ފަންވަތް ދީން ދިރާސާ ފަހެ އިންސާނާ އޭނާގެ ކާތަކެއްޗަށް ބަލައިފާ ހުށިކަމެވެ!
ބެލި ޢަދަދު: 1497
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ފަހެ އިންސާނާ އޭނާގެ ކާތަކެއްޗަށް ބަލައިފާ ހުށިކަމެވެ! ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 12
ދެރަވަރަށްމޮޅު 
ދީން - ދިރާސާ
22 ޖޫން 2011، 22:35 ބުދަ

ތަޞްވީރު މަޒުމޫނު

"فلينظر الإنسان إلى طعامه"

ފަހެ އިންސާނާ އޭނާގެ ކާތަކެއްޗަށް ބަލައިފާ  ހުށިކަމެވެ!
އިބްރާހީމް ރަޝީދު މޫސާ

މި މަޒުމޫނުގައި ބަޔާންކޮށްދެވޭތޯ މި ބަލަނީ މަތީގައިވާ ކީރިތިޤުރްއާނުގެ އާޔަތުގެ  ޒަމާނީ ޢިލްމީ ތަފްސީރެކެވެ.

 
                           ކަންފަތް   ... ހަންޑިކުޑަ ( މަޝްރޫމް)

ހަންޑިކުޑަ ( ނުވަތަ މަޝްރޫމް ) އަކީ އިންސާނާގެ ކަންފަތާ ވަރަށްވައްތަރު އެއްޗެކެވެ. ދިރާސާތައް ބުނާގޮތުގައި ހަންޑިކުޑަ ކެއުމުން އިވުމުގެ ބާރު ގަދަވާނެއެވެ. ހަންޑިކުޑައި ގައި ވިޓަމިން ޑީ ހުރެއެވެ. ވިޓަމިން ޑީ އަކީ ކަށީގެ ދުޅަހެޔޮކަމަށް ވަރަށް މުހއްމު ވިޓަމިނެކެވެ.



 
ދޮންކެޔޮ ( ހިނިތުންވުން) – ކުނިމޫނުކަން

ދޮންކޭލާ ހިނިތުންވުމުގެ  ބައްޓަން ވަރަށް އެއްގޮތެވެ. ރަނގަޅަށް ދެ ފޮޓޯއަށް ބައްލަވައިލައްވާށެވެ.   ދޮންކެޔޮ ކެއުމުން މޫނުމަތި އަލިވެ މޫނުމައްޗަށް  ހިނިތުންވުން ލިބޭނެކަމަށް ދިރާސާތައް ބުނެއެވެ. ދޮންކޭލުގައި  ޓްރިޕްޓޯފެން (Tryptophan ) ނަމަކަށް ކިޔާ މުހިއްމު ޕްރޮޓީނެއް ހުރެއެވެ. ދޮންކެޔޮ ހަޖަމުވުމުން ހަށިގަނޑަށް ސެރޮޓޯނިން (serotonin ) ލިބެއެވެ.  މިއީ ސިކުޑި އުފައްދާ ކެމިކަލްތައް އިންތިޒާމުކުރުމަށް އެހީވެދޭ ކެމިކަލެކެވެ. ނިދި އައުމަށް އެހީވެދޭ މި ކެމިކަލުގެ ސަބަބުން ސިކުޑިއަށް ހަމަހިމޭންކަން ލިބެއެވެ. އިންސާނާގެ މިޒާޖު ކޮންޓްރޯލްކޮށްދޭ މި މާއްދާގެ ސަބަބުން އިންސާނާއަށް  ކުނިމޫނުކަމާ ދުރަށް ދެވެއެވެ.


 
ބްރޮކަލީ  -ކެންސަރު

ކެންސަރާ ބެހޭ އެމެރިކާގެ ޤައުމީ މަރްކަޒުން މިދިޔަ އަހަރު ކުރި ދިރާސާއެއް ބުނާގޮތުގައި ޕްރޮސްޓޭޓް ކެންސަރު ޖެހުން ކޮންޓްރޯލްކުރުމަށްޓަކައި ހަފުތާއަކު ބްރޮކަލީ  ހިމެނޭ ކެއުމެއް ކެއުން ފުދެއެވެ. ޕްރޮސްޓޭޓް ކެންސަރުގެ ސަބަބުން ދުނިޔޭގައި ގަޑިއަކު  ފިރިހެނަކު މަރުވެއެވެ.

 

އިނގުރު -  މަޢިދާ

ބާޒާރުން ގަންނަ އިނގުރު ކޮޅުތަކަށް  ބައްލަވައިލެއްވިންތޯއެވެ ؟ އެއީ ބޭރުފުށުން ފެންނަ ސިފަޔަށް ބަލައި އިރުގައި ވެސް  އަޅުގަނޑުމެންގެ މަޢިދާއާ ވަރަށް އެއްވައްތަރު އެއްޗެކެވެ. ދިރާސާތައް ބުނާގޮތުގައި އެއީ ހަޖަމުކުރުމަށް ވަރަށްބޮޑަށް އެހީވެދޭ އެއްޗެކެވެ. ޙަކީމީ ބޭހަށް ބަލައި އިރު މީގެ 2000އަހަރު ކުރިން ސީނުކަރައި ގައި މަޢިދާ ހަމަޖެއްސުމަށާއި ބޯއެނބުރުން ފަދަ ބަލިތަކަށް ފަރުވާދިނުމަށް އިނގުރު ބޭނުންކޮށްފައިވެއެވެ. އެމެރިކާގެ މެނިސޯޓާ ޔުނިވަރސިޓީ ގެ ދިރާސާތަކެއް ބުނާގޮތުގައި އިނގުރުގެ ސަބަބުން ހިމަގޮހޮރު ދުޅަވުމުގެ ބަލިތަކުގެ ދުވެލި ލަސްކުރެވެއެވެ.   


ޗީޒް -  ކަށި

ޗީޒަކީ ކެލްސިއަމް ވަރަށް މުއްސަނދި އެއްޗެއްކަން އެންމެންވެސް ދަނެއެވެ. ޗީޒަކީ ކަށި ވަރުގަދަކުރުމަށްޓަކައި ވަރަށް މުހިއްމު ދައުރެއް ކުޅޭ އެއްޗެކެވެ.ޅަފަތުގެ ދުވަސްވަރުގައި ޗީޒް ގިނައިން ކެއުމަކީ މުސްކުޅިވާ ދުވަހު ކަށި ފީވުމުގެ ބަލިން ސަލާމަތްކޮށްދޭނެ ކަމެކެވެ. ނިވްޔޯރކްގެ ކޮލަމްބިޔާ ޔުނިވަރސިޓީގެ ދިރާސާއެއް ހާމަކުރާ ގޮތުގައި ، ދުވާލަކު މީހަކު ބޭނުންކުރާ ކެލްސިއަމްގެ މިންވަރު 800 މިއްލިގްރާމުން 1200 މިއްލިގްރާމަށް  އިތުރުކޮށްފި ނަމަ ކަށީގެ ބޯކަން 6 % އަށް އިތުރުވެގެންދާނެއެވެ.  މިއީ ކަށި ފީވުމުގެ ބަލިން މީހާ ރައްކައުތެރިކޮށްދޭނެ ކަމެކެވެ.  

 


މޭބިސްކަދުރު – ފުއްޕާމޭ

ފުއްޕާމޭ އުފެދިފައިވަނީ ވަރަށްކުދިކުދި ދުލިފަށްތަކަކުންކަން އަޅުގަނޑުމެން ދަންނަމެވެ. ފުއްޕާމޭގެ ތެރެއަށް ވަންނަ ވައި ( ނުވަތަ އޮކްސިޖަން) ވަދެގެން ދަނީ މި ދުލިތަކުގެ  ވައި ހަންތަކުގެ ތެރެއަށެވެެ.  މި ވިޔުގައަށް ބަލައި އިރު އެއީ މޭބިސްކަދުރުގެ ކޯޅިއަކާ ވަރަށް ވައްތަރު އެއްޗެކެވެ. މޭބިސްކަދުރު ގިނައިން ކެއުމަކީ ފުއްޕާމެއަށް ކެންސަރުޖެހުން ދުރުކޮށްދޭނެ ކަމެކެވެ. އަދި އެއީ ފުއްޕާމޭ ފާރުވުމާއި ފުއްޕުން ފަދަ ބަލިތަކުން ސަލާމަތްކޮށްދޭނެ ކަމެކެވެ. އަދި މޭބިސްކަދުރަކީ  ނޭވާ ހިއްލުމުގެ ބައްޔަށް ވެސް އޮތް ފަރުވާއެކެވެ.  

 

ވިލާތުބަށި  -- ހިތް

ރަތް ވިލާތުބަށީގައި ހަތަރު ވަތްގަނޑު ނުވަތަ ކޮޓަރި ހުރެއެވެ. އިންސާނާގެ ހިތުގައި ވެސް ހަތަރު ކޮޓަރި ހުރެއެވެ. ވިލާތުބަށީގައި ހުންނަ އެންމެ މުހިއްމު މާއްދާ އަކީ ލިކޮޕެން (Lycopene. ) އެވެ. މިއީ ހިތުގެބަލިތަކާއި ކެންސަރުގެ ވަރަށްގިނަ ބާވަތްތަކަކުން އިންސާނާގެ ހަށިގަނޑު ރައްކައުތެރިކޮށްދޭ އެއްޗެކެވެ. ސާޅީހަކަށް ހާސް އަންހެނުން ބައިވެރިކޮށްގެން އެމެރިކާގައި ކޮށްފައިވާ ދިރާސާތަކެއް ބުނާގޮތުގައި ހަށިގަނޑުގައި ، ލިކޮޕެން ގިނަވިވަރަކަށް ހިތުގެބަލިތައް ޖެހުން މަދުވެއެވެ. މި ދިރާސާތައް ބުނާގޮތުގައި ލިކޮޕެނަކީ  ނުބައި ކްލޮސްޓްރޯލުން ސަލާމަތްވުމަށް އެހީވެދޭ އެއްޗެކެވެ. ވިލާތުބަށި ނުހިމެނޭ ކެއުންތައް ގިނަކުރުމުގެ ސަބަބުން ސިކުޑީގައި ލޭގަނޑުވުން ފަދަ ބަލިތައްޖެހުމަށް ފުރްޞަތު ކުޑަވެގެން ދެއެވެ. މީގެ އިތުރަށް ވިލާތުބަށްޓަކީ ފުއްޕާމެއާއި ފަލަގޮހޮރާއި  ޕްރޮސްޓޭޓްގެ ބަލިތަކުން ސަލާމަތްވުމަށްވެސް އޮތް ހަތިޔާރެކެވެ.  


މަދު - ސިކުޑި

މި ތާނގައި މިދަންނަވާ މަދަކީ ކަނަމަދެއް ނޫނެވެ. އެކަމަކު އެއީ ވޯލްނަޓާއި  ހޭޒަލްނަޓެވެ. މިބާވަތުގެ މަދަށް ބަލައި އިރު އޭގެ ގުދުގުދުލުންތައް ސިކުޑީގެ އެތެރެއާ ވައްތަރުގޮތެއް  ހުރެއެވެ.  މި ދެބާވަތުގެ މަދުގައި އޮމެގާ3 ސަރުބި ވަރަށް ބޮޑަށް ހުންނަކަން ފާހަގަކުރެވެއެވެ. މިއީ ޚަރަފުބަލިން މީހާ ސަލާމަތްކޮށްދޭ މާއްދާއެކެވެ.އެމެރިކާގެ ބޮސްޓަންގެ ޔުނިވަރސިޓީ އެއްގެ ދިރާސާތަކެއް ބުނާގޮތުގައި  މަދަކީ އެލްޒަމިއަރ ބަލިން މީހާ ރައްކައުތެއިކޮށްދޭ އެއްޗެކެވެ. އަދި އެއީ ސިކުޑި މުސްކުޅިވުމުގެ ޢަލާމަތްތައް  ފަސްކޮށްދޭ އެއްޗެކެވެ.

سبحان الخالق العظيم
-------------------
  (ނިމުނީ)


މި ލިޔުން:

  ފޮނުވުން:    އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ (މުސްތަޝާރު)
  އަލުންބެލުން:  އާދަމް ނަޞީރު އިބްރާހީމް
  ޝާއިޢުކުރުން:  ''       ''
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)Add Comment
...
ލިޔުނީ އަބަންބަދީ, 2011-06-23 06:54:37
އުސްތާޛު އިބްރާހީމް ރަޝީދު މުސާއަށް ޚިޔާލެއް ހުށަހަޅާލަން ވަރަށް ބޭނުން. އެއީ، އުސްތާޛުގެ އަމިއްލަ ތަޖްރިބާތައް، ޒަމާނުގެ ހެކިވެރިޔެއްގެ ހައިސިއްޔަތުން ލިޔުއްވައި ރައްކާކުރެއްވުން. އެއީ އަޅުގަނޑުމެންނަށްޓަކައެއް ނޫން. އަޅުގަނޑުމެންގެ ފަހުން އަންނަ ޖީލުތަކަށްޓަކައި، މި ޒަމާން ދެކެފައިވާ މީހެއްގެ ހައިސިއްޔަތުން. މިއީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭކަމެއް.
...
ލިޔުނީ ahmed, 2011-06-23 13:51:50
ވިލާތުބަށި ނުހިމެނޭ ކެއުންތައް ގިނަކުރުމުގެ ސަބަބުން ސިކުޑީގައި ލޭގަނޑުވުން ފަދަ ބަލިތައްޖެހުމަށް ފުރްޞަތު ކުޑަވެގެން ދެއެވެ. އެހެންވީމަ ވިލާތުބަށި ހިމެނޭ ކެއުން ގިނަކުރުމުގެ ސަބަބުން ސިކުޑީގައި ލޭގަނޑުވުން ފަދަ ބަލިތައް ޖެހުމިށް ފުރުޞަތު ބޮޑު ކަމަށް ތޯ މި ވިދާޅުވަނީ ސާފުކޮއްލަން ބޭނުން.
...
ލިޔުނީ ކިޔުންތެރިޔާ, 2011-06-24 06:02:23

ވ.ވ.ވ. ފުރިހަމަ ލިޔުމެއް.. އުސްތާޛު ރަޝީދު މޫސާ އަކީ އާންމު ގޮތެއްގައި މި ކަހަލަ ތަފާތު ލިޔުން ލިޔުއްވާ ބޭފުޅެއްކަމުގައި ފާހަގަ ކުރެވެ އެވެ.
...
ލިޔުނީ ކިޔާމީހާ, 2011-06-26 01:32:49
މިބާވަތުގެ ލިޔުމަށް ކިޔަނީ "މުނިފޫހި ފިލުވައިދޭ ލިޔުން".ލުއި މަޢުލޫމާތު ބޭނުންވާ ކިޔުންތެރިންނަށް ވަރަށް ހިތްގައިމުވާނެ. އެހެންނަމަވެސް މިބާވަތުގެ ލިޔުންތަކަކީ އެކަޑަމިކް ވޯލްޑުގައި މާބޮޑު ކުރެޑިޓެއް ލިބޭ އެއްޗެއްނޫން. އުސްތާޒު ރަޝީދަށް ޝުކުރިއްޔާ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1497
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone