ފަންވަތް ދީން ޢަޤީދާ ދެމަފިރިންގެ އެއްބާރުން ދިރިއުޅުން އާރާސްތުވުން
ބެލި ޢަދަދު: 2527
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ދެމަފިރިންގެ އެއްބާރުން ދިރިއުޅުން އާރާސްތުވުން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 18
ދެރަވަރަށްމޮޅު 
ދީން - ޢަޤީދާ
22 މެއި 2011، 19:39 އާދީއްތަ
ތަސްވީރު މަޒުމޫނު

އިބްރާހީމް ރަޝީދު މޫސާ

ނޯޓު:  މިއީ ތަޞްވީރީ މަޒުމޫނެކެވެ. މި ބާވަތުގެ މަޒުމޫނާއި ލިޔުންތަކަކީ ފަހަކަށް އައިސް ޚަބަރުފަތުރާ ވަސީލަތްތަކުގެ ތެރޭގައި ވަރަށް ބާރަށް ފެތުރެމުން އާއްމުވަމުންދާ ތަޢުބީރުކުރުމުގެ އައު ގޮތެކެވެ.

ތިރީގައި މިގެނެސްދޭ ފޮޓޯތަކަކީ  ވަރަށް ޢިބްރަތްތެރި ފޮޓޯތަކެކެވެ. މިއީ ޒުވާނަކު މަހެއްހާދުވަހުގެ ތެރޭގައި ނަގާފައިވާ 600ފޮޓޯގެ ތެރެއިން ހޮވާލައިފައިވާ ފޮޓޯކޮޅެކެވެ.  ދޫނިޖޯޑެއް ގުޅިގެން އެ ޖޯޑުގެ ގެ ބިނާކުރާ ގޮތް ދައްކާދޭ ފޮޓޯތަކެކެވެ. ﷲގެ ކުޅަދުންވަންތަކަން ހާމަކޮށްދޭ ފޮޓޯތަކެކެވެ. އެ ދެ ދޫނީގެ އަތުގައި ފަތިގަނޑެއް ނުވަތަ ފޫޓުފީތާއެއް ނުވަތަ މިނެހަދާނެ އެހެންވެސް ވަސީލަތެއް ނެތެވެ. މެކޭނިކަލް ޑްރޮވިންގްގެ އެއްވެސް ފިލާވަޅެއް އުނގެނިފައިނުވާ މި ކުޑަކުޑަ ދެ މަޚްލޫޤުން އެ ސޮރުމެންގެ ގެ ބިނާކުރިއިރު އެ ދޭއްޗަށް އެ ގޭ ގައި އުޅޭ އިރު ބޭނުންވާނެ އުސްމިނާއި ފުޅައުމިނާއި ގޭތެރޭގައި އުޅުމަށް ބޭނުންވާ ޖާގަ އޮންނާނެ ގޮތަށް، އެ ދޭތީގެ ބޮލުގައި މި ގެ ފަރުމާކޮށްފައިވެ އެވެ. އަޅުގަނޑުމެންގެ ކާބަފައިން އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތްކުރިއިރު  އެ އުޅަނދުތައް މާވަޑިޔާގެ ބޮލުގައި ކުރަހައިގެން ބަންނަގޮތަށެވެ. الله سبحانه وتعالى އުނގަންނާދެއްވި މޭސްތިރިކަމެއްގެ ސަބަބުން މި ދެ ދޫނި އެ ސޮރުމެންގެ ހިޔާވަހި ހަދަމުންގޮސްފައިވާ ގޮތް ދެކެވަޑައިގަންނަވާށެވެ. މި ފޮޓޯތައް ނެގި ޒުވާނާ ބުނާގޮތުގައި އެ ދެ ދޫނި ދުވާލަކު 8ގަޑިއިރާ 10ގަޑިއިރާ ދެމެދުގެ މިންވަރަކަށް މަސައްކަތްކޮށްފައިވެ އެވެ. އަދި ކޮންމެ ހަފުތާއަކު އެއްދުވަހު ޗުއްޓީ ނަގައިފައިވެ އެވެ. މި ދެ ދޫންޏަށް އެ ދޭތީގެ ގެ ބިނާކޮށް ނިންމާލެވުނީ މަހެއްހާ ދުވަހުގެ ތެރޭގައެވެ.  

ހާލި ހެދުމުގެ ތަފާތު ފިޔަވަހިތައް ބައްލަވައިލައްވާށެވެ. މި ހާލި ހަދައި ފައިވަނީ ގެއެއްގެ ކުޑަދޮރެއްގެ ކައިރީގައެވެ. މަތީގައިވާ ކުޑަ ފޮޓޯ އިން އެ ފެންނަނީ ގެ އެޅުމަށްޓަކައި މިންބަލައިގެން ގެ ފަށައިގެންފައިވާތަނެވެ.
 


ގެ ބިނާކުރަމުން މި ދަނީ  ކިސަޑުން

މިއީ މޭސްތިރިކަމުގެ އެއްވެސް ވަސީލަތެއް ނެތި ކޮށްފައިވާ މަސައްކަތެއް  
لا اله إلا الله الواحد القهار  

 


 
 سبحان الله ، ކިސަޑުކަން ، މަށިކަން އެ ސޮރުމެންނަށް އުގަންނާ ދެއްވީ  ކޮންފަރާތެއްބާ؟

 








ދިގުމިނާއި ފުޅައުމިން ބަލަނީ  




 


ލޯވަޅުތައް ބެއްދުމަށްޓަކައި ފާރުގައި އުވަޖަހަނީ

 


 

ބާއްޖަވެރި ޢާއިލާއަކަށްޓަކައި ދެމަފިރިން ގުޅިގެން
سبحان الله العظيم



މި ދެދޫނި އިންސާނުންނަށް އުގަންނާދޭ ފިލާވަޅަކީ ކޮބާ؟ މަސްއަލަތަކާ ދުރުގައި ދިރިއުޅުމަށްޓަކައި،  ރަނގަޅު ގެއެއް ބިނާކުރެވޭނީ ދެމަފިރިން އަތުގުޅާލައިގެން ... ދެމަފިރިން އެކަކު އަނެކަކު ދެނެގަނެގެން..


އެންމެފަހު ފިޔަވަޅު .. މަސައްކަތް ނިންމައިލުން

 

ގެ ހަދައި ނިމެނީ

 

އެންމެފަހުގެ ނިންމުން


އެންމެފަހުން ގެއަށް ވަންނަ ދޮރު
 

سبحان الله وبحمده سبحان الله العظيم

 

ދޮރޯށި .. ހުރިހާ އެއްޗަކުން ޙިމާޔަތް ލިބޭގޮތަށް .. ވިއްސާރައިން .. ހިރަފުހުން.. ދުޝްމަނުންގެ ކިބައިން
 سبحان الله ذو العرش المجيد


ގެ ބިނާކޮށް ނިމުނީ އެވެ.
ޒަވާޖީ ޙަޔާތް ފެށުނީ އެވެ.
ދެން އޮތީ ދަރިން ލިބުމާއި ތަރުބިޔަތުކުރުމުގެ ފިޔވައްސެވެ.  
ނިކަމެތި މަޚްލޫޤާތުން  އެކަތި އަނެއްކައްޗާ އެކު އަތުގުޅާލައިގެން މަސައްކަތްކުރާގޮތް ފެނިއްޖެ އެވެ.
ބާއްޖަވެރި ޙަޔާތަކަށްޓަކައި، ކުލުނާ، އޯގާތެރިކަމާއި، އަޅައިލުމަށް ބޭނުންވެ އެވެ.
ކެތްތެރިކަމަށާއި ޤުރްބާނީ އަށް ބޭނުންވެ އެވެ .
ކާޅާއި ހިންޏާއި ކުޅަނދުރުގެ  ކިބައިން އިންސާނާ ދަރުސުތައް ލިބިގަން ގޮތަށް މި ކުޑަކުޑަ ދެދޫނީގެ ކިބައިން  ފިލާވަޅެއް ލިބިގަންނަމާތޯ އެވެ؟
----------------
 (ނިމުނީ)

މި ލިޔުން:

    ފޮނުވުން:    އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ (ފަންވަތުގެ މުސްތަޝާރު)
    އަލުންބެލުން:  އާދަމް ނަޞީރު އިބްރާހީމް (އެޑިޓޯރިއަލްބޯޑުގެ ފަރާތުން)
    ޝާއިޢުކުރުން: އާދަމް ނަޞީރު އިބްރާހީމް

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (5)Add Comment
...
ލިޔުނީ ކިޔުންތެރިއެއް, 2011-05-23 04:08:07
އަލްއުސްތާޒު އިބުރާހީމް ރަޝީދު މޫސާގެ ލިޔުއްވުންތަކަކީ މުހިއްމު މަޢުލޫމާތުތަކެއް ގެނެސްދޭ، ކިޔުންތެރިންގެ ތެރޭގައި މަޤުބޫލު ލިޔުއްވުންތަކެއް. އެހެންނަމަވެސް އުސްތާޒު ރަޝީދުގެ ގިނަ ލިޔުއްވުންތަކުން ފާހަގަ ކުރެވޭ ވަރަށް ބޮޑު ޢިލްމީ އުނިކަމެއް އެބައޮތް. އުސްތާޒުގެ ގިނަ ލިޔުއްވުންތަކަކީ ތަރުޖަމާކުރައްވާފައި ހުންނަ ލިޔުއްވުންތަކަށްވީނަމަވެސް އެ ލިޔުއްވުމުގެއްގެ އަސްލު ބަޔާން ނުކުރެއްވުމާއި، ރެފަރެންސް ދެއްވާފައި ނުހުންނަކަން ފާހަގަ ކުރެވޭ. މިކަން ރަނގަޅުކޮށްލައްވައިފިނަމަ ލިޔުއްވުންތައް ފުރިހަމަވެފައި ހިތްގައިމުވާނެކަން ޔަޤީން. އުސްތާޒު ރަޝީދުގެ މަސައްކަތްޕުޅަށް އަދަށްވުރެ ފެހި މާދަމާއަކަށް އެދެން.
...
ލިޔުނީ މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2011-05-23 18:08:23
އިސްވެ ދިޔަ މިސާލެއް ނެތި އެންމެ ފުރިހަމަ ޚަލްޤު ކުރެއްވުމުން ހުރިހައި ތަކެއްޗެއް ޚަލްޤުކުރެއްވި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދު ސަނާ އަދި ތަޢުރީފު ހުއްޓެވެ. ކޮބާތޯ އެބުނާ އޭތިސްޓުން؟ ބަލަގަ އިނބަމެންގެ އުނި ސިކުނޑިތަކަށް ޤުދުރަތުގެ މިފަދަ ދަރުސްތަކުން ޢިބުރަތެއް ލިބޭކަށް އަދިވެސް ނުވޭތަ. މިވެސް ހަމަ ޗާންސެއްތޯ؟ ސުބުޙާނައްﷲ.
...
ލިޔުނީ މަހީދު, 2011-05-24 03:08:28
ވަރަށް ފުރިހަމަ ލިޔުމެއް
...
ލިޔުނީ Samaaa, 2011-05-24 04:35:50
سبحان الله وبحمده سبحان الله العظيم
...
ލިޔުނީ އިބްރާހީމު ރަޝީދު މޫސާ, 2011-05-26 17:10:54
ކިޔުންތެރިއާ އަށް ޝުކްރު ދަންނަވަމެވެ. ތިޔަ ދެއްވި ނަޞީޙަތް ބަލައިވެސް ގަންނަމެވެ. މި ފޮޓޯތަކަކީ ރަށްޓެއްސަކު އަޅުގަނޑަށް އީމޭލުން ފޮނުވި ފޮޓޯތަކެކެވެ. މި ފޮޓޯތަކުން އޭގެ މަޞްދަރު އެނގިވަޑައިގަންނަވާނެއެވެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 2527
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone