މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ޤުރުއާނާއި ސައިންސްގައި އިންފަހަނަޅައިދިއުން |
|
|
| ދީން - ފަތުވާ | |||
| 27 ފެބްރުވަރީ 2010، 00:00 ހޮނިހިރު | |||
|
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން ސުވާލު: ކީރިތި ޤުރުއާނުގެ ކޮންމެ އާޔަތެއްގެ ތަފުސީރުގައި ސައިންޓިފިކް އިޢުޖާޒު ހިމެނުމަށް މިޒަމާނުގެ ބައެއް ޢިލްމުވެރިން މަސައްކަތްކުރައްވަ އެވެ. އެގޮތުން ކުރެވިފައިވާ ބައެއް މަސައްކަތްތައް ވެފައިވަނީ، ކީރިތި ޤުރުއާނަށް ކުރެވިފައިވާ ފުރައްސާރަތަކެއް ކަމުގަ އެވެ. ޑެންމާކުގެ އުފެއްދުންތަކާ މުސްލިމުން ގުޅުން ކަނޑާލި ދުވަސްވަރު ވެސް އެފަދަ ފުރައްސާރައެއް ފެންމަތިވި އެވެ. އެ ފުރައްސާރައަކީ، ސޫރަތުލް އަޙުޒާބުގެ ފަންސާސް ހަތްވަނަ އާޔަތް އެދުވަސްވަރު ޝަރަޙަކުރެވުނު ގޮތެވެ. އަދި އެފަދަ އިޢުޖާޒެއްގެ ގޮތުން ފަންސާސް ހަތްވަނަ ސޫރަތުގެ ވާހަކަ ވެސް ދެކެވުނެވެ. ފަންސާސް ހަތަކީ، ޑެންމާކުގެ އުފެއްދުންތަކުގެ ތަރުތީބު ނަންބަރެވެ. މި ޢަދަދު ޤުރުއާނުގެ އަލީގައި އެދުވަސްވަރު ޝަރަޙަކުރެވުނު ބީދައިން ޝަރަޙަކޮށް، އެއީ ކީރިތި ޤުރުއާނުގައިވާ ސައިންޓިފިކް މުޢުޖިޒާތްތައް ކަމުގައި ބުނުން ހުއްދަވާނެތޯ އެވެ؟ޖަވާބު: ޤުރުއާނާއި ސައިންސްގެ އަލީގައި ގެނެސްދެވޭ، ކީރިތި ޤުރުއާނުގައިވާ ސައިންޓިފިކް އިޢުޖާޒަކީ ޞައްޙަ އެއްޗެކެވެ. އެހެނީ، ކީރިތި ޤުރުއާނުގައި، ޢިލްމީ ޙަޤީޤަތްތަކަށް އިޝާރާތްކުރާ އާޔަތްތައް ވެ އެވެ. އެ ޙަޤީޤަތްތައް ޞައްޙަގޮތުގައި ގެނެސްދިނުމުގެ ކުޅަދާނަކަން ބައެއް މީހުންނަށް ލިބިފައެއް ނުވެ އެވެ. މައްސަލައަކީ އެއީ އެވެ. ކީރިތި ޤުރުއާނުގެ އިޢުޖާޒާ ބެހޭ ގޮތުން ލިޔާ ބައެއް މީހުން، ކީރިތި ޤުރުއާން މާނަކުރުމުގައި އިންފަހަނަޅައި ގޮސްފައި ވެ އެވެ. ކީރިތި ޤުރުއާނާއި ސައިންސްގެ މައިދާނުގައި ފާހަގަކޮށްލެވޭ ހަރުދަނާ އެއް ޢިލްމުވެރިއަކީ، ޑރ. ޢަބްދުލްމަޖީދުއް ޒިންދާނީ އެވެ. މައިގަނޑު ގޮތެއްގައި އޭނާ ބައްލަވާފައިވަނީ، އިންސާނާ ޚަލްޤުކުރެއްވުމުގެ މައްޗަށެވެ. އެއީ ވަރަށްވެސް މުހިންމު މައުޟޫޢެކެވެ. އޭނާ ކުރައްވާފައިވާ ދިރާސާތަކުގައި، ކެނެޑާއާއި އެމެރިކާގެ ޣައިރުމުސްލިމު ޢާލިމުންގެ އެހީތެރިކަން ހޯއްދަވާފައި ވެ އެވެ. އޭނާ ކުރެއްވި ދިރާސާތައް ފޮތެއްގެ ސިފައިގައި ޗާޕުކުރެވިފައި ވެ އެވެ. ކީރިތި ޤުރުއާނާއި ސައިންސްގެ މައުޟޫޢުގައި ލިޔާއިރު، ސާފުކޮށް އޮޅުންފިލާފައިވާ ކަންތައްތައް މެނުވީ އިޢުޖާޒުގެ ތެރޭގައި ހިމަނައިގެން ނުވާނެ އެވެ. ސާފުކޮށް އޮޅުން ނުފިލާހުރި ކަންތައްތަކާއި ޝައްކުވާ ކަންތައްތައް އެއްފަރާތްކުރަން ޖެހޭނެ އެވެ. ކީރިތި ޤުރުއާނާއި މިޒަމާނުގެ ސައިންސްގެ މައުޟޫޢަކީ، ކީރިތި ޤުރުއާނުގައިވާ ސިއްރުތައް ކަޝްފުކުރުމުގެ މައުޟޫޢެކެވެ. އެކަން ކުރަނީ، މިޒަމާނުގެ ސައިންސާއި މަޢުރިފާގެ އަލީގައި ހޯދޭ ހޯދުންތަކުގެ އެހީގަ އެވެ. މި މައުޟޫޢުގެ ތެރެއަށް މީހުން ވަންނަނީ، ހުޅަނގުގެ ޢިލްމީ މަރުކަޒުތަކުގައި ހޯދޭ ސައިންޓިފިކް ހޯދުންތަކާއި ޢިލްމީ ޙަޤީޤަތްތަކުގެ އަލީގަ އެވެ. ހުޅަނގުގެ ޢިލްމީ މަރުކަޒުތައް ވަނީ، ސައިންޓިފިކް ހޯދުންތައް ހޯދުމުގައި ބޮޑެތި ކުރިއެރުންތައް ހޯދާފަ އެވެ. މިޒަމާނުގެ މުސްލިމުންގެ ޙާލަތަކީ، އެ ހޯދުންތަކުގެ މައްޗަށް ބަލައި ނަޒަރު ހިންގުމެވެ. އެގޮތުން މުސްލިމުންނަށް ފައިދާ ޙާޞިލުކުރެވެނީ އޭގެ މަދު މިންވަރަކުންނެވެ. ބައެއްފަހަރު މުސްލިމަކު އޭގެ ބޭނުންކުރަނީ، ކީރިތި ޤުރުއާނުގެ އާޔަތެއް ނުވަތަ ޙަދީޘެއްގައި އެކުލެވިފައިވާ ފުން މާނަތައް ދެނެގަތުމަށްޓަކަ އެވެ. والله أعلم. ޖަވާބު ދެއްވީ: ފަޟީލަތުއް ޝައިޚު، ޑރ. ސަލްމާނު ބިން ފަހުދުލް ޢައުދާ. މަޞްދަރު: އިސްލާމްއޮންލައިން ޑޮޓް ނެޓް. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)
![]()
... ލިޔުނީ shaheedh, 2010-02-26 15:03:43
ތެދުފުޅެކެވެ، ކީރިތި ގުރްއާނުގާ އަންގަވާފާވަނީ އެފޮތަކީ ޝައްކެއްނެތް ގޮތުގާ މީސްތަކުންނަށް ހުރި ތެދުމަގެއްކަމުގައެވެ. އޭގެ މާނަޔަކީ އަޅުގަނޑުމެން އެފޮތަށް އިމެއް ކަނޑައަޅައިގެން އޭގެ ޙަޤީގަތަކީ ހަމައެކަނީ ސުވަރުގެޔާ ނަރަކައިގެ ވާހަކައިން ތެދުމަގު ލިބުން ކަމުގާ ތަފްސީރެއް ނުކުރެވެއެވެ، އެފޮތުން ހާމަވެދާ ކޮންމެ ޙަޤީޤަތަކީ ތެދުމަގެވެ، ސައިންސާ ޓެކްނޮލޮޖީ އަޅުގަނޑުމެންގެ ބައެއް ޝައިޚުންނަށް ފިލައިވަޑައިގެންފައި ނެތަސް އެ ބޭފުޅުން ވިދާޅުވާގޮތް އެއީ ގުރްއާނުގާ އަންގަވާފައި އޮތް ގޮތް ކަމުގާ ނިންމައިގެން ތިބި ކަމުގާ ވަނީ ނަމަ އަޅުގަނޑުމެންގެ މާތްވެގެންވާ ފޮތް ބަދުނާމުވުން ނޫން ކަމެއް ނުވާނެކަން ގައިމެވެ، އޭގެ މިސާލަކީ އެންމެ ފުރަތަމަ ފޯނު އަލަށް ތަޢާރަފްވުމާއެކު އިސްލާމުންގެތެރެއިން ޝައިޚަކު،ޢަރަބި ބަހުގައި މީހަކު ނުފެނި އިވޭ އަޑުތަކަށް ކިޔަނީ " ހަވާތިފް "ކަމުގާ ވިދާޅުވެ އަދި އެއީ ކަހީނުންނަށް ޝައިޠާނުން ގެނެސްދޭ އަޑުތައް ކަމަށްވާތީ ކަނޑައެޅިގެން ޙަރާމްކަމެއްކަމުގެ ފަތުވާ ނެރެވުނެވެ ، ދަންނަވަން ޖެހެނީ އަޅުގަނޑުމެންނަކީ ދުނިޔޭގެ ޕޮލިހުންގެ ގޮތުގާ އެހެން އެންމެންނަށް ޙަރާމް ޙަލާލް އަންގައިދޭން ހަމައެކަނި ފޮނުއްވާފައި ތިބި ބައެއް ނޫނެވެ، ދުނިޔެ ތަޢްމީރު ކުރުމުގާ އަޅުގަނޑުމެން ބައިވެރިވާންޖެހެވެ، ރުއްސުން ލެއްވި އިބްނު ޢައްބާސް ވިދާޅުވެފަވަނީ ޤުރްއާން ތަފްސީރު ކުރެވޭނީ ތިން ޖީލެއްގެ ބަޔަކު އެއްވެގެންނެވެ އެއްބަޔަކީ ނޫޙުގެ ފާނުގެ ޒަމާނުން ފެށިގެން ސަލާމާއި ޞަލަވާތްލެއްވި މާތް ރަސޫލާގެ ޒަމާން،، އަނެއްބަޔަކީ ރަސޫލް ސައްލަﷲ ޢަލައިހިވަސައްލަމަގެ ޒަމާނުން،، އަނެއް ބަޔަކީ މިޒަމާނެވެ ، ނާސާގެ ސައިންޓިސްޓުންނަށް ޖައްވީގޮވުން ނުވަތަ ސު÷ޕަނޯވާ މިކިޔާ ކަންތައްގަނޑު ވަނީ ދުނިޔޭގެ ޖައްވީ ސްޓޭޝަންގެ ތިބެ ފޮޓޯނެގިފައެވެ ، މިވެރީން މިޔަށް ދިން ނަމަކީ " އޮއިލީ ރޯސްއެވެ " އެއީ ތެޔޮގަނޑަކުން އުފެދިފަވާ ފިނިފެންމަލަކާ ވައްތަރުކަމުންނެވެ، މާފަހުން ކީރިތި ގުރްއާނުގައި އައްރަޙްމާނު ސޫރަތުގަ މާތް ﷲ ޖައްވީ ގޮވުން އެގޮތަށް ސިފަކުރައްވާފައި ވާކަން އެވެރިންނަށް އެނގުނެވެ ، އެކަމަކު އެ އާޔަތް އަޅުގަނޑުމެން ތަފްސީރު ކޮށްދެއްވާފައިވަނީ ޖައްވީގޮވުމުގެ ބަދަލުގާ " އުޑު ފަޅައިގެން ދާހިނދު ކަމުގައެވެ " އެހެނީ ލުޣަވީ މާނަ އެގޮތަށް ކުރެވޭތީއެވެ މި އިމުގެ ތެރޭގައި އަޅުގަނޑުމެން ގޮތް ދޫނުކޮށް އެ އާޔަތުގެ ތަފްސީރާމެދު ޝައިޚުންނަށް ވިދާޅުވެވުނު ބަސް ގޯސްނުކުރަން ތިބުމުން އަޅުގނަޑުމެންނަށް މިތިބެވެނީ ކީރިތި ޤުރްއާނާއި ޙަދީޘްގެ އިމުގެ ތެރޭގައިކަމުގައެއް ނުވާނެއެވެ ، އަދި ކިއެއްތަ އިމެއް އަމިއްލަޔަށް ކަނޑައަޅައިގެން އެހެންކަމެއް ނުކޮށް ޙަރާމް ޙަލާލް ކިޔައިދޭން ތިބޭ ބަޔަކު ކަމުގާ މެނުވީ ނުވާނެއެވެ ތެދުފުޅެކެވެ، ކީރިތި ގުރްއާނުގާ އަންގަވާފާވަނީ އެފޮތަކީ ޝައްކެއްނެތް ގޮތުގާ މީސްތަކުންނަށް ހުރި ތެދުމަގެއްކަމުގައެވެ. އޭގެ މާނަޔަކީ އަޅުގަނޑުމެން އެފޮތަށް އިމެއް ކަނޑައަޅައިގެން އޭގެ ޙަޤީގަތަކީ ހަމައެކަނީ ސުވަރުގެޔާ ނަރަކައިގެ ވާހަކައިން ތެދުމަގު ލިބުން ކަމުގާ ތަފްސީރެއް ނުކުރެވޭނެއެވެ، އެފޮތުން ހާމަވެދާ ކޮންމެ ޙަޤީޤަތަކީ ތެދުމަގެވެ، ސައިންސާ ޓެކްނޮލޮޖީ އަޅުގަނޑުމެންގެ ޝައިޚުންނަށް ލިބިވަޑައިގެންފައި ނެތަސް އެ ބޭފުޅުން ވިދާޅުވާގޮތް އެއީ ކީރިތި ޤުރްއާނުގާ އަންގަވާފައި އޮތް ގޮތް ކަމުގައި ނިންމައިގެން ތިބި ކަމުގައި ވަނީ ނަމަ އަޅުގަނޑުމެންގެ މާތްވެގެންވާ ފޮތް ބަދުނާމުވުން ނޫން ކަމެއް ނުވާނެކަން ގައިމެވެ،
ޚިޔާލު ހުށަހަޅާ
|
| އިތުރު މަޒްމޫނު |
|---|
|
އެކަކުވެސް ނެތް
ސުވަރުގޭގެ ތަޅުދަނޑިއަކީ ނަމާދެވެ. ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ. ވުޟޫއުގެ ތަޅުދަނޑިއަކީ ބިސްމިއެވެ. ބިސްމީގެ ތަޅުދަނޑިއަކީ ޔަޤީންކަމެވެ. ޔަޤީންކަމުގެ ތަޅުދަނޑިއަކީ ވަކީލުކުރުމެވެ. ވަކީލުކުރުމުގެ ތަޅުދަނޑިއަކީ އުންމީދެވެ. އުންމީދުގެ ތަޅުދަނޑިއަކީ ކިޔަމަންގަތުމެވެ. ކިޔަމަންގަތުމުގެ ތަޅުދަނޑިއަކީ މާތް ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެ ރުބޫބިއްޔަތު ޤަބޫލުކުރުމެވެ. |