) މި ލިޔުން؛ ލިޔުން: ޢަބްދުﷲ ނަޢީމު އިބްރާހީމް (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް) ޝާއިޢުކުރުން: '' '' އަލުން ބެލުން: " "
|
| ހަމަ މި ގަލަމުން |
|---|