މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މާހިރުންގެ ޙާލު |
|
|
| ދީން - ދިރާސާ | |||
| 25 އޮގަސްޓް 2010، 15:15 ބުދަ | |||
|
ޢަބްދުﷲ ނަޢީމު އިބްރާހީމް ޕްރޮފެސަރ ރާޖް ކްރިޝްނާ (1985-1925) އަކީ އިންޑިއާގެ އެންމެ ޢިލްމުވެރި ފަންސާސް ބޭކަލުންގެ ތެރޭގައި ހިމެނޭ ބޭކަލެކެވެ.ވިޔަފާރީގެ ޢިލްމުން ހޯއްދަވާފައިވާ އާދަޔާ ޚިލާފު މަތީ ދަރަޖައެއްގެ ސަބަބުން އޭނާވަނީ މުޅި ދުނިޔެއަށް މަޝްހޫރު ވެފައެވެ. އުތުރުކަރައިގެ ބޮޑެތި ކުންފުނިތަކުން އޭނާގެ ލަފާ އެކި ކަންކަމުގައި ހޯދާފައިވެއެވެ. ޢުމުރުގެ ފަހުކޮޅު އޭނާ އުޅުއްވީ އެފް.އޭ.އޯ. (ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން) ގެ ޕްރޮޖެކްޓެއްގައި އިޓަލީ ވިލާތުގެ ރޫމުގައެވެ. އޭނާޔާ ޙަވާލުވީ މަސައްކަތް މުޅިން ނުނިމެނީސް 21 މޭ 1985 ގައި ކުއްލިއަކަށް ހިތްހުއްޓިގެން ނިޔާވެއްޖެއެވެ. ނިޔާވީއިރު ޢުމުރަކީ އެންމެ 59 އަހަރެވެ. (ޓައިމްސް އޮފް އިންޑިއާ 22 މޭ 1985) ޕްރޮފެސަރ ރާޖް ކްރިޝްނާ އަކީ ވިޔަފާރީގެ ރޮނގުގައި ނުވަތަ ވިޔަފާރީގެ ޢިލްމުގެ ރޮނގުގައި މިސާލެއްނެތް ފަދަ މާހިރެކެވެ. އޭނާ މުޠާލަޢާކޮށް ތަޙްޤީޤު ކުރެއްވި މައްސަލަތަކުގެ ތެރޭގައި ތިންވަނަ ދުނިޔޭގެ ފަޤީރު ޙާލަތާއި، ވަޒީފާގެ މައްސަލަތައް ހިމެނެއެވެ. މި މައްސަލަތައް ޙައްލު ކުރަން އަޅާނޭ ފިޔަވަޅުތަކާމެދު އޭނާ އެތައް ތަޙްޤީޤެއް ކުރެއްވިއެވެ. He was an acknowledged expert in agricultural economics and had specialized in the study of employment conditions of poverty in the third world. ދުނިޔޭގެ މައްސަލަތައް ތަޙުޤީޤު ކުރާ މީހުންނަށް ޚުދު ތިމާގެ މައްސަލަތައް ނޭނގޭކަމީ ކިހައި ބޮޑު އަޖާއިބެއްތޯއެވެ؟ މިއީ އިންސާނާގެ ޙާލެވެ. އޭނާއަކަށް މާދަމާ އޭނާގެ ޙާލަތު ބަދަލު ވެގެންދާނޭ ގޮތެއް ނޭނގެއެވެ. އެކަމަކުވެސް ހޭބޯ ނާރާ އެހެން މީހުންގެ ކުރިމަގާބެހޭ ތަޙުޤީޤުތައް ކުރަނީއެވެ. އިންސާނާވަނީ ފިކުރީ މައްސަލަގަނޑެއްގެ ތެރޭގައި ހައްޔަރުވެފައެވެ. އެކަމަކު އެހެން މީހުންގެ ވިޔަފާރިއާއި، އެހެނިހެން ކަންތައްތައް ކުރިއަށް ގެންދާނޭގޮތް ރާވައިދީ، އެ ރޮނގުން ޢަޖާއިބުވާފަދަ މަތީ މަޤާމްތަކެއް ޙާޞިލުކުރެއެވެ. މައްސަލަތައް ޙައްލު ކުރުމުގެ ރޮނގުގައި އޭނާއަށް މަތީ އިނާމުތައްވެސް ލިބެއެވެ. އެހެންނަމަވެސް ތަޖުރިބާއަށް ބަލާއިރު އޭނާއަށް ޚުދު ތިމާގެ އަމިއްލަ މައްސަލަތަކަކީ ކޮބައިކަމެއްވެސް ނޭނގެއެވެ. އިންސާނާގެ މި އެނގުމާއި، ނޭނގުމަކީވެސް ވަރުގަދަ ޢަޖާއިބެކެވެ. ވިސްނައިފި މީހަކަށް ޢިބްރަތެކެވެ.
|
| ހަމަ މި ގަލަމުން |
|---|