ފަންވަތް ދީން ފަތުވާ ފަރުޟު ރޯދަ ޤަޟާނުކުރެވެނީސް މަރުވި މީހާގެ ރޯދަ
ބެލި ޢަދަދު: 412
ފަރުޟު ރޯދަ ޤަޟާނުކުރެވެނީސް މަރުވި މީހާގެ ރޯދަ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 0
ދެރަވަރަށްމޮޅު 
ދީން - ފަތުވާ
26 ޖުލައި 2010، 19:01 ހޯމަ

ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


ސުވާލު:

އަޅުގަނޑުގެ މަންމަ ބަލިވެއުޅުމުގެ ސަބަބުން ރަމަޟާން މަހު އަށްދުވަހު ރޯދަ ނުހިފަ އެވެ. އަދި ރަމަޟާން މަސް ނިމުނުތާ ތިން މަސްދުވަސް ވީފަހުން މަންމަ ނިޔާވެއްޖެ އެވެ.

ފަހެ، މަންމަގެ ބަދަލުގައި އަޅުގަނޑު އަށްދުވަހު ރޯދަހިފަން ޖެހޭނެތޯ އެވެ؟


ޖަވާބު:

ތިބާގެ މަންމަ ނިޔާވެފައިވަނީ، އޭނާއަށް ރޯދަ ނުހިފުނު ރަމަޟާން މަހަށްފަހު، ބަލި ފަސޭހަވެ، ރޯދަ ޤަޟާކުރާނެ މުއްދަތު ލިބިފައި، އެމުއްދަތުގައި ރޯދަ ޤަޟާ ނުކުރަނީސް ކަމަށްވަނީނަމަ، ތިބާ ނުވަތަ ގާތްތިމާގެ އެހެން މީހަކު އެ ރޯދަތައް ޤަޟާކުރުން މުސްތަޙައްބުވެގެންވެ އެވެ. މިކަމުގެ ދަލީލަކީ އަންނަނިވި ޙަދީޘްފުޅެވެ.

(مَنْ مَاتَ وَعَلَيْهِ صِيَامٌ صَامَ عَنْهُ وَلِيُّهُ)

މިއީ މުއްތަފަޤު ޙަދީޘްފުޅެކެވެ.

މާނައީ، "އެމީހެއްގެ މައްޗަށް ރޯދަތަކެއް ވަނިކޮށް މަރުވެއްޖެ މީހާގެ ފުށުން ރޯދަހިފާނީ އޭނާގެ ވަލީވެރިޔާ އެވެ."
މި ޙާލަތުގައި މައްޔިތާގެ ބަދަލުގައި ރޯދަ ހިފާ މީހާއަށް އެ ރޯދަހިފުން ފަސްކުރެވިދާނެ އެވެ. ނަމަވެސް އައުލާކަން ބޮޑީ ކުޅަދާނަވެގެންވާނަމަ، ވީހައިވެސް އަވަހަކަށް ރޯދަހިފައި ނިންމުމެވެ.

ތިބާގެ މަންމަ ނިޔާވެފައިވަނީ، އޭނާގެ ބަލި ޙާލު ހުރި ގޮތުން، ރޯދަ ޤަޟާކުރުމުގެ ކުޅަދާނަކަން ނުލިބެނީސް ކަމަށް ވަނީނަމަ، އޭނާގެ ފުށުން އެއްވެސް މީހަކު ރޯދަ ޤަޟާކުރާކަށް ނުޖެހޭނެ އެވެ.
މިކަމުގެ ދަލީލަކީ،

(لاَ يُكَلِّفُ اللَّهُ نَفْسًا إِلاَّ وُسْعَهَا)

މި އާޔަތެވެ.

މާނައީ، "ﷲ އެއްވެސް ނަފުސަކަށް، އެ ނަފުސަކަށް ކުޅަދާނަވެގެންވާ މިންވަރަކަށް މެނުވީ ތަކުލީފެއް ނުޖައްސަވަ އެވެ."


ފަތުވާދެއްވީ: އައްލަޖުނަތުއް ދާއިމާ ލިލްއިފުތާއި
މަޞްދަރު: އަލްއިސްލާމު ސުއާލުން ވަޖަވާބް



މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)Add Comment
...
ލިޔުނީ ahmed , 2010-09-04 15:54:22
meehaku bali endhugai onnathaa 4-5 aharu vejje. anga akun nubunevey ehenkamehves nukurevey. Fenna fenumah sikundeege evves baareh neiy fadaha haalugai vaameehaa ah ves onannaanee thi hukum thoaeve? ithurah muddhu dhinun fadha kameh nuonnaane thoaeve.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން

މިވަގުތު ފަންވަތުގައި

މިވަގުތު 51 ކިޔުންތެރިން އޮންލައިން

އެންމެ ދީލަތި 20 ގަލަން

ޢަބްދުލްމުޢީދު ޙަސަން: 365
އާދަމް ނަޞީރު އިބްރާހީމް: 183
އެޑްމިނިސްޓްރޭޓަރ: 74
ޢަބްދުﷲ ފާރޫޤު ޙަސަން: 51
ބިންމާ އިބްރާހީމް ވަޙީދު: 50
ޢަބްދުﷲ ނަޢީމު އިބްރާހީމް: 40
މުޚްތާރު ޢަބްދުއްރަޙްމާނު: 36
ޢަބްދުﷲ ފިރާޤު: 35
އިބްރާހީމް ރަޝީދު މޫސާ: 33
ޝަމްސުލްފަލާޙު: 29
އަޙްމަދު ރަޝީދު: 23
އަޙްމަދު ފަހުމީ: 23
ޙުސައިން ޝާކިރު: 22
ޙުސައިން ޞަލާޙުއްދީން: 21
މުޙަންމަދު ޝާހިދު ޙަލީމް: 20
އިބްރާހީމް ނަޢީމު : 18
މުޙަންމަދު ވަޙީދު - މަޑުލު : 18
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު: 17
އަޙްމަދު މާޖިދު: 16
އިބްރާހީމް އަޙްމަދު : 16

ފަންވަތުގެ ޖަވާހިރު


"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ."

(ޙަދީޘްފުޅެއްގެ މާނަ)

ދެކޭގޮތް

މިވެބްސައިޓް
 

މެހެމާނުނުންގެ އަދަދު

މިހާތަނަށް : 1416379
free counters
ބެލި ޢަދަދު: 412