މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ސުވަރުގެއަށް ވާސިލުކޮށްދޭ ސާޅީސް ފާލަން |
|
|
| ދީން - ޢަޤީދާ | |||
| 01 މެއި 2009، 22:03 ހުކުރު | |||
|
ނޯޓް: މިއީ، ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގެ ވެބްސައިޓުން ނަގާފައިވާ ލިއުމެވެ.
1. އީމާންކަންމަތީ ސާބިތުވެ ހުރުން. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (6)
![]()
...
ލިޔުނީ މުސްލިމަކަށް ވީތީ ފަޚުރުވެރިވަމާ!, 2009-06-14 07:51:11
އަޅުގަނޑަށް ހީވާ ގޮތުގައި މިއީ ސާޅީސް ފާލަމެއްނޫނެވެ. ސާޅީސް ފާލަމޭ އޮތިމުން ދޭހަވަނީ މިއިން ކޮންމެ ފާލަމަކުންވެސް ސުވަރުގެ ދެވޭނެކަމަށެވެ. އެކަމަކު އެއީކީ ޞައްޙަ ގޮތެއް ނޫނެވެ. އަޅުގަނޑު ދެކޭ ގޮތުގައި މިލިޔުމުގެ މައިގަނޑު ނަމަކަށް އެންމެ ރަނގަޅީ ". . . ސާޅީސް ހަރުފަތް" ލިޔުމެވެ.
...
ލިޔުނީ އާނަ, 2009-06-14 09:37:25
އަޅުގަނޑަށް ވިސްނޭގޮތުގައި ހަރުފަތޭ ބުނުމުން އޭގެ މާނަ ދިމައެއް ނުވެ އެވެ. ސަބަބަކީ ހަރުފަތަކީ ތަނަކަށް ދިޔުމަށް ބޭނުން ކުރެވޭ އެއްޗެއް ނޫނެވެ. ހަރުފަތަކީ ސިޑިއެއްގައި ނުވަތަ ހަރުގަނޑެއްގައި ހިމެނޭ އެއް މަޅުގަނޑަށް ކިޔާ ނަމެކެވެ. އުނދުޖެއްސިޔަސް ސައިކުރައެއް ވެސް އެވަރު މަޅުގަނޑަކުން ނުކެކޭނެ އެވެ. ގިނަ ފަހަރަށް ރާޅާ އަޅަން ވެސް އެ ފަދަ މަޅުގަނޑެއް ނުފުދޭނެ އެވެ. މީ އަޅުގަނޑުގެ ޚިޔާލެވެ.
...
ލިޔުނީ عبد المعيد حسن, 2009-06-15 01:18:35
ދިވެހި ބަސްފޮތުގައި ހަރުފަތުގެ ހަތަރު މާނަވެއެވެ. އެ މާނަތަކަކީ:
1. އަރާފައިބަން ފިލައިން ނުވަތަ އެނޫންވެސް އެއްޗަކުން ހަދައިފައި ހުންނަ ހަރުގަނޑު. 2. ހަރުގަނޑުގައި ފައި އަޅާން ހުންނަ ފިލާ ނުވަތަ ގައު. 3. ސިޑި. 4. ކަމެއްގެ މަރުޙަލާތައް. ދިވެހި ބަސް ފޮތުގައިވާ ފާލަމުގެ މާނަތަކަކީ: (1) ފުރާ ދުއްވާ އެއްޗެހި ގާތްކޮށް މީހުން އަރާ ފޭބުމަށާއި، މުދައު އަރުވައި ބޭލުމަށް ގޮނޑުދޮށުގައި ތަނބުޖަހައިގެން ނުވަތަ ގަލާއި ވެލި އަޅައި ހިއްކައިގެން ހަދައިފައި އޮންނަތަން. (2) ދެތަނެއް ގުޅުވުމަށް ކޯރުކޯރާއި ފެންފެންގަނޑު ފަދަ ތަންތަން ހުރަސްކޮށް މީހުން ހިނގުމަށާއި އެއްޗެހި ދުއްވުމަށް ތަނބުޖަހައިގެންނާއި ހިއްކައިގެން ނުވަތަ ފަތިތަކެއް ހަނިދިގުކޮށް ގަތައި އެލުވައިގެން ހަދައިފައި ހުންނަ މަގު.
...
ލިޔުނީ މުސްލިމަކަށްވީތީ ފަޚުރުވެރިވަމާ!, 2009-06-17 07:58:48
ޝުކުރިއްޔާ އުސްތާޛު މުޢީދު!
ދެބަހުގެ މާނައަށް ބަލާއިރު އަދިވެސް އަޅުގަނދަށް ބުރެވެވެނީ އަޅުގަނޑު ކުރިން އިޝާރާތްކުރި ގޮތަށް. މުހިންމީ މައުޟޫޢުގައި ސިޑިއެއްކަން ނުވަތަ ފާލަމެއްކަން ނުވަތަ މަގެއްކަން ލިއުމެއްނޫން. މުހިންމީ އޭގެތެރެއިން އެންމެ ކަމެއް ކޮށްގެން ސުވަރުގެ ނުދެވޭނެކަމާއި އެކަންކަމަކީ މީހާ ސުވަރުގެއަށް ވާޞިލުވުމަށް އެހީތެރިވެދޭނެޢަމަލުތަކެއްކ
...
ލިޔުނީ ޙުސައިން ޢަލީ މުޙައްމަދު, 2009-06-18 05:49:27
"މުސްލިމަކަށް ވީތީ ފަޚުރުވެރިވަމާ!" ތިޔަ ކިޔުއްވަނީ ރަނގަޅު އެއްޗެއް ނޫނެވެ. ތިބޭފުޅާ ދެއްވާފައިވާ ޚިޔާލާއި މަޒުމޫނުގައިވާ އެއްޗަކާ އަޅާބަލާއިރު، ތިބޭފުޅާ މި މަޒުމޫނު ރަނގަޅަށް ކިޔުއްވާފައި ނުވާކަން އަޅުގަނޑަށް އެނގުނެވެ. މަޒުމޫނުގައި އެއޮތީ، ސުވަރުގެއަށް ދާން ބޭނުންވާ މީހަކު، މިޙަޔާތުގައި ދަތުރުކުރަން ޖެހޭނީ، ސުވަރުގެއަށް ވާޞިލުކޮށްދޭ ފާލަންތަކުގެ މަތީގައި ކަމަށެވެ. އެންމެ ފާލަމެއްގެ މަތީގައި ހިނގާ ވާހަކަޔެއް އެޔަކު ނެތެވެ. މަޒުމޫނުގައި އިރުޝާދު ދީފައި އެވަނީ، މަޒުމޫނުގައިވާ ފާލަންތަކާއި އަދި އެފަދަ އެހެން ފާލަންތަކުގެ މަތީގައި ވެސް ހިނގުމަށެވެ. މަޒުމޫނުގައިވާ ސާޅީސް ފާލަމުގެ އިތުރުން، ކީރިތި ޤުރުއާނާއި ސުންނަތުގައި އެފަދަ ކިތަންމެ ފާލަމެއް ވާކަމަށް ވެސް މަޒުމޫނުގައި އިޝާރާތެއް އެބައޮތެވެ.
ނަމާދު ނުކުރާ މީހަކު ހަމައެކަނި ރޯދަ ހިފުމަށް، މަޒުމޫނުގައި މަގުދައްކާފައެއް ނެތެވެ. އަދި ފަރުޟުތަކާއި ވާޖިބުތައް އަދާނުކުރާ މީހަކު، މިސްކިތް ބިނާކުރާ ވާހަކައެއް ވެސް އެޔަކު ނެތެވެ. އަޅުގަނޑު ޚިޔާލު ލިޔުނުއިރު، ތިބޭފުޅާގެ ޚިޔާލު އޮތްގޮތް ތިރީގައި މިވަނީއެވެ. ފަހުން ބެލިއިރު އޭގެ އެއްބައި މަދުވެފައިވާތީ، ތިބޭފުޅާގެ ޚިޔާލު މިތަނުގައި ނަކަލުކޮށްލީމެވެ. "ޝުކުރިއްޔާ އުސްތާޛު މުޢީދު! ދެބަހުގެ މާނައަށް ބަލާއިރު އަދިވެސް އަޅުގަނދަށް ބުރެވެވެނީ އަޅުގަނޑު ކުރިން އިޝާރާތްކުރި ގޮތަށް. މުހިންމީ މައުޟޫޢުގައި ސިޑިއެއްކަން ނުވަތަ ފާލަމެއްކަން ނުވަތަ މަގެއްކަން ލިއުމެއްނޫން. މުހިންމީ އޭގެތެރެއިން އެންމެ ކަމެއް ކޮށްގެން ސުވަރުގެ ނުދެވޭނެކަމާއި އެކަންކަމަކީ މީހާ ސުވަރުގެއަށް ވާޞިލުވުމަށް އެހީތެރިވެދޭނެޢަމަލުތަކެއްކ ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ." (ޙަދީޘްފުޅެއްގެ މާނަ) |