މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ސަމާލުވާންޖެހޭ ނިންމުންތަކެއް |
|
|
| ދީން - ދިރާސާ | |||
| 02 ޖޫން 2009، 00:43 އަންގާރަ | |||
ޝަރްޢީގޮތުން ހުއްދަނޫން އިޖްތިމާޢީ ގުޅުންތަކާއި ޖިންސީ ގުޅުންތައް ހުއްދަކުރުމަށްމުސްލިމުންގެ ކިބައިން އެދޭ އެދުންއިބްރާހީމް ރަޝީދު މޫސާ ޢާއިލާގެ ތެރޭގައި ދެމަފިރިން ގެ މެދުގައި ފުރިހަމަ ހަމަހަމަކަން ޤާއިމުކުރުމަށްޓަކައި އަނބިމީހާ ފިރިމީހާގެ އަމުރަށް ކިޔަމަންގަތުމާއި ، ކައިވެނިކުރާއިރު ވަލީހޯދުން އުވާލުމާއި، ތަރިކަމުދާބެހުމުގައި ފިރިހެނުންނާއި އަންހެނުން ތަފާތުކުރުން ހުއްޓާލުމާއި ،ފުރާވަރުގެ ކުދިންގެމެދުގައި ޖިންސީ ސަަޤާފަތް ހިފެހެއްޓުމެއްނެތި ފެތުރުމާއި ، ކޮންމެ މީހަކަށްވެސް ބޭނުން ޖިންސަކާއެކު އަރާމުޙާޞިލުކުރުމުގެ ޙައްޤުލިބިގެންވާކަން ޤަބޫލުކުރުމަށް، އދ.ގެ އަންހެނުންގެ މަރްކަޒުގެ 53ވަނަޖަލްސާ އިން ގޮވައިލައިފިއެވެ. މި މިންވަރުން ނުފުދިގެން އެޖަލްސާއިން މިކަމަށްޓަކައި މެންބަރު ޤައުމުތަކުން ޤާނޫނުތައް ހެދުމަށް ވެސް އެދުނެވެ. ނިވްޔޯރކް ގައި އދ.ގެ މައިމަރްކަޒުގައި " އަންހެނުންނާ ފިރިހެނުންނާ ދެމެދުގައި މަސްއޫލިއްޔަތުތައް ހަމަހަމައަށް ބެހުމުގެ " މައިގަނޑުނަމުގެ ދަށުގައި ބޭއްވި މިބައްދަލުވުމުގައި އަންހެނުންނާއި ފިރިހެނުންނާ ދެމެދުގައިވާ ހުރިހާތަފާތުތަކެއް މުޅިން ނައްތައިލުމަށާއި ބަލިމީހުންނާއި ދަރިންނާއި ޢާއިލާ ބެލުން ދެމީހުންގެ ކަމަކަށް ހެދުމާ ބެހޭގޮތުން ވެސް ބަހުސްކުރި އެވެ. ޖިންސީ ސަޤާފަތް ފަތުރައިގެންނާއި ސުންނިއުރަ އެންމެންނަށް ލިބޭނެމަގު ތަނަވަސްކޮށްދީގެން އެއިޑްސް ބަލި ފެތުރުން ހުއްޓުވުމަށް މަސައްކަތްކުރުމަށްވެސް މިބައްދަލުވުމުން ގޮވައިލިއެވެ. ބޯދާ ސަޤާފަތްތަކެއްގެ ސަބަބުން އެއިޑްސް ބަލިޖެހިފައިވާ ވަރަށްގިނަބަޔަކަށް އެކަންވަންހަނާކުރަން މަޖްބޫރުވެފައިވާކަމަށާއި މިކަމަށްޓަކައި މިބޯދާސަޤާފަތްތަކާ ހަނގުރާމަކުރަންޖެހިފައިވާ ކަމަށް ވެސް މިބައްދަލުވުމުގައި ވާހަކަދެކެވުނެވެ. މި ނިންމުންތަކަށް ބަލާއިރު މިތާނގައި މިބުނާ ބޯދާސަޤާފަތަކީ އިސްލާމްދީނެވެ. އެހެނީ އަންހެނުންނާބެހޭ ބައިނަލްއަޤްވާމީ ބައްދަލުވުންތަކުގައި ނިންމަމުންދާ ނިންމުންތަކާ ދެކޮޅުހަދަނީ މުސްލިމުންނެވެެ. އެކަމަކު މި ނިންމުންތައް ތަޢާރުޟުވަނީ ހަމައެކަނި އިސްލާމީއުޞޫލުތަކަކާއެއްނޫނެވެ. ބާވައިލެއްވި އެންމެހާދީންތަކުގެ ރިސާލަތުތަކާާ މިކަންތައްތަކާ ތަޢާރުޟުވެއެވެ. ދީނީޢިލްމުވެރިން ވިދާޅުުވާގޮތުގައި އަންހެނުންނާއި ކުޑަކުދިންނާއި ޢާއިލާއާބެހޭ ބައިނަލްއަޤްވާމީ ނިންމުންތަކާއި ޗާޓަރުތަކަކީ ހުޅަނގުގެ މުޖްތަމަޢާ ގުޅޭ ނިންމުންތަކެކެވެ. ހުޅަނގުގެ ދިރިއުޅުމުގެ ނިޒާމަކީ ބާވައިލެއްވިދީންތަކުގެ ޢަޤީދާއާއި ޝަރީޢަތާ ދުރުގައިވާ އެއްޗެކެވެ. މިނިޒާމު ބިނާކޮށްފައިވަނީ އެމީހުންގެ ހަވާނަފުސަށާއި ދުނިޔެވީ އަރާމުގެ މައްޗަށެވެ. ބައިނަލްއަޤްވާމީ ބައްދަލުވުންތަކާއި ޗާޓަރުތަކަކީީ އިސްލާމީކިއްލާގެ އެތެރޭގައި ރެނދުއަޅުވަންވެގެން ރީތިފަށުވިފޭރާމެއްގައި ތައްޔާރުކޮށްފައިވާ ކަށިފެޅި ހެދުންތަކެކެވެ. މި ނިންމުންތަކަށް ބަލާއިރު އެތެރެއާ ބޭރު އެއްގޮތްނޫންކަން އެނގެއެވެ. ސުރްޚީ އާ މަޒްމޫނު އެއްފަސްނުވާތަން ފެނެއެވެ. ވަސީލަތްތައް، މަޤްޞަދުތަކާ ތަފާތެވެ. ދީނީ ޢިލްމުވެރިން ވިދާޅުވާގޮތުގައި އެއީ ބޭރުފުށުން އޯގާތެރި ، އެތެރެފުށުން ދިލަގަދަ ވޭންހުރި ވިހައެކެވެ. މިބައްދަލުވުމުގައި ކުރީގެ ބައްދަލުވުންތަކުގެ ( ބޭޖިންގާއި ކޮޕަންހޭގަން ފަދަ ބައްދަލުވުންތައް ) ނިންމުންތައް އަލުން ކަށަވަރުކޮށްދިނެވެ. އަންހެނުންނާ ފިރިހެނުން މުޅިންް ހަމަހަމަވާންޖެހޭނެކަން ކަށަވަރުކޮށްދިނުމަށާއި ، މަސްއޫލިއްޔަތު ބެހުމުގައި ހަމަހަމަކުރުމުގެ އުސޫލުތައް ވަރުގަދަކުރުމަށްޓަކައި މަސައްކަތްކުރަންވީ އިމުގެ ޤާނޫނީތަރަހައަކީ ، މިނިންމުންތައްކަމުގައި ހަދަންވެސް ނިންމިއެވެ. މި ބައްދަލުވުމުގެ ނިންމުންތަކުގައި ހިމަނާފައިވާ މާއްދާއެއްބުނާ ގޮތުގައި މި އެއްބަސްވުންތަކުގައި ހިފެހެއްޓުންތަކަކާ އެކު ސޮއިކޮށްފައިވާ ޤައުމުތަކަށް ފިއްތުންތައް ފިއްތައިގެން މި ހިފެހެއްޓުންތައް އަނބުރާގެންދިޔުމަށް އ ެޤައުމުތަކަށް މަޖްބޫރުކުރަންޖެހޭނެއެވެ. މިޤައުމުތަކަކީ އިސްލާމީޤައުމުތަކެކެވެ. މިބައްދަލުވުންތަކުގެެ ނިންމުންތައް ބުނާގޮތުގައި އަންހެނުންނާ ފިރިހެެނުންނާ ދެމެދުގައި ތަފާތެއް ގެންގުޅުމަކީ ނަސްލީއިމްތިޔާޒެވެ. މިކަން ޙާޞިލުކުރުމަށްޓަކައި ކުރަންޖެހޭކަންތައްތަކުގެެ ތެރޭގައި: 1- އަންހެނާ އާ ފިރިހެނާގެ ދައުރު އެއްގޮތްކުރުން . 2- މައިވަންތަކަމާއި ދަރިންބެލުމަކީ ހަމައެކަނި އަންހެނާގެ މަސައްކަތެއްކަމުގައި ނެހެދުން 3- އަންހެނާއާއި ފިރިހެނާ ޒަމާނުއްސުރެ އަދާކުރަމުންދިޔަ ދައުރު އުވާލުމަށްޓަކައި، ފިރިހެނާއާއި އަންހެނާގެ އިޖްތިމާޢީ އަދި ސަޤާފީ ސުލޫކަށް ބަދަލުގެނައުން. 4- ޤާނޫނުގެ ކުރިމަތީގައި ހުރި ތަފާތުތައް ފުހެލުން. ޤާނޫނުގެ ކުރިމަތީގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަކުރުމުގެ ބޭނުމަކީ އިސްލާމީޝަރީޢަތުގެ އުޞޫލުތައް ނައްތައިލުމެވެ. ހެކިދިނުމުގައި އަންހެނުންނާ ފިރިހެނުން އެއްވަރުކުރުމާއި، ތަރިކަމުދަލުގައި އަންހެންމީހާއަށާއި ފިރިހެންމީހާއަށް ލިބޭ ބައި ހަމަހަމަކުރުމާއި، ފިރިހެނުންނަށް ހަތަރު އަންހެނުންނާ އިނދެވޭގޮތަށް ، އަންހެނުންނަށް ހަތަރު ފިރިހެނުންނާ އިދެވޭގޮތަށް ކައިވަނީގެ މުޢާމަލާތުތައް ހަމަޖެއްސުމާއި ، ފިރިމީހާއަށް އަނބިމީހާ ވަރިކުރެވޭ ގޮތަށް އަނބިމީހާއަށްވެސް ފިރިމީހާ ވަރިކުރެވޭނެ ޤާނޫނެއް ހެދުން ފަދަކަންތައްތަކެވެ. މީގެ އިތުރަށް މުސްލިމުންނަށް ޣައިރުމުސްލިމު އަންހެނުންނާ ކައިވެނިކުރެވޭގޮތަށް، މުސްލިމާ އިންނަށް ޣައިރުމުސްލިމު ފިރިހެނުންނާ ކައިވެނިކުރެވެންޖެހޭނެކަމަށްވެސް ބުނެއެވެ. އަދި ކައިވަނީގެ ރަން އުވާލުމަށް ވެސް ގޮވައިލައެވެ. މިފަދަ ބައްދަލުވުންތަކުގައި ވާހަކަދައްކާމީހުން ބުނާގޮތުގައި ރަނަކީ އަންހެންކުއްޖަކު ގަތުމެވެ.ހަމަ އެފަދައިން އެމީހުން ބުނާގޮތުގައި ބިކްރުވެރި އަންހެންކުއްޖާއަށްވެސް ވަލީހޯދާކަށް ނުޖެހޭނެއެވެ. ވަލީހޯދަން ޖެހޭނަމަ މިކަންޖެހޭނީ ބަދަލުކުރާށެވެ. 5- ކައިވެނީގެ މައިދާނުގައި ދެމަފިރިން ހަމަހަމަކުރުމަށްޓަކައި ޢިއްދާ އުވާލަންވެސް މިބައްދަލުވުމުގައި ގޮވައިލިއެވެ. އަދި ވަރިކުރުމާއި ކައިވަނި ފަސްޚުކުރުމުގެ ޙައްޤު އަނބިމީހާއަށް ވެސް ދޭންޖެހޭނެކަމަށް ބުނެއެވެ. 6- ޙައްޤުތަކާއި މަސްއޫލިއްޔަތުތަކުގައި ހަމަހަމަކުރުމަށްޓަކައި އަނބިމީހާ ފިރިމީހާއަށް ކިޔަމަންގަންނަގަތުން ނުވަތަ " ޤިިވާމާ " އުވައިލުމަށް ވެސް އެދުނެވެ. 7- މިބައްދަލުވުންތަކުގައި އަލަށް ދެކެވެންފެށި ވާހަކަތަކުގެ ތެރޭގައި" އަނބިމީހާގެ ޢިއްފަތްތެރިކަމަށް ފިރިމީހާ އަރައިގަތުން " ވެއެވެ. އަނބިމީހާގެ ސައްތައިންސައްތަ ރުހުން ނުލިބި އޭނާއާ އެކު ފިރިމީހާ ރޭކުރުމަކީ އަނބިމީހާގެ ޢިއްފަތްތެރިކަމަށް އަރައިގަތުމެއްކަމަށް ބުނެއެވެ. 8- އަންހެނުންނާ ފިރިހެނުން ހަމަހަމަކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި " ނަފަޤާ " އުވައިލުން ހިމެނެއެވެ. އޭގެ ބަދަލުގައި އޮންނާނީ ދެމަފިރިން ގުޅިގެން ގެއަށް ޚަރަދުކުރުމެވެ. 9- އަދި ، ކީރިތިޤުރްއާނުގައި ވާ ބަސްފުޅު " ތިޔަބައިމީހުން ދިރިއުޅޭ ތަނެއްގައި އެކަނބަލުންނަށް ހިޔާވަހިކަން ދޭށޭ " އުވާލައި ކޮންމެމީހަކަށް ވެސް މިނިވަން މުސްތަޤިއްލުތަނެއްގައި ދިރިއުޅުމުގެ ޙައްޤު ލިބިގެންވާ ކަމަށް ވެސް ބުނެއެވެ. 10- މި ނިންމުންތައް ބުނާގޮތުގައި ( މަންމަ ނުވަތަ ބައްޕަ ) އަންހެންދަރިފުޅު ލައްވާ ގޭގައި މަސައްކަތެއް ކުރުވުމަކީ މަނާކަމެކެވެ. އެއީ މިބުނާ " ޗައިލްޑް ލޭބަރ " ކުޑަކުދިންލައްވާ މަސައްކަތް ކުރުވުމެވެ. އިސްލާމީ ދުނިޔެ އަށް ބަލާއިރު ބައެއްޤައުމުތަކުގައި ވަރަށްފަޚްރުވެރިކަމާއެކު މި ނިންމުންތަކަށް ޢަމަލުކުރަން ފަށައިފިއެވެ. މަޣްރިބު ( ނުވަތަ މޮރޮކޯ ) ގައި ޢާއިލާ އާބެހޭ ކަންތައްތަކުގައި ( ނުވަތަ އަޙްވާލުއްޝަޚްޞިއްޔާ ގެ މަސްއަލަތަކުގައި ) ފިރިހެނުންނާއި އަންހެނުން ހަމަހަމަކުރާ ޤާނޫނުތައް މިހާރުދަނީ ހަދަމުންނެވެ. އެ ޤައުމުގެ ޤާނޫނުތައް ބުނާގޮތުގައި ޢާއިލާގައި ވެރިއެއް ނުހުންނާނެއެވެ. ކައިވަނި ނުކުރިއަސް ދެމީހަކު އެންގޭޖް ވުމަށްފަހު ލިބޭ ދަރިން ގެ ނަސަބު އެދެމީހުންނަށް ލައްވާނެއެވެ. އަދި ބިކްރުވެރިއަންހެންކުއްޖާ ކައިވެނިކުރާ އިރު ވަލީއެއް ވެސް ހޯދާކަށް ނުޖެހޭނެއެވެ. ހިމޭންކަމުގެ ފާރު ތަޅައިލުންއެއިޑްސް ބައްޔާބެހޭގޮތުން އދ.ން އައު ޚިޔާލުތަކެއް ހުށައަޅައިފާވެއެވެ. މި ޚިޔާލުތަކަށް ބަލައިލުމުގެ ކުރިން އެއިޑްސް ބައްޔާ ބެހޭ ތަފާސްހިސާބުތަކަކަށް ބަލައިލުން ރަގަނޅުވާނެ ކަމަށް ފެނެއެވެ. މިހިސާބުތައް ބުނާގޮތުގައި އެއިޑްސް ބަލިޖެހިފައިވާ ފިރިހެނުންގެ ތެރެއިން 98.7 % މީހުންނަށް މިބަލިޖެހިފައިވަނީ ޒިނޭކުރުމާއި އެއްޖިންސުން ޖިންސީގުޅުން ހިންގުމާއި މަސްތުވާތަކެތީގެ ސަބަބުންނެވެ. އޮޅުމަކުން ލޭ އެޅިގެން ނުވަތަ އެހެންވެސް ނޭނގޭ ސަބަބުތަކާ ހެދި އެއިޑްސް ބަލި ޖެހިފައިވާ ފިރިހެނުންގެ އަދަދަކީ 2.7 % އެވެ. އަންހެނުންނަށް ބަލާއިރު 97 % މީހުންނަށް މިބަލިޖެހިފައިވަނީ ޒިނޭކުރުމާއި އެއްޖިންސުން ޖިންސީގުޅުން ހިންގުމާއި މަސްތުވާތަކެތީގެ ސަބަބުންނެވެ. އޮޅުމަކުން ލޭ އެޅިގެން ނުވަތަ އެހެން ވެސް ނޭނގޭ ސަބަބަކާ ހެދި އެއިޑްސް ބަލި ޖެހިފައިވާ އަންހެެނުންގެ އަދަދަކީ 3 % އެވެ. ހުޅަނގުން، އިސްލާމީޤައުމުތަކުގެ ތެރެއަށް ވަންނަނީ އޮޅުމަކުން ލޭ އެޅިގެން އެއިޑްސްބަލި ޖެހޭމީހުންނަށް ހަމްދަރްދީވުމުގެ ދޮރުންލައިފައެވެ. ހުޅަނގުގައި މިބަލި ފެތުރެނީ ޒިނޭކުރުމާއި ބަދުއަޚްލާޤީ ޖިންސީ ޢަމަލުތަކާއި މަސްތުވާތަކެތީގެ ސަބަބުންނެވެ. އޮޅުމެއްގެ ސަބަބުން އެއިޑްސް ޖެހޭމީހުންނަށް އަޅުގަނޑުމެން ވެސް ހަމްދަރްދީ ވަމުއެވެ. ނަމަވެސް އެއިޑްސްބަލި ފެތުރުން މަނާކުރުމަށްޓަކައި ހުޅަނގުންގެންގުޅޭ ސިޔާސަތާ މުސްލިމުން ދެކޮޅުހަދަންޖެހޭނެއެވެ. އދ.ން ދެކޭ ގޮތުގައި އެއިޑްސް ބަލިން ރައްކައުތެރިވެވޭނީ " ދުރުހެލިވެގެން " ނެވެ. މިއީ އިސްލާމީމަފްހޫމުގައި އައިސްފައިވާ ޢިއްފަތްތެރިކަމާ އަރާރުންވާކަމެކެވެ. އދ.ން ގެންގުޅޭ ޝިޢާރުތަކުގެ ތެރޭގައި " ބައިވެރިޔާ އަށް ވަފާތެރިވާށޭ " ހިމެނެއެވެ. މި ޢިބާރާތް ބުނާގޮތުގައި އެއީ ކޮންމެ ކަހަލަ ބައިވެރިއަކަށްވިޔަސް އެންމެރަނގަޅެވެ. މި މީހުން ދަޢުވާކުރާގޮތުގައި، ދެ ފިރިހެނުންނަށް ވިޔަސް ދެއަންހެނުންނަށް ވިޔަސް އަދި އަންހެނަކާ ފިރިހެނަކަށް ވިޔަސް އެ ދެމީހުންގެ ތެރެއިން ކޮންމެ މީހަކު އަނެއް މީހާއަށް ވަފާތެރިވުމުން އެއިޑްސް ބަލިން ސަލާމަތްވެވޭނެއެވެ. މި ވަފާތެރިކަން ޝަރްޢީ ނިޒާމު ހުއްދަކުރާ ދާއިރާގެ ތެރޭގައި އޮންނާކަށް ނުޖެހެވެ. މިއާއެކު އދ.ން ފަތުރަންބޭނުންވާ ސަޤާފަތަކީ ސުންނިއުރަ (ނުވަތަ ކޮންޑޯމް ) ޢާންމުކުރުމުގެ ސަޤާފަތެވެ. މިއީ ފާޙިޝްޢަމަލުތަކަށް ފެހިއަލިދިނުމެއްކަމަށް ދެންނެވިދާނެއެވެ. ފާޙިޝްޢަމަލުތައް ހިންގާމީހުންނަށް މި ބަލިޖެހެމުންދާތީ އެމީހުންނަށް އަމާންކަން ހޯދައިދިނުމަށްޓަކަ އެވެ. އދ.ބުނާގޮތުގައި ސުންނިއުރަ ބޭނުންމީހަކަށް ހިލޭ ނުވަތަ ރަމްޒީ އަގެއްގައި ގަންނަން ލިބެންޖެހޭނެ އެވެ. އދ. ބުނާގޮތުގައި މިކަމުގެ އެންމެ ރަނގަޅު ޙައްލަކީ ސުންނިއުރަ މެޝިންމަގުމަތީގައި ބެހެއްޓުމެވެ. ބޯފެން ލިބޭގޮތަށް މީހުންނަށް މި އުރަ ލިބޭނެދޮރު ހުޅުވައިދިނުމަށްޓަކައެވެ. ބައިނަލްއަޤްވާމީ އެއް ބަސްވުންތަކުގެ ތެރެއިންލައިފާ އިސްލާމީޤައުމުތަކަށް މި ސަޤާފަތް ފެތުރިގެން ހިނގައިދާނެކަމުގެ ބިރު ވަރަށްބޮޑުކަމަށް ކަމާބެހޭ މަސްއޫލުވެރިން ވިދާޅުވެއެވެ. އދ. ބުނާގޮތުގައި އެއިޑްސްބަލި ފެތުރެމުންދަނީ މިބަލިޖެހޭމީހުން އެކަން ވަންހަނާކުރާތީއެވެ. އެމީހުން މިކަން ވަންހަނާކުރަނީ އެބަލިޖެހުމުގެ ސަބަބުން އެމީހުންނަށް، މީހުންމަލާމާތްކޮށް، އެމީހުންނަށް ނަފްރަތުކުރާތީއެވެ. އެއީ ޒިނޭކުރުމާއި އެއްޖިންސުން ޖިންސީގުޅުން ހިންގުން ކުށެއްކަމުގައި ދެކޭ ބޯދާ ސަޤާފަތްތަކުގެ ހިޔާވަހިކަމުގައި ދިރިއުޅޭމީހުންނާ ކުރިމަތިވެފައިވާ ވަރަށްބޮޑުމަސްއަލައެކެވެ. އެހެންކަމުން މިސަޤާފަތްތައް ބަދަލުކުރުމަށް ނުވަތަ އުވާލުމަށް ދަނީ ގޮވައިލެވެމުންނެވެ. މިކަމަށް " ހިމޭންކަމުގެ ފާރުތަޅައިލުމޭ " ކިޔެއެވެ. އިސްލާމީ ޝަރީޢަތްބުނާގޮތުގައި ޒިނޭކުރާމީހުންގެ މައްޗަށް ޙައްދުޤާއިމުކުރެވޭއިރު މިކަންކުރަންޖެހޭނީ މީހުންނަށް ފެންނާނެގޮތަކަށެވެ. މުޖްތަމަޢާ ގުޅުންހުރިކަމެއްއދ.ގެ އަންހެނުންނާ ބެހޭ ކޮމެޓީގެ މި ނިންމުންތަކަކީ ، ހުޅަނގުގެ މުޖްތަމަޢާ ގުޅުން ހުރި ނިންމުންތަކެކެވެ. ހުޅަނގުގެ އާދަކާދަ އަކީ، އެ މީހުންގެ ހަވާނަފްސާ އެއްގޮތަށް އެމީހުންގެ ޙަޔާތުގެ ނިޒާމު އިޚްތިޔާރުކުރުމެވެ. މި އިޚްތިޔާރަކީ ޢަޤީދާއަކާ އަދި ބާވައިލެއްވިދީނަކާ ގުޅިފައިވާކަމެއްނޫނެވެ. މި މުޖްތަމަޢުގައި އަންހެނުންނާއަށް އޭނާގެ އަމިއްލަ ނަފްސަށް ޚަރަދުކުރަންޖެހެއެވެ. އެހެންކަމުން އެމުޖްތަމަޢުގައި އަންހެނާ އަށް އާމްދަނީއެއްހޯދަން މަޖްބޫރުވެއެވެ. މިއީ އެމީހުންގެ މަންޠިޤަށް ފެތޭ ވާހަކަތަކެކެވެ. ނަމަވެސް މުސްލިމުންނަށް ބަލާއިރު ، މާތްﷲ ފިރިމީހާގެ މައްޗަށް އޭނާގެ އަނބިމީހާއަށާއި ދަރިންނަށް ނަފަޤާ ދިނުން ވާޖިބު ކުރައްވާފައިވެއެވެ. އަނބިމީހާ ކިތަންމެ މުއްސަނދިކަމުގައިވިޔަސް އޭނާގެ މައްޗަށް ފިރިމީހާއަށާއި ދަރިންނަށް ޚަރަދުކުރުން ވާޖިބުވެގެންނުވެ އެވެ. އަދި ފިރިމީހާ ދިރިއުޅޭތަނެއްގައި އަނބި މީހާއަށް ބޯހިޔާވަހިކަން ދޭން އަންގަވައިފާވެއެވެ. މީގެ އިތުރަށް، ދެމަފިރިންގެ ދެމެދުގައިވާ ގުޅުމަކީ ލޯތްބާއި އަޅައިލުމާއި އެއްބާރުލުމާއި އެކަކު އަނެކަކަށް އިސްކަންދިނުމުގެ މަތީގައިވާ ގުޅުމެކެވެ. ފިރިމީހާއަށް ދެއްވާފައިވާ " ޤިވާމާ " އަކީ ބެލެހެއްޓުމައި މަސްއޫލިއްޔަތު އަދާކުރުމާއި މަޝްވަރާކުރުމުގެ މަތީގައިވާ ބާރެކެވެ. އެއީ އަތްގަދަކުރުމާއި އަނިޔާވެރިވުމާއި އިނދަޖެއްސުމުގެ ބާރެއްނޫނެވެ. އިސްލާމްދީނުގައި އަނބިމީހާއަށް މިލްކުކުރުމުގެ ބާރު ލިބިގެންވެ އެވެ. އޭނާއަށް އޭނާގެ ފައިސާޔާއި މުދާ އިންވެސްޓްކުރުމުގެ ޙައްޤުލިބިގެންވެއެވެ. މިކަމުގައި އަނބިމީހާއަށް ހުރަސްއެޅުމުގެ ބާރު، ފިރިމީހާއަށް ލިބިގެންނުވެއެވެ. އަނބިމީހާއަށް އޭނާގެ ހުރިހާ މަދަނީޙައްޤުތަކަކާއި އިންސާނީޙައްޤުތަކެއްް ލިބިގެންވެއެވެ. މީހަކާ އިނުމުގެ ސަބަބުން އޭނާގެ މުސްތަޤިއްލު ޝަޚްޞިއްޔަތު ގެއްލިގެންނުދެއެވެ. އޭނާގެ ބައްޕައަށް ނިސްބަތްވާ ނިސްބަތްވުން ނައްތައެއް ނުލެވެއެވެ. ބޭޖިންގް ބައްދަލުވުމުގައި ، ފުރާވަރުގެ ކުދިންނަށް ބަލިވެއިނުންމަނާކުރާ ވަސީލަތްތައް ލުއިފަސޭހަކަމާއެކު ލިބޭނެމަގުތައް ތަނަވަސްކޮށްދިނުމަށާއި ، ނޭދެވޭފަދަގޮތަކަށް ބަލިވެ އިނދެއްޖެނަމަ ދަރިވައްޓައިލުން ހުއްދަކުރުމަށް ގޮވާލައިފާވެއެވެ. އަދި ފިރިހެނުންނާ ފިރިހެނުންނާ އެކު ، ނުވަތަ އަންހެނުންނާ އަންހެނުންނާއެކު އެއްޖިންސުން ޖިންސީ ގުޅުން ހިންގާމީހުންނަށް ވެސް އެމީހުންގެ ޙައްޤުތައް ދިނުމަށް ގޮވާލައިފާވެއެވެ، މިއީ ހުޅަނގުގައި ފެތުރިފައިވާ ޖިންސީ މިނިވަންކަމުގެ ސަބަބުން ފާސްކޮށްފައިވާ ނިންމުންތަކެކެވެ. ހުޅަނގުގައި ބަދުއަޚްލާޤީޢަމަލުތަކާއި ފާޙިޝްކަންތައްތައް ހުއްދަކޮށްފައިވަނީ ހަމައެކަނި ޒުވާނުންނަށާއި ހުސްހަށިބައިމީހުންނަކަށްނޫނެވެ، މީގެއިތުރަށް ދެމަފިރިންގެ ތެރެއިން ކޮންމެމީހަކަށް ޒަވާޖީ ޙަޔާތާ އަރާރުންވާ ފާޙިޝްޢަމަލުތައް ކުރުމަކީ ހުއްދަކަމެކެވެ. އިސްލާމީއަގުތަކުގައި ހިފެހެއްޓުން މުހިއްމުބައިނަލްއަޤްވާމީ މިފަދަނިންމުންތަކާއި ޤަރާރުތަކުން މުސްލިމުންނަށް ސަލާމަތްވެވޭނީ އިސްލާމީ އަގުތަކާއި އުޞޫލުތަކުގައި ހިފަހައްޓައިގެންނެވެ. ޢާއިލީޙަޔާތާއި އަންހެނުންނާއި ޖިންސީތަރްބިޔަތުގެ ނަމުގައި މިފަދަ ބައްދަލުވުންތަކުގައި ނަގާކިޔާމީހުން ކުރާމަސައްކަތްތަކަކީ އިސްލާމީ ޙަޔާތުގެ ކިއްލާ ހަލާކުކޮށްލުމަށް ކުރާ މަސައްކަތެއްކަން ސާފުކޮށް އެނގެއެވެ. އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ އިސްލާމީ ސަޤާފަތުގައި ހިފެހެއްޓުމަށެވެ. ރައްކައުތެރިކަމާއި އަމާންކަން އޮތީ މިކަމުގައެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)
![]()
...
ލިޔުނީ އަބޫ އިބްރާހިމް, 2009-06-02 04:01:57
މިފަދަ ކަންކަމަށް އަޅުގަނޑުމެން ރާއްޖެ ފަދަ މުސްލިމް ޤައުމުތަކުން ދެކެނީ ކަނު ލޮލަކުންނެވެ. އަދި ދެނީ ބީރު ކަންފަތްތަކެކެވެ. މިހެން މިދެންނެވީ އދ. އަދި މިނޫންވެސް އެފަދަ ޖަމްޢިއްޔާތަކުގައި މުސްލިމް ޤައުމުތަކުންވެސް މެމްބަރުން ތިއްބަވާނެތާއެވެ. ނަމަވެސް އެފަދަ އެއްވެސް ކަމަކަށް އެއިން ޤައުމެއްގެ ބަހެއް ބުނެ އަޑު އުފުލާތަނެއް ވިއަސް ފެންނަނީ ވަރަށް މަދުފަހަރަކުއެވެ. ނޫންނަމަ ނުފެނެއޭވެސް ދެންނެވިދާނެއެވެ. އަދި އެފަދަ ޗާރޓަތަކުން ނިންމާ ކޮންމެ ނިންމުމަކަށް މުސްލިމް ޤައުމުތަކުން އިސްލާމީ ޘަޤާފަތާއި އަދިއެނޫންވެސް ދީނީ ކަންކަމާއި ފުށުއަރާކަންކަމުގައި އެއްބަސްވާންޖެހޭނެކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ. ނޫންނަމަ އެފަދަ ވާހަކަތައް ދައްކާ އެއުޅޭ މީހުންނަށް މިނިވަންކަން އޮންނަފަދަ އިން އަޅުގަނޑުމެންނަށްމިނިވަންކަ
...
ލިޔުނީ އަލްއުސްތާޒް އިބްރާހީމް ރަޝީދު މޫސާއަށް, 2009-06-02 08:19:19
އަޅުގަނޑަކީ އުސްތާޒްގެ ދަރިވަރަކަށް ވާތީ ފަޚުރުވެރިވަމެވެ. ތިޔަ ކުރައްވަނީ ވަރަށް މުހިންމު މަސައްކަތް ޕުޅެކެވެ. އަދި ވެސް އިތުރަށް ލިޔުންތެރިކަމުގެ ދާއިރާގައި މުޖްތަމަޢު ހޭލުންތެރި ކުރެއްވުމުގައި ތިޔައްވުރެވެސް ބޮޑަށް ހަރަކާތްތެރިވުމަށް ދަންނަވަމެވެ. އަދު މި މުޖަތަމަޢުގައި ތިޔަފަދަ ދިވެހި ދަރިން ވަރަށް މަދުވެއްޖެއެވެ.
އިޙްތިރާމާއި އެކު......
...
ލިޔުނީ ސަމީޢު, 2009-06-03 16:15:12
އަޅުގަނޑު ކުރިން ހީކޮއްގެންހުރީ ތިބޭފުޅާއަކީ ޕަޕަޑެއްކަމަށެވެ. ދީނާމެދުވިސްނަވާ ފިކުރުކުރައްވާ ބޭފުޅެއްކަން މިހާރު ޔަގީން ވެއްޖެވެ. އަޅުގަނޑައް ކުރެވުނު ކުންހީއަށް މާފުކުރައްވާނެކަމައް އުންމީދުކުރަމުން އިތުރު ލިއުމަކަށް އިންތިޒާރު ކުުރާވާހަކަ ދަންނަވަމެވެ............ އިޙްތިރާ
... ލިޔުނީ ލަޔާޤަތު, 2009-06-07 15:07:49
ޤައުމު ސިޔާސީ ވެފައިވާ މިފަދަ ދުވަސްވަރެއްގައި ''ސިޔާސީ'' ކުލަވަރުން އެއްކިބާވެ، ދީނާ ދެކޮޅަށް އެކި ސިފަސިފައިގަ އުކާލެވޭ އެތިވަރުތަށް މިދިވެހި މުޖުތަމައަށް އޭގެ ޙަޤީޤަތް ހާމަކޮށްދިނުމީ އަދު މި ދިވެހި މުޖުތަމައުގައިތިބި ހޭޖެހޭ ކޮންމެ މީހަކު ކުަރަންވެއްޖެ ކަމެއް. އެމީހެއްގެ ފެންވަރުން. ލަޔާގަތު ހުރި ވަރަކުން.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|