ފަންވަތް ދީން ދިރާސާ އިސްލާމްދީނުގެ ޙަޤީޤަތާ އެއްގޮތްކަން
ބެލި ޢަދަދު: 509
 ބަރަކާތްތެރި ފިޠުރު ޢީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފަންވަތުގެ އެންމެހާ ކިޔުންތެރިންނާއި ލިޔުން ތެރިންނަށް އަރިސްކުރަން...


"ހެލްޕް ޕާކިސްތާން" ފަންޑަށް އެސްއެމްއެސް މެދުވެރިކޮށް ފައިސާ ހަދިޔާ ކުރަށްވާ:

ވަތަނިއްޔާ ޕްރީޕެއިޑް ކަސްޓަމަރުން
5   ރުފިޔާ ހަދިޔާ ކުރެއްވުމަށް 4511 އަށް ހުސެސްއެމްއެސް އެއް ފޮނުއްވާ.
10  ރުފިޔާ ހަދިޔާ ކުރެއްވުމަށް 4512 އަށް ހުސެސްއެމްއެސް އެއް ފޮނުއްވާ.
50  ރުފިޔާ ހަދިޔާ ކުރެއްވުމަށް 4513 އަށް ހުސެސްއެމްއެސް އެއް ފޮނުއްވާ.
100 ރުފިޔާ ހަދިޔާ ކުރެއްވުމަށް 4514 އަށް ހުސެސްއެމްއެސް އެއް ފޮނުއްވާ.

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން
HP  ޖައްސަވާފައި ހަދިޔާކުރަށްވަން ބޭނުންފުޅުވާ ފައިސާގެ ޢަދަދު (5، 20، 50، ނުވަތަ 100) ޖައްސަވާފައި 355 އަށް ފޮނުއްވާ.

BANK ACCOUNT DETAILS
PRIME MINISTER’S FLOOD RELIEF FUND 2010
HABIB BANK LTD., MALE’
ACCOUNT NO.: 2343‐56

އިސްލާމްދީނުގެ ޙަޤީޤަތާ އެއްގޮތްކަން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 4
ދެރަވަރަށްމޮޅު 
ދީން - ދިރާސާ
15 އެޕރީލް 2010، 00:29 ބުރާސްފަތި

ޢަބްދުﷲ ފާރޫޤު ޙަސަން

ހުޅަނގުގެ މަޝްހޫރު މުއައްރިޚެއް ކަމުގައިވާ ފްރެންކްލިން ބާމަރ (Franklin Baumer) ކަނޑައަޅުއްވާ ގޮތުގައި، މިޒަމާނަކީ ހައިރާންކަމުގެ (Age of anxiety) ދައުރެކެވެ. ސައިންސް ވުޖޫދަށް އައުމާ ވިދިގެން، ނަވާރަވަނަ ސައްތައިގައި އިންސާނުންނަށް ވިސްނިފައިއޮތީ، ހެޔޮލަފާ ދިރިއުޅުމަކާއި ރަނގަޅު މުޖްތަމަޢެއް ބިނާކުރުމަށް ސައިންސް ފުދޭނެ ކަމުގައެވެ. ސައިންސުގެ ޒަރީޢާއިން އިންސާނާއަށް މާއްދީ ތަރައްޤީ ހާސިލު ކުރެވޭނެ ކަމުގައެވެ. ހަމައެއާއެކު، އަޚްލާޤީ އަރުތައާއި، ރޫޙާނީ ކުރިއެރުންވެސް ހޯދައިގަނެވޭނެ ކަމުގައެވެ.

ނަމަވެސް، ސަތޭކަ އަހަރުގެ ތަޖުރިބާއަށްފަހު ކުރިމަތިލާންޖެހުނީ ވަރަށް ބޮޑު ނާކާމިޔާބީއަކާއެވެ. ސައިންސް މާއްދާ މެޝިނަށް ބަދަލުކޮށްދިނެވެ. ނަމަވެސް، ސައިންސަކަށެއް ނުބައި މީހަކު ހެޔޮލަފާ މީހަކަށް ހަދައެއް ނުދެވުނެވެ. މިސާލެއްގެ ގޮތުން، ސައިންސް އިންސާނާއަށް އާ ބާރާއި ހަކަތަ ހޯދައިދިނެވެ. އިންސާނާ ދުނިޔޭގެ ބޮޑު ދެ ހަނގުރާމައިގެ ސިފައިގައި، އެ ބާރުގެ ބޭނުންކުރިއެވެ. އެ ބާރު ދުނިޔެއަށް ގެނައި ހަލާކަކީ، އިންސާނީ ތާރީޚުގައި އޭގެކުރިން އެފަދަ މިސާލެއް ފެނިފައި ނުވާފަދަ ހަލާކެކެވެ.

އެހެންކަމުން، އިންސާނީ މުޖްތަމަޢެއް ބިނާކޮށް ތަރައްޤީ ކުރުމަށް ސައިންސް ނުފުދޭ ކަމުގައި ވިހިވަނަ ސައްތައިގައި އާންމުކޮށް އިޢުތިރާފުވެވޭން ފެށިއެވެ. އައިންސްޓައިން ވިދާޅުވެފައިވެއެވެ. ސައިންސަށް ޕްލެޓޯނިޔަމްގެ ފިޠުރަތު ބަދަލުކުރެވިދާނެއެވެ. ނަމަވެސް، ސައިންސަކަށް އިންސާނާގެ ހިތުގައިވާ ނުބައި ނުލަފާކަން ފިލުވައެއް ނުލެވޭނެއެވެ.

Science denature plutonium but it cannot denature the evil in the heart of man.

ބައެއް އެހެނިހެން ފަރާތްތަކުން މިއަށްވުރެވެސް ސީދާގޮތެއްގައި އަދި ކަނޑއެޅިފައިވާ ގޮތެއްގައި ދީނުގެ އަހަންމިއްޔަތަށް އިޢުތިރާފްވެފައިވެއެވެ. ކާލްޔަންގ މިޒަމާނުގެ މުޖްތަމަޢުގެ އެތަކެއްހާސް ބަޔަކު ތަޖުރިބާ ކުރެއްވުމަށްފަހު ވިދާޅުވެފައިވެއެވެ. އަހަރެމެން ބަރުދާސްތު މިކުރާ ކަންތައްތައް ބަރުދާސްތުކުރަން ޖެހިފައި މިވަނީ، އަހަރެމެން ކަލާނގެ ރަސްކަންފުޅާ ދުރުވެފައިވާތީއެވެ.

We continue to suffer because we are alienated from God.

މިޒަމާނުގައި އުފެދުނު އާ އެއްޗެހީގެ ތެރެއިން އެކައްޗަކީ ވަސީލަތްތަކެވެ. ދެވަނަ އެއްޗަކީ ނަޒަރިއްޔާތަކެވެ. މިދެންނެވި ވަސީލަތްތަކަކީ، އޭގެ ފުރަތަމަ ސިފައިގައިވެސް އިންސާނިއްޔަތަށް އިންތިހާދަރަޖައިގެ ލާބަހުރި އެއްޗެކެވެ. ނަމަވެސް، މިޒަމާނުގެ އާ ނަޒަރިއްޔާތައް އިންސާނުންގެ ތެރޭގައި އުފައްދައިފައިވާ މިޒާޖާއި ވިސްނުމަކީ ރަނގަޅު އެއްޗެއްސެއް ނޫނެވެ. އޭގެ ނަތީޖާއަކަށްވީ، ފައިދާހުރި އެއްޗެހިތައްވެސް ޢަމަލީގޮތުން ހަލާކުގެ ސަބަބުތަކެއް ކަމުގައި ވެގެންދިއުމެވެ. އެހެންކަމުން، މިއަދު ދުނިޔެއަށް ބޭނުންވެފައިވަނީ، އިންސާނުންގެ ކިބައިގައި ޞާލިޙު މިޒާޖެއް އުފެއްދޭފަދަ ނަޒަރިއްޔާއެކެވެ.

އިސްލާމްދީނަކީ ޙަޤީޤަތާ އެއްގޮތް ދީނެކެވެ. ތެދުވެރި ދީނެކެވެ. އޭގެ އިންކާރު ނުކުރެވޭފަދަ އެއް ހެއްކަކީ، އިސްލާމީ އިންޤިލާބުގެ ސަބަބުން އުފެދިގެން އައިސްފައިވާ ހުރިހައި ނިޒާމުތަކަކީވެސް، އަބަދުވެސް އިންސާނިއްޔަތަށް ލާބައާއި މަންފާހުރި ނިޒާމުތަކެއްކަން ސާބިތުވަމުން އައިސްފައިވާ ކަމެވެ. އެއާ ޚިލާފަށް، ޣައިރު އިސްލާމީ އިންޤިލާބުތަކުގެ ސަބަބުން އުފެދުނު ނިޒާމުތައް އަބަދުވެސް ފެނިގެން ގޮސްފައިވަނީ، އިންސާނިއްޔަތަށް ކުރިމަތިވާ ގެއްލުމާއި ހަލާކުގެ ސިފައިގައެވެ.

މިސާލެއްގެ ގޮތުން ދަންނަވާނަމަ، މިޒަމާނުގެ މިނިވަން ދުނިޔޭގައި ސައިންސާއި، ޖުމްހޫރިއްޔަތާއި، އިޖްތިމާޢީ މިނިވަންކަންފަދަ ކަންތައްތަކަކީ އިސްލާމީ އިންޤިލާބުގެ ސަބަބުން އުފެދިގެންއައި ކަންތައްތަކެވެ. ތަޖުރިބާއިން ކަށަވަރުވެފައިވަނީ، އެއީ ހައްތާވެސް އިންސާނިއްޔަތަށް ފައިދާހުރި ކަންތައްތައް ކަމެވެ. ކުށްގޮތެއްގައި އެކަންކަން ބޭނުންކުރެވުމުގެ ސަބަބުން، ފަހަރުގައި އިންސާނިއްޔަތަށް ބައެއްކަހަލަ ގެއްލުން ލިބުނު ކަމުގައިވިޔަސް، އުސޫލީގޮތުން ބަލާއިރު އެކަންކަމަކީ ހައްތާވެސް ރަނގަޅު ކަންކަމެވެ. ފައިދާހުރި ކަންކަމެވެ. ބޭނުންތެރި ކަންކަމެވެ.

އެއާ ޚިލާފަށް ނޭޝަނަލިޒަމާއި، ކޮމިއުނިޒަމާއި، ނާޒިޒަމާއި މިނޫންވެސް މިބާވަތުގެ ނިޒާމުތަކަކީ ޣައިރު އިސްލާމީ ފިކުރާއި، ޣައިރު އިސްލާމީ އިންޤިލާބުތަކުގެ ސަބަބުން ފާޅުވެގެންދިޔަ ކަންތައްތަކެވެ. ތަޖުރިބާއިން ޔަގީންވެފައިވާ ގޮތުގައި، މިއީ ހައްތާވެސް އިންސާނިއްޔަތަށް ގެއްލުންހުރި ކަންތައްތަކެވެ. އެ ނިޒާމުތައް ފުރިހަމަޔަށް ތަންފީޒުކުރެވުނު ވަރަކަށް، އެކަންކަމުން އިންސާނިއްޔަތަށް ލިބޭ ގެއްލުމާއި ހަލާކު ހައްތާދަނީ ބޮޑުވަމުންނެވެ. އެކަންކަމުގެ ގެއްލުން ހިސާބަކަށްވެސް ކުޑަވެލަނީ، ވީހައިވެސް އުނިގޮތެއްގައި، އެ ނިޒާމުތައް ތަންފީޒު ކުރެވިގެންނެވެ.

ކަލާ މޭވާއަޅާ ގަހެއް އިންދަވައިފިނަމަ، އެ ގަހަކުން އަބަދުވެސް ލިބިވަޑައިގަންނަވާނީ މޭވާއެވެ. އެއާ ޚިލާފަށް، ކަށި ގަހެއް އިންދަވައިފިނަމަ އެ ގަހަކުން ހައްތާވެސް ލިބިވަޑައިގަންނަވާނީ ކަށްޓެވެ. އިސްލާމީ ނިޒާމާއި ޣައިރު އިސްލާމީ ނިޒާމުގެ މިސާލަކީ މިއީއެވެ. އިންސާނުންގެ ޙަޔާތުގައި އިސްލާމްދީނުގެ ބައެއް އުސޫލުތައް ތަންފީޒުކުރެވުނު ކަމުގައިވިޔަސް، ނުވަތަ އިސްލާމީ އުސޫލުތައް އެކީއެކަށް ހިންގައިލެވުނު ކަމުގައިވިޔަސް، އޭގެ ސަބަބުން ފެނިގެންދާނީ، ބިނާކުރުވަނިވި ނަތީޖާތަކެކެވެ. ޣައިރު އިސްލާމީ ނިޒާމު ހިންގައިލެވޭ ކޮންމެ ފަހަރަކު، އިންސާނީ ޙަޔާތުން ފެނިގެން ގޮސްފައިވަނީ އޭގެ ހަލާކުހުރި ނަތީޖާއެވެ. ގެއްލުންހުރި ނަތީޖާއެވެ. އެ ނިޒާމުތަކުގެ ބައެއް ހިންގައިލެވުނު ކަމުގައިވިޔަސް، ނުވަތަ މުޅި ނިޒާމު އެކަށް ހިންގައިލި ކަމުގައި ވިޔަސްވެހެވެ.

މިޒަމާނުގައި އިންސާނުން ފިޠުރަތު މުޠާލިޢާކޮށްގެން ހޯދައިފައިވާ ހޯދުންތަކާއި، އުފައްދައިފައިވާ އިންޑަސްޓްރިއަލް ސިވިލައިޒޭޝަނަކީ ޤުދްރަތުގެ ހެކިތަކެވެ. އޭގެ އަސްލު ޙަޤީޤަތަށް ބަލާއިރު، އެކަންކަމުގެ ހައިސިއްޔަތަކީ، މާތް اللّه ގެ ނިޢުމަތެއްގެ ހައިސިއްޔަތެވެ. ނަމަވެސް، މިޒަމާނުގައި އިންސާނާގެ ވިސްނުން ބައްޓަންކުރުމަށްޓަކައި އުފެދިފައިވާ ނަޒަރިއްޔާތުތަކަކީ އިންސާނާގެ އަމިއްލަ ސިކުނޑީގެ އުފެއްދުންތަކެވެ. އެހެންކަމުން، މިޒަމާނުގެ އިންސާނާ ވަނީ ދެކޮޅު ނުޖެހުމެއްގެ ތެރޭގައި ހައްޔަރުވެފައެވެ. ވަސީލަތްތަކުގެ ނިސްބަތުން ބަލާއިރު، އޭނާއަށް ލިބިގެންވަނީ އިލާހީ ވަސީލަތްތަކެވެ. ނަމަވެސް، އިންސާނީގޮތުން ބަލާއިރު، އޭނާއަކީ ކަލާނގެއާ ގުޅުމެއްނެތް އިންސާނެކެވެ.

މިދެންނެވި ޚިލާފު ނައްތައިލެވޭނީ، އިސްލާމްދީނަށެވެ. އިސްލާމްދީނަކީ މާތް اللّه ގެ ޙަޟްރަތުން އައިސްފައިވާ ދީނެކެވެ. އިންސާނާ އިސްލާމީ ފިކުރުގެ ދާއިރާއަށް ގެނައުމަކީ ކަލާނގެ ރަސްކަންފުޅާ ގުޅިފައިވާ މީހަކަށް އޭނާ ހެދުންފަދަ ކަމެކެވެ. އިސްލާމްދީން ފެތުރުމުގެ މާނައަކީ، އިންސާނާއަކީވެސް ކަލާނގެ ރަސްކަންފުޅާ ގުޅިފައިވާ މީހަކަށްވެގެން ދިޔުމެވެ. އިންސާނާއަށް ލިބިފައިވާ ވަސީލަތްތަކަކީ، އިލާހީ ވަސީލަތްތަކެއް ކަމުގައިވާ ފަދައިންނެވެ. އިންސާނާގެ ކާމިޔާބުގެ ސިއްރު ފޮރުވިފައިވަނީ މި ޚިލާފުތައް ފިލުވައިލުމުގައެވެ.


(ނިމުނީ)
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (0)Add Comment

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން

މިވަގުތު ފަންވަތުގައި

މިވަގުތު 87 ކިޔުންތެރިން އޮންލައިން

އެންމެ ދީލަތި 20 ގަލަން

ޢަބްދުލްމުޢީދު ޙަސަން: 366
އާދަމް ނަޞީރު އިބްރާހީމް: 142
އެޑްމިނިސްޓްރޭޓަރ: 109
ޢަބްދުﷲ ފާރޫޤު ޙަސަން: 52
ބިންމާ އިބްރާހީމް ވަޙީދު: 50
ޢަބްދުﷲ ނަޢީމު އިބްރާހީމް: 45
މުޚްތާރު ޢަބްދުއްރަޙްމާނު: 36
ޢަބްދުﷲ ފިރާޤު: 35
އިބްރާހީމް ރަޝީދު މޫސާ: 33
ޝަމްސުލްފަލާޙު: 29
އަޙްމަދު ރަޝީދު: 23
އަޙްމަދު ފަހުމީ: 23
މުޙަންމަދު ޝާހިދު ޙަލީމް: 22
ޙުސައިން ޝާކިރު: 22
ޙުސައިން ޞަލާޙުއްދީން: 22
އިބްރާހީމް ނަޢީމު : 19
މުޙަންމަދު ވަޙީދު - މަޑުލު : 19
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު: 18
އަޙްމަދު މާޖިދު: 16
އިބްރާހީމް އަޙްމަދު : 16

މެހުމާނުނުންގެ އަދަދު

މިހާތަނަށް : 1444040

ފަންވަތުގެ ޖަވާހިރު


"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ."

(ޙަދީޘްފުޅެއްގެ މާނަ)

ދެކޭގޮތް

މިވެބްސައިޓް
 
free counters
ބެލި ޢަދަދު: 509