ފަންވަތް ދީން ޢަޤީދާ ފެތުރިފައިވާ މޫތައް: ޢަޤީދާއެއް ވަރަށް މުހިންމެވެ.
ބެލި ޢަދަދު: 1048
ފެތުރިފައިވާ މޫތައް: ޢަޤީދާއެއް ވަރަށް މުހިންމެވެ. ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދީން - ޢަޤީދާ
21 ފެބްރުވަރީ 2009، 01:29 ހޮނިހިރު

ލިޔުނީ: އަލިފުޝީނު
ޢަހްމަދު ޝަމީނު ދޮންމަނިކު،
ފިނިވާގެ އއ.ތޮއްޑޫ

އަޅުގަނޑުމެން އެންމެންވެސް މިތިބީ ނިކަން ހިޔާބޮޑު، ފެތުރިފައިވާ، ބިޔަ ގަހެއްގެ ދަށުގައެވެ.

އަތްގުޅިނުކާހާ ފަލަ މިގަސް ތިންކަތްޕަށް އަފިވެ ކޮންމެ އަތްޕެއް ގައި ސުމާރެއްނެއްހާ މަގުން ގޮފިންގޮފިޖަހައި އެއިން ކޮންމެ ގޮފިގަނޑެއްގައި ބަރިބަރިއަށް ފަތްފަޅާފައިވެއެވެ.


މިގަހުގެ މޫތައް ބިމުގެތެރޭ އެކިފަރާތްފަރާތަށް ދުވެ ފެތުރި ފުނަށްފައިބާ ބިމުގައި ނިކަން ރަނގަޅަށް ހަރުލާފައިވެއެވެ.

އާދޭހެވެ. އިސްލާމްދީނުގެ ޢަމަލީ ގޮތުން ކުރަންޖެހޭ ކަންތައްތައް ތިން ބަޔަށް ބަހާލެވިފައިވެއެވެ. އެއީ އަޚްލާޤް، މުޢާމަލާތު، އަޅުކަން، މި ތިންބައެވެ.  ކުރިންދެންނެވުނު ތިންގޮތްޕަކީ މިއީއެވެ. ހިތްތަކުގައި ފޮރުވިފައިވާ ޢަޤީދާ ބިމުގައި ފޮރުވިފައިވާ މޫތައްފަދައެވެ. ގަހުގެ ފެހިކަމާ ޗާލުކަން ބިނާވެފައިވަނީ މޫގަނޑުގައިވާ ތެތްކަމަމާއި  އެއިން ގަހަށް  ފޮނުވައިދޭ ކާނާއެއްގެ މައްޗަށެވެ. އެފަދައިން އަޅުގަނޑުމެން ކުރިން ދެންނެވުނު ތިންބައިގެ ތެރެއިން ކޮންމެ ބައެއްގައިނަމަވެސް ކުރާ ޢަމަލުތަކުގެ ބުރަދަން ހުއްޓިފައިވަނީ ހިތުގައިވާ ޤަބޫލުކުރުން ނުވަތަ ޢަޤިދާގެ ބަލިކަށިކަމާއި ހަރުދަނާކަމުން ތަމްސީލުވާ އަސަރެއްގެ މައްޗަށެވެ.

އެހެންކަމުން އަޅުގަނޑުމެން އެންމެންނަށްމެ އިސްލާމީ ޢަޤީދާގެ މުހިންމުކަން ކިތަންމެހާވެސް ބޮޑެވެ. އަދި ހަމަ އެހެންމެ އިންސާނެއްގެ ޙައިސިއްޔަތުން ޢަޤީދާއެއްގެ މުހިންމުކަންވެސް އެހާމެ ބޮޑެވެ. މާއްދީ ބިނާއެއްކަމުގައިވިޔަސް މަޢްނަވީ ބިނާއެއްކަމުގައިވިޔަސް އެމައްޗަށް އެ ބިނާއެއް ނެގެހެއްޓިހުންނާނެ ސާބިތު ތަރަހަޔަކަށް ބޭނުންވާފަދައިންނެވެ.

އިންސާނާގެ ޙަޔާތަކީ މާއްދީ އަދި ރޫޙީ ބިނާއެކެވެ. އެ ޙަޔާތުގެ ކޮންމެ ހިސާބެއްގައިހެން އަދި ކޮންމެ ދަނޑިވަޅެއްގައިމެ ގޮތްކަނަޑައެޅުމުގައި އޭނާއަށް ދެފަޅިއަށް ހަމަ ތަރާދެއްގެ ބޭނުންޖެހެއެވެ. ޢަމަލުކުރުމުގެ އިޚްރިޔާރު އޭނާގެ މުށުތެރޭގައި އޮނތްހާ ހިނދަކުމެއެވެ. އޭނާ އުފަންވުމާއި ހަމައިން ކަފުންވުމާ ހަމައަށެވެ.

ކީރިތި މާތް ނަބިއްޔާ ގެ ނަބަވީ ޙަޔާތްޕުޅުގެ ދިގުމިނަކީ ތޭވީހަކަށް އަހަރެވެ. ފުރަތަ ދިހަ އަހަރު ހޭދަކުރެއްވީ ފުރަ އިތުރު މައްކާގައެވެ. އަނެއް ތޭރަ އަހަރު މާތްވެގެންވާ މަދީނާގައެވެ. ފުރަތަމަ ދިހަ އަހަރުގައި ބާވާލެއްވުނު ޥަޙީގައި މައިގަނޑު ގޮތެއްގައި ވަނީ ޢަޤީދާގެ ވާހަކައެވެ. ދިހަ އަހަރު ވަންދެން ސާފު ޢަޤީދާއަކުން ވަރަށް ވަރުގަދަ ބިންގަލެއް އެޅިގެން ދިއުމަށްފަހު ދީނުގެ ގިނަ ޝަރުޢީ ޢަމަލީ ޙުކުމްތައް ބާވާލެއްވުނީ އޭގެ ފަހުގައެވެ.  އެއާއެކު ލޯތައް ތަރަތަރަ ޖަހައިގެންދާވަރުގެ ވަރުގަދަ ހައިބަތުހުރި ބިނާއެން ފެނިގެންދިޔައެވެ. އާދޭހެވެ. ޢަޤީދާއަށް ޓަކައި ނަބަވީ ޙަޔާތްޕުޅުގެ ދެބައިކުޅައެއްބައި ހޭދަކުރެއްވިގެން ދިޔައީއެވެ. އާދޭހެވެ. ފުރިހަމަ ޢަޤީދައެއްގެ މުހިންމުކަން އަދި އޭގެ އަސަރުވެސް ބޮޑެވެ.

މަޢުލޫމާތު:

މުޙައްމަދު ބިން އިބްރާހީމް ބިން ޢަބްދުﷲ އައްތުވައިޖިރީ(1429.ހ). މުޚްތަޞަރުލް ފިޤްހިލް އިސްލާމީ. ރިޔާޟް. އިންޓަރނޭޝަނަލް އައިޑިއާސް ހައުސް


ނޯޓް: މިއީ ސިސްސިލާކޮށް ލިޔުމަށް ގަސްދުކުރެވިފައިވާ މަޒުމޫނެކެވެ.

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)Add Comment
...
ލިޔުނީ އަހުމަދު , 2009-07-28 18:01:33
މިހާރު ކޮބާތަ ދީފައިހުރި ރެފަރެންސްތައް ބަލަބަލާ އިންދަ ގެއްލިއްޖެ .ވީގޮތެއްނޭންގެ 3 ރެފަރެންސްތެރެއިން މިހާރު މިފެންނަނީ 1 ރެފަރެންސްއެއް. އަޅުގަނޑު މިމަސައްކަތްކުރަނީ މިމަޒުމޫނު އިތުރު ދިރާސާއެއްކުރަން އެހެންވެ އެވަރު މިބެލެނީ ވަރަން ދެރަވެއްޖެ އެގޮތައް ކަންތައްކުރުމުން.
...
ލިޔުނީ ޢަހްމަދު ޝަމީނު ދޮންމަނިކު, 2009-07-29 02:04:27
އަޅުގަނޑުގެ ލިޔުމެއް ދިރާސާ ކުރައްވަން އުޅުއްވާ ވާހަކަ ވިދާޅުވުމުން ވ އުފާކޮށް ޝުކުރުވެސް ދަންނަވަމެވެ. އެއީ މިލިޔުން ޝާޢިއު ކުރުމުގެ މަޤްޞަދެއް ހާސިލުވާތީއެވެ. އަހުމަދު ފާޅުކުރެއްވި ޚިޔާލުގެ ޖަވާބުގައި ދަންނަވަމެވެ. އަޅުގަނޑަށް ބޮޑަށް ލަފާ ކުރެވެނީ އަހުމަދު ކުރިން ތިޔަބެއްލެވީ މި ސިލްސިލާގެ ދެވަނަ މަޒުމޫނު (http://www.fanvai.info/dheen/ageedha/623-2009-04-06-21-07-17.html#comment-2235)
އެވެ. ކޮންމެ މަޒުމޫނެއްގައިވެސް ޙަވާލާ ދީފައިވާނީ ސީދާ އެމަޒުމޫނެއްލިޔުމުގައި މައުލޫމަތު ނެދި ފޮތެއް ނުވަތަ ލިންކެކެވެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1048
extra avandia and congestive heart failure