|
ދީން -
ދިރާސާ
|
|
08 ޖެނުވަރީ 2012، 04:50 އާދީއްތަ |
ޢަބްދުﷲ ފާރޫޤު ޙަސަން
ހ. ޒަކާތްދިނުން.
އިސްލާމްދީނުގައި ޒަކާތުގެ ދެބާވަތެއް ވަނީ ތަޢާރުފުކުރައްވައިފައެވެ. އެއްބާވަތަކީ ފިޠުރު ޒަކާތެވެ. އަނެއް ބާވަތަކީ މުދަލުގެ ޒަކާތެވެ. ޒަކާތަކީ އިސްލާމްދީނުގެ އިޤްތިޞާދީ އިޙްސާންތެރިކަމުގެ އިދާރާގެ މައިތަނބެވެ. އިޖްތިމާޢީ އިޤްތިޞާދީ ގޮންޖެހުންތައް ކަމުގައި ހިމެނޭ ވަޒީފާ ނެތުމާއި، ފަޤީރުކަމާއި، އަސާސީ ބޭނުންތައް ނުފުދުމުގެ މަސްއަލައިގެ ޙައްލެވެ.
|
|
ދީން -
ދިރާސާ
|
|
29 ޑިސެމްބަރ 2011، 18:09 ބުރާސްފަތި |
ރިބާއާއި ޖުވާއާ އެ ނޫން ވެސް ޙަރާމް ވަސީލަތްތައް
ޢަބްދުﷲ ފާރޫޤު ޙަސަން
ވޭތިވެގެންމިދާ ތިންހަތަރު ސަތޭކަ އަހަރެއްގެ ތެރޭގައި ރިބާއާއި ޖުވާއާއި އެނޫންވެސް މިފަދަ އެތައް ވަސީލަތްތަކެއް ވަނީ އިޤްތިޞާދުގެ ތެރެއަށް ވަރަށް ފުންކޮށް މޫލައިފައެވެ. އެކަންތައްތަކަކީ ގާތްގަނޑަކަށް ހުރިހާ ދީންތަކެއްގައްޔާއި ތަހްޒީބުތަކެއްގައި މުންކަރާތުގެ ތެރޭގައި ހިމަނާ ކަންތައްތަކެކެވެ. މިސާލެއްގެ ގޮތުން ރިބާއަކީ ވަރަށް އިހުއްސުރެ އިޤްތިޞާދީ ދާއިރާގައި ކޮންމެވެސް ސިފައެއްގައި ހިނގަމުންއައި ކަމެކެވެ. ނަމަވެސް ރިބާ ކެއުމަކީ އަބަދުވެސް ނަފްރަތުކުރެވުނު ކަމެކެވެ. އެކަމަކު މިހާރު އެކަންވަނީ މުޅީން ބަދަލުވެފައެވެ.
|
|
ދީން -
ދިރާސާ
|
|
27 ޑިސެމްބަރ 2011، 04:36 އަންގާރަ |
ގޮށްމުށުބާރުގެ އެހީގައި ދީން ފެތުރީ ކްރިސްޓިއަނުންނެވެ. ކެރޮލިންގިއަން ފްރޭންކުންގެ ދައުލަތް
މެރޮވިންގިއަން ފްރޭންކް ދައުލަތުގެ ބާނީ ކްލޯވީ އެއްވަނަ އަވަހާރަވީ މީލާދީން 511 ވަނަ އަހަރުގައެވެ. އޭނާއަށް ފަހު އޭނާގެ ވެރިކަން އޭނާގެ ހަތަރު ފިރިހެން ބޭފުޅުންނަށް ވާރުތަވިއެވެ. އެ ހިސާބުން މެރޯވިންގިއަން ފްރޭންކް މުލޫކިއްޔާ ޝާހީ އަމީރުންނާއި، ދެން ވެސް ބާރުގަދަ ބޭފުޅުންގެ ކުޅޭކުޅޭ އެއްޗަކަށް ވެގެން ދިޔައެވެ.
|
|
ދީން -
ދިރާސާ
|
|
22 ޑިސެމްބަރ 2011، 07:00 ބުރާސްފަތި |
ޢަބްދުﷲ ފާރޫޤު ޙަސަން
އިންސާނުން އުފައްދަވައިފައިވާ ފިޠުރަތުގެ ސަބަބުން އިންސާނުންނަކީ ތަފާތު ބައެކެވެ. ވިސްނުމާއި ފިކުރުގެގޮތުން ބެލިކަމުގައި ވިޔަސް، އިސްކޮޅާއި ރޫފައިގެގޮތުން ބެލިކަމުގައި ވިޔަސް ޖިސްމާނީ ހަކަތައާއި ބުންވަރަށް ބެލިކަމުގައި ވިޔަސް މިކަންހުރީ މިގޮތަށެވެ. އެހެންކަމުން އިންސާނުންގެ މެދުގައި މަޢީޝަތުގެ ވަސީލަތްތައް ލިބިގަތުމުގައިވެސް ތަފާތެއް ހުރުމަކީ ޠަބީޢީކަމެކެވެ.
|
|
ދީން -
ދިރާސާ
|
|
18 ޑިސެމްބަރ 2011، 15:54 އާދީއްތަ |
މަސްއޫލިއްޔަތުގެ ތަޞައްވުރު ޢަބްދުﷲ ފާރޫޤު ޙަސަން
ކީރިތި ޤުރްއާނުގައްޔާއި، ކައުސާހިބާގެ ސުންނަތުގައި ބަޔާންކުރައްވައިފައިވާ ދާއިމީ އަދި އަޒަލީ އަގުތަކުގެ ތެރެއިން އެއްކަމަކީ މަސްއޫލިއްޔަތުގެ ތަޞައްވުރެވެ. އާދޭހެވެ. އިންސާނާ އުފައްދަވައިފައި ވަނީ އެއްވެސް ހިފެހެއްޓުމެއް، ބަންދުކުރެވުމެއް ނެތި، އޭނާގެ ހިތްކިޔާ ކޮންމެ މިޞުރާބަކަށް އުދުހިގެންދެވޭ ދޫންޏެއްގެ ގޮތުގައެއް ނޫނެވެ. ލަގަންއަޅުވައި މަތަކޮށް ކިޔަމަންނުކުރެވޭ ފަދަ ނުކިޔަމަންތެރި، ނު ކިއްސަރު ޙަޔަވާނެއް ފަދަޔަކުން ވެސް ނޫނެވެ.
|
|
ދީން -
ދިރާސާ
|
|
14 ޑިސެމްބަރ 2011، 15:50 ބުދަ |
އިލާހުވަންތަފަރާތުގެ ވަޙްދަތުޢަބްދުﷲ ފާރޫޤު ޙަސަން
ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދަސްކޮށްދެއްވައިފައިވާ އަގުތަކުގެ ތެރެއިން ދާއިމީ އަނެއް އަގަކީ އަދި ޙަޤީޤަތާ މުޅީން އެއްގޮތް އެއް ހިދާޔަތަކީ އިލާހުވަންތަ ފަރާތުގެ ވަޙްދަތެވެ. އެހެން ޢިބާރާތަކުން ދަންނަވާ ނަމަ އަރަހުށި ހުސްޠާހިރުވަންތަ މާތްﷲގެ އެއްކައުވަންތަކަމެވެ.
|
|
ދީން -
ދިރާސާ
|
|
13 ޑިސެމްބަރ 2011، 23:54 އަންގާރަ |
ހަތަރުވަނަ ބާބު – ފަރަންސޭސި ރަސްކަލުންގެ މުޤައްދަސް ކަނޑިކޮޅު އަޙްމަދު މާޖިދު
ތިންވަނަ ބާބުގައި އަޅުގަނޑު ވާހަކަ ދައްކާލާފައި ވާނީ ރޯމަން އަމްބަރާތޫރު ކޮންސްޓަންޓީންގެ ވެރިކަމުގެ ދައުރުގައި ކްރިސްޓިއަން ދީން ފެތުރުމަށް، އަދި ކްރިސްޓިއަން ދީނުގެ ތިންކައުވަންތަކަމުގެ ޢަޤީދާ ފެތުރުމަށް ޓަކައި ކަނޑީގެ ބާރުގައި ކުރެވުނު މަސައްކަތްތަކާ މެދުގައެވެ. އަދި އޭނާއަށް ފަހު ހަމަ އެ މަސައްކަތް އޭނާގެ ފަހުން ވަޑައިގެންނެވި ރަސްކަލެއް ކަމުގައި ވާ ތިއޮޑޯސިއަސް ކުރެއްވި ގޮތާ މެދުގައެވެ. މި މަސައްކަތްތަކުގެ ތެރޭގައި ރޯމަން ބައިޒެންޓައިން ދައުލަތުގެ ސަރަހައްދުން ވަޘަނީ ދީނުގެ މީހުން މުޅީން ހުސް ކޮށްލެވުނެވެ.
|
|
ދީން -
ދިރާސާ
|
|
29 ނޮވެމްބަރ 2011، 21:09 އަންގާރަ |
ގޮށްމުށުބާރުގެ އެހީގައި ދީން ފެތުރީ ކްރިސްޓިއަނުންނެވެ.އަޙްމަދު މާޖިދު
ވަޘަނީންނާ ދެކޮޅަށް ހިންގުނު ޖަރީމާތައް
ކްރިސްޓިއަން ދީނުގެ ދާއިރާގެ ތެރޭގައި ތިބެ، ތައުޙީދުގެ ޢަޤީދާއަށް އީމާންވި މީހުންނާ ދެކޮޅަށް ހިންގި ޖަރީމާތަކުގެ އިތުރަށް، ރޯމަން ދައުލަތުގެ މުސްކުޅީ ދީން ކަމަށް ވާ ވަޘަނިއްޔަތު، ނުވަތަ އިނގިރޭސި ބަހުން ދަންނަވާ ނަމަ "ޕެގޭނިޒަމް" ގެ އަހުލުވެރީންނާ ދެކޮޅަށް ކްރިސްޓިއަނުން ނެގި ކަނޑި ވަކި ކޮށްޓެއް ނޫނެވެ.
|