މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ދަރިން ގެންދެވުމަށް ކެތްތެރިވުން (މަރުގެ ޙަޤީޤަތް) |
|
|
| ދީން - ޢަޤީދާ | |||
| 17 ފެބްރުވަރީ 2009، 02:52 އަންގާރަ | |||
|
ފޮތް ހަދިޔާ ކުރެއްވީ: އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ފަންވަތުގެ ޚާއްޞަ ނޯޓު: ޙަޔާތުގެ ނިޝާނަކީ ކޮންމެ އިންސާނަކަށްވެސް މާތް ﷲ ދެއްވާފައިވާ ދަރީންނެވެ. އެހެންކަމުން ދަރީން މި ދުނިޔެ ދޫކުރާ ޙާލަތެއް މެދުވެރިވުމަކީ، ވަރަށް ހިތްދަތި އަސަރުތަކެއް ކުރުވާކަމެވެ. ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، މީން ކޮންމެ ކަމަކީ އިލާހީ އިމްތިޙާނުކަމެވެ. އެއްވެސް ކަމެއްގައި މާތް ﷲ ލައްވާފައިވާ ޙަޤީޤީ ޙިކްމަތްތައް އިންސާނާއަށް ދެނެ ނުގަނެވޭނެކަމެވެ. އެހެންކަމުން މި މުހިންމު މައުޟޫޢަށް އިންސާފުކުރައްވައި، އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ލިއުއްވާފައިވާ ފޮތް ''ދަރީން ގެންދެވުމަށް ކެތްތެރިވުން'' އާންމުކޮށް ޝާއިޢު ކުރެއްވުމުގެ ކުރީން، ފަންވަތަށް ހަދިޔާ ކުރައްވައި، ފަންވަތަށް މި ދެއްވި އަގުހުރި ޢިލްމީ ޚަޒާނާއަަށްޓަކައި ފަތްވަތުގެ ކިޔުންތެރިންނާއި، ހިންގުންތެރިންގެ ފަރާތުން ވަރަށް އިޚްލާޞްތެރިކަމާއެކު އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަށް ޝުކުރު ދަންނަވަމެވެ. އިރާދަ ކުރެއްވިއްޔާ މި ފޮތުގެ ބައިތައް ފަންވަތް މެދުވެރިކޮށް ތިޔަ ބޭފުޅުންނާ ހަމަޔަށް ގެނެސްދެމުން ގެންދާނަމެވެ. މަރުގެ ޙަޤީޤަތް 1- މަރަކީ އިންތިޤާލީ ފިޔަވައްސެއް ފަހުބުރު: ކަށްވަޅު ފަހު ހެދުން : ކަފުން ދުނިޔަވީ ޙަޔާތުގެ ނިމުން : މަރުު މަރަކީ ނިމުމެއްނޫނެވެ. އެކަމަކު އެއީ ހުރި ޙާލަތަކުން އެހެން ޙާލަތަކަށް ބަދަލުވުމެވެެ.އަދި އެއީ އެއްގޮވެތިން އަނެއްގޮވެއްޗަށް ބަދަލުވުމެވެ. ދުނިޔޭގެ ގޮވެތިން އާޚިރަތުގެ ގޮވެއްޗަށް ދިޔުމެވެ. ފަނާވަނިވި ގޮވެތިން ދެމިއޮތުމުގެ ގޮވެއްޗެއް ދިޔުމެވެ. މަސައްކަތުގެ ގޮވެތިން ޖަޒާލިބުމުގެ ގޮވެއްޗަށް ދިޔުމެވެ. ވަގުތީ ޖަގަހައިން ދާއިމީ ޖަގަހައަށް ދިޔުމެވެ. އުމަވީޚަލީފާއެއްކަމުގައިވާ ސުލައިމާން ބިން ޢަބްދުލްމަލިކު, އަބޫޙާޒިމަށް ވިދާޅުވިއެވެ. " އޭ އަބޫޙާޒިމެވެ! އަހަރެމެން މަރު ދެކެ ނަފްރަތްތެރިވަނީ ކީއްވެތޯއެވެ. ؟ " ޖަވާބުގައި އަބޫޙާޒިމު ދެންނެވިއެވެ. " އެއީ ތިޔަބޭފުޅުން ދުނިޔެ އާރާސްތުކުރައްވާ އާޚިިރަތް ހަލާކުކުރައްވާފައި ވާތީއެވެ. އާރާސްތުކޮށްފައިވާ ތަނެއް ދޫކޮށް ޚަރާބުކޮށްފައިވާ ތަނަކަށް ދާންް ރުހޭނީ ކާކުތޯއެވެ؟ ''މާތްﷲ ރުއްސުންލެއްވި އަބޫ ޛައްރިއްޣިފާރީ އަކީ ލިބިވަޑައިގަންނަވާ ހުރިހާބޭފުޅުން އަވަހާރަވަމުން ގޮސްފައިވާ ބޭފުޅެކެވެ. އޭނާ އަށް ދެންނެވުނެވެެ. " އޭ އަބޫ ޛައްރު އެވެ! ކަލޭގެފާނަކީ ލިބިވަޑައިގަންނަވާބޭފުޅުން އަވަހާރަވަމުންދާ ބޭކަލެކެވެ. " ޖަވާބުގައި އަބޫ ޛައްރިލްޣިފާރީ ވިދާޅުވިއެވެ. " ދެމިއޮތުމުގެ ޢާލަމަށްޓަކައި ރައްކައުކޮށްދެއްވުމަށް ، ފަނާވަނިވި ޢާލަމުގައި އެއްޗެހި ހިއްޕަވާ މާތްﷲ އަށް ޙަމްދާ ސަނާ ދަންނަވަމެވެ. "
|
| ހަމަ މި ގަލަމުން |
|---|