ފަންވަތް ދީން ދިރާސާ ކާއިނާތުގެ ކާރުޚާނާ
ބެލި ޢަދަދު: 567
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ކާއިނާތުގެ ކާރުޚާނާ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ދީން - ދިރާސާ
15 ސެޕްޓެމްބަރ 2010، 00:05 ބުދަ

ޢަބްދުﷲ ނަޢީމު އިބްރާހީމް

އިންސާނުން ހަދައިފައިވާ ކާރުޚާނާ އަކަށް ވަނުމާއެކު އެ ކާރުޚާނާގައި ހިނގާ މަސައްކަތްތަކުގެ މަޢުލޫމާތު ދެވެން ފަށައެވެ. ކޮންމެ ތަނެއްގައިވެސް އެ ތަނަކުން ކުރާ މަސައްކަތެއް އެނގޭހެން ލިޔެފައި ހުރެއެވެ. ކޮންމެ ތަނެއްގައި އެތަނަކަށް ޚާއްޞަ މީހަކު ހުރެއެވެ. ކުރާ ކޮންމެ ސުވާލަކަށް އޭނާ ޖަވާބު ދެއެވެ. މީގެ އިތުރަށް ކާރުޚާނާ އިން އެ ކާރުޚާނާއަކާ ބެހޭލުއި ފޮތެއް ނުވަތަ ލިޔުމެއް ދެއެވެ. އެފޮތުގައި ނުވަތަ ލިޔުމުގައި ކާރުޚާނާއާބެހޭ މުހިންމު މަޢުލޫމާތު ބަޔާން ކުރެވިފައި
 ހުރެއެވެ.

ކާއިނާތަކީ އިންސާނީ ކާރުޚާނާ ތަކަށް ވުރެ މާ ބޮޑު ކާރުޚާނާއެކެވެ. އެކަމަކު މި ކާރުޚާނާގައި ލިޔުމެއް ނުހުރެއެވެ. ތަންތަން ކިޔައި ދޭނޭ މީހަކު ނުހުރެއެވެ. މި ކާރުޚާނާގައި ތަކެތި އުފައްދައެވެ. ރާވައެވެ. ޕާރުސަލް ކުރެއެވެ. ސަޕްލައި ކުރެއެވެ. މީހުންގެ ބޭނުންތަކަށް ބަލައިގެން ތަކެތި މަދުކޮށް ގިނަ ކުރުމުގެ ނިޒާމުވެސް މި ކާރުޚާނާގައި ޤާއިމު ކުރެވިފައި ވެއެވެ. އެއްފަހަރު ބޭނުން ކޮށްފައި އެއްލައިލާ ތަކެތި ބޭނުން ކޮށްގެން އެހެން އެއްޗެއް އުފެއްދުމުގެ މަސައްކަތްވެސް މި ކާރުޚާނާގައި ކުރިއަށް ދެއެވެ. ވިއްކުމާއި، ހިލޭ ބެހުމާއި، ހިފެހެއްޓުމުގެ ކަންތައްވެސް ބަރާބަރަށް ކުރިއަށް ދެއެވެ. އެކަމަކު މިއިން އެއްވެސް ކަމެއް އިޢުލާނު ކުރާނޭ މީހަކު ނުހުރެއެވެ. އަދި މި ކަންތައްތަކުގެ ވާހަކަ ކިޔައިދޭނޭ މީހަކުވެސް ނުހުރެއެވެ.

ފަރުބަދަ ތަކުގެ އުސް ކުންނު ތަކަކީ މިކާރުޚާނާގެ އިސްޓޭޖެވެ. އެކަމަކު އިސްޓޭޖުގައި ވާހަކަ ދައްކާނޭ މީހެއް ނުހުރެއެވެ. ދޫނި ތަކުގެ ގޮވުން އަޑު އިވުނީމާ އެ ކިޔައި ދެނީ ކޮންމެވެސް ވާހަކައެއްހެން ހީވެއެވެ. އެކަމަކު އެވާހަކަ އެނގޭ މީހެއް ނުވަތަ އޮޅުން ފިލާ މީހެއް ނެތެވެ. ވިދާ ގުގުރާ އަޑު އިވުނީމާ މި ކާރުޚާނާގެ "ސައުންޑް ސިސްޓަމް" މަސައްކަތް ކުރަނީއޭ ހީވެއެވެ. އެކަމަކު އެ އަޑުތައް ތަރުޖަމާ ކުރުމުގެ ކުޅަދާނަކަން ލިބިފައިވާ މީހެއް ނެތެވެ.

މި އަޑުތަކާއި، ޙަރަކާތް ތަކުގެ މާނަ ވިސްނައިގަތުމުގެ ޤާބިލުކަން އިންސާނާއަށް ހޯދައިދެނީ އީމާން ކަމުގެ ބާރުންނެވެ. ކާއިނާތުގެ މި އަރަތުގެ ޙައްލު ފެންނަނީ އީމާން ކަމުގެ ނޫރުންނެވެ. މުއުމިން އާދަމުގެ ދަރިޔާއަކީ ސައިންސްވެރިއެއް ފަދަ މީހެކެވެ. އޭނާ މުޅި ކާއިނާތަށް ފެތުރިފައިވާ ބާރު ތަކުން ޝަމްސީ ނިޒާމުގެ ސިއްރުތައް ހޯދައި ގަނެއެވެ. މާއްދާގައި ފޮރުވިފައިވާ ބާރު ދެނެގަނެއެވެ. އެއްވެސް ދިރުމެއް ނެތް އެކަތައިން "ދިރުން ހުރި" މެޝިންތައް އުފައްދައެވެ.

ހަމަ މި ބީދައިން އޭނާ ފޮރުވިފައިވާ ޢިލްމުން، މީސްތަކުންނަށް ފެންނާނޭ ފަދަ ޢިލްމެއް ދުނިޔެއަށް އުފަން ކުރުވައެވެ. ހެއްދެވި ތަކެތީގެ މައްޗަށް ނަޒަރު ހިންގައިގެން ހެއްދެވި ފަރާތް ދެނެގަނެއެވެ. ލަވަ އަޑު އަހާފައި އެ ލަވަ ހެދި މީހާ ދެނެގަނެއެވެ.

އީމާންކަން އޭގެ އެންމެ މަތީ ހަރުފަތަށް ފޯރުމުން ދީނަށް ގޮވާލުމަށް ބަދަލުވެއެވެ. ދީނަށް ގޮވާލުމަކީ އެއް ގޮތަކުން ބަލާއިރު ކާއިނާތުގެ "ހަމަ ހިމޭން" ލަވަތަކަށް ލަފުޡު ތަކެއްގެ ސިފަ ގެނައުމެވެ. ދީނަށް ގޮވާލާ މީހާ ކުރާ ކަމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ އެންގެވުންތައް އަޑު އެހުމަށްފަހު، އެއިން ހިދާޔަތު ލިބިގަތުމަށްފަހު ޢާއްމު އިންސާނުންނާ ހަމައަށް ފޯރުކޮށް ދިނުމެވެ. ދީނަށް ގޮވާލުމަކީ ﷲ ގެ ދުނިޔޭގައި، ﷲ ގެ ވަޒީފާ އަދާ ކުރުމެވެ.
 
(ނިމުނީ)
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (0)Add Comment

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 567
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone